މާލޭގެ މަގަކުން ވެހިކަލްތަކެއް ދުއްވަނީ: މަގުތައް ދޮވެ، ސާފުކުރުމުގެ މަސައްކަތް ފަށަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
22 މާޗް 2020 - 20:34
ކޮވިޑް-19 އިން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގައި މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފުކުރަން ނިންމައިފި އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކޮވިޑް-19 އާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް އެ ކައުންސިލުން މާދަމާ ފަށާނެ ކަމަށާއި އެކަމުގައި އެމްއެންޑީއެފުން ބައިވެރިވާނެ ކަމަށެވެ. އަދި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް މާދަމާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އާންމުންގެ ތެރޭގައި ފެތުރިދާނެ ކަމަށް ބަލައި، އާންމުން އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަމަށް އިސްލަން ދިނުމަށް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ. ބޭރު ގައުމުތަކުން މީހުން ރާއްޖެ އަށް އައުމުން ކަރަންޓީނުކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން ކުރަމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގައި އާންމުންގެ އެއްބާރުލުމަށް ވެސް އަންނަނީ އެދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު1
23 March 2020
ހުރިހާ މަގެއް ދޮވުން މުހިންމުބާ؟ ކްލޮރިން ލާފަ ދޮވުނީމައި ދެން ނާރާނެތަ؟ ކިހިނެތްބާ ވާނީ މީހުން އަތްލާ ތަންތަން ސާފުކުރިއްޔާ؟ ހޮޅި ދަންޑިތަށް؛ ޕެޑެސްޓްރިއަން ޗެންޗޭނުތަށް، ފާރުކަންމަތިތަށް، ގަސް ބުޑުތަށް؟ބައެއް ސަރަހައްދުތަން ދޮންނަން ރަނގަޅު. މާރުކޭޓު ސަރަހައްދު، ސައިހޮޓާ ބޭރު، ބަނދަރު ސަރަހައްދު، ހޮސްޕިޓަލް ބޭރު. މުޅި މާލެދޮވުމުގެމުހިންމު ކަމާމެދު ޝައްކު
ރަށުމީހާ
23 March 2020
ތިކަން ކުރަން މާލަސްވެއްޖެ ތިކަމުގެ ސަބަބުން މަގުމަތި ސާފު ވެއްޖެ ނަމަ އިތުރަށް ބަލީގެ ކަންކަމުން ސަލާމަތް ވުން ވަަށްމުހިންމު ކަމެއް ކަން.
ޙުސާމް
23 March 2020
މަގުމަތީގައި ހުންނައް ޕެލެޓް ނުނެގޭ. ކީއްކުރާ ކައުންސިލެއް.
ސޮބުރީ
23 March 2020
އަވަސްކުރޭ މާ ލަސްވެއްޖެ...
ހުސެއިނާކަލޯ
23 March 2020
ތިޔައީ ވަރަށް ރަގަޅުކަމެއް. ހާއްސަކޮށް ޕާކިންޒޯންތަކާއި އާންމު ސައިހޮޓާ ހިމެނޭ ސަރަހައްދު. އެކަމަކު ބޭރުމީހުން މިއުޅޭގޮތް ނުހުއްޓުވޭނަމަ މުޅިމާލެ ބައިގަޑިން ބައިގަޑިން ދޮންނަންޖެހޭނެ. އެކަންކުރާނީކިހިނެއް. މުޅިތަނަށް ކާއްކޯއް ކިއާ ކުޅުޖަހާލަޖަހާލަ ކެއްސާކަ މީހެއްގެ މޫނަށްވިއަސް ހެޔޮ. ފުރަތަމަ އެބަޖެހޭ މިކަން ރަގަޅުކުރަން
ޙުސާމް
23 March 2020
ދިވެހިންހާ މުޑުދާރު ބައެއް ނުތިބޭނެ. ތި ބޭރުމީހުން ނުތިބޭނަމަ މިތަން އޮންނާނީ ފުޅަ އަޅާފަ
ކޮމާޝަލް ހާބަރ
23 March 2020
މިސަރަޙައްދާ ގުޅިފައިވާ ގޯޅިތަކަކީވެސް ހާބަރ ސަރަޙައްދުގައި މަސައްކަތްކުރާ މަޖޫރީންނާ ޑްރައިވަރުން ފުޅިއާއި ދަޅުބޮއިފަ މަގުމައްޗަށް އުކާފަ ހުންނަނީ. ޙީވަނީ ކުނިގޮނޑެއްހެން. އަދި އެހާވަރަށް ރަތްކުޅުތަޅް. މަގުމަތީގަ ސައިކަލެއް ބަހައްޓާއިރަށް އެ ނަގާ ދުރަށްލާފަ ލޮރީއެއް ބާއްވާ. ހީވަނީ މީ އެމީހުންގެ އަމިއްލަ ސައަހައްދެއްހެން.
ޙާލިދު
23 March 2020
މަގުތަކުން ބުޅާ ވެސް ހުސް ކުރަންޖެހޭ. ބުޅާސީ ވަސް މަގު ތަކުގައި.
ހޯރަފަންކާ
23 March 2020
ކޮލަރިން ލައިގެން ދޮންނަށްވީ މީހުންގެ ސިކުނޑިތައް.
އިސްރޯ
23 March 2020
މިވަރުގެ ހައްގު ތެދުބަހެއް ބުނިމީހަކު މަދު
ދޮނާ
23 March 2020
ބަންގާޅީން މި މާލޭން މަދުނުކޮށް މިހާރު އެއްކަމެއް ވެސް ކުރަށް އުޅޭނި ކަމެއް ނެތް.
އާރީ
23 March 2020
މާލޭން ދެބައިކުޅަ އެއްބައި ބާލަށްވީ. ކިތައްމެ ވަރަކަށް ވެސް ދޮވެވިދަނެ ވާނެ ފައިދާއެއް އެއް އޮތްހެން ހިއެއްނުވޭ.