ޚަބަރު / ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ރައީސްގެ ވާހަކަފުޅު ދެކޮޅެއް ނުޖެހޭ: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅު ދެކޮޅު ނުޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފެތުރެން ފެށި ކޮރޯނާވައިރަސް ރާއްޖެއާ ހަމައަށް ދަތުރުކޮށް، ރާއްޖެ އިން ވެސް ވަނީ އަށް މީހަކު ޕޮޒިޓިވް ވެފަ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ.

މި ހާލަތާ ގުޅިގެން، ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ އިގްތިސޯދީ ގޮންޖެހުންތަކާއި އަޅުއްވާނެ ފިޔަވަޅުތަކުގެ ވާހަކަ ވެސް ދައްކަވައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސްގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު، އެކަމުން ރާއްޖެ އަށް އޮތް ނުރައްކާ ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށް ރައީސް މިއަދު ވިދާޅުވި ނަމަވެސް މިދިޔަ މަހުގެ ކުރީކޮޅު އެ މަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި އެފަދަ އެއްވެސް ވާހަކައެއް ނުހިމެނޭ ކަމަށެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމުގެ އަދަދުތައް ހާމަ ކުރެއްވިއިރު، މި ހާލަތަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކުރިއާލައި ދިރާސާ ކުރި ކަމަށް ރައީސް ވިދާޅުވާއިރު، ރިޔާސީ ބަޔާނުގައި އެ ކަންކަން ހާމަ ނުކުރެއްވީ ކީއްވެގެންތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ ރިޔާސީ ބަޔާނުގައި ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގައި ކުރި މަސައްކަތަކަށް ރިއާޔަތް ނުކުރެއްވީ ކީއްވެގެންތޯ އޭ؟،" ސައީދު ވިދާޅުވި އެވެ.

"މި ވާހަކަތަކުން އެކަނިވެސް އަޅުގަނޑުމެންނަށް އެނގޭ ވަރަށް ދޯހަޅި. ތައްޔާރު ނުވެ ރިޔާސީ ބަޔާން ވެސް ދެއްވާފައި ވަނީ. އަދި މިއަދުގެ ވާހަކަފުޅުގައި ވެސް ތައްޔާރުނުވެ ވާހަކަފުޅު ދައްކަވާފައި ހުރިކަން."

އޭނާ އެހެން ވިދާޅުވި ނަމަވެސް، މިދިޔަ މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ ވާހަކަ އާއި ޚަރަދު ކުޑަކުރުމާ ގުޅޭ ބައެއް ވާހަކަތައް ދެއްކެވި އެވެ. ރައީސް އޭރު ވެސް ވިދާޅުވީ، ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެ އަށް އެބައޮތް ކަމަށާއި އަދި އެއީ ރާއްޖޭގެ އިގުތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ބެލުން ކުރިއަށް ދާ ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ ރިޔާސީ ބަޔާނުގައި ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގައި ކުރި މަސައްކަތަކަށް ރިއާޔަތް ނުކުރެއްވީ ކީއްވެގެންތޯ އޭ؟،" ސައީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 7.5 ޕަސެންޓްގައި ކަމަށް ވިޔަސް ރޯގާއާ ގުޅިގެން އަންނަ ލޮޅުމުގެ ސަބަބުން އެ މިންވަރު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓާ ދެމެދަށް ވެއްޓޭނެ ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފަ އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެހެންވެ މި އަަހަރަށް އާމްދަނީ ލިބޭނެ ކަަމަށް ކުރިން ލަފާކުރި ވަރަށް ވުރެ 2.1 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދަށްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަހުގެ ފުރަތަަމަ 10 ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރާ އަޅާބަަލާއިރު 22.8 ޕަސެންޓް ދަށަށް ގޮސްފައިވާ ކަަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މިހާތަނަށް 161،740 ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ރައީސްގެ ހިތާބަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އާންމުން އެންމެ ބޮޑަށް ބޭނުންވި ސުވާލަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޖަވާބެއް ނުދެއްވުނު ކަމަށެވެ.

"ޓޫރިޒަމް މިނިސްޓަރު[އަލީ ވަހީދު] ދެއްކެވި ވާހަކަ އާއި ހެލްތު މިނިސްޓަރު[އަބްދުﷲ އަމީން] ދެއްކެވި ވާހަކަ އާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކައާ ދިމައެއް ނުވޭ،" އަދުރޭ

އެއީ ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އިޓަލީ އަށް އެނބުރި ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ރާއްޖޭގައި އުޅުނު ދުވަސްވަރު ކަމާ ބެހޭ ފަރާތްތަކަށް އެ ކަންކަން އަންގާފައިވާއިރު، ފިޔަވަޅު ނޭޅި ވަނީ ކީއްވެގެންތޯ ކުރެވޭ ސުވާލު ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މި ބަލީގެ ކަންތައްތަކުގައި ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓަރު[އަލީ ވަހީދު] ދެއްކެވި ވާހަކަ އާއި ހެލްތު މިނިސްޓަރު[އަބްދުﷲ އަމީން] ދެއްކެވި ވާހަކަ އާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކައާ ދިމައެއް ނުވޭ،" އަދުރޭ ވިދާޅުވި އެވެ.

އިޓަލީގެ މީހާ ފުރުވައިލުމުގައި ބަޔަކު އިހުމާލުތަކެއް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަށް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެހެންވެ، މިހާރު އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުން ފިޔަވައި ސަރުކާރުގެ އެހެން އިދާރާ އަކުން ނުދައްކަ އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާތީ ފުލުހުން ވެސް އަދި ތަފްސީލެއް ނުދެ އެވެ.

އިޓަލީ ދަތުރުވެރިޔާ މި މަހު 1 ގައި ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވާލީ، ރިސޯޓްގައި އޭނާ އަށް ފަރުވާދީގެން ގެންގުޅެފަ އެވެ. އޭނާ މާ ބޮޑަށް ހުން އައިސް ހުރުމުން މަތިންދާބޯޓުން ބޭލި އެވެ. އެހެންވެ، ފަހުން ފުރުވައޮލަން އޭނާގެ ރާއްޖޭގެ އެޖެންޓުން މާގިރި ހޮޓަލަށް ގެންދިޔަ އެވެ. އެ ހޮޓަލުގައި އުޅުމުގެ އިތުރުން ޔުނިވާސަލްގެ ޓިކެޓް އޮފީހަކަށް ގޮސް، އެމިރޭޓްސް އެއާލައިންގެ ޓިކެޓެއް އޭނާ ގަތެވެ.

އެ މީހާ މާގިރީގައި އުޅުނީ މި މަހުގެ 1، 2 ގަ އެވެ.

62 ކޮމެންޓް, 163 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 2%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙުއްމާ

18 March 2020

އަދުރޭ ބުނަން ވާހަކައެއް. ތީ ރައްޔިތުން ބަލައިނުގެން އެއްލާލާފައި ހުރިމީހެއް. ދެންވެސް މާބޮޑަށް ސިޔާސީ ނުވެ ކޮސްނުގޮވާ ސަރުކާރަށް އެއްބާރުލުންދީ. މިއުޅެނީ މުޅި ދުނިޔެއަށް ބޮޑު ސިއްޙީ ކާރިސާއެއް ދިމާވެގެން.

The name is already taken The name is available. Register?

ކިނބޫ

16 March 2020

ދެޅުނުޖެހޭ މީހުން ދައްކާ ވާހަކަވެސް ދެކޮޅެއް ނުޖެހޭނެ.

The name is already taken The name is available. Register?

ތުއްތު

14 March 2020

ބުއްދި ފިލާ ދިޔަައީ މަ މީހަކު ދައްކާ ވާހަކަވެސް ނޭގޭނެ މިވެރިން މިއުޅެނީ ލޯންޑްރީ އެއް ހުއްދަ ނުނަގަ ހިންގައިގެން ޖަލަށް ލާފަ އޮތް މީހަކު ސަލާ މަތް ނުކުރެވިގެން. ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫން.

The name is already taken The name is available. Register?

ހޭކެނޑޭ

14 March 2020

ރައީސްގެ ވާހަކަ ފުޅު ދެކޮލު ޖެހޭނީ ޖަލުގައި ހުރި ކުށްވެރިއަކު މިނިވަން ކުރީމަދޮތަ! ތަމެންގެ ހަޔާތް ކޮބާ!

The name is already taken The name is available. Register?

ކެކެކެ

16 March 2020

އާނ އެހެންވެގެން ރުސްތުމް ދޫކޮށްލީނު ދެކޮޅު ޖައްސާ ފުރިހަމަ ކުރަން.

The name is already taken The name is available. Register?

ފފފފފ

14 March 2020

ގައުމުގެ އިގްތިސާދު ހަމަ ސުމަކަށް ދާނެކަން އެންމެން ދަނޭ. އެކަމަކު އަހަރެމެން ބިރުގަންނަނީ ގައުމުގެ ވެރިން މިހާލަތުން އަރައިގަތުމައެކު އަވަސްވެގަންނާނީ ރިސޯޓްތަކުގެ ވެރިންނަށް ބަދަލުދިނުން ކަމަށް ވުން ގާތްކަމަކަށްވާތީ..

The name is already taken The name is available. Register?

89658

14 March 2020

އިދިކޮޅުން އެދެއްކީ ހަމަ ވަރަށް ރަނގަޅު ވާހަކަ. މިގައުމަށް ދިމާވާނެ އިގްތިސާދީ ހާލަތުގެ ހިސާބެއް ނޫން ރައްޔިތުނަށް ކިޔައިދޭންވީ. ދިވެހިގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ބުނެދެންވީ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ދިވެހި ދައުލަތުން ކޮށްދޭނެކަންތައް. ސަރުކާރުގެ ކުރިއަށްއޮތް އިގްތިޞާދީ ސިޔާސަތު ކިޔަންވީ. ދެން ނާށިގަނޑު ހިފައިގެން މުޅިދުނިޔޭގައި އުދުހޭނެ ވާހަކައެއް ނޫން ކިޔަންވީ.

The name is already taken The name is available. Register?

96589

14 March 2020

ރައީސުލްޖުމްހޫރިއްޔާއަކީ ގައުމުގެ ރައީސް. ރައީސުލްޖުމްހޫރިއްޔާ ވާހަކަދައްކަންޖެހޭނީ މުޅިގައުމަށް ކޮށްދޭނެ ކަންކަމާގުޅޭގޮތުން. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމުގެ އިތުރަށް އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންމިދާ ހާލަތުގައި އެރައްޔިތުންނަށް ސަރުކާރުން ވެދޭނެ އެހީއެއް. އެތައް ވިޔަފާރިއެއް ބަނގުރޫޓްވެ އެތައް ބަޔަކު ލޯނު ނުދެެއްކި ގެދޮރު ނެގިގެންދާ ހިނދު ސަރުކާރުން ކޮށްދޭނެކަމެއް ބުނެދޭންޖެހޭ.މިހާލަތުގައިއެއީ ސަރުކާރުގެ ވެރިޔާގޮތަށް އަމަލުނުކުރޭ

The name is already taken The name is available. Register?

56325

14 March 2020

ރައީސް ޔާމީންގެ ސަޕޯޓަރުން މިބުނަނީ، ސަރުކާރެއް ގެންނަނީ ރައްޔިތުންނަށް ދިމާވާ ހުރިހާ ކަމެއްގައި ހައްލު ހޯދައިދިނުމަށޭ! އަމިއްލަ މީހުންގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދެނީ ކޮންގޮތަކަށްހޭ؟ ކުދިވިޔަފާރިތައް ހުއްޓުމުން އެފަރާތްތަކަށް އެހީތެރިވެދޭނީ ކިހިނެއްހޭ؟ މިސުވާލުތަކަށް ސަރުކާރުން ޖަވާބެއްނެތްވާހަކަ މިބުނަނީ. ސަރުކާރުމުވައްޒަފުން އެކަންޏެއްނޫން ސަރުކާރަށް ބަލަދުއަރާނީ. ހުރިހާރައްޔިތުންގެ ބަލަދުއަރާނެ.

The name is already taken The name is available. Register?

ދެކޮޅު ނުރަ

14 March 2020

ތިތިބީ ދެކޮޅު ނުރަޔަށް ވެފަ. ހުސް ކަނޑުކޮސް ދެން ގޮވޭނީ

The name is already taken The name is available. Register?

އަޙުމަދު.

14 March 2020

ސައީދަށް ދަންނަވަން. ސައީދަށް ރައީސް ދެއްކެވިވާހަކަފުޅު ހަމައެއް ނުޖެހުނުވެ. ޑިވެހި ދައުލަތުގެ ބައިތުލްމާލުން އެތަށް ވައްކަމެއް ކޮށްގެން ހޯދިފައިސާއަކީ ކެންޕޭނަށް ލިބުނު ފައިސާކަމަށް ހަދަންވެގެން ޝަރީއަތުގަ އާއި އެނޫން ތަންތާގަ ޔާމީނު ދެއްކިވާހަކަ ހަމަޖެހޭތޯއެވެ؟ ހަމަޖެހޭލެއް ބޮޑުކަމުންތޯ ޔާނީނު ޖަލުގައެ އެއޮންނެވީ؟ ގައުމުގަ ފިތުނަ އުފައްދަން ތިކަހަލަ ދެތިން ކޮހުން ދައްކާވާހަކަ އަޑުއަހާނެ ބަޔަކު މިހާރަކު ނެތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454