ޚަބަރު / މަރިޔަމް ވަހީދާ (ރައީސް، ބްރޯޑްކާސްޓިން ކޮމިޝަން)

ގޯހެއް ހެއްދެވުުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ބްރޯޑްކޮމްގެ ރައީސް މަރީ މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އާ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަރީގެ އެ އަމަލު އޭނާ ވަރަށް ބޮޑަށް ދިފާއު ކުރައްވައިފި އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އަމިއްލަ ނަފުސު ވަރަށް ބޮޑަށް ދިފާއު ކުރެއްވި ނަމަވެސް، ސިޔާސީ ހަފުލާއެއް ދެން ހުށަނާޅުއްވާނެ ކަމުގެ ޔަގީންކަން މަރީ ދެއްވި އެވެ. އެކަމަކު، އަމިއްލަ ފަރާތްތަކުގެ ހަފުލާތައް އަދިވެސް ހުށަހަޅުއްވާނެ ކަމަށް، މަޝްހޫރު ޕްރެޒެންޓަރު އަދި އެ ފީލްޑްގައި އެތައް ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯއްދަވާފައިވާ މަރީ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް އެއްވެސް ސިޔާސީ އިންވޯލްވްމެންްޓެއް އަދި ސަރުކާރުގެ އެއްވެސް ކަމަކު ވެސް ދެން ތިޔަ ބޭފުޅުންނަކަށް ނުއެއް ފެންނާނެ. އެކަމަކު ބައެއް ފަހަރަށް އަޅުގަނޑު ޕްރައިވެޓް ޖަލްސާތައް ހުށަހަޅާތަން ފެނިދާނެ،" ބްރޯޑްކޮމްގެ ރައީސްކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު ފަހެއްގައި އައްޔަން ކުރެއްވި މަރީ ވިދާޅުވި އެވެ.

Broadcom ge raees akah Maree, naibakah Gais

Broadcom ge raees akah Maree, naibakah Gais

The most trusted news source in the Maldives

Mihaaru

ބްރޯޑްކޮމްގެ ރައީސަކަށް މަރީ، ނައިބަކަށް ގައިސް

މަރީ، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީ އަށް ހާޒިރުކުރީ މިނިވަން މުއައްސަސާއެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައި، ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހަފްލާއެއް ދާދި ފަހުން ހުށަހެޅުއްވި މައްސަލައިގަ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފްލާ ހުށަހަޅުއްވައި ދެއްވަމުން ސަރުކާރަށް ތައުރީފްކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ މަރީގެ މިނިވަންކަމާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހަފްލާގައި މަރީ ވަނީ، މިނިސްޓަރު އަލީ ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް، އެ ހަފްލާގައި ދެއްކެވި ވާހަކަ އަށް ތައުރީފް ކުރައްވައިފަ އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް އެއްވެސް ސިޔާސީ އިންވޯލްވްމެންްޓެއް އަދި ސަރުކާރުގެ އެއްވެސް ކަމަކު ވެސް ދެން ތިޔަ ބޭފުޅުންނަކަށް ނުއެއް ފެންނާނެ. އެކަމަކު ބައެއް ފަހަރަށް އަޅުގަނޑު ޕްރައިވެޓް ޖަލްސާތައް ހުށަހަޅާތަން ފެނިދާނެ،" މަރީ

މި މައްސަލައިގައި މަޖިލީހުގެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކާ ގުޅިގެން މަރީ ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންނަކީ އެހެން ވަޒީފާއެއް އަދާކުރާ ބަޔަަކަށް ވެގެން ނުވާނެ ކަމަށް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ އުސޫލުގެ ތެރެއަށް، އޭނާ ކުރައްވާ އަމިއްލަ މަސައްކަތް ކަމަށްވާ ޖަލްސާތަކާއި ހަފުލާތައް ހުށަހަޅައި ދެއްވުން ނުފެތޭ ކަމަށެވެ.

މަރީ އަށް ފާޑުކިއުން އަމާޒުވި ޖަލްސާގައި އޭނާ ކުރެއްވި މަސައްކަތް މިއަދުގެ ބައްދަލުވުމުގައި ވެސް ތަކުރާރުކޮށް ދިފާއު ކުރެއްވި އެވެ. ވިދާޅުވީ އެ ޖަލްސާގައި ވަކި އަތަކަށް ޖެހިފައި ވެސްް ނުވާނެ ކަމަށާއި ސިޔާސީ ބަސްތަކެއް ބޭނުން ކުރައްވާފައި ވެސް ނުވާނެ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު ނަސީމަށް، މަރީ ތައުރީފު ކުރެއްވި ކަމަށް ނޫސްތަކުގައި ލިޔެފައިވާ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި މަރީ ވިދާޅުވި ގޮތުގައި، ނަސީމަށް ޝުކުރު އަދާކުރެއްވީ، އެއީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީގެ ކަމަށް ވާތީ އެވެ.

މިނިސްޓަރު އަލީ ވަހީދުގެ ނަޒަރުގައި މަރީ ގަވައިދާ ޚިލާފެއް ނުވޭ

މަރީ ލައްވައި، ޓޫރިޒަމް މިނިސްޓްރީގެ ހަފުލާ ހުށަހެޅުއްވި މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ އެކަން ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ އެއީ ގަވައިދާ ޚިލާފަށް މަރީ ކުރެއްވި ކަމެއް ނޫން ކަމަށެވެ.

Broadcom ge raees Mary, sarukaaru ge hafulaa eh hushaelhuvvumugai!

Broadcom ge raees Mary, sarukaaru ge hafulaa eh hushaelhuvvumugai!

The most trusted news source in the Maldives

Mihaaru

ބްރޯޑްކޮމްގެ ރައީސް މަރީ، ސަރުކާރުގެ ހަފުލާއެއް ހުށަހެޅުއްވުމުގައި!

"އަޅުގަނޑުމެން ނޭދެން އަޅުގަނޑުމެންގެ ޖަލްސާއެއް ބާއްވައިގެން މީހަކަށް ގެއްލުމެއް ވާކަށް. މަރިޔަމް ވަހީދާ ގަވާއިދާ ހިލާފު ނުވި ނަމަވެސް އަޅުގަނޑުމެންގެ ގިނަ ރައްޔިުންގެ ވިސްނުން ހުރީ ކޮމިޝަންތަކުގައި ތިބޭ މީހުން އެފަދަ ކަންކަން ނުކުރަން ކަމަށް ވެއްޖެއްޔާ ނުކުރުން އެންމެ ރަނގަޅުވާނީ،" އަލީ ވަހީދު ކުރިން ވިދާޅުވެފައި ވެ އެވެ.

މަރީގެ އަމަލުގެ ނަތީޖާ އަކީ ބްރޯޑްކޮމްގެ ގަވައިދު އިސްލާހުކޮށް، ފުރުސަތު ބަންދުކުރުން

މަރީގެ މައްސަލައިގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުން ކުރެއްވި މަޝްވަރާތަކަށް ފަހު، ނިންމީ ބްރޯޑްކޮމްގެ އެއްވެސް މެމްބަރަކު ކޮމިޝަންގެ މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައި ލިޔަން އެ ކޮމިޝަނަށް ކޮމިޓީން ސިޓީއެއް ފޮނުވުމަށެވެ.

ބްރޯޑްކާސްޓް ކުރާ ޖަލްސާތަކާއި ހަފުލާތަކާއި ބްރޯޑްކޮމްގެ މެމްބަރުން ބައިވެރިވެވަޑައިތުމާ ގުޅޭ ގޮތުން، ބްރޯޑްކޮމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކުރަން ޖެހޭ ކަންކަން ފަށަން ވެސް ކޮމިޓީން މިއަދު ނިންމި އެވެ.

44 ކޮމެންޓް, 78 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 1%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

14 February 2020

ގޯސްކޮށް ކަ މެއް ކުރެވުނީ މާ ބުއްދިވެރިންނަކީ މަޢާފަށް އެދުން. ގޯސްވާނީކީ އެކަ މެއް ކުރި މީހަކު ގޯސްކޮށް ކަ މެއް ކުރެވުނުކަ މަށް ގަބޫލުނުކުރު މުން ނުވަތަ ވަޒީރަކު ވަކިގޮތަކަށް ބުނު މަކުން ނޫން.

The name is already taken The name is available. Register?

މުޙުއްމާ

13 February 2020

ގޮތްދޫނުކުރަންޏާ ކަޑާލާ. ކޮން މަރީޔެއް އޮއްނާނީ. ގޯސްހެދުނީމަ އެއްބަސްވެފަ މަޢާފަށް އެދެންޖެހޭނީ. ކަޑާލަން ފެންނަނީ. މިކަހަލަ ބޯހަރު މަންޖެއެއް ތިކަމަކަށް ކަމަކުނުދާނެ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

13 February 2020

ނޫނޭ އެއީ ވަރަށް ބޮޑު ގޯހެށް. 3 ދުވަހަށް ސަރުކާރު ބަންދު ކޮންގެންވެސް ބެލުމަކީ ނޫންތޯ ކަމެއްވީ ކަމަކީ

The name is already taken The name is available. Register?

ޔައުގޫބު

13 February 2020

އިސްތިއުފާ ދީ ނުވަތަ މަޖުލިހުން އެކަމަނާ ބޭރުކުރޭ. މިކަންކަމަށް ފިޔަވަޅު އަޅަން ނުކެރެންޏާ އެމްޑީޕީ ނުކިޔާ. ކިޔާނީ މޯލްޑިވްސް ޑިކްޓޭޓާ ޕާޓީ

The name is already taken The name is available. Register?

ހަސަން ޗިޗަންޑާ

13 February 2020

ކުޑައެއްކަމަކު ކުޅި މިރުހެއް

The name is already taken The name is available. Register?

ވޯލް

13 February 2020

ތިޔަ ޤާނޫނަށް އިސްލާހުނުގެނަޔަސް މިާޙރުވެސް އެބަ ބުނޭ އިތުރު ވަޒީފާއެއް އަދާކޮށްގެން ނުވާނޭ. ވަޒީފާ އޭގެ މާނާގައި މަސައްކަތް ހިމެނޭ. ޕްރެޒެންޑް ކުރުމަކީވެސް އުޖޫރައަށް ކުރާ ކަަމެއް، އެއީ ހިލޭ ސާބަހަށް ކުރާކަމެއް ނަމަ އެކަން ނުހިމެނޭނެ.

The name is already taken The name is available. Register?

ކޮލެޖު އެ މްޕީ

13 February 2020

އުޖޫރަ ނުހޯދިއަސް ހެޔޮ. އެކަ މަކު މަސައްކަތް ކޮށްގެން ނުވާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 February 2020

މަރިޔަނބާ. ތިވަޒީފާގެބަދަލުގައި ފިރިކަލުންގެގަރާޖުގައި ވަޒީފާއެއްއަދާކުރައްވާ. ދައުލަތުގެ ތިފަދަ މަޤާމެއްގައިހުރެ ފާޅުގައި ގަދަކޮށްލާފައި "އަމިއްލަފަރާތްތަކުގެ އިވަންޓްތަައްހުށަހަޅާދިނުމުގައި ދެމިހުންނަވާނެކަމަށް" ބުނާއިރު ދައުލަތުގެތިޔަ މަޤާމްގެމަޤުސަދާއި "މިނިވަން" މިބަހުގެމާނައާއިމެދު ވިސްނާލިންތޯ؟ # ފަނޑިޔާރުންނާއި، އޭޖީ، ޕީޖީ، އޭޖީ އާއި އެމްއެމްއޭ ޤަވަރުނަރު ޗީފް އޮފް ސްޓާފާއި ޕޮލިސް ކޮމިޝަނަރ ވެސް ހުސްވަގުތު މިގޮތަށް ހޭދަކުރަންވީ.

The name is already taken The name is available. Register?

ފަހީމާއިބުރޭ

13 February 2020

މަޤާމާ ޙަވާލުވެވަޑައިގަތުމުން ތަފާތެއް ދައްކުވާ ނަމޫނާ ދައްކުވައި ދެއްްވަން އެދުމުން " އައި ޑޯންޓް ހޭވް ޓު ޕްރޫވް އެނީތިންގް " މީ މަރީދެއްވި ޖަވާބު . ވަރަށް މައުނަވީ ވާހަކަފުޅެއް . މަރީއަކީ ހަފްލާތައް ހުށަހެޅުއްވުމާ ޕްރެސެންޓްކުރެއްވުމުގައި ވަރަށް ޤާބިލް ، މަޤްބޫލް ބޭފުޅެއް، ހުނަރުހުރި ބޭފުޅެއް . މިހާރު މަރީއަކީ " ބްރޯޑްކޮމްގެ " ރައީސް . " ދެޓްސް އޯލް "

The name is already taken The name is available. Register?

ބޮޑުމީހާ

13 February 2020

މިހުރީ ޑިމޮކްރަސީ ފައްކާވެފަ.

The name is already taken The name is available. Register?

ހަތް ފެނު ކެއްކި އަސް

13 February 2020

އެ ވަނީ އެއަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454