ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އޭރިއާގައި ބަހައްޓާފައިވާ ތާމަލް ކެމެރާ.---ފޮޓޯ: އެޗްޕީއޭ
06 ފެބުރުއަރީ 2020 - 15:20
ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، އެހެން ގައުމަކުން ރާއްޖެ އަަށް އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްގެން ހާލަތު ބަލަމުން އަންނަ ކަަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ޗައިނާގެ ވޫހާން އިން ފެނިގެން އުޅޭ ނޮވެލް ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯހުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާ އަށް ދަތުރުކޮށްފައިވާ ދެ ދިވެހިން ފަރުކޮޅުފުށީގައި އެކަަހެރިކޮށްގެން ބަލަހައްޓަމުން އަންނަނީ ބައްޔަށް ޝައްކު ކުރެވިގެން ނޫން ކަމަށެވެ. އެ ދެ މީހުންގެ ގައިން ބަލީގެ އަލާމާތެއް ނުވެސް ފެންނަ ކަަމަށް އަލީ ވިދާޅުވި އެވެ.
"ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި ތިބި ދެ މީހުންގެ ގައިން އެއްވެސް އަލަމާތެއް ނުފެންނާތީ އެ މީހުންގެ ކޮރޯނާ ވައިރަސް އަށް ޓެސްޓް ނުކުރާނެ ކަަމަށެވެ.
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ރާއްޖޭން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްްވަމުން އޭނާ ވިދާޅުވީ މީހުން ސްކްރީންކުރުމުގެ ކަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެ އަށް އެތެރެވާ މީހުންގެ އިތުރުން ޑޮމެސްޓިކްް އެއާޕޯޓްތަކަށް ދަތުރުކުރާ މީހުން ވެސް މިހާރު ސްކްރީންކުރަން ފަށާފައިވާ ކަމަށެވެ.
"ޑޮމެސްޓިކް [ޓާމިނަލް]ގައި ވެސް މިހާރު ވާނީ ކެމެރާ ހަރުކުރެވިފައި. އޭގެ މާނައަކިީ ދެ ލޭޔަރު މިހާރު އެހެރީ އެޅިފައި،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ގަން އެއާޕޯޓްގައި ވެސް މިހާރު ހަރުކޮށްފައި ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ހުރި ފެންވަރުގެ ކެމެރާތައް ކަމަށެވެ. އެއާޕޯޓްތަކުގައި މިހާރު ހަރުކޮށް ބޭނުންކުރަމުންް އަންނަ ކެމެރާތަކުގެ އިތުރުން، އިތުރަށް ބޭނުން ވެއްޖެ ނަމަ ބޭނުންކުރާނެ ބެކަޕް ވެސް މިހާރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ކަނޑުމަގުން ކްރޫޒްލައިނާތަކުގައި ރާއްޖެ އަށް އަންނަ މީހުން ސްކްރީން ކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށާއި ސްކްރީން ނުކުރެވި ރާއްޖެ އަށް އެއްވެސް މީހަކު އެތެރެ ނުވާނެ ކަމަށެވެ.
"ރާއްޖެ އަށް އަންނަން ޝެޑިއުލްވެފައި ހުރި ކްރޫޒްލައިނާތަކުގެ މެނިފެސްޓް ވެސް އަަޅުގަނޑުމެން މިދަނީ ބަލަމުން. އޭގައި އަޅުގަނޑުމެން ޔަގީންކުރާނަން މި ދެންނެވި ސާކިއުލާތަކާ އެއްގޮތަށް ޗައިނާއަށް ދަތުރުކޮށްފައި ހުރި އެއްވެސް ފަތުރުވެރިއަކު ނެތްކަން،" އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނު ކޮރޯނާ ވައިރަސް ދުނިޔޭގެ 20 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާ އިރު އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 600 އަށް އަރާފަ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28000 އަށް ވުރެ މަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުރާންތި
06 February 2020
ޗައިނާއިން އަންނަމީހުން އެކަނިތަ ކަރަންޓުގަ ޖައްސަނީ؟
ނާނާނާ
06 February 2020
މިހާރު އޮޅިއްޖެ އަލީ ވަހީދުގެ މިނިސްޓްރީ
ހާސަރު
06 February 2020
ބައެއްމީހުން މިހެން ކަރަންޓީން ކުރީމަ ނަގާގޮތް ގޯހީ ، މިކަރަންޓީން ކުރުމަކީ ޝައްކުވެގެން ކުރާކަމެއްނޫން ، މިއީ ރައްކާތެރިކަމުގެ ގޮތުން ކުރާކަމެއް ، މިފަހުން ޗައިނާއަށް ގޮސްފާވާނަމަ މިހާރު ކިތަންމެ ގައުމަކަށް ނުވެސް އަރުވާ.
ދަންނަ ނުދަންނަ
06 February 2020
ތަންކޮޅެއް ވާހަކަ ދިގުވީއޭ ތި. ހަމަޖައްސާފައި އެ އޮންނަ ކަރަންޓީން ޕްރޮޓޮކޯލްސްތައް ފުރިހަމަކޮއްފައި އެ ގައުމެއްގެ ރައްޔިތުން އެ ގައުމަކަށް އަރުވާނެ ޗައިނާއިން އައުޓް ބައުންޑް ވެފަ އޮތަސް.
ޒާތޫނި
06 February 2020
ހަމަ ހުސް ރަނގަޅު ފިޔަވަޅުތައް. ޝުކުރިއްޔާ ހެލްތު މިނިސްޓަރު. ހަމަ ގައުމައިގެން ކުރިއަށް
ތޮއްޑޫ ބޮޑު ކަރާ
06 February 2020
އަލީ ވަހީދު އާދެބަލަ އޭނާގެ ވުޒާރާއާ ގުޅިގެން ހޯދުނު ކުރިއެރުމެއް ހިފައިގެން ރައްޔިތުންނާ ބައްދަލު ކޮށްލަން. ހަމަ ހެލްތުގެ ހަބަރުތައް ހިފައިގެން އައިސް ބޮޑު ކަރާ އެބަ ފަޅާ
ސަންޕަ
06 February 2020
މިނިސްޓަރު އަމީން ރަނގަޅު ކަމެއް ކޮށްފިއްޔާ އެމްޑީޕީ ބޮޑުންނަށް މެޑަލް ޖެހުން.. ދެން ބާކީ ވަގުތުތަކުގައި އޭނާ ލައިގެން ކާ އެއްޗަކަށް ހަދައިގެން ކެއުން.. ނަޝީދު ފެކްޝަނުގެ ހާލު މި ހަމަ އަބަދުވެސް. މި މައުލޫމާތެއް ދޭންވެސް އަލީ ވަހީދު މިތަނަކަށް އަރުވައިގެން މި ޖަަހަނީ ކޮން ސަކަރާތެއްތަ؟ ރީތި ނަން ލިބޭ ވަގުތު ކޮންމެ މީހަކު މޫތު މަތިގަނޑު އަޅައިގެން ހުއްޓަސް އެނގޭ ކާކުކަން ފަރުދާގެ ފުރަހުން މަސައްކަތް ކުރަނީ. ޝުކުރިއްޔާ އަމީން.
އިއުޖާޒް/ލ.ގަން
06 February 2020
އެހެންވީމަ މަ ބުނަނީ ހެލްތު މިނިސްޓަރަކީ ހަގީގީ މާނައިގައި ދިވެހި ރައްޔިތުންނަށް ހިދުމަތެއް ކޮށްދޭނެ މަސައްކަތްކުރާ މިހެކޭ. ގައިމު ތި ޓެސްޓުތަކުގެ ނަތީޖާ ނެގަޓިވްވި ފަހުންވެސް އޭނާ ކުރާ އިހްލާސްތެރި މަސައްކަތަށް އެއްވެސް ބަދަލެއް ނާދޭ. ހަމަ އޭރެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތް. މުވައްޒަފުން މިކަމަށް ތަމްރީންކުރަނީ، ރަށްރަށުގައި މީހުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމް ހިންގަނީ، އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ރަނގަޅު ކުރަނީ..ސާބަހޭ
ކަރަންފޫމާ
06 February 2020
ހުރިހާ މަސައްކަތައް މިނިސްޓަރު އަމީންއަށް، މެޑަލް ޖެހުން އެހެން މީހުންނަށް! ސާބަހޭ..
ހަސަނު
06 February 2020
ވޫހާން ވައިރަސް އެންމެ ގަދައަށް ގައިން ގަޔަށް އަރާއިރު ބަލީގެ އެއްވެސް އަލާމާތެއް ނުހުރެ ބަލިމީހަގައިގަ.. އެހެންވީމާ ސްކްރީން ކުރުމުގެ މަށް ވުރެ މުހުންމީ ބަލި ފެތުރޭ ހިސާވުތަކުން އަންނަ މީހުން އެކަހެރި ކުރުން..