ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ޝަހީރު އިއްޔެ ވާހަކަ ދައްކަވަނީ. އަމިއްލަ ކުންފުނިތަކުން ކާޑުގެ ބާވަތްތައް އެތެރެކޮށް ވިއްކާނަމަ، އެއީ ލިބޭނެ ލުޔެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
12 އޮކްޓޯބަރ 2016 - 11:04
ކާޑުގެ ބާވަތްތައް މާލެއާ އެއް އަގެއްގައި ރަށްރަށުގައި ވިއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކާޑުގެ ބާވަތްތަކުން އާންމު ސަބްސިޑީ ކަނޑާލި މައްސަލައާ ގުޅޭ ގޮތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީރު ވިދާޅުވީ އެކި ރަށްތަކުގައި ކާޑު އެކި އަގުތަކުގައި ގަންނަން ލިބެނީ ނާލާއި މަޖޫރި އަދި ފްލައިޓަށް ޗާޖް ނަގާތީ ކަމަށެވެ.
ނަމަވެސް ކާޑުގެ ބާވަތްތައް ދެކުނަށާއި އުތުރަށް އިމްޕޯޓް ކުރެވޭނަމަ، ކާޑުގެ ބާވަތްތައް ވިއްކާ އަގުތައް އަގު ހެޔޮ ވެދާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
"ކާޑު ގެންނައިރު، ލިބޭ އަގަށް ބަލާފައި އިކޮނޮމިކް [މިނިސްޓްރީ] އިން ކަނޑައަޅާފައިވާ އަގެއްގައި ވިއްކާފައި ބާކީ ޖެހޭ އަދަދެއް ސަރުކާރުން ސަބްސިޑީ ގޮތުގައި (އެސްޓީއޯ އަށް) ދެނީ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ކާޑު ގަންނަނީ އެއް ދުވަހަށް ބަލާފައި އޯޕަން ޓެންޑާއެއްގެ ދަށުންނެވެ. އަދި އެސްޓީއޯ އަށް ކާޑުގެ ބާވަތްތައް ސަޕްލައިކޮށްދެނީ ފަސް ކުންފުންޏަކުން ކަމަށާއި އަމިއްލަ ކުންފުނިތަކުން ކާޑު އެތެރެކޮށް ވިއްކާ ނަމަ، އެއީ ލިބޭނެ ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އިއްޔެގެ ބައްދަލުވުން. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ކާޑުގެ ބާވަތްތައް އެސްޓީއޯ އަށް ސަޕްލައިކޮށްދެނީ އެމްއެމްއެކްސްޕޯޓުގެ އިތުރުން ދުބާއީ، ތުރުކީ، އިންޑިއާ އަދި ސްރީލަންކާގެ ކުންފުނިތަކުންނެވެ.
ކުންފުނިތަކުން ރާއްޖެ އެތެރެކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ. އެސްޓީއޯއިން ގެންނަނީ ސާކް ގައުމުތަކުގެ އާންމުން ބޭނުންކުރާ ކޮލެޓީއާ ވަރަށް ތަފާތު ކޮލެޓީއެއްގެ ކާޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާޑު ގުދަން ކުރަނީ އެސްޓީއޯ އަށް ސަރުކާރުން ދީފައި އޮތް ފަސް ބިމެއްގައި ކަމަށާއި އެ ބިންތައް 2010ގައި ގަތީ މާކެޓް ރޭޓަށްވުރެ މާ ބޮޑު އަގުތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިންތަކަކީ އޭރު އޮތް ސަރުކާރުން އެސްޓީއޯ އަށް ދޭން ޖެހޭ ފައިސާތަކެއްގެ ބަދަލުގައި ދިން ބިންތަކެކެވެ.
ކާޑުގެ ސަބްސިޑީ ފަގީރުންނަށް ދޭން ނިންމުމާ ގުޅިގެން އަގުތަކަށް މިއަށްވުރެ ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީރު ވިދާޅުވި އެވެ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ.
މި އަހަރުގެ ބަޖެޓްގައި ސަރުކާރުން ދޭ ހުރިހާ ސަބްސިޑީއަކަށް 2.4 ބިލިއަން ރުފިޔާ ހޭދަވާ އިރު، އޭގެ ތެރެއިން 183 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކާޑުގެ ސަބްސިޑީއަށެވެ. ބައެއް އަހަރުތަކުގައި ކާޑުގެ ސަބްސިޑީ އަށް 300 މިލިއަން ރުފިޔާ އަދި މި އަހަރުގެ މިހާތަނަށް 225 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުބޭބެ
18 May 2017
ޢެކި ކުލައަށް އެކި އަގުތޯ ބާސްމަތީ ނޫން އެއްޗެއްނުކާބަޔަކަށް ތިކަމުންވާނީ ވަކި އެމް.ޕީ.އިންނަށް
ޕޮކެޓްދޮންބެ
13 October 2016
ޖީބުފުރާމީހުން ކައިރިއަށް ލައިގެން އިރުއިރުކޮޅާ ސްޕޮޓް އޯޑަރުކޮށްގެން ކުޅިވަރު ކުޅޭވާހަކަ ކީއްވެތަ ނުދެއްކީ، ކާޑު ވިއްކާ މީހުން މީގެ އެއްވެސް މަޝްވަރާއަކަށް އެސްޓީއޯ ތެރޭގަ ނުވައްދަނީ ކީއްވެ، ބޭރުގެ ސަޕްލަޔަރަކާ ބައްދަލުކޮށްލާއިރުވެސް ވަކިބަޔަކު ކައިރީގަ ތިބޭނީ
ކާޑު
12 October 2016
ސަރުކާރަށް އަދި އާމްދަނީ އިތުރުވާނެ ކާޑުގެ ބާވަތްތަކުން ޖީއެސްޓީ ނެގީމަ. ނޫނީ ޖީއެސްޓީ އަަށްވާ ވަރަށް އަގު ކުޑަކޮށްދޭންވީ ރައީސްގެ ހެޔޮފުޅު ކަމުން،،،ދެން އަނެއް ދުވަހު އިއުލާނު ކުރާނީ ޖީއެސްޓީ ނަގާ ވާހަކަ.
އައްޑޫ ރަދުން
12 October 2016
ސަބްސިޑީ ކެޑުމުން ސަރުކާރަކަށް ކާޑުގެ އަގާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެވިގެން ނުވާނެ.ސަބަބަކީ މިހާރު ހަނޑޫ ހަކުރު ފުށްވެސް ހިމެނޭނީ ހާރޑްވެއަރ ސާމާނާއި އެއްހަމައެއްގައި.ދެން ސަރުކާރުން ރަނގަޅުވާނީ މޮހޮރު ކިލޯ ވިއްކާ އަގު ކޮންޓްރޯލް ކުރަން އުޅުނިއްޔާމުން..
އަންޖު.މާމެންދޫ
12 October 2016
އަގު ކޮންޓްރޯލް ކުރެއްވިޔަސް އިއްޔެ ވެސް މިރަށު ފިހާރަ އަކުން ހަނޑޫ ކިލޯ އެއް ލިބުނީ 11ރ އަށް.ސަރުކާރާ ކައުންސިލް ތަކާ ގުޅިގެން މިކަން މޮނިޓަރ ކޮށް ބެލެހެއްޓުމަކީ ރައްޔިތުންނަށްޓަކާ ކުރަން ވެއްޖެ ކަމެއް.
ބިމެއްނެތް
12 October 2016
"ކާޑު ގުދަން ކުރަނީ އެސްޓީއޯ އަށް ސަރުކާރުން ދީފައި އޮތް ފަސް ބިމެއްގައި ކަމަށާއި އެ ބިންތައް 2010ގައި ގަތީ މާކެޓް ރޭޓަށްވުރެ މާ ބޮޑު އަގުތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިންތަކަކީ އޭރު އޮތް ސަރުކާރުން އެސްޓީއޯ އަށް ދޭން ޖެހޭ ފައިސާތަކެއްގެ ބަދަލުގައި ދިން ބިންތަކެކެވެ." ފައިސާގެ ބަދަލުގައި ބިމެއް ނުދެވޭނެ، ބިން ކުއްޔައް ދިންނަމަ މާ ރަނގަޅުވީސް، މިހާރުވެސް އެންމެ ގިނަބިންތައް ހުރީ އެސްޓީއޯގެ، އެހެންވީމާ އެސްޓީއޯ އަށް މިކަން ކުރެވޭނެ، މާ އަގުހެޔޮކޮށް ވިއްކެންވެސްޖެހޭނެ.
ގަބުޅިކަތީބު
12 October 2016
ތިއޮއް އެސްޓިއޯއެއް! މިއައްވުރެ މާބޮޑެތި ގައުތަކުގަވެސް އެއްމުދަލެއް އެއްއަގެއްގައި ހުރިހާ ކަންކޮތަކުން ލިބޭ! ތިއީހަމަ ރާޖެތެރެ މީހުން ގިނައިން ޖީއެސްޓީ ދައްކަން ޖެހޭގޮތް ހަދައިގެން ރާޖެތެރޭ މީހުން ނިކަމެތި ކުމުގެ ފަލްސަފާގެ ދަށުންކުރާ ކަމެއްކަމުގަ ދެކެން
އިބުރަާހިމް
12 October 2016
ތިހެންވީރު ޓެކުސްވެސް ނަގަންވީނު ތަފާތު އަގުގަ
އިކޮނޮމިސްޓުގެ ބުރޯ
12 October 2016
ބޭކާރު ވާހަކަ ނުދައްކާ ދެން.ކަލޭމެން ބޭނުން އަގެއްގައި ވިއްކީމަ ވިއްކޭނޭ. މިއިން ދުވަހަކު ތިޔައިން އެއްވެސް އެއްޗެއްގެ އަގު ތިރިވިތޯ؟ 2000ވަނަ އަހަރު ހަނޑޫ ކިލޯއެއް ލިބުނު އަގަށްތޯ މިއަދު ތިޔަ ވިއްކަނީ؟ މިވާހަކަ ދައްކާނެ މީހަކު ނުވަނީ ކީއްވެބާ؟ ދިވެހިންނަށް ވަރިހަމަ ވާނެ ކޮންމެ އަގެއްގައި ވިއްކިޔަސް. ހަވާ އަރުވާލަފައި އީދު ޗުއްޓީއަށް ހަފްތާއެއްގެ ބަންދު ދިނީމަ ތިބޭނެ ހެވިފައި. ޝުކުރިއްޔާ. ޔަގީން. ރަގަޅު.
21 ވަނަގަރުނު
12 October 2016
އެއްމުދަލެއް އެއްގައުމެއްގަ ތަފާތު އަގުތަކުގަ ވިއްކުމަކީ ވިޔަފާރިކުރަން ނޭގެކަމުގެ ހެކި. އިސްތިއުފާ.