ހޯމް މިނިސްޓަރު އިމްރާން އަދި ޖެންޑާ މިނިސްޓަރުކަމުން މިއަދު އިސްތިއުފާ ދެއްވި ޝިދާތާ.-- މިހާރު ފޮޓޯ
06 ފެބުރުއަރީ 2020 - 14:41
ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފުގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވާ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިއަދު މެންދުރެވެ.
އެއާއެކު އެ މަގާމަށް، ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ ވަނީ އައްޔަންކުރައްވައިފަ އެވެ.
އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާއަކީ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް އިމްރާން ވިދާޅުވި އެވެ.
Adhi e ee gelligendhaane kamehves noon iA.
— Imran Abdulla (@ShimranAb) February 6, 2020
Allah ge vaagifulhaaeku Shidhatha ge thari raajjeyge siyaasee udharehun ossen gaaivesnuvey! Siyaasee harakaathuga Shidhatha akee Adhaalath Party ge eh mugoo.
"އަދި އެއީ ގެއްލިގެންދާނެ ކަމެއް ވެސް ނޫން އިންޝާﷲ،" ޓްވީޓުގައި ވެ އެވެ.
"މާތްﷲގެ ވާގިފުޅާ އެކު ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވޭ. ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ."
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ޖަލަށް ލައި ހައްޔަރުކުރަމުން، އެ ސަރުކާރާ ދެކޮޅަށް އަދާލާތު ޕާޓީން އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝިދާތާ އެވެ. ރާއްޖޭގެ އޭރުގެ ސިޔާސީ ހާލަތު ބޭރުގެ ފަރާތްތަކަށް ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްތަކާއި މުޒާހަރާތަކުގައި ވެސް ޝިދާތާ އިސް ދައުރެއް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
09 February 2020
ޕާޓީ ކޮށް ސިޔާސީ ކަންކަމުގަ އަމަލީ ގޮތުން ބައިވެރިވާ ކުދިންނަކަށް އެހާ ފަސޭހައިން އިރެއް ނޯއްސޭނެ އެއްނު! ސާހިދުމެން ދެން ވަރަށް މިސްވާނެ، އެއީ ކެބިނެޓް ކޮލީގެއް ދިޔައިމަ ދޯ!
މޮޑްރިޗް
07 February 2020
އިމްރާން ކަލޯ ރީނދޫ ރިހައިގެ ހިތިރަހަލާނީ ރިހަގަނޑުން ނިކުތީމަ....އަންނި އެންމެ ބޭރުކުރަން ބޭނުންވާ މީހަކު އިމްރާނު....ފަހަރަކު މީހަކު ބޭރުކުރާނެ.....އަހަރުމެން ތިބޭނަން ބަލަން....ހަމަ ބޭރު ކުރާއިރަށް އިމްރާންގެ ތަރިއާ ހަނދުގަ ހުންނާނެ ކޭތަ ހިފާފަ...ދެން މުޅި ގައުމުގަ މިސަރުކާރު ވަރުގެ ޖާހިލުބަޔަކު ނުތިބޭނެ..
ޢަހްމަ
08 February 2020
އެހެންނޫނަސް މީ ޖާހިލު ސަރުކާރެއް، ޢިމްރާނުމެންފަދަ ބަޔަކު ތިބެން ހެޔޮވާވަރުގެ ސަރުކާރެއްވެސްނޫން، އެކަމަކުވެސް އިމްރާން ސަލާމަތްކުރުމަށް މި ސަރުކާރުގައި ހިމެނޭ ބަޔަކު ކޮންމެވެސް ކަމެއްކޮށްފަ އޮތީމަ ހުންނަންވެސް އެބަޖެހޭ. އަހަންނަން ފެންނަނީ ސިދާތާ އިސްތިއފާދިންހާ ފަސޭހައިން އިމްރާން އިސްތިއުފާ ނުދޭން. އިސްތިއުފާ ދޭންޖެހޭނީ މަޖިލީހަށްގޮސް ޖަވާބުދާރީވެފަ، އެތަނުގަ ގޮވެންހުރި އެއްޗެއްވިއްޔާ ގޮވާފަ،
ފަހަރި
06 February 2020
އަދާލަތު ޕާޓީ އިން ސިޔާސީ ހަރަކާތެއްބާއްވާތަނެއްނުފެނޭ ތި ޕާޓީ އުވާލަން ފެނޭ.
ގުރާ
06 February 2020
ޝިދާތާއަށް ރަގަޅެއްނުން؟ ޝިދާތާގެ ފުރައިޑޭ ގެއްލޭކަށް ދެން ނުޖެހޭނެ. ބޭނުން ވަރަކަށް ވަށާލައިގެން ދުރުދުރުން ލާފަ އުޅެންވީ.
މަންޑޭލާ
06 February 2020
އަދާލަތު ޕާޓީގެ އަތައްގޮވަނީ.
ޝޮކްތެރަޕީ
06 February 2020
އިމްރާނުމެންގެ އަމިލްލައެދުމުގެ ސަބަބުން ރާއްޖެ މިހަލަތަށް ދިޔައީ. އިމްރާން ވަނީ ރައްއިތުންނަ އެމްޑީޕީ އަކީ ކޮންކަހަލަ ފީކަޅާ ބައެއްކަން ސިފަކޮއްދީފަ. ރާއްޖެ ތަރައްގީގެ ދުވެލި މަޑުޖެހި ބައެއްގެ އަޅުވެތިކަމާ ދިމަލަށް މިސްރާބު ޖަހާފަވަނީ.
1828
06 February 2020
އޮއްސިއްޖެ. 03 ސަރުކާރެއްގައި މަސައްކަތްކޮށްފި. ނަތީޖާއެއް ނުނެރެވޭ ނާޤާބިލް އަންހެނެއް.
ނިރު
06 February 2020
އަދާލަތު ފެއިލްވެއްޖެ މެމްބަރުންގެ އިތުބާރު ގެއްލި 5000 މެމްބަރުން ޕާޓީ ތިރިވެއްޖެ
ހަންކަލޯ
06 February 2020
ސިޔާސީ އުދަރެހުން ތަރި ނުއޮއްސި ކިހިނެތް ހުންނާނީ. އެފަދަ ބޮޑުމަގާމަކުން ވަކިކޮށްފަ އެވަރުގެ ބޮޑުމަގާމެއް ނުދޭހާއިރަކު އޭނާއަށް ހިތްރަގަޅުކޮށްލައިގެން މިސަރުކާރަށް އެއްބާރުލުންދީގެން ހުންނަން ހިތެއް ނުރުހޭނެ. އަދާލަތު ސަރުކާރުގައިއޮތްހާ ހިނދަކު ޝިދާތާ ދެންބުނާނެ އެއްޗެއް ނޯންނާނެ ސަރުކާރާ ދެކޮޅަކަށް. ކިޔާނެއެއްޗެހި ހުސްވެފައިހުރުމަކީ ސިޔާސީއުދަރެހުން ތަރި މިވަގުތަށް އޮއްސުނީމަ ވާ ގޮތެއް. ޔާމީނާ ދިމާއަށް އެއްޗެކޭ ކިޔައިގެން މިއަދު ފައިދާނުކުރާނެ
ވައިރަސް
06 February 2020
މިސަރުކާރުގަ އެންމެ ހިންގުންތެރި 2 ވަޒީރުނނަކީ އައިޝާ އާއި އަމީން ދެނެއްނެތް ކަމުދާ އެކަކު ވެސް.
1828
06 February 2020
އަމީން، މަލީޙްގެ ނޯކޮންފިޑެންސް ވޯޑް ނަގާނެ ދުވަހެއްގެ އިންތިޒާރުގައި މިހުންނަނީ. ޝިދާތާ ކުރިއަށް އަންނަނީ މަލީހާއި އަމީން. އެމީހުން ޝިދާތާއަށްވުރެއް ކުރިން އިސްތިއުފާ ދޭންޖެހޭ ނުވަތަ ނޯ ކޮންފިޑެންސް ވޯޑް ނަގައި ބޭރުކުރަން ޖެހޭ. މިބުނި ދެ މިނިސްޓަރުންނަކީ ނާޤާބިލް ކަމުގެ އިންތިހާ. ރައްޔިތުންނަކަށް ޑިލަވަރއެއް ނުކޮށްދެވޭ.
.........
07 February 2020
ކަލެއަށް އެނގޭނެ މަލާމާތް ކުރަން.