އަސްދޫނިތަކެއް.
29 ފެބުރުއަރީ 2020 - 07:38
މި ފަހުގެ ތާރީހެއްގައި ކުރިމަތިނުވާ ވަރަށް ޕާކިސްތާނަށް ގޮށްފުޅަނގީގެ ތުރާ ކުރިމަތިވެ، އެ ގައުމުގެ ދަނޑުބިންތައް ހަލާކުރާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން 100،000 އަސްދޫނި ޕާކިސްތާނަށް ފޮނުވަން ނިންމައިފި އެވެ.
ގޮށްފުޅަނގީގެ އުނދަގުލާއި ގެއްލުން އިންތިހާ އަށް ބޮޑުވެގެން މިދިޔަ މަހުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ އިމަޖެންސީ ވެސް އިއުލާންކޮށްފަ އެވެ. އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ދަނޑުވެރިން ބުރަ މަސައްކަތްތައްކޮށްގެން ހައްދާ ގޮވާންތައް ގޮށްފުޅަނގި ކައި ހުސްކޮށް، ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. މިކަމާ ގުޅިގެން ޕެސްޓިސައިޑް ބޭނުންކުރި ނަމަވެސް މިހާތަނަށް އެކަށީގެންވާ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.
މި ދުވަސްވަރު އިރުމަތީ އެފްރިކާގެ ގައުމުތަކަށް ވެސް ގޮށްފުޅަނގީގެ އުނދަގޫ ވަރަށް ބޮޑެވެ. މިކަމާ ގުޅިގެން އދ. އިން ވެސް ވަނީ ގައުމުތަކަށް އެހީވާން ގޮވާލައިފަ އެވެ.
ޗައިނާގައި އެދިގެން، ޕާކިސްތާނުން ގޮށްފުޅަނގި ނައްތައިލަން ގިނަ އަދަދެއްގެ އަސްދޫނި ހޯދަން ނިންމުމާ ގުޅިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނީ އަސްދޫނި ލަޝްކަރު ފޮނުވުމުގެ ކުރިން ހާލަތު ދެނެގަތުމަށް މި ހަފުތާގެ ތެރޭގައި ޗައިނާގެ ތަޖުރިބާޖާރުންގެ ޓީމެއް އެ ގައުމަށް ދާނެ ކަމަށެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި އަސްދޫންޏަކީ ދުވާލެއްގެ މައްޗަށް 200 އެއްހާ ގޮށްފުޅަނގި ކައިލާ އެއްޗެކެވެ. އެއީ ކުކުޅުހާ ގޮށްފުޅަނގި ދުވާލެއްގެ މައްޗަށް ކައިލާ މިންވަރަށް ވުރެ ތިންގުނަ އިތުރު އަދަދެކެވެ. އެހެންވެ އަސްދޫނީގެ އެހީގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮށްފުޅަނގީގެ މުސީބާތުން ސަލާމަތްވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޗައިނާގެ ޒެޖިއަންގް އެކެޑެމީ އޮފް އެގްރިކަލްޗަ އެންޑް ސައިންސެސްގެ ސީނިއާ ރިސާޗަރު ލޫ ލިޒޫ ބްލޫމްބާގަށް ވިދާޅުވީ އަސްދޫންޏަކީ ގޮށްފުޅަނގިއާ ދެކޮޅަށް ބޭނުންކުރެވިދާނެ "ބައޮލޮޖިކަލް ހަތިޔާރެއް" ކަމަށެވެ.
"ކުކުޅުހާތަކަށް ދުވާލެއްގެ މައްޗަށް ކެވޭނީ ހަތްދިހަ ވަރަކަށް ގޮށްފުޅަނގި. އެކަމަކު އަސްދޫންޏެއް ދުވާލެއްގެ މައްޗަށް ކާލާނެ ދުއިސައްތައެއްހާ އެތި. އަނެއްކޮޅުން އަސްދޫންޏަކީ އާންމުކޮށް ބައިގަނޑު ހަދައިގެން އުޅޭ އެއްޗަކަށްވާތީ މީގެ ސަބަބުން ގޮށްފުޅަނގި ނައްތާލަން މާ ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.
ގޮށްފުޅަނގީގެ އުނދަގޫ ޕާކިސްތާނުގައި އެންމެ ބޮޑި ޕަންޖަބާއި ބަލޮޗިސްތާނުގެ އިތުރުން ސިންދު ޕްރޮވިންސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރުމީހާ
01 March 2020
ވަހީދު މެންނަށް ހެޔޮ ނަސީހަށް ދިނަސް ހެޔޮގޮތެއް ނެއް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
01 March 2020
ކޮރޯނާ އަސްދޫނިބާ ؟
ގަމާރުމީހާ
29 February 2020
ހުސް ދޮގު.ޕާކިސްތާން ކަހަލަ މުސްލި މް ގައު މަކަށް ތިކަހަލަ ކަ މެއް ދި މާނުވާނެ
ވަހީދު
01 March 2020
ޕާކިސްތާން ކަހަލަ މުސްލިމު ގައުމަކަށް އެފަދަ ކަމެއް ދިމާވުމުން، ރާއްޖެ ކަހަލަ 100% މުސްލިމު ގައުމެއްގައި ފިލައިގެން އުޅޭ މުނާފިގުން ފާޅު ވުމަކީ ވެސް އެކަންކަމުގެ ޙިކުމަތެއް ކަމުގައި ވެދާނެ.
ޔާގޫތު
29 February 2020
އެކޮއެ ތިޔައީ ދޮގު ހަބަރެއް، ބަޔަކު އެރުވި އަޑެއް ތިޔައީ.
ތުއްތު
29 February 2020
سبحان الله الله تعالى ގެކުޅަދުން ވަންތަކަން ނިކަންދެކިބަ.. .. ޕެސްޓިސައިޑް އެއްޗިހި ބޭނުންކުރުމުން އިންސާނުންނަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މިކަހަލަ ގޮތްގޮތުން ދަނޑުތަށް ބަލަހަށްޓަންވީ އަސްލުގަ.
އިލާސްތެރި ކަމާއެކު ދިން ވޯޓް
01 March 2020
ޕެސްޓިސައިޑް ވާހަކަ ނުދައްކާ އެންމެ ތަންކޮޅެއް ފަނިކައިފަ ހުއްޓަސް އެނުގަންނާނެ.... ގަންނާނީ ރީތިކޮށްހުރި އެތި ކޮންމެ ކެމިކަލްއެއް ޖަހާފަ ހުއްޓަސް