ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަފުޅުދައްްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ ދަތިކަން ކުރިމަތިނުވާނެ ކަމަށް. ފޮޓޯ:އަހްމަދު އަވްޝަމް/މިހާރު
25 މާޗް 2020 - 21:12
ކޮރޯނާވައިރަސް ފެތުރޭތީ އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އަޔަސް ޑޮލަރުގެ ތާށިކަމެއް ކުރިމަތިނުވާނެ ކަމަށާއި އެކަމާ ގުޅުވައިގެން ތަކެތީގެ އަގު ބޮޑުވާކަށް ނުޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފުރަތަމަ ދުވަހު ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް އުފުލުނު ކަމަށާއި އެހެންވެ، ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ މަޝްވަރާ ކުރައްވައި، ބޭންކްތަކަށް އިތުރަށް ޑޮލަރު ދޫކުރަން އެމްއެމްއޭ އިން ނިންމި ކަމަށެވެ. ރާއްޖެ އަށް ދުވާލަކަށް ބޭނުންވާނެ ޑޮލަރުގެ މިންވަރު އެމްއެކްއޭ އަށް އެނގޭނެ ކަމަށާއި ރާއްޖޭގެ މާކެޓަށް ޑޮލަރު ބޭނުންވާ ވަރު މިހާރު މަދުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ބާޒާރަށް ޑޮލަަރު ބޭނުންވާ މިންވަރު މަދުވާނެ ސަބަބުތަކުގެ ގޮތުގައި ރައީސް ވިދާޅުވީ އިމްޕޯޓްކުރެވޭ މުދަލުގެ އަދަދު މަދުވުމާއި ދުނިޔޭގ ބާޒާރުގައި ތަކެތީގެ އަގު ދަށަށް ދިއުމެވެ.
"އެހެންވީމާ ކުރީގައި ދޫކުރާ ވަރަށް ޑޮލަރު ދޫކުރިޔަސް ޑޮލަރުގެ އަގު މައްޗަށް ގޮސްގެން ނުވާނެ މިހާރު. މިހާރު އިތުރަށްް ދޫކުރީމާ އެ އަގުގައި ހިފެހެއްޓެން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ގޮތަށް ތަކެތީގެ އަގުބޮޑުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށާއި ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ހިފަހައްޓަން ސަރުކާރުން މަަަސައްކަތް ކުރަމުން ދާނެ ކަަމަށެވެ.
ރާއްޖެ އަށް މުދާ އިމްޕޯޓްކުރަން ބޭނުންވާ ޑޮލަރު ނުލިބިގެން ދަތިކަަމަކާ ކުރިމަތިވާނެ ހާލަތެއް ނާންނާނެ އެެހެން ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ އިންޑިއާ އާއި ރާއްޖެއާ ދެެމެދު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް އެވެ. ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ 400 މިލިޔަން ޑޮލަރު ވެސް އަދި ބޭނުންނުކޮށް އެބަހުރި ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ މާލީ އިދާރާތަކުން ޑޮލަރު ހޯދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ އެހެން ގައުުމުތަކާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ރައީސް މީގެ ކުރިިން ގައުމާ މުހާތަބު ކުރެއްވި އިރު ވިދާޅުވީ ޓޫރިޒަމަށް އަންނަ ހީނަރުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީން މި އަހަރު 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދެއް މަދުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
26 March 2020
ރޭގަ ޑޮލަރުގަތީ 16.80 އަށް.
އޭނަ
26 March 2020
ބޭންކުންތަ ނުވަތަ ބްލެކް މާކެޓުންތަ؟
މަންޑޭލާ
26 March 2020
ކަލޭތިހަދަނީ ހުސްދޮގު. މުޅި ދުނިޔެ މިއޮތީ ޑޮލަރުގެ އަދަވަޅަކަށް ވެއްޓިފަ
ހަސަންބެ.
26 March 2020
ވަރަށް ސަޅިވާހަކަ އެއް. ޑޮލަރު ލިބެންއޮތް މަގުތައް ބަންދު . ދެންކިހިނެއް އަގު ހިފަހައްޓަނީ. ބްލެކްގައި މިހާރު އުޅެނީ 17 އަށް. ސަރުކާރުން ބުނާއިރު ހުރިހައިކަމެއްވެސް އޯކޭ. އެކަމަކު ހަގީގަތީ އެއާއި އިދިކޮޅު. އެންމެ ކުޑަމިނުން އަގަމަތީގައި އަޅާނެމާސްކުގަޑެއް އަންގިއެއް ގަންނާކަށްނުލިބޭ. ބާޒާރުގައި ތަކެތި އަގުބޮޑު. މުދާގެންނަ ގައުމުތަށް ލޮކްޑައުން.ދެންރާއްޖެއަށް މުދާފޮނުވަންއެތަންތާގެ މަސައްކަތްތެރިންމަރުއަތަށްލައިގެންއުޅޭނެތަ. މިގައުމު ބަޑަށްޖެހޭނެ
ދދދދ
26 March 2020
ދޮގު ނަހަދާ ޑޮލަރު ލިބެނީ އަގުބޮޑުކޮށް. މިދިޔަ ފެބްރުވަރީގަވެސް 1000 ޑޮލަރު ހޯދީ 16.50 އަށް. ދެން ގަބޫލުކުރަންވީތަ ތިވާހަކަ؟
ismail shareef
26 March 2020
މިހާރުވެސް ގަންނަށް ލިބެނީ 16.75ރެޓުން.ކޮށްގޮތަކަށް ބަށްލާވަފަތޯ ތިގޮތަށް ތި ވިދާޅުވަނީ
ޒިހުނީ
26 March 2020
ދިވެހިރާއްޖެއަށް ޑޮލަރު ވަނުން ހުއްޓިއްޖެ. އެކަމު ބޭރުވުން ހަމަ ކުރިން ހުރިވަރުގަ. ދެން ޑޮލަރު އަގުބޮޑު ނުވާނެ ގޮތެއް ދަންނަ މީހަކު ކިޔާދީބަލަ. އެކްޓިވިސްޓެއް ނޫން އިނގޭ. އިކޮނޮމިކްސް 101. ސަޕްލައި އެންޑް ޑިމާންޑް. ސަޕްލައި ނެތް. ޑިމާންޑް އެބައޮތް. #ވަރަށް ވާހަކަ.
ގައުމުގެ ދޫ
26 March 2020
ރައީސްގެ ވާހަކަފުޅު އެއްކޮށް އަޑުއަހާފަ ކޮމެންޓުކުރާނަމަ ފޭކު ކޮމެންޓު ނުކޮށް ފަރުޖެހުނީސް، ރައީސް ވިދާޅުވީ ކުރިން ސަޕުލައިކުރާ ވަރަށް މިހާރުވެސް ސަޕުލައި ކޮށްދެމޭ އެހެންވީމާ ޑޮލަރުގެ އަގު ބޮޑުވެގެން ނުވާނެއޭ. ޝައްކެއްނެތް ތާއަބަދަށް ޑޮލަރު ނުލިބި ސަޕުލައި ކޮށްނުދެވޭނެ. އެއީ އިކޮނޮމިކުސްއަށް ވުރެ ބޮޑަށް ކޮމަންސެންސް 102.
އަހަހަހާ
26 March 2020
ތިބާގެ ސުވާލުގައި ތިބާގެ ޖަވާބުވެސް ހިމެނެއެވެ.
އޭނަ
26 March 2020
ކަލޭ އަޅެ އެދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ. ޑޮލަރުގެ ޑިމާންޑް ބޮޑުވުމުން ޑޮލަރުގެ އަގު ހިފަހައްޓަން ފޮރިން ކަރަންސީ ސަޕްލައިކުރާނެ ވާހަކަ އެބުނަނީ. އެހެންވީމާ ޑޮލަރުގެ އަގު ހިފެހެއްޓޭނެ. މިއީ ޑިމާންޑް އެންޑް ސަޕްލައި ވާރކްކުރާ ގޮތަކީ. އެކަމަކު ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަބަދުވެސް ހުންނާނީ ބޮޑުކޮށް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންތައްތައްވާނީ މިހެން.
ގައުމުގެ ދޫ
26 March 2020
ވިޔަފާރިތަކެކޭ އެއްގޮތަށް އާންމުފަރުދުންވެސް ފަހަށް ރައްކާކުރުމުގެ އާދަ އަށަގަންނުވަންޖެހޭ. ލިބޭހާ ފައިސާ ލިބޭމަހު ތަޅާ ބުރުއްސުމަކީ ކުރާންޖެހޭ ކަމެއްނޫން. މިހެން ލިޔާއިރުވެސް ބައެއް ބޭފުޅުންނަކީ މަހުމުސާރައިން ކިރިޔާ ދެކޮޅުޖެހޭ ބޭފުޅުންކަންވެސް ގަބޫލުކުރަން.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
26 March 2020
ރިސޯޓުތަކުގެ މަސައްކަތްތެރިން އެމީހުންގެ އަމިއްލަ ރަށްތަކަށް ގޮސް އެރަށްރަށުގައި ޓޫރިޒަމްގެ މަސައްކަތް ފަށަންވީ. އެކަކު ޑައިވް ސްކޫލެއް. އަނެކަކު ވޯޓަރ ސްޕޯޓްސް ސެންޓަރެެއް. މިކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ދޫކުރަންވީ. ރައްޔިތުންގެ އަމިއްލަ ގެސްޓް ހައުސް ހަދާފައި، ގޭގޭގެ ހުސް ކޮޓަރީގައި ގެސްޓުން ބޭތިއްބޭ ގޮތަށް ހުއްދަ ދޭންވީ. އޭރުން މިހާލަތުން އަރައިގަންނައިރު އޮންނާނީ މަސައްކަތްތެރިންގެ އަމިއްލަ ޓޫރިޒަމެއް ފަށަން ތައްޔާރުވެފައި
ޙިނި
26 March 2020
ޜައީސް ދުރުވެބަލަ ޑޮލަރުމާރުކުރަން، 2 ދުވަސްކުރިން ހުރީ 17 ރުފިޔާ 1 ޑޮލަރައް ލިބޭ، ކަމެއް އެންގިގެން ތޯ ތި ވާހަކަ ދައްކަނީ، މި އަންނަނީ ރޯދަމަސް ޑޮލަރު އަގުބޮޑުވެ ހެސްކިޔާފަ ކާބޯތަކެތި އާ އެނެނިހެން ތަކެތި އަކުބޮޑުވާނެ
ޑޮލަރޮ މިނިކްސް
26 March 2020
ރާއްޖޭގެ ޑޮލަރު ގަތު މުގެ ބާރު އަގު މަތިވެ ދަށްވުން ބިނާވަނީ މޫސު މީ ކަ މެއްގެ ގޮތުގަ އަދި އެއްވަރަކަށް ހިފެހެއްޓޭ. ރައްޖޭގަ ޑޮލަރު ބޭނުންވަނީ ދައުރުވާ ފައިސާ ގިނަވުން/ކާބޯ ތަކެތި/އާން މު ތަކެތި/ލަގްޒަރީ ތަކެތި/ސްކޫލް ބަންދު/ހައްޖު މޫސު މް. މީގެން ކަ މަކުން ސޯޓޭޖެއް އަންނަކަން އިނގޭ އިރަށް ބިދޭސީން ތެޅިގަނޭ ރަށަށް ފައިސާ ފޮނުވާނެ ގޮތަކާ މެދު. ޑޮލަރު އަގު ދެ މޭ ބާރު އަންނަނީ ނުގަވާއިދުން މަސައްކަތް ކުރާން އެތެރެވާ ބިދޭސީން ގިނަވީ މާ.