ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކު، މާލޭގެ މަގުތައް ހަދަން ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ފެބުރުއަރީ 2020 - 15:45
މާލޭގެ މަގުތަކުގައި ތާރު އަޅާނީ އޭގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ފަހު ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.
މާލޭގެ މަގު ހެދުމުގެ އާ މަޝްރޫއާ ބެހޭ ގޮތުން އާރްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު އިސްމާއިލް މިއުރާޖު މިއަދު ވިދާޅުވީ، ކަނބައައިސާރަނި ހިނގުން ސަރަހައްދުގައި އިއްޔެ ފެށީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ. ފުރަތަމަ އަތުރާނީ ގާ ކަމަށާއި މާލޭގެ މަގުތަކުގައި ތާރު އަޅަން މުޅިން ނިންމާނީ، އެ ޕްރޮޖެކްޓުގެ ދަށުން ކުރާ ދިރާސާތަކުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު އިއްޔެ ވިދާޅުވެފައި ވަނީ މަޝްރޫއު ނިމޭ އިރު މާލޭގެ ހުރިހާ މަގުތަކެއްގައި ހުންނާނީ ތާރު އަޅާފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި 18.08 ކިލޯމީޓަރުގެ ތާރު އަޅާނެ ކަމަށް ޝިފާ އިއްޔެ ވިދާޅުވި އެވެ.
"ތާރު އަޅާނެކަން ވެސް ނިންމާނީ އެ ދިރާސާތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު. އަޅުގަނޑުމެންގެ އުންމީދަކީ މާލޭގެ ހުރިހާ މަގުތަކެއްގައި ތާރު އެޅުން،" މިއުރާޖު
މިއުރާޖު ވިދާޅުވީ، ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކުރާ ދިރާސާގައި ބޮޑަށް ބަލާނީ މާލޭގެ މަގުތަކުގެ އަޑީގެ ހާލަތެވެ. އޭގެ ތެރޭގައި ވަޅުލާފައިވާ ހޮޅިތައް ހުރި ގޮތާއި ވަޔަރުތައް ހުރި ގޮތް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަގުތަކުގައި ދެން އަތުރާނީ އާ ގާ ކަމަށާއި ގާ އެތުރުމަށް ފަހު ބަލަން ޖެހޭ އިތުރު ޓެކްނިކަލް ކަންތައްތައް ވެސް އާރްޑީސީ އިން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގު ހެދުމުގެ ރަސްމިއްޔާތުގައި އިއްޔެ ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ތާރު އަޅާނެކަން ނިންމާނީ، އެ ދިރާސާތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު. އަޅުގަނޑުމެންގެ އުންމީދަކީ މާލޭގެ ހުރިހާ މަގުތަކެއްގައި ތާރު އެޅުން،" މިއުރާޖު ވިދާޅުވި އެވެ.
މި ޕައިލެޓް ޕްރޮޖެކްޓަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރާނެ އެވެ. ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކަނބާއައިސާރަނި ހިނގުން ސަރަހައްދުގެ އަށް މަގެއް ހިމެނޭ 1.96 ކިލޯމީޓަރުގެ ސަރަހައްދެއް ދެ މަހާއި ދެ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ޝިފާ އިއްޔެ ވިދާޅުވި އެވެ.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އާރްޑީސީ އާ ހަވާލުކުރީ މިދިޔަ މަހެވެ. މާލޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މި މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެ އެވެ. މި މަޝްރޫއު އެއްކޮށް ފުރިހަމަކުރަން ދެ އަހަރު ދުވަސް ނަގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރާންތި ބުރާންތި
19 February 2020
މައުމޫން އަލާފަ ތިއޮން ގާމަގަކުން ދިރާސާ އެންނުކުރެވޭތަ. އަލުން އާ ގާއަޅަން ނިންމާނީ، މި ޕައިލެޓް ޕްރޮޖެކްޓަށް 50 މިލިއަނަށް ވުރެ ގިނަ ރުފިއާ ކާލެވޭ ނެވެ.
ސަންފައްތަ
19 February 2020
މަގުތަކުގައި އަތުރާ ގާތައް އަހަރެއްގެ ތެރޭގައި ވިރިގެން ތާރަށް ބަދަލުވާނެ. އޭރުން ޕްރޮޖެކްޓް ނިމޭއިރު ހުރިހާ މަގެއްގައިވެސް އޮންނާނީ ތާރު އެޅިފައި. އެންމެ ފަހުގެ ފޯމިއުލާ ބޭނުންކޮށްގެން އަޅާ ގަލެއްއެއީ.
ހަހަހަހަ
19 February 2020
ހަހަހަހަހަހ، އެއީ ތާރު ގާތަ
ޕައިލެޓް
19 February 2020
ޕައިލެޓް ޕްރޮޖެކްޓް ހިންގަނީ މަގުތަކުގައި ގައު އަޅައިގެން، އެކަމަކު މިކަން ނިމޭއިރު މަގުތައް ހުންނަނީ ތާރަށް ބަދަލުވެފައޯ، މީ ވަރަށް މޮޅު ބައެއް....
ދާދު
18 February 2020
މިވާގޮތުން މިހުންނަންޖެހެނީ ވާނުވާގަ
ޖުސްމ
19 February 2020
ވާގޮތަކީ ލާރިކެއުން
ސާ މިއު
18 February 2020
ކަލޭނައް އެޅޭނީ ތާރައެއްވެސް ނޫން.. ކަލޭނައް ތާރަޖެހޭނީ..
ތާރު
18 February 2020
ގާއަތުރަނީ ތާރު އަޅަން އެކްސް ޕެރިމެންޓް ހަދަން؟ އާން ދެން ތިބޭނީ ގަމާރުން ވިޔާ
Hassan Shamil
18 February 2020
ބޯހަލާކު??♂️
އިސްލާހު
18 February 2020
ތިޔަ ދައްކާ ވާހަކަ ތަކުން ހަމަ ހިނިއަންނަނީއެވެ. ދުވަހަކު ކަމެއް ކޮށް ނިންމިވާހަކައެއް އަޑެއް ނީވެއެވެ. ދައުރު ނިމޭއިރުވެސް ކުރިއަށް އޮތްތަނުގައި ކުރާނެ ކަންމުގެ ވާހަކައެވެ.
falcon_autho
18 February 2020
އަނެއް ކަނޑުކޮސް މިހިރަ ދައްކާ ވާހަކައެއް. ތާރަކީ އަލަށް ދުނިޔެއަށް އައި އެއްޗެއްތޯ ތަޖްރިބާ ކުރަން. ކަލޯ އެއޮތީ ފެންނަން ތާރުއަޅާފައިހުރި މަގުތައް ދެން ކޮންކަމެއްގެ ތަޖުރިބާތޯ ކުރަން ބޭނުންވަނީ. ޕައިލެޓް ޕޮްރޮޖެކްޓޭ މީހުން ކިޔާއަޑު ދޯ އިވެނީ. މިއޮތީވާ ސަރުކާރެއް އަހަރެމެންނަށް ގެނެވިފައި.