ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. އެއް ރަށާއި އަނެއްރަށް އަޅުވައިގެން ބަހުސް ކުރުމުން ވާނީ ގެއްލުން ކަމަށް މިއަދު ވިދާޅުވި
11 ފެބުރުއަރީ 2020 - 09:57
ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް އަޅާކިޔައި ޒުވާބު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ކަންތައް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު އެޖެންޑާގެ ފުރަތަަ އައިޓަމަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވާ މިންވަރަކުން ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށެވެ. އެގޮތުން މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވާ ވަރަކަށް އެ ހަމަނުޖެހުން ބޮޑުވެ، ފުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު "ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެ ބާވަތުގެ ކަންކަން ފުޅާކުރުމަށް އަޅުގަަނޑުމެން ބާރު ނޭޅުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެދިވަޑައިގަތުން މިއައީ މާލެއަށް ދިމާވެފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިއްޔެ ރޭ ވިދާޅުވުމުން، މާލެ އާއި އެހެން ރަށްރަށުގެ މީހުން ތަފާތުކުރުމުގެ ބަހުސް ވަރުގަދަވެ، އޭނާއާ ބައެއް އެހެން މެމްބަރުންނާ ދެމެދު ސޯޝަލް މީޑިއާގައި ވެސް ޒުވާބުތަކެއް ހިނގަމުން ދަނިކޮށެވެ.
"ކަނޑު ތޮއްޓާ ހަމައަށް ހިއްކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް މިތަންތަނުގައި ވަޒަންވެރިކުރުވީ. މާލޭ މީހުން ތިބި ގޮތަށް ތިބީ. ހަމަ ގާތްގަނޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް،" ރާއްޖެ ޓީވީ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވި އެވެ.
އަނދުން ހުސައިންގެ އެވާހަކަޔަށް ރައްދު ދެއްވަމުން ދާންދޫ ދާއިރާގެ ޔައުގޫބު އަބްދުﷲ ޓްވިޓާގައި ވިދާޅުވީ އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާ އެއް ހަމަޔަކުން ރަށްރަށުގެ މީހުން މިނެކިރާތީ ލަދުވެތިވެ، ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އިޒުރޭލްގެ ނުބައިނުލަފާ މީހުންނާ އެއް ހަމަޔަކުން މިރާއްޖޭގެ 'ރާއްޖެތެރޭ މީހުން' މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ،" ޔައުގޫބު ލިއުއްވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭގެ ފަހުން އަނދުން ހުސައިން ޔައުގޫބަށް ރައްދު ދެއްވީ ތުހުމަތުތަކަކާ އެކުގަ އެވެ. އެގޮތުން އޭނާ އަކީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭތީ އެކަމާ ދެކޮޅަށް އަޑު އުފުއްލެވުމަށް ފަހު މިހާރު އެވާހަކަ ނުދައްކަވާ ކަމަށެވެ. އެހެންކަމުން މިހާރު އެ ހުންނެވީ "ދަށުވެފައި" ކަމަށް ތުހުމަތުކުރެއްވި އެވެ.
ނަޝީދު އިޝާރާތްކުރެއްވީ އެ ދެ މެމްބަރުންގެ އަރައިރުމަށް ކަމަށް ބެލެވެ އެވެ. މިއަދުގެ ޖަލްސާގައި ފުރަތަމަ ބަހުސް ކުރަން އޮތީ ވެސް މާލެ އާއި ރަށްރަށުގެ މީހުންނާ ދެމެދު ބަހުސް އުފެދޭ ކަމެކެވެ. އެއީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ބަހުސެވެ.
އެ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނިކޮށް، ނިޒާމީ ނުކުތާ ނަންގަވައިގެން ޖާބިރު ތުހުމަތުކުރެއްވީ ހަސަން ލަތީފަކީ ރަށްރަށުގެ މީހުންނާ ދެކޮޅު ބޭފުޅެއް ކަމަށެވެ.
އެހެންވެ ހަސަންގެ ވާހަކަ ނިންމެވުމާ އެކު ނަޝީދު އަނެއްކާވެސް މެމްބަރުންނަށް ނަސޭހަތް ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާބެ
12 February 2020
ދޮގުމައުލޫމާތާއި ސައްޙަނޫންލިޔެކިއުންހުށަހެޅުމާއި އެފަދަ މައުލޫމާތާއި ލިޔެކިއުންހުށަހަޅާމީހާއާއި އެކަމަށްއެހީތެރިވާމީހާގެމައްޗަށް ޖިނާޢީދައުވާކުރާވާހަކަ ދައްކާއިރު އެންމެގިނަވާނީ ތިޔާވިދާޅުވާ ރައްރަށުގެ މީހުން ރަށުގައި މަނަމަގެ ގޯއްޗެއް ބައްޕަގެ ގޯއްޗެއް މާމަގެގޯއްޗެއް ކާފަގެގޯއްޗެއް ޙުދުތިމާމީހަޔާ އަނބިމީހާގެވެސް ގޯއްޗެއް އޮވެ އަދިނުވީތާކައް މާލެ އައިސް މާލޭވެސް ގޯއްޗެއް ލިބެންވާނެޔޭ މިހުރިހާ ކަމެއްމިފެށުނީ އެދިގުރާސްތާ 30 އަހަރުރާވައިގެން
ފުއްލާބެ
12 February 2020
ވަކިރަށެއްގެ މީހުންނަކަށްނޫން އަދަބު ދޭން ބޭނުންވަނީ. ކުށްކުރާ ކުށަށް އަރައިގަންނަ ކޮންމެ ބަޔަކަށް އަދަބުދޭންޖެހޭ. މިކަމަކީ އާންމުކަމެއް. މިކަން ހުއްޓުަވާންވާނެ.
އޮނަރަބްލް އަފީފު ދީދީ
11 February 2020
މަޖިލީހަށް ހުށަހަޅާފައިވާގޮތަށް "މާލޭމީހުނަށް ޙާއްސަކޮށްގެން ޙައްޤުތަކެއްކަޑައެޅުމަކީ ދައުލަތުގެ ޤާނޫނުއަސާސީއާއި ޙިލާފުކަމެއް" އަދި މިކަމަކީ ކުރިއަށްއޮތް 1000 އަހަރަށް މާލެނޫންރަށްރަށުގެމީހުންނިކަމެތިކޮށް "ބިކަކޮށްލުމަށް" ރާވައިގެންހިންގާ ނަސްލީތަފާތުކުރުމެއް. # މިޤާނޫނަކީ ފަލަސްތީނުގެބިމަށާއި ގޮލާންހައިޓްސްގައި އިޒުރޭލުމީހުން ވަޒަންވެރިކުރުވުމަށްވުރެން ބޮޑު ޖަރީމާއެއް. އަހަރުމެންގެ މެންބަރުން މިކަމުން ބަރީއަވުމަށް ގޮވާލަން. ވޯޓް ދީގެން ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
11 February 2020
އިއްޒަތްތެރި ރައީސް. އޭނާ އެދެއްކި ވާހަކައަކީ މިދައުލަތުގެ ރައްޔަތުންގެ މެދުގައި ތަފާތުކުރުން އުފެދި ރައްޔަތުންގެ ސަލާމަތަށް ނުރައްކާވާފަދަ ވާހަކައެއް. # އަދި އެއީ ރާއްޖެ ބައިވެރިވެފައިވާ އެކުވެރި ދައުލަތް ތަކުގެ ޖަމިއްޔާ އާއި ކޮމަންވެލްތުގެ ޗާޓަރާއި ކަޑައެޅިގެން ހިލާފު ރޭސިސްޓް އަމަލެއް. # ކީއްވެގެންތޯ ސާފުބަހުން އެކަންކުށްވެރިކޮށް ޕާޓީގެ ޕާލަމެންޓްރީ ޤުރޫޕުގެ ނައިބުކަމުން ދުރުކުރުމަށް ހެހިލުންވަނީ؟!
އޮނަރަބްލް އަފީފު ދީދީ
11 February 2020
ޕްރޮޕަޓީޤާނޫނަކާއި، އެކެއްގެނަމުގައި 1 ބިން/ފްލެޓްގެއިތުރަށް ދެވަނަ ފްލެޓް/ބިމަށް %50 ޓެކްސް 3 ވަނަ ބިން/ފުލެޓް މިލްކްކުރުމަށް %100 ޓެކްސްދައްކައިގެންކަމަށް އަދި ސޯޝަލްހައުސިންގސްކީމުން ފްލެޓްހޯދުމަށް ސައްޙަނޫންލިއުންތަކާއި މައުލޫމާތުދިނުމަކީ ޖިނާއީކުށެއްކަމަށާއި އެފަދަކަމެއްކުރި ނުވަތަ އެހީތެރިވިމީހާ 5 އަހަރަށް ޖަލަށްލާން ބޯހިޔާވަހިކަމުގެޤާނޫނުގައިހިމަނަންވާނެ. ނޫންނަމަ މިޤަރާރަށް ވޯޓުދިނުމުން ބަރީއަވުމަށް އަހަރުމެންގެ މެންބަރުންނަށް ގޮވާލަން.
އިބިރިހިންބެއްޔާ
11 February 2020
މޮޅު-މޮޔަ ވާހަކަނުދައްކަވާ ތިމާ ވެރިވެ ރައީސުކަންކުރާ ޕާޓީއިން މަޖިލީހަށާއި ކައުންސިލްތަކަށް ނެރޭ ކެންޑިޑޭޓުންގެ ފެންވަރުބަލާ ރަގަޅުމީހުން ނެރުމުގެ މަސައްކަތް ކުރިއްޔާ ގައިމުވެސް ޤައުމަށް ފައިދާވާނެ އަދި މިފާޑުގެ މޮޔަގޮވާ ފިނޑިން މަޖިލީހާއި ކައުންސިލްތަކުން އަދި ކިއެއްތަ ދައުލަތާއި ސަރުކާރުގެ މަތީފަންތީގެ މުވައްޒަފުންގެ ތެރެއިންވެސް ނުފެންނާނެ. ލަދުގަނޭ ތިކޮއިގެ ކެމްޕޭނުގަ އެމްޑީޕީ އަދި ގައުމުގެ ރައީސުން ބައިވެރިވި ހަދާންވުމުން.
ނަޖުދާ
11 February 2020
ވާހަކަ ނުދައްކާ ކަލޭމެންތެރޭ ދެކެވޭ ވާހަކަ އެބޭރުކުރަނީ ކޯޗެކޭ ކިޔާކަށްތަ ތިވާނީ ތިއަށް. ރާއްޖެތެރޭ މީހުންނަށް މި ރީނދޫ ބާގައިގެ ހަގީގަތް އެނގޭއިރު ހޭއަރާކަށް އަދިވެސް ނުވޭތަ؟ކިހާ ދެރަ ކަމެއް ދެން. ތި ބާގައިގެ ކިބައިން ސަލާަމތް ވެބަލަ. ކުޅަނދު މަދޭވެސް އެމީހުން ގޮވާނެތާ މޮޔަ ހެދިގެން ގަމާރުންތަކެއްހެން ތިބެންޏާ.
އޮނަރަބްލް އަފީފު ދީދީ
11 February 2020
މާލެފެންވަރަށް ރާއްޖޭގެ އެހެންރަށެއް ތަރައްޤީ ކުރުމަކީ ވާނެކަމެއްނޫނަކަމަށް ބުނާއިރު އިންޑިޔާގެ ދިއްލީއާއި ބޮމްބޭ، ޕާކިސްތާން އިސްލާމްއާބާދާއި ލާހޯރު، ކުއަލަލަމްޕޫރާއި ޕްޓްރަޖާޔާ، ކެމްބަރާ އާއި ސިޑްނީ، ވޮޝިންގޓަން ޑީސީ އާއި ނިއުޔޯކް، ބީޖިންގ އާއި ހޮންގކޮންގް، މެޑްރިޑް އާއި ބާސެލޯނާ، ކެޕްޓައުން އާއި ޕެރެޓޮރިއާ، ރޯމް އާއި މިލާން، ލަޕޭޒް އާއި ސްކްރޭ، ޔަމައުސޮކްރޯ އާއި އަބިޑްޖަންގެ ޙަޤީގަތް ނަޝީދަށް އެގިނުލައްވަނީތޯ؟! ސާފު ތެދުވަހުން ވާހަކަދައްކަވާ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
11 February 2020
ބަހުސް ހަރާދު އަޅުވާ ކިއުން ވާނީ އިސްތިރި ވަރި ތޮޅި އަކަށް ދެއްތޮ
އޮނަރަބްލް އަފީފު ދީދީ
11 February 2020
ދައުލަތުގެ ހައުސިންގސްކީމުން ފްލެޓްހޯދުމަށް ދޮގުމައުލޫމާތާއި ސައްޙަނޫންލިޔެކިއުންހުށަހެޅުމާއި އެފަދަ މައުލޫމާތާއި ލިޔެކިއުންހުށަހަޅާމީހާއާއި އެކަމަށްއެހީތެރިވާމީހާގެމައްޗަށް ޖިނާޢީދައުވާކޮށް މަދުވެގެން 5 އަހަރުގެ ޖަލުހުކުމެއްއަންނަފަދަ ޤާނޫނެއް މަޖިލީހުންފާސްކޮށް މިކަމުގައި މަކަރާއިހީލަތްހެދުން މަދުކުރުވަންޖެހޭ. # އަދި މިފަދަ "ސްކީމްތަކުގެ ފްލެޓްތައް ދެވަނަ ފަރާތަކަށް ކުއްޔަށްދެވޭނީ ކޯޓްގައި އެއްބަސްވުން ރެޖިސްޓްރީކޮށްގެން" ކަމަށް ކަޑައަޅުއްވާ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 February 2020
އަޅުވާ ކިއުމަކީ އިސްތިރި އެކޯ ؟