ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ އަށް ބޮޑު ވަޒީރު މޯދީ މިއަދު މަރުހަބާ ވިދާޅުވަނީ. --ފޮޓޯ:އޭއެފްޕީ
24 ފެބުރުއަރީ 2020 - 11:44
ގުޖުރާތު (ފެބްރުއަރީ 24) - ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާ އަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ.
ޓްރަމްޕުގެ ދަތުރުފުޅުގައި މޯދީގެ އުފަން ސްޓޭޓުގައި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ހުޅުއްވައިދެއްވާނެ އެވެ. އޭގެ ފަހުން ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ތާޖް މަހަލް އަށް ޒިޔާރަތް ކުރައްވާނެ އެވެ.
އަހުމަދުއާބާދުގައި ހުޅުވާ ސްޓޭޑިއަމަށް، އެތައް ބަޔަކު ޖަމާވެ ޓްރަމްޕަށް ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ސްޓޭޑިއަމް ހުޅުވުމަށް ފަހު ބޮޑު ވަޒީރު މޯދީއާ އާއި ޓްރަމްޕް ތަގުރީރު ކުރައްވާނެ އެވެ.
އެމެރިކާ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ޕާޓްނަރެވެ. ދެ ގައުމުން 2018 ވަނަ އަހަރު ކުރި ވިޔަފާރި 142.6 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އިމްޕޯޓަށް އިންޑިއާ އިން ނަގާ ޓެކްސް ހުރީ އެކަށީގެންވާ މިންވަރެއްގައި ނޫން ކަމަށާއި އިންޑިއާ އަކީ ޓެކްސްގެ "ރަސްގެފާން" ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
25 February 2020
އެމްޑީޕީ ނަޝީދު ވަނީ ރާއްޖެ ވިއްކާލާފަ އިންޑިޔާއަށް. އެމްޑީޕީޔަށް ހަރަދުކުރާމަތިން. ގަމާރު ލީޑަރު
ޣަނީ
24 February 2020
އިންށިޔާ އަދި އެމެރިކާގެ ގުޅުން އިތުރުކުރަންޖެހޭ ދުނިޔޭގެ ސަލާމަތައްޓަކާ
ޝިޔާމް
24 February 2020
ދުނިޔޭގެ ސަލާމަތައް އޮތް އެންމެ ނުރައްކާ ދެ ޤައުމުގެ ވާހަކަ ތި ދައްކަނީ.