އެމްޑަބަލިޔުއެސްސީގެ އާ ކަސްޓަމާ ސާވިސް އިމާރާތް -- ފޮޓޯ: އެމްޑަބަލިޔުއެސްސީ ޓްވިޓާ
02 އެޕްރީލް 2020 - 16:05
ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފި އެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މި ނިންމުން ނިންމާފައިވަނީ އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގަ އުޅެން ޖެހޭ ވަގުތު ވީހާ ވެސް މަދު ކުރުމަށް ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަނަށް ރަޖިސްޓްރީވެފައިވާ ގޭބީސީތަކަށް މީގެ ކުރިން އެޕްގެ ޒަރިއްޔާއިން ބިލު ފޮނުވުމުގެ އިތުރަށް ކަރުދާސް ބިލު ވެސް ފޮނުވަ އެވެ. އެހެންނަމަވެސް މި ބަދަލާ އެކު، ރަޖިސްޓްރީ ވެފައިވާ ގޭބީސީތަކަށް ބިލު ފޮނުވާނީ ހަމައެކަނި އެޕް މެދުވެރިކޮށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދެއްކޭނެ ކަމަށާއި، ފެން ބޭނުން ކުރެވޭ މިންވަރު އެނގި ކުންފުނީގެ މުވައްޒަފުންނާ ލައިވް ޗެޓް މެދުވެރިކޮށް ވާހަކަދެއްކޭނެ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.
މި ބަދަލާއެކު ކަރުދާސް ބިލު ފޮނުވޭނީ ހަމައެކަނި ރަޖިސްޓްރީނުކޮށް ހުރި ގޭބީސީތަކަށް ކަމަށާއި އެފަދަ ގެތަކަށް ބިލު ފޮނުވޭނީ ހަމައެކަނި ގްރައުންޑް ފްލޯއާ ހަމައަށް ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.
ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހަމައެކަނި ޑިޖިޓަލްކޮށް ބިލް ލިބޭ ގޮތަށް ނިންމި އިރު އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ މި ދަނޑިވަޅު އޮންލައިން ހިދުމަތް ބޭނުންކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން އައިސްފައި މިވާ އިގްތިސޯދީ އަޑިގަނޑުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ގޭބީސީއަކަށް އެއް ޓަނު ފެން ހިލޭ ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީބްރަދަރ
03 April 2020
ކަރުދާސް ފޮނުވާ ތަ؟ ތަރމަލް ކަރުދާހުގަ ތައްޔާރު ކޮށްފަ ހުންނަ ބިލްތައް ގޭގޭގެ ގްރައުންޑް ފްލޯ ތަކަށް އުކާފަ ހުރޭ. މިޔަކަށް ނުކިޔާބެ ބިލް ދެލިވަރ ކުރަނީ އެކޭ. ތިއިން އެއްވެސް ބައެއްގެ ބަހާ އަމަލާ ދިމަލެއް ނުވޭ.
ދެބިލު
02 April 2020
ފެންބިލް އަންނަނީ ބޮޑުވުން ކަންރަންޓުބިލް ހައްދުފަހަނައަޅާ ގޮސްފި މަހަކަށް ވުރެ މަހެއް ބޮޑުވަމުން އަންނަނީ...ޑިގިޓަލް ކުރުމަކުން ވާނެކަމެއް ނެއް....އޮޅުވާލައިން ލާރިނެގުން އޮތީ....
ސީރިއަސްކޮށް
02 April 2020
އެންމެން ތިބެނީ ގޭގައި... ގިނަ ގޭގޭގައި ހުރިހާ އެއާކޯނެއް ޖައްސާފަ... ބޮކިތަކެއް ދިއްލާފަ... ޓީވީއާއި ކޮމްޕިޔުޓަރު ހުޅުވާފައި... ހަގަޑިން ހަގަޑިން ފޯނު ޗާޖުކޮށްފަ... ސާބަސް ދެންވެސް ބިލުގަ އިންނަވީ ރުފިޔާއެއްތަ؟؟؟
އަސްލު ހަގީގަތް
02 April 2020
މިމަހުން ފެށިގެން ފެން ބިލިން 30 ޕަސެންޓް އަދި ކަރަންޓް ބިލުން 40 ޕަސެންޓް ސަރުކާރުން ދައްކައިދޭނެ. އެހެންވީމަ ފެން އަދި ކަރަންޓް ބިލުން ވަރަށް ބޮޑުތަނުން ކުޑަވާނެ. ދެން ހައްދުފަހަނަ އަޅާވަރަށް ފެނާއި ކަރަންޓް ބޭނުންކޮށްފައި ބިލް ކުޑައެއްނުވެޔޭ ބުނާނީކީނޫން. މިއީ އަމިއްލަޔަށް ޚަރަދު ކުޑަކުރަންވީ ވަގުތު. ބިލު ބޮޑުވަނީވެސް ގިނައިން ބޭނުންކުރާތީ. އެއީ ސަރުކާރުގެ މައްސަލައެއްނޫން. އަހަރުމެންގެ ގޭގަވެސް ބިލު ބޮޑުވަނީ ގިނައިން ބޭނުންކުރާ މަސްމަހު.
ސިކުނޑި
03 April 2020
މަހުގެ 2 ބައިކުޅަ އެއްބައި ބްރޭކަރު ވައްޓާލާފަ ރަށުން ބޭރުގަ އުޅުނީމަވެސް ބިލުގެ އަދަދު ކުޑައެއްނުވޭ!!