ތޮއްޔިބް (ކ-4) އަށް ސިޔާސީ މަގާމެއް ދިނުމާ ގުޅިގެން، ސޯޝަލް މީޑިއާގައި އޭނާގެ އެންމެ ގާތް މީހުންނާ އެކު މިއަދު ސެލެބްރޭޓް ކުރައްވަނީ.
10 ފެބުރުއަރީ 2020 - 15:25
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް، ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ތޮއްޔިބު މިއަދުން ފެށިގެން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ބުރަ މަސައްކަތްތަކެއް ކުރެއްވި، ތޮއްޔިބަށް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ޔާމީންގެ ސަރުކާރުން ވެސް ތަފާތު ފިއްތުންތައް ކުރިމަތި ކުރި އެވެ.
އެގޮތުން، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ބަންދުން ދޫކޮށްލަން ހައި ކޯޓުން ކުރި އަމުރާ އެކު މިނިވަންވީ އެވެ. ފަހުން އޭނާ ރާއްޖެ ދޫކޮށް ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލުކުރައްވައި، ޔާމީންގެ ސަރުކާރަށް ސޯޝަލް މީޑީއާގައި ކުރިއަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ފެއްޓެވި އެވެ.
ތައްޔިބު، ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދިން މައްސަލައެއް ވެސް ކުރިން ފެންމަތިވި އެވެ. އެކަމާ ގުޅިގެން ދިރާގުން ފަހުން ބުނީ އޭނާގެ ސިމް ކާޑުގެ އެކްސެސް ދިނީ ކޯޓުގެ އަމުރަކުން ކަމަށެވެ.
ތޮއްޔިބަކީ، މި ސަރުކާރުގެ ވެސް ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ސޯޝަލް މީޑިއާގައި އުދާސްތައް ބަންޑުކޮށްލައްވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީމަށޭ
12 February 2020
ޓުވިޓާގަ ބާރަށް އަޑުގަދަކުރާ ގުރޫޕް ސަރުކާރު ބޮޑެތި މަގާމުތަކައް ލާކައްނޫން އިބްރާހިމް މުހައްމަދު ސޯލިހައް ވޯޓުދިނީ!
އޮމީތަރބް ބަކައްޗަން
11 February 2020
ކަލޭމެން ކުދިން ހާދަ ނެގެޓިވްއޭދޯ؟ މި ޕޮޒިޓިވްކޮށް ނަގައިބަލަ! ދެން ގައިމުވެސް އެސޮރު އަނގަ މަޑުންލައިގެން ހުންނާނެތާ! ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފެތުރޭގޮތަށް ވާހަކަ ނުދައްކާނެތާ! މަގޭ ބޮލަށް ލައްކަ ފަސޭހަވެއްޖެ!
އަޒީޒު
11 February 2020
ސިޔާސީ މަޤާމުތައް ހާދަ ގިނަ ވެއްޖޭ. އެންމެ ފަހުން އެމް ޑީ ޕީ އިން ބޭއްވި ލޯކަލް ކައުންސިލްގެ ޕްރައިމަރީއަށް ކުރިމަތިލާ ޕާޓީގެ މަސްލަޙަތަށް ދޫކޮށްލި ކޮންމެ މީހަކަށްވެސް ސިޔާސީ މަޤާމެއް އެބަދޭ. އަދި އިންތިޚާބުން ފެއިލްވި މީސް މީހަނަށްވެސް ސިޔާސީ މަޤާމުތައް ނުވަތަ ސަރުކާރު ކުންފުނިތަކުގެ މަޤާމުތައް އެބަ ބަހަމުން ދޭ. އޭގައި ތައުލީމެއް ހިންގުމުގެ ޤާބިލު ކަމަކަށް ބެލުމެއް ނެތް. ކީއްވެ ޖުމްހޫރީ އާއި އަދާލަތަށް ނެދެނީ
ޢެމްވީކުރައިބިސް
11 February 2020
ދެން ސުންބާ ގޮންގަށް ދިނީމަ ހަމަވީ
ސޮބުރީ
11 February 2020
އަހަރެމެން ލޯބޯ ފިއްސައިގެން ހޯދާ މަދު ފައިސާކޮޅުން ދިޔަފެލައިގެން ޓެކުސްނަގާފަ މީ ކޮންސަކަރާތެއްތޯ
ފަރީޝާ
11 February 2020
ފޮޓޯ އިން ތޮއްޔިބަކީ ކޮބާ ކަމެއް ނޭންގުނު.
ވަތުބަތާނަ
11 February 2020
ކުރިންވެސް ތިކަހަލަކަންކަން ހިންގާ މައުމޫނުގެ ޒަމާނުގައި ނަމަ ރައްޔިތު އަހައްމަދުގެ ދޭސީ ޚިޔާލު.
ރައްޔިތުމީހާ
11 February 2020
ގުދާރު ބިދެންދެން މަސައްކަތްކުރާ މީހާގެ ލާރިކޮޅު ކަނޑާލާފަ ޕާޓީމީހާއަށް އެލާރިކޮޅު ދީފަ މަޤާމު. ކިހާ ތާހިރު. ދެން ރައްޔިތުން ނުކުމެ ބާރަށް އަތްޖަހާ.
ކަންބޮޑުވުން
11 February 2020
ކޮންމެ މިނިސްޓްރީއެއްގައި ޕޮލޮޓިކަލް މީހުން ބައިވަރު.. ފެންނަން ހުންނަނީ މަދު ސްޓޭޓއ މިނިސްޓަރުންނާއި ޑެޕިއުޓީން...އެކަމު ކޮންމެ މިނިސްޓްރީއެއްގައި އެކްޒެގެޓިވް ޑިރެކްޓަރ ޔާ ސީނިއަރ އެކްޒެގެޓިވް ޑިރެކްޓަރުން ގޮތައް ބައިވަރު މީހުން ތިބޭ..ހުސް ޕޮލޮޓިކަލް މަގާމު..35ހާސް ރުފިޔާ މުސާރަ މިބޭފުޅުންނަށް ދެނީ ހުސް އަނގަތަޅަން. ސިވިލް ސާރަވިސް މުއައްޒިފުންނަށް 6000..މި މީހުންނަށް 35000..ނުވިތާކަށް މަަސައްކަތުގެ އެއްވެސް ކަމެއް އނގެނީކީ ނޫން..
ޔާސްމީން
11 February 2020
ކޮންމެ ސަރުކާރެއް އަޔަސް މިވަނީ ހަމަ އެއްވަރު. ޕާޓީ މީހުންނަ ސިޔާސީ މަގާމުތައް ދޭންވީމަ ޚަރަދު ބޮޑެއްވެސް ނުވޭ. އަދި ޕާޓީ މެންބަރުން ދައްކާވާހަކަ ކިތަންމެ ގޯހަސް، އެކަން ކުއްވެރި ކުރަންވެސް ނުކެރޭ. މޑޕ ން މިހާރު ފެނިގެން މިދަނީ ވަރަށް ގޮތެއްނެތް އަމަލުތަކެއް. ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކާ، ވެރިކަން ލިބުނީމަ ގެންގުޅޭ ސިޔާސަތާ ވަރަށް ތަފާތު.