ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި. -- ފޮޓޯ: އޭއެފްޕީ
21 ފެބުރުއަރީ 2020 - 11:23
މިދިޔަ އަހަރު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ހަތަރު ދިވެއްސަކު އެބަ އުޅޭ ކަމަށާއި އެ މީހުން އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ލަންކާގެ ލަގްޒަރީ ބައެއް ހޮޓާތަކާއި ކްރިސްޓިއަން ފައްޅިތަކެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮވައި 259 މީހަކު މަރާލި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ބުދަ ދުވަހު ލަންކާ ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަޖިތު ރޮހާނާ ވިދާޅުވީ ހޯދަން ބޭނުންވާ ހަތަރު ދިވެހިންގެ ތެރެއިން ދެ މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.
ލަންކާގެ "ދި އައިލެންޑް" ނޫހުން ކުރި ސުވާލަކާ ގުޅިގެން ރޮހާނާ ވިދާޅުވީ މި ދިވެހިންނަކީ ނެޝަނަލް ތައުހީދު ޖަމާއަތުން ދިން ހަމަލާތަކާ ގުޅިގެން ފެށި ތަހުގީގައި، ހަމަލާއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން ހުރި ގާނޫނާ ހިލާފް ކަންކަމުގައި ބައިވެރިވެފައިވާ ބައެއްކަން އެނގިފައިވާ ކަމަށެވެ.
ލަންކާގެ ފުލުހުންގެ މި ނިއުސް ކޮންފަރެންސަށް ފަހު ބައެއް ނޫސްތަކުން ވަނީ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި 153 މީހުންގެ ތެރޭގައި ހަތަރު ދިވެއްސަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ލަންކާ ފުލުހުން ބުނީ ހަމަލާއާ ގުޅުން ހުރެގެން ހޯދާ އެއްވެސް ދިވެއްސަކު އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ބުނީ ހަމަލާގެ ތުހުމަތަށް އެއްވެސް ދިވެއްސަކު ލަންކާގައި ހައްޔަރުކޮށްފައި ނެތް ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށެވެ. އަދި ހަމަލާއާ އެއްވެސް ދިވެއްސަކާ ގުޅުން އޮތްކަން ލަންކާގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ދިވެހި ފުލުހުންނަށް ކަށަވަރުކޮށްދީފައި ނެތް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ލަންކާ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ، ޝައްކުކުރެވޭ ދިވެހިންނަކީ އައިސިސްއާ ގުޅުން ހުރި ބައެއްތޯ ސުވާލުކޮށްފަ އެވެ. ރޮހާނާ ވިދާޅުވީ އެއީ "އައިސިސްގެ ފިކުރަށް އުޅޭ ބައެއް" ކަމަށެވެ. އަދި ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި ލަންކާ މީހުންގެ ތެރޭގައި ހަތިޔާރު ގެންގުޅުމުގެ ތަމްރީން ސީރިއާގައި ހޯދާފައިވާ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާގެ މަނަވެއްލާގައި ހުރި ބުދުތަކަކަށް ގެއްލުން ދިން މައްސަލާގައި ވެސް ދިވެއްސަކު ހޯދަން ލަންކާ ފުލުހުން މިދިޔަ އަހަރު އިއުލާނުކޮށްފައިވެ އެވެ.
ލަންކާގައި ބޮމުގެ ހަމަލާތައް ދިނުމާ އެކު އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަަދަކޮށް ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި ދިވެހިން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އޭގެ ތެރޭގައި ގިނައީ ވިސާގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނެވެ. ލަންކާ ފުލުހުން ބުދަ ދުވަހު ބުނީ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި މިކަމުގައި އިންޓަޕޮލް، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އަދި އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާ
22 February 2020
އެއްފަހަރު ބުނާނެ ނެތޭ...އެއްކާ 4 މީހަކު ހޯދަނީޔޭ...މީއީ ދެން އަޖައިބެއް
ޑާޑާ
21 February 2020
ބުދުތަކަށް ގެއްލުން ދިންކަމަށް ބުނެ ހޯދުމަށް އާއްމުކޮށްފަވާ މީހާގެ (ސްކެޗް) ފޮޓޯގަ ހުރި މީހާއަށް ކިޔަނީ މުހައްމަދު .... ބާ!؟(ނަމުގެ އަނެއްބައި ސެންސަރު ކުރެވިފައި)
މުބީނު މާރނީ
21 February 2020
އެފް.ބީ.އައި ގެ އެހީ އަފްރާޝީމް އާއި ރިލްވާން ގެ މަރު ގެ ކަންކަމުގައި ހޯދަން ފެނޭ.
ބޮޑު މީހާ
21 February 2020
ދެރަކަ މެއް.
ސަލްވާ
21 February 2020
މީ ސީރިއަސް މައްސަލައެއް މިގައުމުގެ ހާރިޖިއްޔާއިން ޗުއްޕުވެސް ބުނެނުލާ
ވަހީދުއްދީން
21 February 2020
ހަމަލާގައި ދިވެހިން ބައިވެރިވި ކަމުގެ ހެކި ނެތި ނޫސްތަކުގައި ދިވެހިންނާއި އެހަމަލާއި ގުޅުންވާ ކަމަށް ޚަބަރު ފެތުރުމަކީ ދިވެހިންގެ އަގު ވެއްޓި ދިވެހިންނާއި މެދު ނަފްރަތު އުފެދޭނެ ކަމެއް. ދިވެހި ފުލުހުން އިއްޔެ ބަޔާނެއް ނެރެފައި އެބައޮތް ދިވެހިން އެހަމަލާގައި ބައިވެރިނުވާ ކަމަށް ލަންކާ ފުލުހުން ބުނެފައިވާ ކަމަށް. ލަންކަ ފުލުހުން ވެސް ހީއަކަށް ބިނާ ކޮށް މިފަދަ ކަންކަން ދިވެހިންގެ ބޮލަށް ނުޖަހުން އެދެން.
ރ. އަލިފުޅު
21 February 2020
ތިޔަ ކޮމެންޓްގެ ފުރަތަމަބައި ރަނގަޅު.. ތާއީދުވެސް ކުރަން.. އެކަމަކު ދެވަނަ ބައިގައި ގޯހެއް އެބައުޅޭ.. ދިވެހި ފުލުހުންގެ ބަޔާނުގައި އޮތީ ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާއިބެހޭ އިދާރާއަކުން އެ ސަރވިސްއަށް ކަށަވަރު ކޮއްދީފައި ނުވާކަމަށް.. ތިޔަ ބޭފުޅާގެ ކޮމެންޓްގައި އޮތްގޮތަށް "ދިވެހިން އެހަމަލާގައި ބައިވެރިނުވާ ކަމަށް ލަންކާ ފުލުހުން ބުނެފައިވާ ކަމަށް" ނުވާނެ ދޯ؟
ސަރުކާނު
21 February 2020
ކީއްވެބާ ލަންކާ ފުލުހުން ދިވެހި ފުލުހުންނާ ތިވާހަކަ ހިއްސާކޮށްފައިނެތީ؟ ނުވަތަ ހިއްސާކޮށްފައިވާނަމަ ދިވެހި ފުލުހުން ރައްޔިތުންނަށް ނާންގާ އޮތީ؟ ދިވެހި ޚާރިޖިއްޔާއިން އިސްނަގައިން ތިކަން ސާފުކުރުންވެސް މުހިއްމު. ސަބަބކީ ދިވެހިން އެތައް ބޭނުމެއްގަ ލަންކާގަ އުޅެމުންދާއިރު ތިކަހަލަ ވާހަކަތަކިގެ ސބަބުން ހިތާމަވެރި ހާދިސާއެއް ހިގުމުގެ ފުރުސަތު އެބައޮތް.ޚާރިޖިއްޔާއިން ކޮންމެވެސް ބަހެއް ބުނަން އެބަޖެހޭ.
ހަސަނު
21 February 2020
ލަންކާ ފުލުހުން ބޭނުންވާ މީހަކު މިގައުމުގަ ހުރިއްޔާ އެމީހަކު ހައްޔަރުކޮށް ލަންކާ ފުލުހުންނާ ހަވާލުކުރޭ...
ށަަބެބެ
21 February 2020
ލަންކާގައި ބޮން ގޮއްވާފައި އައިސް ރާއްޖޭގައި ދިވެއްސަކަށް ފިލައިގެން ނުހުރެވޭނެ. ދިވެހި ސަރުކާރުން އެފަދަ މީހަކު ނުފޮރުވާނެ. މީޑިއާއިން ލަންކާއި ދިވެހިންނާއި ޖައްސަން ހިންގާ ޖަރީމާއެއ މީ
ފަލަކީ
21 February 2020
މިތާގެ ފުލުހުން ތަންކޮޅެއް ތަސައްރަފު ފުދެންޖެހޭ
ހައްބަ
21 February 2020
ތަސައްރަފު ފުދިފައި ތިބީ، މިފަަދަ މަޤާމުތަކުގައި ތިބި ފުލުހުން. ދިވެހި ފުލުހުން ލަންކާ ފުލުހުންނަށް ދަންނަ ވައިގެން ދިވެހިން އެހަމަލާގައި ބައިވެރި ވެފައިވޭތޯ ބެލި. ލަންކާ ފުލުހުން އެންގީ ބައިވެރިވި ކަމުގެ ހެއްކެތް ނެތްކަމަށް. ދެން ކީކޭ މިކިޔަނީ މިހާރު
ކޮތަރު
21 February 2020
އެކަހަލަ ކޮންމެކަމެއްގަ ރާއްޖޭގަމިއުޅޭ ހަރުކަށިފިކުރުމީހުންބައިވެރިވޭ.. އެކަމާ އެއްޗެއްބުނާމީހާ އިސްލާމްދީނުގެ އަދުއްވަކަށްހަދާ އެއީ ލާދީނީ މީހަކަށް ހާދާނެ.
ީކޮތަރު ތަކުރު
21 February 2020
ދިވެހިން އިނގިރޭސިން އަތުން ލަންކާ މިނިވަން ކުރަން ހިންގި ހަރަކާތުގައި މީގެ ބައި ގަރުނު ކުރިން ވެސް އުޅުނު. އަފްޢާނިސްތާނަށް އެމެރިކާ ސިފައިން އަރައި މީހުން މަރަން ފެށީމަ ދިވެހިން އެކަމާއި ދެކޮޅުވެ ފުރާނައިން ގުރުބާންވި. ޗެޗްނިޔާގައި ރަޝިޔާއިން ލާއިންސާނީ ޙަމަލާ ދޭން ފެށީމަ ދިވެހިން ދިޔަ. ސީރިއާ ސަރުކާރުން އެގައުމުގެ ޢާއްމުން މަރަން ފެށީމަ ދިވެހިން ގޮސް އެތިބީ. އެކަމަކު ދިވެހިން މިފަދަ ޓެރެރިސްޓް ހަމަލާއެއްގައި ބައިވެރިވި ކަމެއް އެނގިފައި ނެތް.