ރިޕޯޓް / ޕީޕީއެމް

ކައުންސިލް އިންތިހާބު ކައިރިވާ ވަރަކަށް ގޮތް ހުސްވަނީ ބާ؟

.ޕީޕީއެމްގެ ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ: ކައުންސިލް ބާއްވާނީ، މައުމޫންގެ އަގު ވައްޓާލައި އެމަނިކުފާނު ގޮވައިގެން ކޯޓަށް ވަަޑައިގެންނެވި ބޭފުޅުން މާފަށް އެދިވަޑައިގަތުމުން ކަމަށް މައުމޫން ވަނީ ވިދާޅުވެފައި.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރެވޭނީ ކޮން ގޮތަކަށްތޯ އަހާލައިފި ނަމަ، ކޮންމެ މެމްބަރަކު ވެސް ދެނީ އެއް ޖަވާބެކެވެ؛ އެއީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުން ބައްދަލު ކުރައްވާފައި، ދެ ބޭފުޅުން އެއްބަސްވާ ގޮތަކަށް ކަންކަން ނިންމުމެވެ. އެ ހިސާބުން ސުލްހަވީ އެވެ. އެއިރުން ހުރިހާ ކޯޅުމެއް ނިމުނީ އެވެ. އެކަމަކު މައްސަލައަކަށް ވަނީ ރައީސް ޔާމީނާއި މައުމޫން އެއްގަލަކަށް ނޭރުމާއި ބައްދަލުކުރެއްވުމަށް ދެކޮޅު ހެއްދެވުމެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުން ބޮޑުވެ، އޭގެ ގެއްލުން އަމިއްލަފުޅު ޕާޓީއަށާއި މުޅި ގައުމަށް ކުރާއިރު ވެސް ހައްލެއް ނެތެވެ.

ރައީސް ޔާމީންގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެކޭ ބުނަނީ ނަމަކަށެވެ. ސަރުކާރަކާއި ޕީޕީއެމާ ގުޅުމެއް ނެތެވެ. ރައީސް ޔާމީނާއި މައުމޫންގެ ކޯޅުމުގެ ތެރެއިން ދެ ފެކްޝަނެއް އުފެދިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ބައެއް ފަހަރު ޕީޕީއެމަކީ އިދިކޮޅު ޕާޓީއެއް ކަމަށް ސިފަވާ ވަރަށް ކަންކަން ގޮސްފައި އެބަ ހުއްޓެވެ. ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަމަށް ވާއިރު، އެ ކައުންސިލް ނުބޭއްވުމުގެ ޒިންމާ އެއް ފެކްޝަނުން އަނެއް ފެކްޝަންގެ ބޮލުގައި ދަނީ އަޅުވަމުންނެވެ. ޕާޓީ ތެރޭގައި ސިޔާސީ މުހިންމު ގިނަ ނިންމުންތައް ނިންމާ އެއް ތަނަކީ ޕާލަމެންޓްރީ ގުރޫޕު (ޕީޖީ) ކަމަށް ވިޔަސް، ޕީޕީއެމްގެ ރައީސް މައުމޫނާ އެއްވެސް ގުޅުމެއް ނެތެވެ. ޕާޓީގެ ކައުންސިލްގެ ކޮންޓްރޯލް އޮތީ ރައީސް ޔާމީންގެ ފެކްޝަންގަ އެވެ. މި ނޫން ވެސް މުހިންމު ކޮމިޓީތައް ކޮންޓްރޯލް ކުރަނީ ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވި މައުމޫން ހުންނެވީ "ބަނދެވިފައި" ކަހަލަ ގޮތަކަށެވެ. ޕާޓީ އިސްލާހު ކުރަން ބޭނުންފުޅުވެ އިސްލާހީ އެޖެންޑާއެއް މައުމޫން އިއުލާން ކުރެއްވި ނަމަވެސް އެކަން އެކަށީގެންވާ ގޮތަކަށް ކުރިއަށް ދާ ތަނެއް ވެސް ނުފެނެ އެވެ. މައުމޫނަށް ހަމައެކަނި އޮތީ ޕާޓީ ތެރޭގައި އިދާރީ ކަންކަން ހިންގައި ލުމެވެ. ސިޔާސީ ގޮތުން އެއްވެސް ކަމެއްގެ ބާރެއް މައުމޫނަކަށް ނެތެވެ.

"މި ހުރިހާ ކަމެއްގެ ފެށުމަކީ ރައީސް ޔާމީނާއި ރައީސް މައުމޫން. ދެ ބޭފުޅުން ބައްދަލު ކުރައްވައި މައްސަލަ ހައްލުކުރަން އެއްބަސްވެގެން ނޫނިއްޔާ ހައްލެއް ނެތް. ރައީސް ޔާމީނާއި ރައީސް މައުމޫން މިހާރު ވެސް ގޮތް ދޫކުރައްވައިފި ނަމަ މިކަން ހައްލުވީ،" ނަން ހާމަކުރަން ބޭނުން ނުވާ، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި އެވެ.

"މިކަމެއް ހައްލު ނުވެ، ލޯކަލް ކައުންސިލް އިންތިހާބު އައިސް މި ބައްދަލުކުރީ. ޕާޓީގެ ނަމުގައި އެ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާންވީ ގޮތެއް ނޭނގޭ."

ލޯކަލް އިންތިހާބުގެ ޓިކެޓް ފަސޭހައިން ލިބޭނީ ކޮން ފެކްޝަނަކުން؟

ރައީސް ޔާމީނާއި މައުމޫންގެ ކޯޅުމުގެ މައްސަލަ ހައްލު ނުވެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވުމުން، ޕީޕީއެމް ތެރޭގައި އިތުރަށް ވަނީ ނުތަނަވަސްކަން ބޮޑުވެފައި ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. ޖެނުއަރީ 14، 2017 ގައި ބާއްވާ ލޯކަލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ފަސޭހައިން ލިބޭނީ ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިގެންތޯ ނުވަތަ މައުމޫނާ އެކު ނުކުމެގެންތޯ މިއީ މިހާރު ވެސް އުފައްދާ ސުވާލެކެވެ. އަނެއްކޮޅުން ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ނުކޮށް، ލޯކަލް އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ ކަމަށް ރައީސް ޔާމީން ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ބައެއް ބޭފުޅުންގެ ކަންބޮޑުވުމަކީ ލޯކަލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދަން ފޯމު ހުށަހަޅަންވީ އޮފީހެއް ނޭނގުމެވެ. ޕީޕީއެމްގެ އޮފީހަކީ ރައީސް ޔާމީންގެ ސަޕޯޓަރުން ވަދެ ނުކުމެވާ ތަނަކަށް ނުވެ އެވެ. އޭގެ ބަދަލުގައި އެމީހުންގެ އޮފީހަކީ ޖަނަވަރީމަގުގައި ހުންނަ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހެވެ. ޕީޕީއެމްގެ އޮފީހުގެ އިދާރީ ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮތީ މައުމޫންގެ ބެއްލެވުމުގެ ދަށުންނެވެ. ވަރަށް ކުރިއްސުރެ ރައީސް ޔާމީނާއި ސަރުކާރު ޕްރޮމޯޓް ކުރުމުގެ ސިޔާސީ ކަންކަން ހިންގަމުން އައީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންނެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީނަށް ތާއީދުކުރައްވާ އަހުމަދު މުބީން ވިދާޅުވީ ޕާޓީގެ ޓޮޕް ލެވެލްގެ ކޯޅުމާ ހެދި، ކައުންސިލް އިންތިހާބުގެ ކަންކަން ފަށައިގަންނަންވީ ހިސާބު އޮތީ އަދިވެސް ސާފުނުވެ ކަމަށެވެ. އަދި މި ކޯޅުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދާއިރާގެ ހުރިހާ ރަށްތަކުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވޭ. އެކަމަކު މި ކަންތައް މި ދާ ގޮތުން ފަހަރެއްގައި ޕާޓީގެ ޓިކެޓު މައުމޫން ނުދީ ވެސް ފާނެ. އަޅުގަނޑުމެންނަކަށް ނެތް މާ ލަސްކުރެވޭކަށް. އެހެންވީމާ ޕާޓީގެ އެންމެ ޓޮޕް ލެވެލްގައި މަޝްވަރާއަށް ދާން ޖެހޭ. މި އަންނަ އާދިއްތަ ނޫން ދެން އަންނަ އާދިއްތައިގެ ކުރިން، ކައުންސިލް އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް ހޯދަން ހުށަހަޅަން ޖެހޭނެ ކަމަށް ޕީޕީއެމްގެ އޮފީހުން އެ އޮތީ އިއުލާން ކޮށްފައި،" މުބީން ވިދާޅުވި އެވެ.

އޭނާ ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ވެސް އެ ކަންބޮޑުވުންތައް އިއްޔެ ހާމަކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި ވައިބަ ގުރޫޕްގައި މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޓިކެޓް ހޯދަން ބޭނުންވާ މީހުން ޕާޓީގެ އޮފީހަށް ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.

އެކަމަކު ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންނަށް އޮތް ބިރަކީ، ބޭނުންވާ ބަޔަކަށް ޓިކެޓް ނުލިބިދާނެތީ އެވެ. މައުމޫނަށް އެބޭފުޅުންގެ އިތުބާރު އޮތް ކަމަކަށް ނުބެލެވެ އެވެ. އެކަމަކު މިފަހަރު ޕާޓީގެ ގަވައިދުތައް ހުރި ގޮތުން ހުރިހާ ބާރެއް އޮތީ މައުމޫނަށެވެ. ނުވަތަ ސީދާ ޕާޓީގެ އޮފީހަށެވެ. މީގެ ނަތީޖާއަކީ، ލޯކަލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ބޭނުން ނަމަ، ގޮތް ދޫކުރުމެވެ.

ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި މައުމޫނަށް ތާއީދު ކުރައްވާ މުހައްމަދު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވި ގޮތުގައި ޕާޓީގެ ކައުންސިލް ނުބާއްވާ ވާހަކަ، ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ބަޔަކު މީހުން އިސްވެ ދައްކަނީ އިތުރަށް ފިތުނަ އުފެއްދުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވައްޑެ ވާހަކަ ދައްކަވަނީ: ހުންނެވީ މައުމޫންގެ ފެކްޝަންގައި.---ފޮޓޯ: މަޖިލިސް

ކައުންސިލް ނުބާއްވާ ވާހަކަ ފެންމަތިވީ ވެސް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ފޯމު ހުށަހެޅުމުގައި، އެތެރޭގެ ކޯޅުމާއި ކައުންސިލް ނުބާއްވާ މައްސަލަ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުން ނެންގެވުމުންނެވެ. އޭގެ ޖަވާބުގައި މައުމޫންގެ ރައްދު ވަރުގަދަވެފައި ވަރަށް ހަރުކައްޓެވެ.

މައުމޫން ވިދާޅުވެފައި ވަނީ "ޕާޓީގެ ރައީސާ ދެކޮޅަށް ބަޣާވަތްކުރައްވައި ކައުންސިލުން ނިކުމެވަޑައިގެން، ކޯރަމް ގެއްލުވާލައްވައި ޕާޓީގެ ރައީސް ގޮވައިގެން ކޯޓަށް ވަޑައިގެން އަދި މީޑިއާތަކުގައި ޕާޓީގެ ރައީސް އަގުވެއްޓޭ ގޮތަށް ވާހަކަދެއްކެވި މެންބަރުން މާފަށް އެދިވަޑައިގަތުމުން ނޫނީ ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން" ކަމަށެވެ. މައުމޫން އެ އިޝާރާތް ކުރައްވަނީ މިދިޔަ ޖުލައި 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމަށެވެ. އޭގެ އިތުރުން މައުމޫން ޕީީޕީއެމް ހިސޯރުކޮށްފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންތަކެއް ވަނީ މައުމޫން ގޮވައިގެން ކޯޓަށް ވަޑައިގެންފަ އެވެ.

ވައްޑެ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެތައް ކޮމިޓީއެއް އުފައްދާފައި ވަނީ ޕާޓީގެ ކައުންސިލް ބާއްވައި ފާސްކޮށްގެން ނޫން ކަމަށް ވާއިރު، ސަރުކާރުން ބޭނުންވާ ކަންކަމުގައި ކައުންސިލް ބާއްވަން ބާރު އެޅުމުން ސުވާލު އުފެދޭ ކަމަށެވެ.

"ހައްލު ކޮމިޓީއެކޭ ކިޔާ ކޮމިޓީއެއް އެބަ އޮތް އުފައްދާފައި. ހަމައެހެން 2018 ކޮމިޓީއެއް އެބަ އޮތް. މިއިން އެއްވެސް ކޮމިޓީއެއް އުފައްދާފައި އެވަނީ ކައުންސިލުން ފާސްކޮށްގެނެއް ނޫން. މަހާސިންތާތަކެއް ބާއްވައިފި. އެއީ ވެސް ކައުންސިލުން ފާސްކޮށްގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލް ބާއްވަން ބައެއް މެމްބަރުން ބާރު މިއަޅަނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެ ޕާޓީ ތަމްސީލް ކުރާނެ ބޭފުޅުން ކައުންސިލުން ފާސްކުރުމަށް ފަހު ފޮނުވަން ސަރުކާރުން ޕީޕީއެމަށް އަންގާފައި ވަނިކޮށެވެ. މައުމޫން ނިންމަވައި ރައީސް އޮފީހަށް ހުށަހެޅުއްވީ، ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމުން ބައިވެރިވާނީ އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫން އަދި ވައްޑެ ކަމަށެވެ. އެކަމަކު އޭގެ ފަހުން ރައީސް އޮފީހުން އެންގީ ޕާޓީތަކުން ކަނޑައަޅާ ބޭފުޅުންގެ ނަންތައް ކައުންސިލުން ފާސްކުރަން ޖެހޭނެ ކަމަށެވެ.

ކައުންސިލް ނުބާއްވާ މައްސަލަ އާއި ލޯކަލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ދިނުމާ ގުޅޭ ކަންކަމުގައި ރައީސް ޔާމީންގެ ފެކްޝަނުން ކުއްލި ގޮތަކަށް ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެން ރައްދު ހަމަލާތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ހޫނުވެފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސެއްގައި މެމްބަރު ހަލީލް ވާހަކަ ދައްކަވަނީ: ޕާޓީގެ ކައުންސިލް އެއްފަރާތްކޮށް، ޕީޕީއެމް ހިންގަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

ޕީޕީއެމްގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަމަށާއި ކައުންސިލް އެއްފަރާތްކޮށް، މިހާރު ޕާޓީ ހިންގަމުން ގެންދަނީ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ ހިލާފަށް ކަމަށް، ނިލަންދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީންގެ ފެކްޝަންގެ އަބްދުﷲ ހަލީލް ވިދާޅުމުން، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރައްދުގައި ކުރެއްވީ ސުވާލެކެވެ. އޭނާ ވިދާޅުވީ ކައުންސިލަކީ އެންމެ އިސް ގުނަވަން ކަން ހަލީލަށް އެނގިވަޑައިގަތީ މިއަދުތޯ އެވެ.

"ގާނޫނުއަސާސީ ބަދަލުކުރިއިރު ކައުންސިލަކަށް ނޭނގޭ އިނގޭތޯ،" ޔުމްނާ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ސިޔާސީ ކަންކަމުގައި އެންމެ ބޮޑެތި ނިންމުންތައް ޕާޓީގެ ތެރެއިން ނިންމާ އެއް ތަނަކީ ޕާލަމެންޓްރީ ގުރޫޕް ކަމަށް ވާއިރު، އެ ގުރޫޕުގެ ކަންކަމާ މައުމޫނާ ނުބައްސާތީ ވެސް ސުވާލު އުފެދޭ ކަމަށެވެ.

"ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ ރައީސް މައުމޫނާ ކަންކަން ހިއްސާ ކުރާކަށް. ރައީސް މައުމޫނާ ކަންކަން ހިއްސާ ކުރަން އެ ގުރޫޕުން ބޭނުން ނުވަނީ ކީއްވެގެންތޯ؟،" އޭނާ ސުވާލު ކުރެއްވި އެވެ.

ޕީޕީއެމްގެ އިސްލާހީ އެޖެންޑާ މައުމޫން އިއުލާން ކުރައްވަނީ: ޕާޓީ ތެރެއިން ސިޔާސީ މާ ބޮޑު ބާރެއް މައުމޫނަކަށް ނެތް.---ފޮޓޯ: މިހާރު

ވައްޑެ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކަންކަން މައުމޫން ބަލަހައްޓަވަނީ ގަވައިދުގެ ތެރެއިން އުފެދިފައިވާ، އިންތިހާބުތަކާ ބެހޭ ކޮމިޓީން ކަމަށެވެ. އެހެންވެ އިންތިހާބުގައި ޓިކެޓް ދިނުމާ ގުޅޭ ސުވާލުތައް ކުރާނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންތޯ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ކާޑުގެ އަގުބޮޑުކުރުމަކީ. އެއީ ރައީސް މައުމޫން އަދި ޕީޕީއެމުން ވޯޓުލާން ތިބި މީހުން މާޔޫސް ކުރުވަން [ސަރުކާރުން] ކުރި ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ވައްޑެ ވިދާޅުވި އެވެ.

"ކައުންސިލުން ބޭރުން ދިޔައިމާ ނަތީޖާ ހިތި"

ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ ތެރެއިން މުބީން ވިދާޅުވީ ޕީޕީއެމްގެ އިދާރީ ހިންގުމުގެ ހުރިހާ ބާރެއް މައުމޫންގެ އަތްޕުޅުގައި އަދި ސަރުކާރުގެ ތެރެއިން ކަންކަން ނިންމުން ރައީސް ޔާމީނަށް އޮތް އިރު، ދެ ބޭފުޅުން އެއްގަލަކަށް އަރުއްވަން، ލޯކަލް އިންތިހާބާ ދިމާކޮށް މަޖުބޫރު ކަމަށެވެ. ހާއްސަކޮށް ކައުންސިލް ބޭއްވުމާ ގުޅޭ ކަންތައްތަކުގައި ހައްލެއް ހޯދައި ޕާޓީގެ މިސްރާބު ރަނގަޅު ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން، ކައުންސިލް މެދުވެރިކޮށް ކަންކަން ނިންމަން މިހާރު ބާރުއަޅާއިރު، މީގެ ކުރިން ކައުންސިލްގެ ބައިވެރިވުމެއް ނެތި ސަރުކާރުން އެތައް ކަމެއް ކޮށްފައިވާ ކަމަށް މައުމޫންގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވޭ ނޫންތޯ ދެންނެވުމުން މުބީން ދެއްވީ "ދޫދެއްވާފައިވާކަން" ދޭހަވާ ފަދަ ޖަވާބެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މުބީން ވާހަކަ ދައްކަވަނީ: މާފުކުރަން ޖެހޭ ނަމަ އެކަން ކޮށްގެން ނަމަވެސް ކައުންސިލް ބޭއްވޭނެ މަގެއް ހޯދަން އޭނާ އެދިވަޑައިގަންނަވާ.---ފޮޓޯ: މަޖިިލިސް

"ގިނަ ފަހަރު ކަންކަން ގޯސްވީމާ އެނގޭނީ ރަނގަޅަށް ގެންދަން. ކައުންސިލްގެ ބޭރުން ކަންކަން ކުރިއަށް ގެންދިޔައިމާ ނަތީޖާ ހިތި ކަމަށް މި ފެންނަނީ. އޯލް ޕާޓީ ޓޯކްސް ކަހަލަ ބޮޑު ކަމަކަށް ޕާޓީ ތަމްސީލް ކުރުމަށް ބަޔަކު ދާއިރު، ޕީޕީއެމްގެ ކައުންސިލްގައި ވެސް މަޝްވަރާކޮށްގެން ދިއުން އެންމެ ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ،" މުބީން ވިދާޅުވި އެވެ.

"އަޅުގަނޑު ވައިބާ ގުރޫޕުގައި ވެސް ދެންނެވިން މާފުކުރަން ޖެހޭނެ ނަމަ އެކަން ވެސް ކޮށްފައި ކަންކަން ހައްލުކުރަން ހިނގާށޭ. ލޯކަލް އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ވެސް ކައުންސިލްގެ ބަހެއް ހޯދިފައެއް ނެތޭ."

ޕީޕިއެމްގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމުގައި އަދިވެސް ލީޑަޝިޕްގެ އިހުލާސްތެރިކަމެއް ނުފެންނަ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ. ކަންކަން ގޯހުން ގޯހަށް ގޮސް، ދޫ ނުދެއްވުމުގެ ސިޔާސަތެއް އޮތުމަށް ފަހު، ކުއްލި ގޮތަކަށް ބައެއް މެމްބަރުންގެ ވިސްނުން ބަދަލުވީ "އަމިއްލަ އެދުމެއްގައި" ކަމަށް ދެކޭ މެމްބަރުން ވެސް އެބަ ތިއްބެވެ. އެކަމަކު މާފަށް އެދުމަށް މައުމޫން އެދިވަޑައިގަތުމުން، އެކަން ރައްދުވާ މެމްބަރުން އެގޮތަށް އަމަލްކުރައްވައިގެން ނޫނީ ނަތީޖާ ނުނިކުންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ރައީސް ޔާމީންގެ ފެކްޝަނުން ކައުންސިލް ވެސް ބާއްވަން ބޭނުންވެ އެވެ. އެހެންވެ ނަތީޖާ ނުކުންނާނެ ގޮތަކާ ގުޅޭ ގޮތުން މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.

"ރައީސް ޔާމީނާއި ރައީސް މައުމޫން ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވައިގެން މިކަން ނިމޭނީ. ކޯޓަށް ގޮސް އެއްވެސް ކުށެއް ނެތި، ދަރިން ބަހާ އުސޫލަކުން ކަންކަން ކުރާ އުސޫލަކުން މިއީ ކާމިޔާބުވާނެ ކަމެއް ނޫން،" ވައްޑެ ވިދާޅުވި އެވެ.

45 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 4%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޒާ

16 October 2016

މައުމޫން ވަރުގެ ލީޑަރަކު އަހަރެން ނުދެކެން އަހަރެން ، އަދި އަހަރެންގެޢާއިލާ މެމްބަރުން ވޯޓްދޭނީ މައުމޫން ތާއީދު ކުރައްވާ ބޭފުޅަކަށް މައުމޫން ބޭފުޅާވެސް ކެނެރީގޭ ނަޝީދަށް ވޯޓްދޭން ނުބުނުއްވާނެ ކަމަށްހީކުރަން އެގޮތަށް ވިދާޅުވެއްޖެނަމައިތުރަށްޖެހޭނީވިސްނާލަން މައުމޫން ބޭފުޅާއަށް ފެނުކައްކާ bބޮލީގެޢިތްޒަތް އެބޭފުޅާއަށްފެނުކަ ނުދެއްވާ އެއީ ވަރަށް މާތް ވިސްނުނެތެރިދީންވެރި ޤާބިލް ބޭފުޅެއް އެއީ

The name is already taken The name is available. Register?

ޞަމަދު

09 October 2016

ލޯކަލް އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބު ބިޔަސް ނުވިޔަސް އެ އިންތިޚާބަށް ފަހު ދެ ރައީސުން އަލުން ކޯޅެން ފަށާނެ! ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައީސް މައުމޫނުގެ ސިކުންޑިއަށް ސަވާރުވާން ރައީސް ޔާމީން މަސައްކަތް ކުރައްވާނެ! ޕީޕީއެމުގެ ޕީޖީ ގްރޫޕުންވެސް ރައީސް މައުމޫނަށް އަރުވަނީ ފެންކައްކާ ބޮލީގެ އިއްޒަތް!

The name is already taken The name is available. Register?

ސިއްދީގު

09 October 2016

މިފަހަރު ހިޔެއްނުވޭ މައުމޫން ޔާމީންއާ އެއްކޮޅަށް އެރިޔަސް ޔާމީނަށް މާ ބޮޑު ކާމިޔާބެއް ހޯދިދާނެހެނެއް. އެއަށްވުރެ މާ ބޮޑަށް ސަރުކާރު އޮރިޔާންވެއްޖެ.

The name is already taken The name is available. Register?

ލޮލީލޮލީ

09 October 2016

ރައީސް މައުމޫނު ޔާމިނު ފަތުގަ ނެތިއްޔާ ދެން ޖެހޭނީ ޑަކުޓަރު ވަހީދައް ޖެހުނު ހާލު. %5 ވެސް ނުލިބޭނެހެން ހީވަނީ

The name is already taken The name is available. Register?

ދެން ލަލަލާ

09 October 2016

ރައީސް ޔާމިން އަކަށް ވެރިކަމެއް ނުކުރެވޭނެ. ޕޮލިޓިކަލީ އަސްލު ވަރަށް ވީކް މީހެއް ޔާމީން އަކީ. ކޮންމެވެސް ކަހަލަ ބޮލެއް ހުރި ނަމަ ރައީސް މައުމޫން އާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ. ރާއްޖޭގަ ޕޮލިޓިކަލީ އެކަކު އެކަނި އެންމެ ސްޓްރޯންގ މީހަކީ ރައީސް ނަޝީދު، (ހިސާބު އިނގޭ މީހަކު މިކަމާއި ދެކޮޅެއް ނަހަދާނެ) ދެވަނައަށް ރައީސް މައުމޫނު ތިންވަނަ އަށް ގާސިމް އިބްރާހިމް. ރައީސް ޔާމީން އަށް ރައިސް ނަޝީދު ބަލިކުރެއްވުނީ ރައީސް މައުމޫން އާއި ގާސިމް އިބްރާހިމްގެ ސަޕޯޓު އޮވެގެން. އޭރުންވެސް ރައީސް ނަޝީދަށް ވުރެ އިތުރަށް ލިބުނީ ގާތްގަޑަަކަށް 6022 ވޯޓު. މިހާރު މިއޮތ ގޮތުން ރަނގަޅީވެސް ރައީސް މައުމޫން ރައީސް ޔާމީން އާއި ޕީސް ނެހެދިއްޔާ. ރާއްޖޭގެ އެއްވެސް ވެރިޔަކު ނުކުރާނެ ކިތައް ކަންތައް ރައީސް ޔާމީން އެކުރެއްވީ. ރައީސް މައުމޫން 30 އަހަރު ވެރިކަންކުރެއްވި އިރު ހާދަ ބޮލަށް ފަސޭހައޭ.... އަޅުގަނޑު ރައީސް މައުމޫން އަރިހުން އެދެނީ ރައީސް ޔާމިން އަށް 2018 ގައި ތާއީދު ނުކުރެއްވުމަށް... އަޅުގަނޑުމެން ދިވެހި ރައްޔިތުން ވަރަށް ގަނަތެޅެވިއްޖޭ... ދެން ނުވާނެއޭ

The name is already taken The name is available. Register?

ނުވާނެދޯ

09 October 2016

ތަމެން ނަކަށް ނޭގޭނެ އެކޮއި މަމެންގެ ސަރުކާރަށް މިހާރު އޮތް ސަޕޯރޓެއް. ތަމެންނަށް މަމެން މިފަހަރު ލޯކަލް ކައުންސިލު އިންތިޚާބުގައި ދައްކާލަން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް ތާއީދު އޮތް މިންވަރު. ތަމެންނަށް ނުދޭނަން އެންމެ ގޮނޑި އެއްވެސް އިނގޭ. ތަމެން ދެން ރަންރީނދޫ ޓްވިޓަރޭ މެދުވެރިކޮށް ސާޅަނގައެއް ގޮތަށް މަމެންގެ ސަރުކާރާއި ބެހޭ ގޮތުން ދޮގު ވާހަކަ ތައް ފެތުރި ކަމުގައި ވިޔަސް ދެން މަމެންގެ ސަރުކާރުގެ ގްރެވިޓީ ދަށް ނުކުރެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ގިވްއިން

09 October 2016

ރަންރީނދޫ ޓްވިޓަރޭ ރަންރީނދޫ ޓްވިޓަރޭ ރަންރީނދޫ ޓްވިޓަރޭ ރަންރީނދޫ ޓްވިޓަރޭ މިނޫން ބަހެއް ނޭގެނީތަ؟

The name is already taken The name is available. Register?

އަބޫ

09 October 2016

މިސަރުކާރަކި ރައްޔިތުންނައް ނުހަނު ދަތި އުނދަގޫހާލު ޖެއްސި ސަރުކާރެއް.. ނުވި ތާާކައް ހުރިހާއެއްޗެއް އަގުބޮޑު ކޮށްފި.. ދެން މަވާ ސަލާން ..

The name is already taken The name is available. Register?

ހޭލާ

09 October 2016

މައުމޫނު މި ފަހަރު ކުޑަކޮށްވެސް ފަހަތަށްޖެހިވަޑައިގަންނަވާނެކަމަށް ނުބެލެެއެވެ. ފަހަތަށް ޖެހުނު ބޭފުޅުންނަށް ޖެހުނު ހާލު ފެނެއެވެ. މައުމޫނަކީ ދުރުވިސްނުންފުޅެއް ގެންގުޅުއްވާ ބޭފުޅެކެވެ. ޔާމީނު ގޮވައިގެން އިންތިހާބަކަށް ނުކުމެ ކާމިޔާބު ހޯދުމަކީ ކިހާ އުދަގޫ ކަމެއްކަން ރަގަށް ވިސްނިވަޑައިގަންނަވާނެވެ.

The name is already taken The name is available. Register?

އިބޫ

09 October 2016

ދައްކަވން ހުރި ދުވަހެއް ދައްކަވާނެ..

The name is already taken The name is available. Register?

ޣާއްޓެ

09 October 2016

ވައި ފެކްޝަނަކީ ބޮޑު މަސަލަގަނޑެއް. ޕާޓީއަށް ވެސް. ޤައުމަށްވެސް

The name is already taken The name is available. Register?

އަލީ

09 October 2016

ކޮންމެފަހަރަކުވެސް މިފެންނަނީ މައާފުކުރަންޖެހޭފަހަރާ، ގާނޫނު އަސާސީއައް ބޯލަބަން ޖެހޭފަހަރާ، ސިފައިންގެ އަމުރައްތަބާވާންޖެހޭފަހަރާ، ބޭރުގެ ފަރާތްތަކުގެ އަޑުއަހަންޖެހޭފަހަރާ މިހުރިހާކަމެއްވެސް ވަކިބަޔަކައް ފައިދާވަންޏާ އޮންނަންޖެހޭކަންކަންކަމައް ދެކޭތަން، ހައްގުތަކެއް ހަމައެކަނި މިއޮންނަނީ ވަކިބަޔެއްގެ، އެހެންމީހެއްގެ ހައްގެއްނޯވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454