ކެމްޕެއިން ލޯންޗުކުރުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޖޭޕީ އިން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި އެ ޮޕާޓީގެ ބައެއް އިސްވެރިން -- ފޮޓޯ: މިހާރު
02 މާޗް 2020 - 23:42
އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެމްޕެއިން ފެށުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
މި ޖަލްސާ މި ބާއްވަނީ، ކައުންސިލް އިންތިހާބު ކެމްޕޭން ފެށުމަށް، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުންގެ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް، އިދިކޮޅު ޕީޕީއެމުން މީހުން ޖަމާކޮށް ކާނިވަލުގައި ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ޖަލްސާ ބާއްވާނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހި ޖޭޕީ އަށް ސޮއިކުރައްވާފައިވާ ނިހާން ވިދާޅުވީ އެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނާއި އަންހެނުންގެ ޕާޓީގެ ކެނޑިޑޭޓުން ލޯންޗުކުރާނެ ކަމަށެވެ.
ޖޭޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 127 ކެނޑިޑޭޓުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ 56 މެމްބަރުން ވާދަކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހަމްދު ސައުދު މި ބައްދަލުވުމުގައި ވިދާޅުވީ މި އިންތިހާބަށް ކެނޑިޑޭޓުން ނެރުނީ، އެ ޕާޓީއަށް ކާމިޔާބުކުރެވޭނެ ގޮނޑިތަކަށް ވިސްނައިގެން އެ ސަރަހައްދުތަކަށް ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެން ބެލީ، އަޅުގަނޑުމެންނަށް ވީހާ ވެސް ބޮޑަކަށް ކާމިޔާބު ކުރެވޭނެ ސަރަހައްދުތަކަަށް އިންތިހާބުގައި އަޅުގަނޑުމެން ފޯކަސް ކުރަން،" ސައުދު ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ މިއީ އެ ޕާޓީގެ ތާރީހުގައި ވެސް ނުބާއްވާ ފަދަ ޖަލްސާއެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ޖަލްސާއެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބާއްވަން އުޅޭ ޖަލްސާ އަކީ، ހަގީގަތަށް ބަލާ އިރު، ޖުމްހޫރީ ޕާޓީގެ ތާރީހުގައި ވެސް ނުބާއްވާ ވަރުގެ ޖަލްސާއެއް ބާއްވާކަށް، އެ ގޮތަކަށް ޕްލޭންކޮށްގެން ކުރާ ކަމެއް ނޫން. މީގެ ބޭނުމަކީ މިހާރު މި ހިނގަމުން ދާ ކަންތައްތަކުގައި އަޅުގަނޑުމެންގެ ޕާޓީ އަކީ ވެސް އެއް ސަފެއްގައި މިހާރު ރާއްޖޭގައި މިތިބި ދެ ޕާޓީއާ އެކީ އެއްގޮތަށް، އަޅުގަނޑުމެންނަކީ ވެސް ފުރިހަމަ ޕާޓީއެއް ކަމަށް ދެއްކުން،" ސައުދު ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މި ބައްދަލުވުމުގައި ވިދާޅުވީ މި ޖަލްސާގެ ޝިއާރަކަށް ޖޭޕީން ކަނޑައެޅީ "ދީނާއި ގައުމުގެ ދިފާއުގައި" ކަމަށެވެ. މި ޝިއާރު ކަނޑައެޅީ ދީނާ ދެކޮޅު އެކި މަންޒަރުތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނާތީ ކަމަށާއި މިއީ ދިވެހިން ބަލައިިގަންނާނެ ކަމެއް ނޫންކަން އެ ޕާޓީއަށް އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭޕީން ބުނީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް، އެކި ކެނޑިޑޭޓުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
05 March 2020
އަަނަށްހީވަނީ ޖޭޕީން ބާއްވާ ޖަލްސާއަށް މުޅި ކާނިވާސަރަޙައްދާއެކު އާޓިފިޝަލް ބީޗުގައިވެސް ގޮޑި ޖަހަންޖެހޭނެހެން. އެހެން މިބުނީ މާިގިއްޔާ ގެމަނަފުއްޓާ ގދ. ތިނަދުއާ ކެލާގެ ހުރިހާރައްޔިތުން އެޖަލްސާއަށް އަންނާނެކަމަށްވޭ. އަދި މޅޭގެރައޔިތުންގެ 75 އިންސައްތަ ބައިވެރިވާނެކަމަށް ލަފާކުރެވޭ
ގަލީބު
05 March 2020
މީގައި އެމްޑީޕީ ކުދިން އާދަޔާ ޚިލާފަށް ބައިވެރި ވުމަކީ ބޮޑު ކާމިޔާބަކަށް ވާނެ. ޕީޕީއެމްގެ ބޮޑު ޖަލްސާއަށް ހިޔަނިއެޅޭނެ. އޭގެ މުހިއްމުކަން ހިތްތަކުން ފިލާނެ. މަށެއްވާ ނުދާނަން. އެކަމަކު ބުނެލީ.
ފަޅުވެރިން
03 March 2020
ތިވީގޮތުން ބަޔަކަށް ލާރިކޮޅެއް ލިބޭނެ. އެނޫން ކަމެއް ނުވާނެ. ޖޭޕީ އަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ޕާޓީއެއް ނޫން.
ގާސިމް
03 March 2020
މާލެއިން ދާނެބައެއް ނެތް. ރާއްޖެ ތެރެއިން މީހުން ގެނެސް ބާއްވަނީ، މިހާރު ވެސް ގދ. ތިނަދޫ އިން މާލެ އެބަ އަދޭ 200 މީހުން . ގދ.ރަތަފަންދޫއިން 150 މީހުން . އދ. މާމިގިލީ އިން 500 މީހުން. އދ.މަހިބަދޫ އިން 180 މީހުން. ތ.ވިލިފުށީ 250 މީހުން. ތ.ބުރުނީ 100 މީހުން. ގއ.ވިލިގިލީ އިން 230 މީހުން. ނ.ވެލިދޫ އިން 130 މީހުން. ނ.މަނަދޫ 80 މީހުން. ހއ.ހޯރަފުށި 220 މީހުން. ހއ.ބާރަށް 60 މީހުން. އަންނަ ކޮންމެ މީހަކަށް 1000 ރުފިޔާ ލިބޭނެ. އަދި ހުރުމާއި ކެއުން ފްރީ.....
ފަޅުވެރިން
03 March 2020
ތިވަރުން ވެސް ޖެހޭދޯ ޖަލްސާ ބާއްވަން؟ ނޫން، ޖަލްސާއަށް އަންނަ މީހުންނަށް ރަނގަޅު، ލާރިކޮޅު ލިބޭނެތާދޯ؟
ވޯލް
03 March 2020
މަތީގައި އިން ފޮޓޯއިންވެސް އެބަ އެނގޭ ތިޕޓީގެ ސައިޒު.
ދަތްނެތްކުއްޖާ
03 March 2020
ތި ޖަލްސާ އަށް ދިޔަ މީހުންގެ އަދަދު ފެނިފާ ނިހާނު މިފަހަރު ކިތައް ދިމާލަށް ސަޖިދަ އަށް ތިރި ވާނެތޯ! ސޭޓު ޖީ އާއި ދިމާލަށް ކޮންމެހެންވެސް ސަޖިދައެއް ޖަހަންވާނެ. އޭރުން ތަމެން ބޭނުންވެގެން އުލޭ އެއްކަލަ އެތިކޮލު ލިބޭނީ! ހަޔާތްކޮބާ މިވެރިންގެ. ރައްޔިތުންގެ ޙަޒާނާތައް ލޫޓުވާފާއި އެވަރުންވެސް ނުވެގެން އަދިވެސް ލިބުނު ވަރު މަދުކަމުންދޮތަ ތިޔަ އުލެނީ.
ރުޅި
03 March 2020
ގާސިމްގެ ޕާޓީއަށް މީހުން އެއްކުރަން ބޭނުންވާނަމަ އެއް ގޮތެއްގައި ޕާޓީގެ ސިޔާސަތުގައި ހިފަހައްޓައިގެން އުޅުމުން މީހުންގެ އިތުބާރު ލިބޭނެ. އޭގެ ބަދަލުގައި މިހާރުފެންނަނީ ސަރުކާރު ތެރޭން ލިބޭބައި ނަގައިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބޭތަން. މީތި ކަނޑައޭ.
އަލިބެގެ ޒަހީނު
03 March 2020
މިހާރު ބޮޑު ގޮނޑީގައި ޓެސްޓްނުކުރެވިހުރީ ޤާސިމް. މަސައްކަތްކޮށްލާ. ކާމިޔާބުވެދާނެ. އެނގޭހާވެސް ކަމަކީ ޤައުމު ތަރައްޤީކުރަންޏާ ހޮވަންވީ ޤާސިމް ފަދަ ތަރައްޤީގެ ވިސްނުމާއި މުރާލިކަން ހުރި މީހެއް.
ސިދާތާ
03 March 2020
މި ޤައުމު ސުލްހަވާން އޮތީ ތަރައްޤީގެ ވިސްނުންހުރި އަދި އެހެންމީހުންނަށް އަނިޔާއެއްނުދެއް ވިސްނާމީހަކަށް ފުރުސަތުދެވިގެން. މި 2 ކަންތަކަށް ބަލާއިރު މިހާރު ތިބި ސިޔާސީވެރިންގެ ތެރެއިން އެންމެމަތިން މާރކްސް ލިބެނީ ޤާސިމްއަށް.
ދީނާ
03 March 2020
ތި ޖަލްސާގައި ރަނގަޅުވާނެ އިބޫ ބައިވެރި ވެލަން.