އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރާއި އާއި އިސްވެރިންތަކެއް: އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ވަނީ ނިންމާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
22 މާޗް 2020 - 20:55
ކޮރޯނާ ވައިރަސްއާ ގުޅިގެން ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިއޭއެސް އިން މިއަދު ބުނީ އެ ކުންފުނީގެ މެނޭޖްމަންޓާއި ބޯޑު މެމްބަރުންގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނީގެ ޚަރަދުތައް ކުޑަ ކުރުމަށް ކަމަށެވެ. އަދި މުވައްޒަފުންނަށް ވެސް މުސާރަ ނުލިބޭ ގޮތަށް އެއް މަހާއި ތިން މަހާ ދެމެދުގެ ޗުއްޓީއެއް ނެގުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި ބޮޑެތި ބަލިތައް ހުރި މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންގެ އިތުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް އެއް މަހުގެ ޗުއްޓީއެއް ވެސް ދޭން ނިންމާފައިވާ ކަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.
އައިއޭއެސްގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ މުސާރަ ކުޑަކުރަން ނިންމިއިރު، ސަރުކާރުން ވެސް ކުރިން ވަނީ ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް 20 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އިން ވެސް 20 ޕަސެންޓް އުނިކުރަން މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ އަންގައިފަ އެވެ. އެކަމަކު ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެކަމަކު، އެ މީހުންގެ ހާލަތު އަދި މަހެއް ވަންދެން މޮނީޓާ ކުރާނެ އެވެ.
ރާއްޖެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަކީ ޓޫރިސްޓުންނެވެ. ބާކީ ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ އެކެވެ. އެ ތަނުން އެކަކީ އެ ރިސޯޓުގެ ޑޮކްޓަރެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، މިހާރު ރަނގަޅު ވެފައިވާ ތިން މީހުންގެ ތެރެއިން އެކަކީ އެ ޑޮކްޓަރެވެ. ދެން ރަނގަޅުވީ ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ދެމަފިރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުބޭރު
23 March 2020
މަގޭ މުސާރަ ކަނޑާލާ ފިއްޔާމު ނިމުނީ!!! ކައިގެން ނިދަން!!!
ނަޝީދު.
23 March 2020
އައި.އޭ.އެސް ގެ މުސާރަތައް ފެނުނީމަ މަގޭ ތަލިން ކުޅުހިކިގެން ދިޔައީ. ކާކު ކީއްކުރަން ކޮށްފަހުރިކަމެއްބާއޭ ހިތައްއެރީ ...
ފޜޫދ
23 March 2020
ޢެކޮޔެ އެއަރލައިންތަކުގަ މުސާރަ ބޮޑުވާނެ، ބަލާބަލަ ޓީއެމްއޭ އާ މަންޓާ ގެ މުސާރަތައް.
ޕެރޯލް
23 March 2020
.... ކޮންތާކުންތަ އެއަރ ލައިންތަކުގެ މުސާރަ ދުޅަވެގެން އުޅެނީ. ޓީ.އެމް.އޭގެ މުސާރަ ބޮޑުވެގެން ހިތްހަމަޖެހިގެން އުޅެނީ ކޮން ސްޓާފެއް. ދެކޮޅޫ ބަލާފަ ވާހަކަދައްކާ...
ސުނިލް
23 March 2020
މީ ދެން ހާދަ ވަރަކަށް ނޫސްތަކުން ހެޑްލައިން ހޯދަން އުޅޭ ބަޔެކޯ ދޯ. ދަރާ ބޯ ހިކުނީމަ ކޮނމޮޅު ވާހަކައެއް ދައްކަން ތި އުޅެނީ.
އިބްރާހީމް.
22 March 2020
މޯލްޑިވިއަން އަކީ ގައުމަށް ހިދުމަތް ކުރުމުގައި ނަމޫނާ ކުންފުންޔެއް. ތިޔަ ހަރުދަނާ ފިޔަވަޅުތައް ބަރާބަރު. ސަޅި މެނޭޖުމަންޓެއް
ޖާބިރު
23 March 2020
ޢެކޮޔަށް އެނގޭތަ އެމީހުންގެ މުސާރަ؟ ޙަމަ ތަނަކުން އެއްޗެއް ފެންއިރަށް ވާނުވާނޭނގި ކޮމެންޓްކުރަނީ
ޛިމް
22 March 2020
ކޮބާތަ ލިބޭ މުސާރައަކީ
އަމީނު
22 March 2020
ތިވަރުން ތިތަން ސަލާމަތެއް ނުވާނެ، ޕައިލެޓުން ނާ އިންޖިނިއަރުންގެ މުސާރަވެސް ކަނޑާ، އެއީ 200،000 އާއި 90،000 ލިބޭ މީހުން... އޭރަށް ސަލާމަތުގެ އައްސޭރިޔަކަށް ވާސިލް ވެވިދާނެ
ޢަލިދީދި
23 March 2020
ތިޔާބުނީ ހެޔެކޮށް. ޕައިލެޓުންނާ އިންޖިނިއަރުންގެ އެންމެ ކުޑަ މުސާރައަކީ 93،457.00 އެވެރިންގެ ނުކަނޑާ މިކަމެއް ނުވާނެ!
ދވހި
23 March 2020
ކުންފުނީގެ ޕައިލެޓުން، ހާއްސަކޮށް އިންޓަރނޭޝަނަލް ދަތުރުކުރުއްވާ އެއާރބަސް ޕައިލެޓުން ދާދި ފަހަކާ ޖެހެންދެންވެސް ވަނީ ހުރިހާ ރިސްކެއް ނަންގަވާ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނެއުމުގެ ގައުމީ މަސައްކަތްކޮށް ދެއްވާފަ. ޗައިނާ ގައި ތިބި ކުދިންބަލާދިޔަ ޖެނުއަރީ ފަހުކޮޅު. ތީތޯ އެބޭފުޅުންގެ އަގު ވަޒަންކުރާ ގޮތަކީ.
ޢަލިދީދި
23 March 2020
ޜިސްކުނަގާއިރު 2 ލައްކަ ރުފިޔާ ލިބޭ މަހަކު އެހެންވީމަ އޯކެނު؟
އަމީނު
23 March 2020
ތިހެން ރިސްކޭ، ޓެކްނިކަލް އޭ ކިޔައިގެން ބޯޑަށް އޮޅުވާލައިގެން މުސާރަ ބޮޑު ކުރަނީ، މުޅިން ޖަރީމަ
ޢަމީން777
22 March 2020
މުވައްޒަފުންގެ މުސާރަ ނުކަނޑާވެރިންގެ މުސާރަ ކަނޑަން ނިންމުމަކީ ވަރަށް މާތް އަމަލެއް. ތިބޭފުޅުންނާށް ﷲ ގެ ބަރަކާތް ލައްވާހުށި!
ޢަލިދީދި
22 March 2020
ޝުކުރިއްޔާ ރިޒްވީ!