24 ފެބުރުއަރީ 2020 - 07:10
ބަލާބެލުމަށާއި މި ފޯނުގައި ހިމެނޭ މައިގަނޑު ފީޗާތަކާ އެކު ޖަޕާނުގެ ޓޯން އީ20 އަކީ، އެންމެ މި ޒަމާނުގެ ސްމާޓްފޯނުތަކަށް ލޯބިކުރާ މީހުން އެހާ ގަޔާވާ އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ބަލައިފި ނަމަ މިއީ ވަރަށް ގިނަ ބަޔަކު ރުހޭ މޮޑެލަކަށް ވެދާނެ އެވެ.
ޓޯން އީ20 ގެ އެންމެ ހާއްސަ ކަމަކީ ބަރަހަނާ ފޮޓޯތަކުން ރައްކާތެރިކޮށް ދިނުމެވެ. އެހެންވެ ދަރިންގެ އަތަށް ފޯނު ދީގެން އުޅޭ މައިންބަފައިންނަށް މިއީ ވަރަށް ރަނގަޅު ހޮވުމަކަށް ވެދާނެ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޓޯން އީ20 އިން ނަގާ ފޮޓޯތަކުގެ ތެރެއިން އެއްވެސް ފޮޓޯއަކީ ބޭއަދަބީ މަންޒަރެއް ހިމެނޭ ފޮޓޯއެއް ނަމަ، އެ ފޮޓޯއެއް ފޯނުގެ ގެލެރީގައި ރައްކައެއް ނުކުރެވޭނެ އެވެ.
އެހެންވެ މީގެ ހާއްސަ ކަމަކީ ބަރަހަނާ ފޮޓޯތަކުން ރައްކާތެރިކޮށްދީ، ބައެއްގެ ޝިކާރައަކަށްވުމުން ވެސް ސަލާމަތްކޮށް ދިނުމެވެ.
"ސްމާޓްފޯން ޕްރޮޓެކްޝަން" ގެ ނަމުގައި ހިމަނާފައިވާ ފީޗާއާ އެކު ޓޯން އީ20 އަކީ އެހެން ޑިވައިސްތަކާ ވެސް ކަނެޓްކޮށްލެވޭނެ ފޯނެކެވެ. އެކަމަކު އެހެން ޑިވައިސްއަކުން ވެސް ފޯނަށް ބަރަހަނާ މަންޒަރެއް ސިފަވާ ފޮޓޯއެއް ދައުރުވެއްޖެ ނަމަ އެކަން ނޮޓިފިކޭޝަނަކުން ވެސް އަންގައިދޭނެ އެވެ.
އަގުހެޔޮ ބަޖެޓް ފޯނެއްގެ ގޮތުގައި ނެރެފައިވާ ޓޯން އީ20 އަކީ 6.2 އިންޗީގެ އެޗްޑީ ޑިސްޕްލޭއަކާ އެކު ހަތަރު ޖީބީގެ ރޭމެއް އެކުލެވޭ ފޯނެކެވެ. އަދި 64 ޖީބީގެ ސްޓޯރޭޖާއި ތިން ސެންސަރު އެކުލެވޭ ރިއާ ކެމެރާ އާއި އަށް މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނޭނެ އެވެ.
މި ވަގުތު ހަމައެކަނި ޖަޕާނުގެ މާކެޓް ލިބެން ހުރި ފޯނުގެ އަގަކީ 180 ޑޮލަރު (2,772ރ.) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުމްރާހް
24 February 2020
މިހާރުއުޅޭކުދިން ނައް އެއްޗެއް ފޮރުވަން ލާނެ ތަނެއް ނޯނާނެ ސަންދޮކައްލާ ފަަސް އަޅާފަ އޮތަސް އެދަނީ ނަގާހާކަމުން
ވިގޫތާކިހާ
24 February 2020
މީވެސް ވަރަށް ހިތާމަ ހުރިކަމެެއް މިގައުމުގަ ބަރަހަނާ އެއްޗެހި އަންރެސްޓްރިކްޓެޑްކޮށް ކޮންމެ މީހަކަށްވެސް އެކްސެސް ކުރެވޭތީ. ކުޑަކުދިންނަށްވެސް މާކުޑަ އިރު އައިޕެޑާ ފޯނު ދީފަތިބެނީ، ދެން ކޯޗެއް ނުފެނި ހުންނާނީ. 10 އަހަރުގަ ބިޓުން ނަގައިގެން ތިބެނީ!
ވާނުވާ މިހާރު
24 February 2020
ފޯނަށް ސޭވްކުރާކަށް ނޫލޭނެ.. ސައިޓް ތަކަށް ބޭނުން އިރަކު ވަދެވެންޔާ.. އަމިއަލަޔަށް ބަރަހަނާވާ މީހުންނަށް ރަނގަޅު ޑިވައިސް އެއް...