މާލެ: މާޗް 21، 2020- ކޮވިޑް-19: ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން, ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން މިރޭ 12:00 އިން ފެށިގެން އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އިން މަނާކުރުމާއި ގުޅިގެން އާމުރައްޔިތުން މިތަންތަނައް އެއްވުން މަދު .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
24 މާޗް 2020 - 17:40
ސަރުކާރުން ކެފޭ ރެސްޓޯރަންޓުތަކުގެ ހިދުމަތް ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީ އަށް ބަދަލު ކުރަން އެންގި ދުވަހުން ފެށިގެން އެ ހާލަތު ބަދަލުވަންދެން ފުޑް ކޯޓުތަކުގެ ކުލި ނުނަގާގޮތަށް އެސްޓީއޯއިން ނިންމައިފި އެވެ.
އެސްޓީއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމާއެކު އެސްޓީއޯގެ ފުޑްކޯޓުތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުން ވަމުން ދާ ކަމަށެވެ.
އެސްޓީއޯއިން ބުނީ މި ނިންމުމަކީ ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓީއޯގެ މެނޭޖްމަންޓުން ނިންމި ނިންމުމެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ އެކު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން މިހާތަނަށް މީގެ 13 ކޭސްއެއް ފެނި އިތުރު ބަޔަކު ޕޮޒިޓިވް ނުވާތާ ނުވަ ދުވަސް ވަނީ ވެފަ އެވެ. އަދި ބަލި ޖެހުނު 13 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.
އެހެންނަމަވެސް ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަފްތާއަކީ ރާއްޖޭގައި މިބަލި އެންމެ ޕީކްވާނެ ކަމަށް ބެލެވޭ ދެތިން ހަފްތާކަމުން އަދިވެސް ސަރުކާރުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
އެގޮތުން ހަފްތާއަކަށް ސްކޫލްތަކާއި ކޮލެޖުތަކުގެ އިތުރަށް ސަރުކާރު ވެސް ބަންދުކޮށްފައިވާއިރު މީހުން އެއްވެ އުޅޭ ޕާކުފަދަ ތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ހަފްތާއަކަށް ވަނީ ހުއްޓާލާފަ އެވެ.
މީގެ އިތުރަށް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކެފޭ ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން ހުއްޓުވާފައިވާއިރު، ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުން އަދިވެސް ވަނީ ހުޅުވާލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހީރާ
25 March 2020
ހުރިހާ ފައިދާއެއް ކުންފުނިތަކަށް. ޢާންމު ފަރުދުންނަށް ލިބޭ ގެއްލުމަށް ލިބޭނެ ލުޔެއް، ބަދަލެއް ނެތް. އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައިވެސް ލުޔެއް ނެތް. އިސްލާމިކް ކިޔާފަ ރައްޔިތުންނަށް ދީނުގައި އޮތް ރަހުމުގެ ކުލުނުގެ މިންވަރެއް ވެސް ނުބާއްވާ!
ވާރުގެ
25 March 2020
ކޮބައިތޯ ގޭގޭގެ ކުލި ކުޑަކުރަން ކުރެވުނު ކަމެއް އަދި ކޮބައިތޯ ވާރު ދަށްކުރުންވެސް މިހާލަތަށް ވަރަށް މުނާސަބު ކަމެއް
އެންދެރި
25 March 2020
ގޭގަ ހުންނާށޭ ބުނެފަ ފްލެޓް ކުލި ކުޑަ ނުކޮށް ފުޑް ކޯޓް ތަކުގެ ކުލި މައާފް ކޮށްދިނިއެވެ. ގޭގަ ހުރެގެން ކުލި ނުދެއްކޭނެ އެވެ. ފްލެޓް ތަކުގެ ކުލި މައްސަލަ ހައްލު ވަން ދެން ކަނޑާލަން ވީ އެވެ. ދެން ގޭގަ ހުރެވިދާނެ އެވެ.
ނީރާ
25 March 2020
ތަންތަނުގެ ކުލި މަޢާދުކޮށްދިނުމުގެ ކުރިންވެސް ބޭނުންވަނީ ޗެނަލް 13 ބަންދުކޮށްދިނުން
ގެރިބޯ
25 March 2020
ރާއްޖެ ޓީވީވެސް ދޯ؟
އެންދެރި
25 March 2020
ހަމަހަމަ ކަމެއް ނެތެވެ. އެސްޓީއޯ އާއި އެޗްޑީސީ އަކީ ވެސް ސަރުކާރު ކުންފުނި ތަކެވެ..
ޢާދޭސް
25 March 2020
ޙުޅު މާލެ ރައްޔިތުންގެ އަތުން ނަގަ މުންދާ ފްލެޓްތަކުގެ ކުލި މިވަގުތައް ނުނަގާ މަޑުޖައްސާލަ ދިނުން މިއީ އަޅުގަނޑު މެންގެ ވަރަށް ބޮޑު އާދޭހެކެވެ. ކުރިއަށް އޮތީ ރޯދަ މަސް ކަ މަށްވެފަ ލިބެ މުންދިޔަ އާ މްދަނީ މިވަނީ ވަރަށް ދަށްވެފައެވެ. ނޫނީ ސަރުކާރަށް ކުލިދައްކާފަ ފްލެޓުން ނުނުކު މެ އެތެރޭގަ ތިބެ ނުކައި ނުބޮއި ބަނޑަށް މަރުވާންވީތޯ؟ މި ސުވާލަށް ޖަވާބެއް ހައުސިން މިނިސްޓްރީ ނޫނީ ސަރުކާރުން ލިބިދާނެތޯ؟
ފޫހި
24 March 2020
ރިސޯޓް މުއައްޒަފުންގެ ގޭ ކުއްޔޯ . މިހާރުވެސް އެމީހުން އެތިބީ ޤަޢުމީ ހިދްމަތުގަ ރައްޔިތުންނައްޓަކާ ރިސޯޓް ބަންދުގަ
ދަރުބާރު ފެކްޝަނު ގެ ބޮޑު ވަގު
24 March 2020
އަދިވެސް މުއްސަނދި މީހާ ފަގީރު ވެދާނެތީ! އަހަރު މެން ނިކަ މެތި ރައްޔިތު މީހާ އައް ކޯންޗެއް އޮތީ؟ ވަޒީފާ އަދާ ކުރާ ރިޒޯރޓު ވެސް ބަންދުކޮށްފި! ސަރުކާރުން މިކަ މާމ މެދު ވިސްނާލަބަލަ! ކުޑަ މިނުން ޕެންޝަން ފަންޑު ގައި ހުރި އަހަރެ މެން ގެ ފައިސާކޮޅު ލިބޭ ގޮތް ހައްދަވައި ދެއްވަބަލަ! ހަ މައެކަނި ގެދޮރު ގަތު މަށް އެކަންޔެއް ނޫން އެފައިސާ ބޭނުން ކުރެވެން ޖެހޭނީ އެެއް! މިޔައްވުރެ ވަކިން އައުލާކަން ބޮޑު ވަގުތެއް ނާންނާނެ ހެން ހީވަނީ!
ވެރިކަ މުގަހުރި ބޮޑު ކިނބޫ
25 March 2020
ހީވަނީ ވެރިކަ މުގަހުރީ ކާކުކަ މެނޭގުނު....ދަރުބާރު ފެކްޝަން ބޮޑު ވަގު މިއީ ކާކަށް ނިސްބަތްކޮށް ބުނިބަހެއް.
ކޮރަލް
24 March 2020
ދެރަ ވެއްޖެ އެވެ. ފްލެޓް ތަކުގެ ކުލި މާފެއް ނުކު ރެއެވެ . ވަކި ސަރުކާރު ތާއެވެ.
ޓަކަފިރޯށި
24 March 2020
އެސް.ޓީ.އޯ އިންކުރާ ހުރިހާވިޔަފާރިއަކަށް ވަސް ތިގޮތް ހަދާދޭށެވެ. ކެފޭތަކުގެ ވެރިންނަކީ ނުފޫޒުގަދަ އިތްޒަތްތެރިންނެވެ.