ލޯކަލް މާރުކޭޓުގައި މީހަކު ވިޔަފާރިކުރަނީ: މާދަމާ އިން ފެށިގެން ހަވީރު 4:00 މާރުކޭޓު ބަންދުކުރަން ޖެހޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިިހާރު
01 އެޕްރީލް 2020 - 15:34
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިން ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމުމުން، މާލޭގައި ހިންގާ މާރުކޭޓުތައް ހަވީރު 4:00 ގެ ބަންދުކުރަން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން މާލޭގައި މާރުކޭޓުތައް ހިންގޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ދަށުން ހިންގާ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން ވިލިމާލެ މާރުކޭޓު ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ ކުރިން އާންމުކޮށް ރޭގަނޑު 10:00 އާ ހަމައަށް މި މާރުކޭޓުތައް ހިންގާ ކަމަށް ކައުންސިލުން ބުންޏެވެ.
މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ފެތުރުން މަދުކުރުމަށްޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތް ވަނީ ކަނޑައަޅައިފަ އެވެ. އަދި ތިން މީހުންނަށް ވުރެ ގިނަ މީހުން ބޭރުގައި އުޅުން ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ.
ދަތުރުވެރިންގެ މާރުކޭޓު ހިންގޭ ވަގުތުތަކަށް ބަދަލު ގެނައި ކަމަށް ކައުންސިލުން ބުނި ނަމަވެސް، މަރާމަތުކުރަން މިދިޔަ އޮގަސްޓު މަހު އެ މަރުކޭޓު ބަންދުކުރުމަށް ފަހު އަލުން ނުހުޅުވަ އެވެ.
އެ ހަތަރު މާރުކޭޓުގެ އިތުރުން އެހެން މާރުކޭޓުތައް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަ އެވެ. ނަމަވެސް އެ މާރުކޭޓުތަކަކީ ވިޔަފާރީގެ އުސޫލުން އިކޮނޮމިކް މިނިސްޓްރީން ހިންގާ ތަންތަން ކަމަށް ވުމުން، އެތަންތަން ހިންގާނީ އެޗްޕީއޭ އިން ނެރޭ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް މޭވާ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިިހާރު
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން، ރާއްޖެ އޮތީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއްގައި ކަމަށް ސަރުކާރުން އިއުލާނުކުރި އެވެ. ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން އެހެން ތަންތަން ވެސް ވަނީ ސަރުކާރުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މި ބައްޔަށް ރާއްޖެއިން 18 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ރަނގަޅުވެފައިވާ 13 މީހުންނަކީ ޓޫރިސްޓުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ. ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަނީ އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ތިން ދިވެހިންނެވެ. އަނެއް ދެ މީހުންނަކީ އިޓަލީ ދެ ރައްޔިތުންނެވެ. އެ ދެ މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ، އިޓަލީ އަށް ފުރި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކުއެކީ
02 April 2020
މާލަސް ..މާބޮޑަށްވެސް ލަސް. .. އެތަނުގައި މީހުން ވަނީ ތޮއްޖެހިފައި
ހަޒާނާ
01 April 2020
ސަރުކާރުން ދަނޑުވެރިކަމަށް މިވަގުތު އިސްކަން ދީބަލާށެވެ. އެގްރިކަލްޗަ މިނިސްޓްރީ ގެ މިނިސްޓަރު އިސްތިހާރު ކުރަން ބޭނުންކުރާ ބޮޑެތި ފޮޓޯތައް ވެބްސައިޓުން ނަގާ ފަ ދަނޑުވެރިކަމާ ބެހޭ ގިނަ މައުލޫމާތު ތަކެއް ފޮރު ކޮށްދި ބަލާށެވެ.
ދޮންވެލި
01 April 2020
ގަވާއިދާ ހިލާފް ބިދޭސީ ސޭޓުން ތައް ބޭރު ކޮށްބަލާށެވެ. ރާއްޖޭގެ އެއްވެސް ގާނޫނަކު ގަވާއިދާކު ބިދޭސީ ކޭޝިއަރުންނަށް ހުރުމުގެ ހުއްދަ އެއް ނުދެއެވެ. ދިވެހީންނަށް މިވަގުތު ވަޒީފާ ލިބޭގޮތް ތައް ހޯދާދީ ބަލާށެވެ.
އަހްމަދުކަލޯ
01 April 2020
މީހުން ގިނައިންދާ ތަންތަން ހުޅުވާފަ ހުންނަ ވަގުތުކޮޅު މަދުކުރުމުން ގިނަ މީހުން އެއްވަގުތަކަށް ޖަމާ ވާން ނޫންތޯ ޖެހޭނީ
އޮނަރަބްލް އަފީފު ދީދީ
01 April 2020
ވަގުތު ނަގާނުލާ ސަރުކާރުން އަޅާ އެންމެ ފުރަތަމަ ފިޔަވަޅަކަށްވާންޖެހެނީ އެސްޓީއޯ، ވެމްކޯ، ފެލިވަރު، މިފްކޯ ފަދަ ދައުލަތުގެ އަދި ދައުލަތް ޙިއްސާވާ ކުންފުނިތަކާއި، މާލޭސިޓީ ކައުންސިލާއި، ހައުސިންގ، ޔޫތު ފަދަ ސަރުކާރުގެ ވަޒީފާތަކުގައިތިބި ބިދޭސި މުވައްޒަފުންގެ ތެރެއިން ޕްރޮފެޝަނަލް ގިންތީގެ މީހުންފިޔަވާ ދެންތިބި އެންމެނަށް 03 މަސްދުވަހުގެ ނޯޓިސްދީ މުއްދަތު ހަމަވުމުގެ ކުރިން ވޯކްވީސާ ކެންސަލްކޮށް ޤައުމަށް ފޮނުވާލާ މިދައުލަތް ސަލާމަތް ކުރުން.
ދަތްނެތްކުއްޖާ
01 April 2020
މަރުޙަބާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ތިޔަ ކުރާ މަސައްކަތަށް. އަދިވެސް ވަޤުތު ކުޑަކޮއްލަންފެނޭ.
ކޮރަލް
01 April 2020
ލޯކަލް މާރުކޭޓް ގަ އުޅޭ ބިދޭސީ ކޭޝިއަރުންތައް ކައުން ސިލް އިން ބޭރުކޮށް ދީބަލާށެވެ. އެއްޗެއް ގަނެފަ ފައިސާ ދޭން މިޖެހެނީ ގަވާއިދާ ހިލާފައް ހުންނަ މީހެއް އަތަށެވެ. ބޮޑުބައެއް ދަނީ ރާއްޖެިން ބޭރަށެވެ. ހުޅުމާލެ ލޯކަލް މާރުކޭތް ގަ އުލެނީ ދިވެހީންނެވެ. ބޭރު މީހުން އެހީ ތެރީންނަށް ބެހެއްޓި ދާނެއެވެ. ވ ގިނަ ދިވެހީންގެ ވަޒީފާ ގެއްލިއްޖެއެވެ.
އޮނަރަބްލް އަފީފު ދީދީ
01 April 2020
ޤައުމުގެ އިޤްތިސޯދު ސަލާމަތް ކުރުމަށްޓަކާ ރާއްޖޭގައި ވަޒީފާ އަދާކުރާ ސައްޙަ ގޮތުގައި ތިބި ބިދޭސިންނާއި އިލީގަލް ބިދޭސިން މަދުކުރާން މިވަގުތު މަސައްކަތް ކުރާންޖެހޭ. # މިގޮތުން މާލޭ ކާމިނީގޭ ގޯތިތެރޭގައިހަދާފައިވާފަދަ ބާޒާރުތައް ބަންދުކޮށް އަދި ކޮވިޑް 19 ގެ ތެރޭގައި ފިހާރަތަކުންކަންކަންކުރާގޮތްބެލުމަށް ފުލުހުންގެ ދައުރުފުޅާކޮށް ފިހާރަހުޅުވިފައިހުންނަވަގުތުގައި ކައުންޓަރުގައި ބިދޭސިންތިބޭފިހާރަ 24 އިރަށް ބަންދުކުރުން ފަދަ ފިޔަވަޅުއަޅާންޖެހޭ.