ފިހާރައެއްގައި ވިއްކަން ހުރި އެއްޗެހިތަކެއް: ވިިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް ވަނީ ކަނޑައަޅާފައި -- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2020 - 10:40
ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުތަކެއްގައި ހުންނަ ތަންތަނަށެވެ. މީގެ ކުރިން މާލެ އާއި ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް އޮތީ ކަނޑައަޅައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނީ ފެރީ ޓާމިނަލް ސަރަހައްދާއި ވާރު ހިނގުން މަގުގައި ކަމަށެވެ. އެކަމަށް އެދި އެ މިނިސްޓްރީ އަށް ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން 24 ގަޑިއިރު ވިިޔަފާރިކުރާ ފިހާރަތަކުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކުރިން އޮތީ ކަނޑައަޅައިފަ އެވެ. އެ ސަރަހައްދުުތަކުގައި ހުންނަ ތަންތަނަށް ވެސް އެ ހުއްދަ ދެނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ ދުލުން
13 February 2020
މި އުޅެނީކީ ރަތްޔިތުންނައް ފައިދާހުރި ކަމެއްކޮށްދޭކަށެއްނޫން، މި ހާރުމިއުޅެނީ މަގުމަތީގަ މިއުޅޭ ސޯޓުބޭލިފަ ތިބޭ ވައްތަރު ކުދިންތައް ގިނަކުރަން ރަގަޅު ޖަގަހަތައް ތިހަދާދެނީ، ގަސްތުގަ މުޖުތަމައައް ގެއްލުންކުރަން، ނަތީޖާއަކައްވާނީ، މާރާމާރީގިނަވުމާ، ކުށްތައްގިނަވުން، އިންސާނާ އަށް އޮންނަނީ ރޭގަނޑު ނިދާފަ ދުވާލު މަސައްކަތްކުރުން، ކޮންމެހެން ރޭގަނޑު ހޭލާހުންނަން ނުޖެހޭމީހެއް ވެއްޖިއްޔާ ރަނގަޅުގޮތަކީ ރޭގަޑު ނިދުން، ރީދޫބައިގަނޑު ގައުމު ސުންނާފަތި ކރނީ
ބަޑީ
13 February 2020
މިފަދަ ތަންތަން ކަނޑައަޅަނީ ސިޓީ ކައުންސިލަކުން ނޫންތޯ؟ ސިޓީ ކައުންސިލުން ކަނޑައަޅާ ސަރަހައްދު ތަކުގެ ވިޔަފާރިތައް އިކޮނޮމިކު މިިނިސްޓުރީގައި ރަޖިސްޓަރީ ކުރަނީކީ ނޫންތޯ؟
ވަކުންޖު
13 February 2020
24 ގަޑިއިރު ހުޅުވާފަ ހުންނަތަންތަނުން މިހާރު ދިވެހިންގެ އާދާކާދަ ހުންނަގޮތް ރަގަޅަށް ފެންނަނީ! ރޭގަޑު 12 ޖަހާއިރު އެތަންތަން ބާރު ބޮޑުވާނެ: ކޯކު، ޗިކަންރިންގު، ޗިޕްސް ހުރިހާ ޖަންކް ފުޑެއް ހެސްކިއާފަ ވިކޭނެ. ފުރިހަމަ ސިއްހަތަކަށް ބޮޑު ލޮޅުމެއް އަރާއިރު ހެދުނު އޮފީހަށްދާނީ ނިދާފަތިބެ، އެމީހުންނަށް ރަގަޅަށް އިރު އަރާނީ މެންދުރު 12 ޖަހާއިރު، އޭރު އޮންނާނީ ދެތިން ޓީ ބްރޭކް ނަގާފަ. މީ ގައުމުގެ ހާލު.