އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 މާޗް 2020 - 13:59
ފެން ބިލް ދައްކަން މި ދުވަސްވަރު އެމްޑަބްލިއުއެސްސީ އަށް ދިއުމުގެ އޮންލައިންކޮށް ބިލް ދައްކަން އެ ކުންފުނިން މިއަދު އިލްތިމާސްކޮށްފި އެވެ.
މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އަށް ރާއްޖޭން ހަ މީހަކު ޕޮޒިޓިވްވެފައި ވާީ، އެ ވައިރަސް ފެތުރުން ހުއްޓުވަން ސަލާމަތީ ފިޔަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ. އެހެންވެ ކަސްޓަމަ ސާވިސް ކައުންޓަރަށް ދިއުމުގެ ބަދަލުގައި މޮބައިލް އެޕްލިކޭޝަން އަދި އޮންލައިން ހިދުމަތުގެ ބޭނުން ހިފަން އެ ކުންފުނިން އެދިފައި ވެ އެވެ.
އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް، ކިއުގައި ނުޖެހި، ކޮންމެ މަހެއްގެ ފެން ބިލަށް އަރާ ވަރު ބަލައި ފައިސާ ދެއްކޭނެ އެވެ. އޮންލައިނުން، ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ފޯމު ހުށަހަޅައި ގޭގައި ތިބެގެން އެ ހިދުމަތުގެ ސްޓޭޓަސް ބަލައިލެވޭނެ އެވެ.
"ވީމާ، މިފަދަ ދަނޑިވަޅުތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރުމަށް އެދެމެވެ. އަދި މި ކުންފުނީގެ ހިދުމަތް ހޯދައި ލިބިގަތުމުގައި މި ދެންނެވި ވަސީލަތްތަކުގެ ބޭނުން ހިފައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހުރިހާ ކަސްޓަމަރުންގެ އަރިހުން އެދެމެވެ،" ބަޔާނުގައި ބުންޏެވެ.
ހިދުމަތްތަކާ ގުޅޭ މައުލޫމާތު ސާފުކުރަން ނުވަތަ މައްސަލައެއް ހުށަހަޅަން ކަސްޓަމަ ކެއާ ސެންޓަރުގެ ނަންބަރު، 105 އަށް ގުޅޭނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާގިރި
02 April 2020
އޮންލައިންކޮށް ފޮނިވޭނެގޮތް ބުނެދެއްވާ!
ބޯގޯސް
10 March 2020
ކޮން އިރަކު މި ހަދުމަތަށް 38 ރުފިޔާ ޗާޖްކުރަނ ފެށީ?? ރަނގަޅަށް މައުލޫމާތު އެނގިގެންތޯ ތި ވާހަކަ ދައްކަވަނީ?
މުސްތާ
10 March 2020
މިދުވަސްކޮޅު .ގިނައިން އތް ދޮވެ ކަންތަކުރަންޖެހޭތީ ފެންބިލުން ޑިސްކައުންޓެއްދިނިއްޔާ ކީއްތަވީ
އެސްކޮބާރ
10 March 2020
އޮންލައިންކޮށް ކިހިނެއް ފެންބިލް ދައްކާނީ އިނޓްނެޓް ސްލޯކަމުންނާއި އިންޓަނެޓްގެ އަގުބޮޑުކަމުން. މިވަގުތު ރަގަޅު މައުލޫމާތު ހޯދުމަށް ރައްޔިތުން ގިނަގިނައިން އިންޓަނެޓަށް ވަންނަން ބޭނުންވާނެ. އިންޓަނެޓް ސްޕީޑް ބާރުކޮށްފަ އިންޓަނެޓް ފްރީކޮށްދޭން ޖެހޭ މިކަންތައް ހައްލުވާންދެން. ފެންބިލްވެސް ކެންސަލްކޮށްފަ ހިލޭ ފެންލިބޭގޮތް ހަދަން ޖެހޭ. ރައްޔިތުން ބޭނުންވާނެ ގިނަގިނައިން އަތް ދޮންނަން.
ޑޮންފުތު
10 March 2020
ވަރަށް ފަސޭހަގޮތެއްތީ އެކަމަކު ކޮންމެ ބިލަކަށް ބޭންކަށާއި އެމް ޑަބަލިޔޫ އެސް ސީއަށް ދައްކާނެ ފައިސާއެއް ނެތް. 700 ރުފިޔާގެ ބިލަކަށް ބީއެމް އެލް އަށް 38 ޜުފިޔާ ކަނޑާލާ އެޢީ 3 ދަރިންގެ 1 ދުވަހުގެ އިންޓަވަލް
އަސްލު ހަގީގަތް
10 March 2020
ކަލެޔަށް 38 ރުފިޔާ ބޮޑުތަ؟ 38 ރުފިޔާތަ މުހިންމީ ނުވަތަ ރައްޔިތުންގެ ފުރާނަތަ؟ މިފަދަ ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް ކަންތައްތައްކުރުން މުހިންމީ.
ތީނަމެން
10 March 2020
މަ އަބަ ދުސް ބިލް ދައްކަނީ އޮންލައިންކޮށް އިތުރު ޗާޖެއް ނުކުރޭ
އަބުއާ
10 March 2020
މަރުހަބާ. ވ. ރަނގަޅު އިލްތިމާސްއެއް.