ގަލޮޅު ސަހަރާ: ރާއްޖޭގައި މޯޗަރީއެއް ހުންނަނީ އެތަނުގައި އެކަނި
22 މާޗް 2020 - 12:00
މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކަށު ނަމާދު ކުރާނީ ހަމައެކަނި ދެ މިސްކިތެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 ފެތުރޭތީ ގެނައި މި ބަދަލާއެކު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، ކަށުނަމާދުކުރުން އޮންނާނީ ހަމައެކަނި މާލޭގެ އާސަހަރާ މިސްކިތާއި ހުޅުމާލޭ ސަހަރާ މިސްކިތުގައި ކަމަށެވެ.
މި ދެ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދަކަށް ބަންގި ގޮވާތާ ބައިގަޑިއިރު ފަހުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި މައްޔިތާ ސަހަރާ އަށް ގެންދިއުމަށް ފަހު ވީއެންމެ އަވަހަކަށް ކަށުކަމާކެމީގެ ކަންކަން ނިންމައި ވަޅުލުމަށް ކައުންސިލުން ވަނީ އިރުޝާދުދީފަ އެވެ.
މި ދުވަސް ވަރު ވަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ހުއްޓާލައިފަ އެވެ.
މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެއީ ކޮވިޑް-19 ކޮންޓްރޯލްކުރުން ސޯޝަލް ކޮންޓެކްޓް މަދުކުރަން ޖެހޭތީ އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
ކުރިއަށް އޮތް ދެތިން ހަފުތާ އަކީ ރާއްޖޭގައި މި ބަލި އެންމެ ޕީކް ވެދާނެ ކަމަށް ބެލެވޭ ދުވަސްކޮޅު ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެހެންވެ މި ދުވަސްވަރު މިކަންކަމަށް ސަމާލުކަން ދީ ހާއްސަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
އެގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމުގެ އިތުރަށް، ކެފޭ ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި މީގެ އިތުރަށް، ޕާކްތަކާއި އެކި ތަންތަނަށް މީހުން އެއް ނުވާން އަންގައި ސްކޫލްތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19 އަށް މިހާތަނަށް 13 މީހަކު ރާއްޖޭން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 3 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއީ ކުރެއްދޫ ރިސޯޓަށް ދިޔަ ބަލި ޖެހިފައިވާ ޓޫރިސްޓަކަށް ފަރުވާދިން ރިސޯޓުގެ ޑޮކްޓަރާއި، ބަތަލާ ރިސޯޓުން ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
މިހާތަނަށް އެއްވެސް ދިވެއްސަކަށް މި ބަލި ޖެހިފައެއް ނުވެ އެވެ. މިހާތަނަށް ޕޮޒިޓިވް ވި މީހުންނަކީ ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންނާއި، ރިސޯޓުތަކުގެ ބިދޭސީ މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްގޮވަނީ
22 March 2020
އެއާޕޯޓު ބަންދު ނުކޮށް ގަސްތުގައި ދިވެހިންނަށް މިބަލި ޖައްސާފަ ދިވެހިން ލާނެ އައިސީޔޫއާ ވަޅުލާނެތަނާ ވެސް ހަމަޖެއްސުމަކީ ކޮންފަދަ އޯގާތެރި ކަމެއްތޯ؟!
ޖޭމްސް ސިލްވާ
22 March 2020
ޕީކަށް ހިނގައިދޭނެތީ ތަކުރާރުކޮށް މިގޮވާލަނީ ފައިމަގުގައި އުޅޭ ގޮތަށް، ބައެއް ބޭކާރު ގޮތުގައި ދުައްވާތަކެތި ދުއްވުންވެސް އިހަށް މަޑުކުރާށޭ!!!
އަދުރޭޓިނު
22 March 2020
ފައިމަގުއުޅުނީމަ ސޯޝަލްޑިސްޓޭންސިން މާކާރިވާނެދޯ.