ޑރ. ބިލާލް ފިލިޕްސް
18 ފެބުރުއަރީ 2020 - 16:00
ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމަށްޓަކައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ނިމުމުން އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އެ ނިންމުމާ ދެކޮޅު ހައްދަވަން ފައްޓަވައިފި އެވެ.
ކެނެޑާ އަށް އުފަން ބިލާލް، މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދެއްވާފައި ވިޔަސް އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ނިންމައި ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.
ނަމަވެސް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒުވާނުންނަށް ހާއްސަ ކޮށްގެން، ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ޕްރޮމޯޓު ކުރުމަށް އަންނަ މަހުގެ 12-18 ވަނަ ދުވަހާ ހަމައަށް ބިލާލް ރާއްޖޭގައި ހުންނަވާނެ ކަމަށެވެ. އެ ދައުވަތު ގަބޫލު ކުރެއްވުމުން މަހުލޫފު ވަނީ އޭނާ ބިލާލަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Yes. We are much in need of “Tolerance, Peace & Harmony.” The world is. However, even a perfunctory glance at Google would show that Bilal Philips is not the man for the job. He propagates extremism, violence against women,not to mention his destructive views on democracy. Stop. https://t.co/vG3lxmCISw
— Eva Abdulla 🎈❓ (@evattey) February 18, 2020
މަހުލޫފުގެ ޓްވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އަހަރެމެން އެންމެން މިތިބީ ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ވަރަށް ބޭނުންވެފައި ކަމަށެވެ. އެކަމަކު، އީވާ ވިދާޅުވީ ގޫގުލް އިން ސާޗް ކުރުމުން ވެސް އެކަމަށް އެންމެ އެކަށީގެން ވަނީ ބިލާލް ނޫންކަން އެނގޭނެ ކަމަށެވެ.
"އޭނާ އަކީ އޭނާ ޑިމޮކްރަސީއާ މެދު ގެންގުޅޭ ފަނާ ކުރަނިވި ވިސްނުުމުގެ އިތުރުން، ހައްދުފަހަނައަަޅައި ދިއުމުގެ ވިސްނުން ފެތުރުމާއި އަންހެނުންނާ މެދު ހަރުކަށި އަމަލުތައް ހިންގާ މީހެއް. މި ކަންތައް ހުއްޓާލާ،" އީވާގެ ޓްވީޓުގައި ވެ އެވެ.
Respected my foot. He preaches hate and banned from entering to many countries including Bangladesh, UK and Australia. @NCTCMaldives are you aware of this?
— Hasanfutha (@hasanfutha) February 18, 2020
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި، ބިލާލް އަކީ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއެއް ނޫނެވެ. އޭނާގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން މިހާރު ވެސް ގިނަ ގައުމުތަކަށް ވަނުން މަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
With due respect Minister @AhmedMahloof, I beg to differ. Dr Bilal Philips is not the right scholar for that purpose. In fact he’s currently banned from entering into many countries for his extreme views.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 18, 2020
އެހެން މީހެއްގެ ޓްވީޓެއްގައި ބުނީ، ބިލާލް ރާއްޖެ ގެނައުމާ މެދު އެމްއެންޑީއެފް އަދި މޯލްޑިވް އިމިގްރޭޝަނުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
19 February 2020
ރާއްޖެ އަށް އެތެރެވާންޖެހެނީ ކެނެރީގޭ ނަޝީދު ބޭނުންވާ މީހެއް ތޯ؟ ނޫނީ ވަކި ޕާރޓީއެއްގެ ބަޔަކު ރުޙޭ މީހެއްތޯ؟ އަޅުގަނޑަށް އެމްޑީޕީ އަށް ވޯޓް ލެވުނީތީ ވަރަށް ދެރަވަން..... އިސްތިއުފާ،،،، އިސްތިއުފާ.... އަންނި އާ އީވައްޓޭ އިސްތިއުފާ....
ސާމިް
18 February 2020
މަށަކަށް ކަމުދާ ޝެއިޚެއް ނޫން ބިލާލް ފިލިޕް އަކީ. ތަންކޮޅެއް ހަރުކަށި ކޮށް ދަރުސްތަށް ހުންނަނީ.
ޣޣ
19 February 2020
ޑރ. ބިލާލް ފިލިޕްސް، މުފްތީ މެންކު ފަދަ ބޭފުޅުންނަށް ދައުވަތު ދީގެން ތަޤުރީރު ކުރަން ގެންދާތީ އެކަމާ ދެކޮޅަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި އަޑު އުފުލާ އުޅެނީ މުސްލިމުން ދެކެ ރުޅި އަންނަ ހައްދުފަހަނައެޅި ކަނާތު ފިޔާގެ ހަރުކަށި ޖަމާޢަތްތަކެވެ. 100% މުސްލިމު މި ދިވެހިރާއްޖޭގައި އެއަޑު މި އިވެނީ ރައްޔިތުންގެ މަޖިލީހުގެ ”ޢިއްޒަތްތެރި“ މެމްބަރުން ފަރާތުންނެވެ. ދިވެހިންނަށާއި މުސްލިމު އުއްމަތަށްވެސް ހުރި ކޮން ފަދަ ބޮޑު ލަދެއްތޯއެވެ؟
މުރީދު
18 February 2020
މީނަ ނޫން މޮޑަރޭޓު ޝެއިޚަކު ގެންނަން ފެންނަނީ. ދިވެހި ޝެއިޚަކު ކިޔާ އެއްޗެއް އަޑުއަހާލާނެ ޒުވާނަކު މަހުލޫފަކަށް ނުފެނުނީތޯ.
ޕޫބެއަރ
18 February 2020
އާނިޔާ ނުވަތަ އެމްޑީއެން އިން ބުނާ މީހަކު ގެންނަން ވީނުން
މަނިކުފާނު
18 February 2020
ރާއްޖޭގައި ޝެއިޚުން ބައިވަރު އެކަމަކު ނޫހަށް އަރުވަން ބޭރުން މީހަކު މިގެންނަން ޖެހެނީ ކީއްވެ. ޒުވާނުން ނަށް ނަސޭހަތްދޭން ރަގަޅީ ދިވެހި ޝެއިޚުން. އެތައް ގައުމަކުން ބުލެކް ލިސްޓު ކޮށްފައި ހުރި މީހަކު ކޮންމެހެން ނުގެނަޔަސް ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމުގެ ގާބިލުކަން ދިވެހި ޝެއިޚުންގެ ހުންނާނެ.
ދެރަ
18 February 2020
އީވާ އިމްތިޔާޒް ރައްޔިތުންގެ މަގާމުތަކުން އިސްތިއުފާ.
ހަނުހުންނަ މީހާ1
18 February 2020
ގެނައުމުގެ ކުރިން ޔޫޓިއުބް ބައެއް ވީޑިއޯތައް އަހާލާ އެނާއާއި މެދު ގޮތެއްނިންމުން މުހިންމު. ބައެއް ވާހަކަތަކުގައި ހަރުކަށި ގޮތެއް ހުއްޓަސް ވަރަށް އިބުރަތްތެރި ފުރިހަމަ ދަރުސްތަކެއް ދީފަ އެބަހުރި. ގެނަޔަސް ނުގެނެޔަސް އެންމެ ރަގަޅު.
ހުވާ
18 February 2020
ސޯޝަލް މީޑިއާގަ އެވާހަކަ ނުބުނެ މަހުލޫފަށް ގުޅާފަވެސް ބުނެވުނީސް ދޯ. ދީނީ ގޮތުން ބައިބައިވުން އުފެދުން ނޫންކަމެއް ނުވާނެ. އީވާމެން ވަރަށް ވިސްނުންކޮށި
ފޫހި
18 February 2020
އީވާ ކަލޭމެންނާ މިކަމާ ބެހޭކަމެއްނޫން. މިބައިގަނޑު އިސްތިއުފާއަށް ގޮވަން މަގުތަށް ފުރާލަންވީ. މީމާއެގިގެންއުޅޭ ލދނ ބައިގަނޑެއް.
އަސްދު
18 February 2020
ބޭރުން އެކްސްޓްރީމް ވިއު ފަތުރާ މީހަކު ދަރުސް ދޭން ގެނައުމަށްވުރެ، ދިވެހި ޝެއިޚަކު ތަންކޮޅެއް އެެޓްރެކްޓިވް ކޮށް ދަރުސް އެއް ދިނީމައި ރަގަޅުވާނީ. ދިވެހި ޝެއިޚުންނަށް ނޭގޭ އެއްޗެއް ބިލާލް ފިލިޕަކަށްވެސް ނޭގޭނެ. އިގިރޭސި އެކްސެންޓުން ވާހަކަ ނުދެއްކުނަކަސް.
ސިލްސިލާ
18 February 2020
މީ ވަރަށް ފޭކު ދިރިއުޅުމެއް އުޅޭ ޝެއިޚެއް. ޕަބުލިސިޓީ ހޯދައިގެން ދިރިއުޅެނީ. އަނެއްކާ ވަރަށް އެކްސްޓްރީމް ކޮށް ދަރުސްތައް ހުރޭ.