ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ސައުދީން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ދޭން ނިންމައިފި

ރިޔާޟް، ސައުދީ އަރަބިއްޔާ: އޮކްޓޯބަރު 4، 2016: ރައީސް އަބްދުﷲ ޔާމީން ސައޫދީއަށް ވަޑައިގަތުމުން، ‏ސަޢޫދީ‏ ޢަރައްބިއްޔާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައުދާއ، ރައީސް ޔާމިން ވާހަކަ ދައްކަވަނީ: ރައީސްގެ ދަތުރުފުޅުގައި ރާއްޖެއާ ސައޫދީ އާއި ދެމެދުގައި ވަނީ ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފައި.---ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ދޭން ނިންމައިފި ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސައުދީ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ސައުދީން ދޭން ނިންމި ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާއަކީ ގައުމުގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު ކުރަން ދޭ އެހީއެއް ކަމަށެވެ. އެއީ ހިލޭ އެހީއެއް ނޫން ކަމަށާއި އެކަމަކު އެ ފައިސާ ދެއްކިދާނެ ގޮތަކާ ދޭތެރޭ ކުރިއަށް އޮތްތާނގައި ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހިލޭ އެހީއަކަށް ނުވާނެ. އެކަމަކު އަޅުގަނޑުމެން ވާހަކަ ދައްކަމުން ދާނަން ކުރިއަށް އޮތް ތަނުގައި މި ފައިސާ ސައުދީ އަށް ދެއްކިދާނެ ގޮތަކާ މެދުގައި،" ޝައިނީ ވިދާޅުވި އެވެ.

އެ ފައިސާ ރާއްޖެއާ ހަވާލު ކުރުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ ފައިސާ ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ސައުދީން ދިނުމަށް ހަމަޖެހިފައިވާ އެހީއަކީ ވަކި ދާއިރާއަކަށް ހާއްސަކޮށްގެން ދިން އެހީއެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، މި އެހީގެ ސަބަބުން އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ އިސް ވަފުދަކާ އެކު ރައީސް ސައުދީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތީ މިއަދެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައުދާ ބައްދަލު ކުރައްވައި ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވަވައިފަ އެވެ.

ޝައިނީ ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ސައުދީން ރާއްޖެއާއެކު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު 300 އަށް އިތުރު ކުރުމަށް އެ ގައުމުން ވަނީ ނިންމައިފަ އެވެ. ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ސައުދީން މިހާރު ވެސް ރާއްޖެ އަށް 100 ސްކޮލަޝިޕް ދެ އެވެ.

72 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިކަމެތި ރައްޔިތުމީހާ

08 October 2016

ނިކަމެތި ރައްޔިތުމީހާ ބޮލުގަ ދަރަނި އަޅުވަންވެގެން ބޭރު ގައުމު ތަކަށް ގޮސް އާދޭސްކޮށްގެން ފައިސާ ހޯދަނީ.. ފައިސާކޮޅެއް ލިބޭ އިރަށް އެފައިސާކޮޅަށް ވަނީ ކިހިނެއްކަމެއް އެއްވެސް ރައްޔިތަކަށް ނޭގެ.. މުސާރަ ދޭނެ ފައިސާއެއްވެސް ނުހުރޭ.. އެންމެ ފަހުން މިޖެހެނީ ކަރަންޓް އަގު ބޮޑުކޮށްފަ ، ނިކަމެތި ރައްޔިތުމީހާއަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލަން... ދަރާ ވިކެނީ ރައްޔިތުން.. ހަނާވެ ފަނާވަނީ ނިކަމެތި ރައްޔިތުމީހާ...

The name is already taken The name is available. Register?

ހަސަނާ

07 October 2016

އެކަމަކު ރޭގަ ހީވީ އެހެންފަދަކަމެއްހެން، ހިލޭ އެހީޔޯކިޔައިގެން، އަނެއްކާ އަނެއްލޯން، ދަރާވިކިގެން ނޫނީ ކުރެވޭ އެއްކަމެއްވެސް ނޯވޭ، ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންނަށް ރީތިވެއްޖެއެއްނު

The name is already taken The name is available. Register?

މެންޓަލިސްޓް

07 October 2016

ތިޔަފައިސާ އަދި ދޭނެދުވަހެއް ނޭންގޭތާ ؟؟ ތިޔައިގެން މަރުކަޒީބޭންކުގެ ދަރަނި ފިލުވޭނެބާ ؟ ދައުލަތުން އެމް،ޓީ.ސީ.ސީއަށް ދޭންއޮތް ފައިސާ ލިބޭނެބާ ؟ މިފްކޯގެ ދަރަނި ފިލުވޭނެބާ ؟ އެސް.ޓީ.އޯއަށް އަންނަން ހުރި ތެލުގެ ފައިސާލިބޭނެބާ ؟ އެމް،އެމް.ޕީއާރސީން ދައުލަތުން ލޫޓްވާލާ ސަރުކާޜުގެ އިސްފަރާތްތަށް ޙަރަދުކޮށް އަވަދި ކޮއްލި 1.2 ބިލިއަން ރުފިޔާ ފޫބެއްދޭނެބާ ؟؟

The name is already taken The name is available. Register?

މުހަންމަދު

07 October 2016

ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެންކަމަކީ ޒަމާނުއްސުރެ ބުނެވޭ ޙަޤީޤަތެކެވެ. މިޢަދަދު އެބަދެއެވެ. ދެނީ ކޮންގޮތަކަށްކަމެއް، އެނގޭގޮތްނުވާތީވެ ބިރުގަންނަންޖެހެއެވެ. މިއީ ރަށްތަކަކާއި ފަޅުތަކެއްގެ އަގުކަމުގަވާނަމަ، ސަހަރޯއެވެ. އަހަރުމެންގެ ފައިމައްޗަށް އަނެއްފޮއި ވެއްޓެނީބާއެވެ؟ ސުވާލުނުއުފެދޭގޮތަށް ދެފުށްފެންނަގޮތަށް ކުރެވޭ އެއްކަމެއް ނުފެނެއެވެ. އެކަމަކު މިކުރެވެނީ ދެފުށްފެންނަ ދުނިޔެއަށް ނަމޫނާއަކަށްވާފަދަ ޑިމޮކްރަސީއެކޯލައެވެ!

The name is already taken The name is available. Register?

ބޭނުމީބޯ

07 October 2016

ބޯހިޔާވަހިކަމަށް ތިފައިސާ ހަރަދުކޮށްބަލަ... އަހަރެމެން އުމުރު ހޭދަކޮށްގެން ތި އަނބުރާދެއްކީމަ ފަހަރުގައި އަހަރެމެންގެ ދަރިން ކުލީގެ އަޅުވެތިކަމުން ސަލާމަތްވެދާނެ...

The name is already taken The name is available. Register?

Maldives

07 October 2016

މިރަސްގެފާނުވަނީ ޕްރިސްސަކަށް ހުރިއިރު ރާއްޖެއައިސް އަނަންތަރާ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފަ. އެބޭފުޅާ އެރިސޯޓަށް އަންނަންވެގެން މުޅި ރިސޯޓަށް ހައްދާފަހުރި އެހެން ބުކިންތަށް ކެންސަލްކޮށް ބުކިންހެދިޓޫރިންޓުންނަށް ބަދަލްދޭން ޖެހުނު.

The name is already taken The name is available. Register?

ތެދު

07 October 2016

މަދަހަ ކިޔަގެންވެސް މީސްމީހުން ލާރި ހޯދާ އިނގޭ

The name is already taken The name is available. Register?

އައްޑޫ ރަދުން

07 October 2016

ލޯނު ނެގުމަކުން ގޯހެއްނެތް އެކަމަކު ތި ރަނގަޅު ގޮތުގަ ބޭނުންކުރަންވާނީ.ދިވެހި ކޮންމެ ރައްޔަތަކަށް ކުރެޑިޓް ކާޑު ހައްދައިގެންތިބެ ސަރުކާރުން ލޯނުނެގީމަ ނުދެއްކޭނެއޭ ބުންޏަސް އަދި ކަމަކު ނުދާނެ.ދޭދޭ މީހުންވެސް ލޯނުނަގާ އުސޫލުން ސަރުކާރުންވެސް ލޯނުނަގަންޖެހޭނެ ވީމާ ހުރިހާކަމެއްގަ ސަރުކާރު ގޯސްކުރުމަކީ ކަމަކަށް އޮތް ހައްލެއްނޫން.ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ހަމައިގަ ތިބުން ވަރަށް މުހިންމު.ރައީސްމީހާއަށް ރައީސްކަންދެނީވެސް ރައްޔަތުން ރައީސްކަން ނުދެނީވެސް ރައްޔަތުން ވީމާ 5 އަހަރުން ވެރިންގޯހިއްޔާމުން ވަކިކޮށްލައްވާ..

The name is already taken The name is available. Register?

އަލޯ

08 October 2016

ކްރެޑިޓްކާޑަށް ފައިސާދައްކަނީ އަމިއްލައަށް ބުރަމަސައްކަތްކޮށްގެން. ސަރުކާރުން ބޮޑެތިލޯނުނެގީމަ ޔާމީނުމަސައްކަތްކޮށްފަހޯދާ ފައިސާއިންނެއްނޫން އެލޯނު އަދާކުރަނީ. ހުރިހާ ރައްޔިތުންގެ ފައިސާއިން. ފަގީރުން ފެލާލައިގެން.

The name is already taken The name is available. Register?

1234

07 October 2016

ކިބާތަ އަހަރަމެންދެން ލޯބިވާ އީޔޫ އާއި ކޮމަންވެލްތު. ކިތައް ރުފިޔާ ބާ މިހާތަނަށް ދިނީ މިގައުމުގެ ތަރައްގީއަށް؟

The name is already taken The name is available. Register?

ޗަކޮޔާ

07 October 2016

އަލުގަނޑު ސުވާލުކޮއްލަންބޭނުންވަނީ ތިފައިސާޔަކީ ސަޢުދީ ސަރުކާރުން ދިވެހިރައްޔިތުންނަށްދެއްވި ފައިސާއެއްތޯ ނުވަތަ ސަޢުދީ ރަސްގެފާނު އަމިއްލަ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްﷲޔާމީންއަށް ދެއްވި ހަދިޔާއެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454