ޚަބަރު / ރައްޔިތުންގެ މަޖިލިސް

ބާރުތައް މާލެ އަށް: އެމްޑީޕީގެ ބައެއް މެމްބަރުން ރަތަށް!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު. (ކ). މިއަދުގެ ޖަލްސާގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އޭނާ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލުތައް ފޮނުވުމުގައި އެމްޑީޕީގެ ސިޔާސަތަށާއި ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތް ނުކުރާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ހޫނު ބަހުސެއް ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ ސަނީފު ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލުގެ ބަހުސްގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ފާޑުވިދާޅުވާން ފެއްޓެވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތަކަށް ބާރު ދިނުން ކަމަށާއި އެހެންވެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނީގެ މައްސަލަތައް ރެގިއުލޭޓް ކުރަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ. އެކަމަކު ބިލްގައި ބުނެފައި އޮތީ އެކަމަށް ރެގިއުލޭޓަރީ ސެންޓްރަލް ބޮޑީއެއް އުފެއްދުމަށެވެ.

ބޮންޑޭ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ފޮނުވި ޔުޓިލިޓީ ބިލުގައި އޮތީ ބާރުތައް މާލެ އަށް ޖަމާކުރުމުގެ ނިޔަތް ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އެ ބިލުން ކުރަން އުޅޭ ކަމަކީ ރާއްޖޭގައި ދޭ ފެނާއި ނަރުދަމާގެ ހިދުމަތް އަނެއްކާވެސް އިތުރަށް ކޮންޓްރޯލް ކުރުން ކަމަށާއި ސަރުކާރުގެ ނިޔަތް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާފުވާން ޖެހޭ އަޅުގަނޑުމެންގެ ނިޔަތް. ސަރުކާރުން ބިލުތައް ފޮނުވާ އިރު އެޖެންޑާ 19 ނުވަތަ އެމްޑީޕީގެ ސިޔާސަތެއް އެބަ އޮތް ކަނޑައެޅިފައި. އަަދި ސަރުކާރުގެ ވުޒާރާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އެނގެން ޖެހޭނެ ރައްޔިތުން ވޯޓް ދިނީ ސިޔާސަތަކަށް ކަން. ރައްޔިތުން ވޯޓު ދިނީ މީހަކަށް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖެ ޕްރޮވިންސްތަކަކަށް ބަހައިގެން، ޔުޓިލިޓީގެ ހިދުމަތް ދިން އިރު އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އޭރުގައި ކަރަންޓް އަގު ހެޔޮވެ، އާ ގޮތްތައް ވެސް ތައާރަފްވި ކަމަށް ވިދާޅުވި އެވެ. ސަރުކާރުން ހުށަހެޅި ޔުޓިލިޓީ ރެެގިއުލޭޓް ކުރުމުގެ ބިލުގައި އޮތީ އެ މަފްހޫމް ނޫން ކަމަށާއި އޭގައި އޮތީ ޚުދުމުހުތާރު ގޮތްތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ބޮންޑޭގެ ވާހަކަ އަށް އެންމެ ފުރަތަމަ ނުރުހުން ފާޅުކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. ނިޒާމާ ބެހޭ މައްސަަލައެއް ނަންގަވައިގެން ޣަފޫރު ވިދާޅުވީ ބޮންޑޭ ވާހަކަ ދައްކަވަނީ ބިލުގައި އޮތް ވާހަކަތަކާ މުޅިން ހިލާފަށް ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު. ހުސައިން ޝަމީމް. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުކިިއުން ހުއްޓުވަން މަސައްކަތް ކުރެއްވި.

އެކަމަށް ބޮންޑޭ ރައްްދު ދެއްވީ ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންނަށް ތުހުމަތު ރަައްދުވާ ގޮތަށެވެ. އޭނާ ވިދާޅުވީ މިނިސްޓަރުންގެ ފައިބުޑަށް ވެއްޓިފައި ތިއްބަވާ މެމްބަރުންނަށް، ސަރުކާރަށް އަންނަ ފާޑުކިއުންތައް ހަޖަމް ނުވާނެ ކަަމަށާއި އެކަމަކު އޭނާ މަސައްކަތް ކުރައްވަނީ އެގޮތަށް ނޫން ކަމަށެވެ.

"[އެ ބޭފުޅުން] މުޅިން އުޅޭނީ ރައީސުލްޖުމްހޫރިއްޔާ ވެގެން، ވަޒީރަކު ވެގެން، ވައި އަޅުވަންް، އިއްޒަތްތެރި ރައީސް، އެއީ އަޅުގަނޑުގެ ތޮބީއަތުގައި ހުންނަ ކަމެއް ނޫން،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވާހަކަ ދެއްކެވި އިރު އޭނާ އަށް ތާއީދުކުރައްވާ މެމްބަރުންނާއި ދެކޮޅުހައްދަވާ މެމްބަރުންގެ އަޑުން މަޖިލީހުގެ މާލަން އޮތީ ގުގުމައިފަ އެވެ. ބޮންޑޭގެ ވާހަަކަ އަށް ނުރުހުން ފާޅުކުރައްވައި ނިޒާމީ މައްސަލައެއް ނެންގެވި އަނެއް މެމްބަރަކީ ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ. އޭނާ ވެސް ވިދާޅުވީ ބޮންޑޭޭ ވާހަކަ ދައްކަވަނީ އޮޅުވާލައްވައިގެން ކަމަށެވެ. އެކަން ރިޔާސަތުން ހުއްޓުވައިދޭން އޭނާ އެދިވަޑައިގަތެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ. -- ފޮޓޯ: މިހާރު

އެކަމަކު ރިޔާސަތުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ވާހަކަ ދައްކަވާނީ ތެދަށްކަން ނުވަތަ އޮޅުވާލައިގެން ކަން ކަނޑައަޅުއްވާނީ ވާހަކަ ދައްކަވާ މެމްބަރު ކަމަށެވެ.

ބޮންޑޭގެ ފަހުން ވާހަކަ ދެއްކެވި ތިނަދޫ ދެކުނު ދާއިރާގެ އަބްދުލް މުޣުނީ ވެސް ތާއީދު ކުރެއްވީ ބޮންޑޭގެ ވާހަކައަށެވެ. އޭނާ ވިދާޅުވީ ސަރަހައްދީ ބާރުވެރިކަން ސަރަހައްދުތަކަށް ދިނުމަކީ ބިލުގެ މަގުސަދު ކަމަށް ވާން ޖެހޭނެ ކަމަށާއި ނަމަވެސް ބިލުން ފެންނަނީ ބާރުތައް މާލެ އަށް ޖަމާކުރަން އުޅޭކަން ކަަމަށެވެ.

"މިކަން މިގޮތަށް ނުކޮށް، ސަރަހައްދީ ބާރުވެރިކަން އަޅުގަނޑުމެންނަށް ހަމަ ފުރިހަމަ އަށް ލިބިގެން ދާނެ ގޮތަކަށް މިފަދަ ބިލެއް ފަރުމާ ކުރެވިގެން އަންނަތަން ދެކެން އަޅުގަނޑު ބޭނުން،" މުޣުނީ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި ޔުޓިލިޓީ ރެގިއުލޭޓްކުރުމުގެ ބިލަށް ކަނޑިތީމު ދާއިިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުންފުނިތަކަށް ލާފައި ތިބޭ އެމްޑީންނާއި ޑީއެމްޑީން ކަންތައް ކުރައްވާ ގޮތުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށެވެ. އެކަން އެހެން އޮއްވައި މިއަދު ހުށަހެޅި ބިލުން އަނެއްކާވެސް ބާރު ދޭން އުޅެނީ މާލޭގައި ހުންނަ މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް މި ކިޔަނީ އަޅުގަނޑުމެންގެ ކައުންސިލްތައް ބާރުވެރިކުރާ ވާހަކަ. އެހެން ނަމަވެސް މާލޭގައި ހުންނަ މީހަކަށް އަޅުގަަނޑުމެން ބާރުތައް ދެނީ. މިނިސްޓަރަށް އަނެއްކާވެސް ހުރިހާ ބާރެއް ދެނީ،" އޭނާ ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދުމަށް ވުރެ، އެކަން ކަން ލާމަރުކަޒީ ގާނޫނުގެ ތެރެއަށް ވެއްދުން މާ ރަނގަޅު ކަމަށާއި ކައުންސިލްތަކަކީ ރެގިއުލޭޓަރީ ބޮޑީތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މިކުރާ ކަމަކީ ކަންތައްތައް ބެލުމުގެ ފަށަލަތައް އިތުރުކުރުމެވެ.

"ވޮޗަރު ބަލަން އަނެއްކާ ވެސް އިތުރު ވޮޗަރެއް. އެ ވޮޗަރު ބަލަހައްޓަން ސީނިއާ ސުޕަވައިޒަރެއް، ސީނިއާ ސުޕަވައިޒަރު ބަލަހައްޓަން އަނެއްކާ މެނޭޖަރެއް،" ކަންތައްތައް ބެލެހެއްޓުމުގެ ފަށަލަތައް އޮންނަ ގޮތަށް ޖޯކް ޖައްސަވަމުން ރިޒާ ވިދާޅުވި އެވެ.

އެ ހިސާބުން ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި، އަނދުން ހުސައިން ވިދާޅުވީ ރިޒާ ވެސް ވާހަކަ ދެއްކެވީ ބިލްގައި އޮތް އެއްޗެއް ނުބަލައްވައި ކަމަށެވެ. އޭނާ ނެންގެވީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައި ނުގަތް ނަަމަވެސް ރިޔާސަތުން އީވާ ވިދާޅުވީ މިއީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ރަނގަޅު ނަސޭހަތް ދެއްވާ ދުވަހެއް ކަަމަށެވެ. އީވާ އެހެން ވިދާޅުވުމުން ވެސް ރިޒާ އަނދުން ހުސައިން އަށް ރައްދު ދެއްވި އެވެ.

"އަޅުގަނޑު ދައްކަން ވާ ވާހަކައެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކަށް ނޭނގޭނެ. އަޅުގަނޑަކީ ށ. މިލަންދޫ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް މި މަޖިލީހުގައި ފާޅުކުރަން ފޮނުވާފައި ހުރި އެ ރައްޔިތުންގެ މެމްބަރެއް،" އޭނާ ވިދާޅުވި އެވެ.

ގޯސް ކުރަން އުޅެންޏާ ގޯސްކުރަމާ ހިނގާށޭ ވިދާޅުވެ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، ރިޒާ އަށް ހިތްވަރު ދެއްވާ އަޑު އޭރުއިވެ އެވެ.

80 ކޮމެންޓް, 115 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 10%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޔާމާ

26 February 2020

ބިލުއޮތި ދިވެހިބަހުން އޮޅުމެއްނެތި. އަނެއްކާވެސް ހުރިހާ ބާރެއް ޖަމާވަނީ ހަމަ އެކަކުގެ އަތްމައްޗަށް. މީ އަމިއްލަ ޖީބު ބޮޑުކުރަން ހުށައަޅާފައިވާ ބިލެއް. ދައްކާ ވާހަކަ އާއި އަމަލާ ދިމައެއް ނުވެއެވެ. ހަރުދަނާކަމެއް ނެތް ހެދޭނުހެދޭ ނޭނގޭ ބައެއް.

The name is already taken The name is available. Register?

ހިންނަވަރު ޝާޒުބެ - ވަލީ ކޮމިޓީ

26 February 2020

ބޮންޑާ ތި ޝަކުވާ ކުރަން ފެށީމާ އެނގި ފާޅުވެ ދިޔަ ހަގީގަތަކީ ތިޔާ ބޮޑު ޑްރާމާ ގަނޑެއްކަން. އަތޮޅުތަކަށް ތި ދޫކޮށްލަނީ ކޯންޗެއް؟ ފައިދާ ހުރި އެއްވެސް އެއްޗެއް މާލޭ މީހުން ދުލެއް ނުކުރާނެ. ތެލުގެ އަގު އަތޮޅުތަކަށް މާލެ އާއި އެއް އަގެއްގަ ދޫނުކުރާހާ ހިނދަކު ތިކަމުން ވާނެ އެއްވެސް ފައިދާއެއް ނެތް. އަދިވެސް އަތޮޅުތަކުގެ ރައްޔިތުން ގުނބޯ ހައްދަނީ ދޮގޭ!

The name is already taken The name is available. Register?

ހަބީބު.

26 February 2020

މާލޭގެ ރައްޔިތުންގެ ކަންބޮޑުވުމަކީ ރައްފުށުމީހުން ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން މާލެ ސަރަހައްދުގަ ތޮއްޖެހޭތީ ވީމާ މިކަން މިގޮތައް ނުކުރުމައް ސަރުކާރައް ގޮވާލަން އެފުރުސަތު ދޭކަމުގަ ވަނީނަމަ މާލެ ރައްޔިތަކައް ހަމަނޭވާވެސް ނުލެވޭނެ ރައްފުށުގެ ބޮޑެތި ކުއްވެރިންގެ ސަބަބުން މާލެ ރައްޔިތުން ތިބީހާސްކަމެއްގަ

The name is already taken The name is available. Register?

ނަނާހުވަފެން

25 February 2020

ނަޝީދު މިސަރުކާރު ހިންގިޔަ ކީއްކުރަން ނޭވާވެސް ލިޔަކަ ނުދޭނެ. މިފަސް އަހަރު މިގޮތަށް ދުއްވާލާފަ 2023 ގަ ވެރިކަމަށް އަންނަން މިހާރުއްސުރެ ނަޝީދު ފޫގަޅާފަ އެހެރީ.

The name is already taken The name is available. Register?

ކޮލެޖު އިކޮނޮ މިސްޓް

25 February 2020

ނުޖެހޭ އެއް ރެގިއުލޭޓަރީ ބޮޑީއަކުން އަގު ކަނޑައަޅާކަށް. އެކި ހިސާބުތަކުގައި ކަރަންޓު ބޭނުން ކުރަނީ ވެސް އެކިވަރަށް. ކަރަންޓު ދޭން ކުރާ ޚަރަދުވެސް ތަފާތުވާނެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައު މު ތަކުގައިވެސް ކަރަންޓު ދިނު މާއި އަގު ކަނޑައެޅު މުގައި ލޯކަލް ކައުންސިލު ބައިވެރިވާ ގައު މު ތައް އެބަހުރި

The name is already taken The name is available. Register?

ޗޗޗޗސސ

26 February 2020

މިކަހަލަ ގަމާރު ވިސްނުން މައްސަކައަކީ. އެއް ގައުމަކަށް ވުންވެސް ނުދަނޭ.

The name is already taken The name is available. Register?

ބުޅާ

25 February 2020

މިހާރު ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަށް އެއްފަރާތްކޮށް ގައުމުގެ ކަންކަމާ ހަވާލުވާނެ އާ ޒުވާން އިލްމީ ޖީލެއް ނުކުންނަށް ވެެއްޖެ.

The name is already taken The name is available. Register?

ހައްގުބަސް

25 February 2020

އެމްޑީޕީ އުޅެނީ މަކަރާ ހީލަތުން. ޤައުމަ ލިބެނީ ގެއްލުން

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

25 February 2020

ރާއްޖެ ސަލާމަށް ކުރަންޏާ ޕީޕީއެމްމާށް ވޯޓްދީ.

The name is already taken The name is available. Register?

އެމްޑީޕީމީހާ

25 February 2020

ރާއްޖެއަކީ މިނިވަން ޤައުމެއްތަ؟ މިހާރަކު އަޅުގަނޑަ އިހުސާސެއް ނުކުރެވޭ މިނިވަންކަމުގެ އިހުސާސެއް. ކާބަފައިން ކޮއްދިން ބުރަމަސައްކަށް ނަޝީދު ވެއްޔާ މޮޑެލީ.

The name is already taken The name is available. Register?

މާކޮސް

25 February 2020

ދައުލަތުގައި ހުންނަ ރެގިއުލޭޓަރީ ބޮޑީތަކުގެ ބޭނުމަކީ ކޮބައިކަމާއި، ޚިދުމަތްދޭ ބޮޑީތަކުގެ ކޮބައިކަން ނުދަންނަ މީހުން ހޮވީމާ ވާނީ މިހެން. ކައުންސިލްތައް ރެގިއުލޭޓަރީ ބޮޑީއަކަށްވާގޮތަކީ ކޮބައިތަ؟ އެހެންވިއްޔާ ރަށްރަށުގައި ޚިދުމަތްދޭ ބޮޑީއަކީ ކޮބާ؟ ރަށްރަށުގައި އަމިއްލަ ކުންފުނިތައް ހަދައިގެން ޚިދުމަތްދީ. މިހާރުވެސް ކޭބަލް ޓީވީގެ ޚިދްމަތް އެދެނީ ކައުންސިލަކުން ނޫން. އެގޮތަށް ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ދެވޭނެ. ތަހުޒީބު ގޮތަކީ އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454