ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: ޖޭޕީ
07 މާޗް 2020 - 15:40
އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ބާއްވަން އުޅުނު ޖަލްސާ ވެސް ފަސްކޮށްފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވަން ކަނޑައަޅާފައި އޮތް އާންމު ޖަލްސާ ވަކި މުއްދަތެއް ނެތި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފަސްކުރެއްވީ، އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާ އަކަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
"ގައުމުގެ ހާލަތު މި އަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުން ދެންނެވުނު ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އާންމުކޮށް އިއުލާން ކުރެވޭނެ އެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ބަޔާނުގައި ވެ އެވެ.
ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެ ކޯލިޝަނުން އަތޮޅުތަކަށް ކުރަން ނިންމާފައިވާ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑާލައިފަ އެވެ.
ޖޭޕީން ބުނީ، ބައެއް ޓޫރިސްޓުން ރާއްޖެ އިން ފުރައިގެން ދާ ފަހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ވައިރަހުގެ އަސަރު ދިވެހިންނަށް ވެސް ފޯރަފާނެ ކަމުގެ ބިރު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި ރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.
"މި ގޮތަށް ނިންމާފައި ވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ އެވެ. މި ޕާޓީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަގީކްނަކްނ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަމެވެ،" ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.
ޖޭޕީން ބުނީ، ބައެއް ޓޫރިސްޓުން ރާއްޖެ އިން ފުރައިގެން ދާ ފަހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ވައިރަހުގެ އަސަރު ދިވެހިންނަށް ވެސް ފޯރަފާނެ ކަމުގެ ބިރު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި ރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ޖޭޕީންނާއި އިިދިކޮޅުން ސިޔާސީ ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްކުރުމެއް ގެނައި ނަމަވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ ލޯކަލް އިންތިޚާބުގެ ކެމްޕެއިން މެކުހަށް ޖަހައިފަ އެވެ. އަދި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ސިޔާސީ ހަރަކާތްތައް އެމްޑީޕީން ދަނީ ބާއްވަމުންނެވެ.
ސަރުކާރުން ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް އަދި ނުނިންމާ ކަމަށެވެ. އަދި އެފަދަ ހާލަތަަކަށް ބަދަލުވާނީ، ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަރުހަލާ ކުރިއަށް ދާ މީހުންގެ ނަތީޖާ ލިބުމުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވި ނަމަވެސް މިވަގުތު ވެސް ޝައްކު ކުރެވޭ ބައެއް މީހުން އެކަހެރިކޮށް، އެ މީހުންގެ ޓެސްޓުތައް އައިޖީއެމްއެޗުގައި ދަނީ ހަދަމުންނެވެ. އަދި އެ މީހުން ތިބި ދެ ރިސޯޓެއް ކަމަށްވާ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި ކ. ސަމާ އައިލެންޑް ރިސޯޓުގެ އިތުރުން ވ. ތިނަދޫ ވެސް ސަރުކާރުން ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެ ތިން ރަށް ކަރަންޓީނުން ދޫކޮށްލާނީ މިހާރު ޓެސްޓު ހަދަމުން އަންނަ މީހުންގެ ނަތީޖާ ލިބުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުރޯނާ
07 March 2020
ކަންތައް ފަލަކުރާނެ ކަމެއްނެތް. ކަލާމެންގެ ފެންވަރުގައި ކަލޭމެންތިބޭ. ވާންނެތްކަމެއް ނުވާނެ.
ބުރޭ
07 March 2020
ވައިރަހެއްނޫން، އަންނާނެމީހަކު ނުވީ
މަށެއްނޫން
07 March 2020
ރަނގަޅު ނިންމުމެއް. އެކަމަކު ތި ނިންމުމުގެ ފަހަތުގައިވަނީ ސިޔާސީ ސްޓަންޓެއް. މި ދަނޑިވަޅަކީ ރާއްޖޭގެ އެންމެންވެސް ކޮރޯނާ އަށް ސަމާލުކަން ދެމުންދާ ދަނޑިވަޅެއް ކަމުން ޖޭޕީން ތިކަން ތިގޮތަށް ކުރުމަކީ ރައްޔިތުންނާ އިއްތިފާގުވެ ރައްޔިތުންގެ ތާއީދު ލިބޭނެކަމެއް..
ާއުނިމާ
07 March 2020
ޖަލްސާއަށް ދާނެ މީހުންނުވީ!، ބަލަ އެމްޑީޕީއަށް މީހުންނުވެއްދުނުއިރު، ދެން ބައި ޕާޓީއަކަށް ވާނެތޯ، ދެންވެސް ޕީޕީއެމް ނުވަތަ އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރޭ، ތިޔަބޭފުޅުންނަށް އެކަނިވާވަރުގެ ކަމެއްނޫން!
ދަރޭ
07 March 2020
އެމްޑީޕީ އަށް އެކަނި ކެންޕޭންކުރަންފުރުސަތު މިލިބުނީ އެހެންޕާޓީތަކަށް ފުރުސަތުލިބުންނަމަ އެމްޑީޕީ ސައިޒުވީސް ހަހަހަހަ
ޒަރޫރު
07 March 2020
ބަލަ އިންތިހާބު ކެންސަލް ކުރާށޭ! ކޮން އިންތިހާބެއް ނުބޭއްވިގެންތަ މި އުޅެނީ ހަރަދު ބޮޑުކުރަން
ރަންނަ
07 March 2020
ވަރަށް ބިރުގަންނާނެ ރައްޔިތުންގެ އަޑުއަހަން
ޖަުހުލު
07 March 2020
އެއްމެ ރަނގަޅު ބަހަނާ
ގަޓް ބްރޯ
07 March 2020
ސިޔާސީ މީހުންގެ ބަސްމަގު ހުންނަ ގޮތް މިހާރު ރައްޔިތުންނަށް ރަނގަޅަށް އެނގޭ. ތިޔަކަމުންވެސް ނެގެން އޮތް އެންމެ ބޮޑު ސިޔާސީ ފައިދާ ތިޔައޮތީ ރަނގަޅަށް ނަގާފަ.