ބިންހެލުމުގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ސަރަހައްދު ފާހަގަކޮށްފައި
06 ފެބުރުއަރީ 2020 - 11:48
"ކޮޅަށް ހުންނައިރު ވެއްޓޭވަރުގެ ލޮޅުމެއް އެއީ، ވަރަށް ބާރު ލޮޅުމެއް އައީ،" މިއީ ރޭ އުތުރުގެ ރަށްތަކަށް އައި ބިންހެލުން ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ސިފަ ކުރެއްވި ގޮތެވެ.
ރޭ ދަންވަރު 1:45 ކަންހާއިރު ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު އެ ހިސާބުގެ ގިނަ ރަށްތަކަށް ކުރި އެވެ. ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް ހަތަރު ވަރަކަށް ސިކުންތުގެ ލޮޅުމެއް އައި ކަމަށް އެރަށް ރަށުން ބުނެ އެވެ. މިއީ ދިވެހީންނަށް ވަރަށް އާ ތަޖުރިބާއެކެވެ.
"ވަރަށް ގިނަ ބަޔަކަށް ތަޖުރިބާ ކުރެވުނު. ގިނަ މީހުންނަށް ހޭލެވުނީ އެނދު ތެޅޭތީ. ކޮޓަރީގެ ބޭރުގައި ހުރި ބިއްލޫރި ދޮރިތަކުގައި ހީވަނީ ބޭރުން ބަޔަކު ތަޅާހެން. އެ އަޑުފަށްގަނޑު ހުރި،" ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމްގެ ތަޖުރިބާތައް ވިދާޅުވި އެވެ.
ހއ. ގެ އިތުރުން ހދ. ގެ ބައެއް ރަށްތަކަށް ވެސް ބިންހެލުމުގެ އަސަރު ކުރި އެވެ. އޭގެ ތެރެއިން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވި ގޮތުގައި ރޭގެ ލޮޅުމާއެކު އެ ރަށު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.
"ހަމައެކަނި ހެލުމެއް ނޫން. ބާރު އަޑުތަކެއް ވެސް އިވުނު. ބިރުގަންނަ ވަރަށް އަސަރު ކުރި،" ނާޒިމް ވިދާޅުވި އެވެ.
ބާރުގަދަ ލޮޅުމެއް އައި ނަމަވެސް އެއްވެސް ރަށެއްގެ އެއްވެސް ތަނަކަށް ގެއްލުމެއް ވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ. ގެއެއްގެ ފާރުގައި ރެނދުލުން ފަދަ ކަމެއް ވެސް ހިނގާފައި ނުވާ ކަމަށް ކައުންސިލްތަކުން ބުނެ އެވެ.
ބިންހެލުންތައް ދިރާސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ހއ. ދިއްދޫއާ 47.2 މޭލު ބޭރުން ކަނޑުގެ ބިމުގެ 10 ކިލޯމީޓަރު ފުނުންނެވެ. ބިންހެލުމުގެ ބާރުމިނަކީ 4.5 މެގްނިޓިއުޑެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މި ލޮޅުމުގެ ސަބަބުން ރާއްޖެ އަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނިކް ފަރީދާ
06 February 2020
ރެޔާދުވާލު އެވްރެޖްކޮށް އެކިވަރުވަރުގެ 50 ބިންހެލުން ދުނިޔޭގެ އެކިކަންކޮޅުތަކަށް އާދޭ. ރާއްޖެ އޮތީ އެ ސައިސްމެކް އެކްޓިވިޓީ ހިގާ ފޯލްޓް ލައިންކަމުގަ ނުވިޔަސް ކާރި ގައުމުތަކަށް އަންނަ ބިންހެލުމުގަ އަންނަ ޓްރެމާސްތަކުގެ އަސަރު ދޭތެރެ ދޭތެރިއިން ކޮށްފަ އެބަހުރި. މިފަހަރު ރާއްޖެއާ އެހާކައިރިން މިހެންވީމަ އިތުރަށް ބަލާ ހޯދަންޖެހޭނެ. މެޓް އޮފީހުން މިކަމުގެ ބަހެއް ލިބިއްޖެއްޔާ ރަގަޅު.
ވާނުވޭ
06 February 2020
4 ސިކުންތު މިއީ ރާއްޖެއާ ބަލާފަ ރިކޯޑަކީތަ؟
ކަރުކެހި
06 February 2020
ނުރައްކާތެރި މީހުންގެކިބައިންނާއި ނުރައްކާތެރި ވަބާއިންނާއި ހަރުކަށިފިކުރުގެ މީހުންގެކިބައިން އަޅަމެންރައްކާތެރިކޮއް ދެއްވާންދޭވެ މިކުޑަކުޑަ ރާއްޖެއައް ކޯފާއެއްނުފޮނުވަފާންދޭވެ
އަމީލް
06 February 2020
ރާއްޖޭގެ މެޓްއޮފީހުގެ ސިސްޓަމް ކަޑައީތަ..ބުނާ އެއްޗެއް ދިމާނުވޭ..
ނާހިޑު
06 February 2020
އެއީ 4 ސިކުންތުގެ ލޮޅުމަކުން މީހުންނަށް ކުރި އަސަރެވެ. އެ ދިގު ދެމިގެން ދިޔަ ނަމަ ކިހާ ވަރެއް ވާނެބާއެވެ.އަދިވެސް ދިވެހީން މި ދަނީ ބިރެއް ނެތި ހިތު ހުރިހާ ނުބައި ކަމެއް ކުރަމުންނެވެ. ކުރިން ނުދެކޭ ކަހަލަ އެތައް ބިރުވެރި ކާރިސާއެއް ކޮންމެ ދުވަހަކުހެން މިދަނީ އަޅުގަނޑުމެންނާ ކުރިމަތިވަމުންނެވެ.މުޖްތަމައުގައި ނުބައިކަންކަން އައްމުވެއްޖެނަމަ ﷲ ގެ ކޯފާ ޙައްގު ވެދެއެވެ.ﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށި.އަޅަމެންގެ މައްޗަށް ކޯފާ ނުފޮނުއްވާށި. އާމީން
ޒާން
06 February 2020
ބިންލެހުންއެއީ ގުތުރަތީގޮތުން އަބަދުވެސް ވާކަމެއް.
އިސްރޯ
06 February 2020
ޑިސްލައިކް ކޮށްފަ އެވަނީ މުސްލިމުންތަ؟ ނުވަތަ ޖާހިލުކަމުގެ އިންތިހާ އަށް ދިޔައީތަ؟
ހަފުސް
06 February 2020
އާމީން
ޝުކުރިއްޔާ
06 February 2020
ސައިންސްގެ ދިރާސާތަކުން ދައްކަނީ ރާއްޖެ އުފެދުނީ ވަރަށްކުރީގައި މި ސަރަހައްދުގައި އޮތް ވޮލްކޭނޯތައް އަޑިއަށް ދާންފެށުމުން އެ ވޮލްކޭނޯ ވަށާ ހެދުނު ފަރުތަކުންކަން. މިހާރު މިވާގޮތަކީ ރާއްޖެ އަޑިއަށް ގޮސް އިންއެކްޓިވް ވެފައިވާ ވޮލްކޭނޯތައް އަލުން އެކްޓިވް މިވަނީ. މުސްތަޤްބަލުގައި މިސަރަހައްދުގައި ބިންހެލުން އިތުރު ވާނެކަމަށް އަންދަޒާކުރެވޭ!
ނަގިއްޔާ
06 February 2020
މީވަރަށް ބޮޑު ބިރެއް. މާލެ ކައިރި ސަރަހައްދަކަށް ރެކްޓާރ މިންގަޑުން 4.5 މެގްނިޓިއުޑުގެ ބިންހެލުމެއް އަސަރުކޮށްފިއްޔާ ނޭގޭ ކިހިނެއްވާނެ ކަމެއް. ޖެހިޖެހިގެން އިމާރާތް ހުންނަނީ އެންމެ އިމާރާތެއް ވެއްޓުނަސް އެކަން ކެސްކޭޑްވެގެން މުޅިހިސާބުގެ ގެތައްވެސް ވެއްޓިދާނެ. އަދި ބައެއް އިމާރާތްތަށް ވަރުދެރަކޮށް ހުރީ، ނޭގި ހުއްޓަ ބެލްކަނިތައްވެސް ވެއްޓެނީ. ހަބުރިއަށް ނަގަން އަޅާ ފައުންޑޭޝަން ނިންމާލަނީ 10 ބުރިން. އެހެންވިމަ އަހަރުމެން މިތިބި ކިރިއަކިރިއާ.
ހާމީން
06 February 2020
މާތް ރަސްކަލާންގެ ކުޅަދުންވަންތަ ކަން....ބިރުވެތިވޭ
ސޯބު
06 February 2020
ހއ ދިއްދުއާއި 47 މޭލޭ ތިކިޔަނީ ދިއްދޫތަ އެ ޕޮއިންޓާ އެއްމެ ކައިރީ. ބަލާ ބެލުމަށް އެއަށްވުރެ މާކައިރީގައި ހުރި ރާއްޖޭގެ ރައްތައް އެބަހުރި 37 35 ވަރު މޭލު ކައިރީގަވެސް.
ޢަހުމަދުއަލީ
06 February 2020
ރެފަރެންސް ޕޮންޓަށް އާންމުކޮށް ބޭނުން ކުރާނީ ގިނަމީހުންނަށް ފަރިތަ ނުވަތަ ދަންނަ ތަންތަން. މިހެން ހަދަނީ މައުލޫމާތު އަވަހަށް އިފެއްކްޓިވްކޮށް ފޯރުކޮށްދޭން. ތިބުނަން އުޅޭގޮތަށް ބިންހެލުން އައީ ބީނާފުށީގެ އިރުއުތުރުން 40 މޭލޭވެސް ޖެހިދާނެ. އޭރުން ކިޔާމީހުން ފުރަތަމަ ބީނާފުށި ކޮންތަނެއްތޯ ހޯދަންޖެހޭނި.