ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

އޭލެވެލް އިމްތިހާނު ފަސްކޮށްފި

ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް: އެޑެކްސެލް އިމްތިޚާނު ފަސްކުރަން ވަނީ ނިންމާފައި -- ފޮޓޯ: ވީއައިއެޗްއެސް

އެޑެކްސެލް އިން ބާއްވަމުން އަންނަ އޭލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރަށް ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކުރަން ޖެހުމުން މެއި އާއި ޖޫން މަހު ބާއްވަން ހަމަޖެއްސި އޭލެވެލް އިމްތިހާނު ފަސްކޮށް، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި އިންތިހާނުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖުން ދޭ އިމްތިހާނެވެ. އެޑެކްސެލް ހަދަނީ އޭ ލެވެލްގަ އެވެ. މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު ހަދާނީ ގްރޭޑު 11ގެ ދަރިވަރުން އެކަންޏެވެ. މީގެ ކުރިން ގްރޭޑް 12ގެ ދަރިވަރުން ވެސް އިމްތިހާނު ހަދަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރުގައި 12ގެ ދަރިވަރުން އެޑެކްސެލް އިމްތިހާނު ހެދުމުން، މި އަހަރު ގްރޭޑު 12 އޮތީ ޓްރާންސިޝަން މަރުހަލާގަ އެވެ.

އެގާރައިގެ ދަރިވަރުން ހަދަނީ އޯލެވެލްގެ އޭއެސް އިމްތިހާނެވެ. އެޑެކްސެލްގެ މި ނިންމުމާ ގުޅިގެން އަންނަ މެއި އާއި ޖޫން މަހު ބާއްވަން ހަމަޖައްސާފައިވާ އެ ދަރިވަރުންގެ އިމްތިހާނު ފަސް ވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ މެއި އަދި ޖޫން މަހުގެ އެޑެކްސެލް އިމްތިހާނުގައި 1،529 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.

ކެމްބްރިޖް ޔުނިވާސިޓީން ވެސް ވަނީ މެއި އަދި ޖޫން މަހު ބާއްވާ އިމްތިހާނުތައް ކެންސަލްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ހިމެނެ އެވެ.

3 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 47%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަންފުޅު

24 March 2020

މިވާހަކަ މަޑިސީލަ ޕުރޮގުރާމުގަ ބުނީމަ ފިތުނަ އުފައްދަން މަސައްކަތް ކުރީ

The name is already taken The name is available. Register?

ނެކްސްޓް

24 March 2020

އިމްތިހާނު ވަކި ހިސާބަކުން އިންތިހާބަށްވެފަ އެއޮތީ

The name is already taken The name is available. Register?

ނަން

24 March 2020

އިންތިހާބުގެ ވަަހަކަ ލިޔެވޭވަރު ގިނަކަން އެނގެނީ "އިމްތިޙާން" އަށްވެސް އިންތިހާބު ލިޔެވޭތީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454