މާލެ: މާޗް 26، 2020- މުޅި ދުނިޔެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ބޭއްވި ޑްރިލްގައި ޚާއްސަ ހެދުމުގައި ތައްޔާރީ ހާލަތުގައި ތިބި ބަޔަކު އެމްބިއުލާސް އިން ފައިބަނީ ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
29 މާޗް 2020 - 10:34
އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި އެ ދިވެހި މީހާގެ ސާމްޕަލް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
Sample taken from a Maldivian national who arrived from UK and is quarantined in Royal Island Resort Quarantine facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) March 29, 2020
އެޗްޕީއޭގެ ޓުވީޓް
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސަކު ފުރަތަމަ ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ ވެސް އިނގިރޭސި ވިލާތުން މި މަހުގެ 22 ގައި ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި މީހެކެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް މި މަހުގެ 25 ގައި ފެނުމުން ސާމްޕަލް ޓެސްޓް ކުރިއިރު ޖެހިގެން އައި 26 ވަނަ ދުވަހު ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ. އެ މީހާ މިހާރު ވަނީ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.
މި މަހުގެ ހަތަކުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ގެ 17 މީހަކު ފެނުނުއިރު އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 2 އެކެވެ. ބާކީ 15 މީހުންނަކީ ޓޫރިސްޓުން/ބިދޭސީންނެވެ. ދެ ބިދޭސީންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން މުވައްޒަފެކެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ ހަތަރު މީހެކެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓަކު ވެސް ހިމެނެ އެވެ. އެއީ އައިލެންޑް ސަފާރީ-1 ގައި ތިބި މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ "ކްލޯޒްޑް ކޮންޓެކްްޓް" އެއް އޮތް ދެ މީހެކެވެ. އެ ދެ މީހުންގެ ފަރާތުން ކޮރޯނާވައިރަހުގެ އަލާމާތެއް ނުފެނުނަސް ޓެސްޓް ހެދި ދިރާސާ އަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވެ އެވެ. އެކަމަކު އެ ދެ ޓޫރިސްޓުންގެ ސާމްޕަލްގެ ނަތީޖާ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ލިބުނުއިރު، އެ ދެ މީހުން އެ ދުވަހުގެ ހެނދުނު ފުރައިފި އެވެ. އެއީ ކަރަންޓީންގައި ބަހައްޓަން ކަނޑައަޅާފައިވާ 14 ދުވަސް ހަމަވުމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މި ދެ ޓޫރިސްޓުން މިހާރު ވަނީ ރަޝިއާގައި ކަރަންޓީން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
30 March 2020
މާލޭ މީހުން ގެދޮރު ކުއްޔަށް ދީފައި ޔޫކޭ ސިންގަޕޫރުގައި އުޅޭވާހަކަ ދައްކަނީ! މިއުޅޭ ގުދުގުދާ ބެއްޔާ މެންނަށް ހުޅުމާލެއިން ފުލެޓް ލިބުނީމައި ކުއްޔަށް ދީފައި ލަންކާއަށް! ރާއްޖެއައިސް އުޅެނީ ކުއްޔަށް ތަންތަން ހިފައިގެން! ދެން އަނެއްކާވެސް ފުލެޓައް އިއުލާން ކޮއްލާއިރަށް ފުލެޓައް އެދި ފޯމްފުރާ! ދެން މައުލޫމާތް ސާފުކުރަން އަންނަ އިރަށް ބުނަނީ އަހަރުމެން އުޅެނީ ކުުއްޔަށޭ! މިފަދަ މީހުން ރާއްޖެ ނާދެވިގެންގެން ލަންކާގައި ތެޅެފޮޅެނީ މިހާރު!
ވިޗް
30 March 2020
ކޮންމެ ތާކުހުރެ އަޔަސް ދިވެއްސަކަށް ވާނަމަ އެމީހަކަށް ބެލުން އެއީ ދިވެހި ސަރުކާރުގެ ޒިއްމާއެއް. އޭނާ މިކޮޅަށް އައިއިރު މި ބަލި ހުރިކަށް ނޭންގުމަކީވެސް ވެދާނެކަމެެއް. އެހެންމަ އަދި އޭނައަށް ގޮންޖަހާ ވާހަކަ ދެއްކުމަކީ ދެރަ ކަމެއް. މި ވައިރަހާ ބެހޭގޮތުން ރަނގަޅަށް ދިރާސާ ކުރާ މީހަކަށް ވިއްޔާ އިންގޭނެ އަދިވެސް ދާނީ ވޯސް ވަމުން އެއިކީ ސަރުކާރުން ވަކި މިހާރު ފަރުވާ ކުޑަ ވެގުން ވާކަމެއް ނޫން. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ގޭގައި މައިތިރިވެގެނެ ތިބުނ
މަރިން
29 March 2020
ކީއްވެގެންތަ މިހާ ބަލިބޮޱުއިރުވެސް މިމީހުން އެއްތަނުން އަނެއްތަނަ މިދަތުރުކުރަނީ.
ެަސައީދު ހަސަން
29 March 2020
އަޙްލާގަކީ ޓަސްލާފަ މީހުން ކިބައިގަ ހުންނާނެ އެއްޗެއް ނޫން. 60 އަހަރުގެ ދިވެހިން ވެސް ސައިހޮޓަލަށް އަރާފަ ބޭނުންކުރާ ބަހުރުވަ ބަލާބަލަ. މިއީ ރަސޫލާގެ އަޙްލާގެއް ނޫން.
ިއިބްރާ
29 March 2020
ބަލިއޮތް ގައުމުތަކުން ދިވެއްސެއްވިސް އަޔަނުދީ. އާދޭހާއިއެކު މިދެންނެވީ
123112
29 March 2020
ބަލި ޖެހިފަ ތިބި ދެމީހުންނައް އިހުމާލު ވެ ބޮޑާ ވާހަކަ ދެއްކި އަންހެން މީހާ ޕްރޮޒެކިއުޓް ކުރަން ޖެހޭ،
ސުވީޓީ
29 March 2020
ރާއްޖޭގެ ޕޮސިޓިވް ކޭސްތަށް ގިނަ ވާވަރަކަށް މީހުން ގޭގަ ތިބެން ދިން އިރުށާދު ހަނދާންނެތޭ އެބަ. މި 2 ދުވަހު މީހުން ހަމަ މަގުމަތީ ކޮޅުކޮޅު މައްޗައް ދުވަނީ ހުޅުމާލެ ބީޗްގަވެސް އާއިލާތައް ފުރިފަ.
ކޮރަލް
29 March 2020
ރޭގަނޑު 9 ން ހެނުދުނު 6 ށް ބޭރުގަ އުޅުން.މަނާ ކޮށްދީ ބަލާށެވެ. ފިނިބުރު ޖަހަން ނިކުންނަނީ އެވެ.
ާޮއޯހް
29 March 2020
ތިހެންވީރު އޭނަ ދަތުރު ކުރީ ޕޮސިޓިވް ހާލުގަ އެހެންނުންތޯ. ހާދަ ފަރުވާ ކުޑަވެފަ އަމިއްލަ އެދުން ބޮޑޭދޯ
ގޮރެއްލާ
29 March 2020
ކީކުރަން މިޔޮއް ހުރިހާދުވަހު އިނގިރޭސިވިލާތުގަ ހުރެފަ ކަންތައްގަނޑު ފަލައެރީމަ ރާއްޖެއަންނަންވީ ބޮޑުކަންގަޑެއް!