ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލް ޑރ. މާލިކް. އޭނާ ވަނީ ކޮވިޑް-19 ގައި އިއްޔެ އަވަހާރަވެފައި.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 އެޕްރީލް 2020 - 12:02
ސައިންސް އެޑިއުކޭޝަން ސެންޓަ (އެސްއީސީ) ނުވަތަ މިހާރުގެ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްއީ) އުފައްދަވައި އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލްކަން ކުރެއްވި، ޑރ. އިބްރާހިމް އަބްދުލް މާލިކު، ކޮވިޑް-19 ޖެހިގެން އިއްޔެ އަވަހާރަވެއްޖެ އެވެ.
ދެ ޕީއެޗްޑީ ހާސިލްކުރައްވައި އޭނާގެ އުފަން ގައުމު، އެމެރިކާގެ ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މާލިކު، އަވަހާރަވީ އުމުރުފުޅުން 97 އަހަރުގަ އެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 މިހާރު އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އެއް ގައުމަކީ އެމެރިކާ އެވެ. އެ ގައުމުން އެކަނި ވެސް، އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑަށް 230،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
CHSE ufadhdhan maa dhurun ai Principal
The most trusted news source in the Maldives
Mihaaru
މާލިކް، 2017 ވަނަ އަހަރު "މިހާރު" އަށް ދެއްވި އިންޓަވިއު
ހާވަޑް ޔުނިވަސިޓީ އިން ސައިންސް އެންޑް އެޑިއުކޭޝަން އަދި ގްރެޖުއޭޓް ތިއޮލޮޖިކަލް ފައުންޑޭޝަނުން އިސްލާމިކް ސްޓަޑީޒް ކިޔަވާވިދާޅުވުމުގެ އިތުރުން ނިއު ޔޯކް ސިޓީގެ ތައުލީމީ ނިޒާމުގައި 25 އަހަރު ޑރ. މާލިކް ޚިދުމަތް ކުރައްވާފައިވާފައިވެ އެވެ.
މާލިކް ރާއްޖެ ވަޑައިގަތީ އިސްލާމްވެވަޑައިގެންނެވިތާ ހަތަރު އަހަރު ފަހުން 1979 ގައި ޔުނެސްކޯގެ މަސައްކަތެއްގައި އުޅުއްވަމުން ލިބިވަޑައިގެންނެވި ފުރުސަތެއްގަ އެވެ. އެ ސްކޫލުން ވަކިވެވަޑައިގެންނެވީ ހަތަރު އަހަރު ވަންދެން ޕްރިންސިޕަލްކަން ކުރެއްވުމަށް ފަހުގަ އެވެ.
ރާއްޖޭގައި ޚިދުމަތް ކުރެއްވުމަށް ފަހު ގައުމަށް ވަޑައިގެން އުޅުއްވުމަށް ފަހު 13 އަހަރު ފަހުން 2017 ވަނަ އަހަރުގެ ޖޫން މަހު މާލިކް ރާއްޖެ ވަޑައިގަތެވެ. އެފަހަރު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސީއެޗްއެސްއީގެ ފެށުމާއި އޭރުގެ ތަޖުރިބާ ހިއްސާކުރައްވާފައިވެ އެވެ. އަދި ރާއްޖޭގެ ކާމިޔާބު އެތައް ދަރިންނެއްގެ ތައުލީމުގައި ހިއްސާވެވަޑައިގެންނެވިފައި ވާތީ އެ އުފާވެރި އިހްސާސްތައް އެ އިންޓަވިއުގައި ހިއްސާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
05 April 2020
މައި ކޮންޑޯލެންސް ޓު ދަ ފެމެލީ.
ގައުމުގެ ދޫ
04 April 2020
ދުއާއީ އެ މަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން، އަދި ދިވެހިންނަށް ކޮށްދެއްވި އަގުހުރި މަސައްކަތްފުޅަށް ހެޔޮޖަޒާ މިންވަރުކުރެއްވުން. އާމިން
ދިރާސާ 1
03 April 2020
انا لله وانا اليه راجعون
އިބިރިހިންބެއްޔާ
03 April 2020
انا لله وانا اليه راجعون
އިބްޝާ .
03 April 2020
انّا لله وانّا اليه را جعون .. ވައްސަލާމް، ޑރ އުސްތާޒް މާލިކް..
އެހާރާ މިހާރު
03 April 2020
ވަރަށް އިލްމު ވެރި ބޭފުޅެކެވެ. ތައުލީމަށް ޚިދުމަތް ކުރުމުގައި ލާމަސީޒިލު މިސާލެކެވެ. ﷲ ގެ ތެދުމަގު ދެއްކެވުމުގެ ހެޔޮ ނިއުމަތް ލިބިވަޑައިގަތް ނަސީބު ވެރިއެކެވެ.މިފަދަ ލެޖެންޑެއް އެޒަމާނުގައި ރާއްޖެ ފަދަ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމަކަށް ވަޑާގެން ވަޒީފާ އަދާ ކުރައްވާނީ ވަރަށް ރަގަޅު ވީއެވެ.ޔާﷲ މަރުހޫމުގެ ފުރާނައަށް ގެޔޮ ޖަޒާ މިންވަރު ކުރައްވާށިއެވެ.
ދުނިޔެއާއިވަކިއޭ
03 April 2020
ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ކަމަށް އަދި ޓެކްނޮލޮޖިކަލް ޖަޔަންޓެއް ކަމަށް ދައުވާ ކުރަމުން ދާ އެމެރިކާ އަށް ކުޑަ ކުޑަ ކޮވިޑް 19 އައުމުން އެމެންގެ ތެރޭގައި ތިބި އެންމެ ކޮލިޓީ އަދި ދުނިޔެ އިމާރާތް ކުރުމަށް ޓަކައި ލައިފް ޓައިމް އެކަމަށް ދޫކޮށް ގެން ތިިބި އަގު ހުރި އިންސާނުން ނަށް އެބަލި ޖެހިގެން އެމެން ދުނިޔެ ދޫކޮށްދާއިރު ވެސް ރައީސް ޓްރަމްޕް ދުވަނީ ބާސާ ކަނޑަމުން އަދި ކޮވިޑް އޭނާ އަށް ޖެހިފައި ނުވާ ކަން ސާބިތު ކޮށްދެމުން ރައްޔިތުންގެ ފުރާނަދަނީ
ކެޕިޓެލިޒްމްމައްޗަށް
03 April 2020
ކޮވިޑް 19 އެމެރިކާ ގައި ކޮންޓްރޯލް ނުވުމުން އެއިން އެގިގެންދާ އެއްޗަކީ ކެޕިޓަލިޒްމް އޮންނަ ގައުމު ތަކުގައި އެއްވެސް ކަމެއް އެކަމެއް ކުރަން އޮންނަ މަގުން ކަންކަން ނުކުރެވޭނެ ކަން އެއީ ރައްޔިތުންނަށް ފައިދާ ކުރާ ނިޒާމެއް ނޫން ކަން ވެރިކަން ކުރަން ދުނިޔޭގައި އެންމެ ބޮޑު އާބާދީ އެއް އޮތް ޗައިނާ ގައި އެކަން ކޮންޓްރޯލް ކުރެވުނީ އެއީ އެގައުމުން އެކަމަށް އެޅި ހަރުކަށި ފިޔަވަޅު ތަކާއި ރައްޔިތުން އެއަށް ބޯލެނބުމުންނޭ ޓޯޓެލިޓޭރިއެން ނިޒާމް ވަނީ ކާމިޔާބު ހޯދާފައޭ
އަލީރާޖާ
03 April 2020
ކޮމިއުނިޒަމަކީ މާ މޮޅު ނިޒާމެއް ނޫން. މޮޔަފުޅުވީތޯ؟ ޖަޕާނަކީ ޑިމޮކްރަސީއެއް، އެއަށް ވުރެ ރައްޔިތުން ބަސް ގަބޫލުކުރާ ގަމެއް ދުނިޔޭގައި ނޯވޭ. އެމީހުން އެތިބީ ކޮވިޑްވެސް ކޮންޓްރޯލުކޮށްގެން. ސިންގަޕޫރަކީވެސް ބަރުލަމާނީ ޑިމޮކްރަސީއެއް. މި ދެގައުމަކީ ކޯވިޑް ކޮންޓްރޯލު ކުރުމުގައި ދުނިޔޭގެ ގޯލްޑްސްޓޭންޑަޑް ކަމުގައި ޑަމްލިޔުއެޗްއޯ އިން ވަނީ ބުނެފައި. މީގެ އިތުރުން ޓައިވާން ވެސް ވަނީ ނަމޫނާ ދައްކާފައި!
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
03 April 2020
ތެދު ފުޅެއް. ޓްރަންޕް މެން ފަދަ ބޯހަރު މީހުން ރާއްޖޭ ގައި ވެސް އުޅޭ. ޓްރަންޕް ދެކެވަޑައިގަންނަވަނީ ލޮކްޑައުން ކުރުމަކީ ވަކި ވަކި ސްޓޭޓް ތަކަށް ލިބިފައިވާ ބާރެއް ކަމަށް. މި ފަދަ ދަނޑިވަޅެއް ގައި ރާއްޖޭގައި މި ފިކުރު ގެންގުޅޭ ނަމޭ ހިތާ ވަކި ބަޔަކު ގަދަފައި ވިދުނު. ނަމަވެސް މާތް ﷲ ގެ އިރާދަ ފުޅުން އެކަމެއް ނުވި. ރާއްޖޭ ގެ ބޯރޑަރު ބަންދު ކޮށްދެއްވަވައިފި. ހުރިހާ ވެސް ޝުކުރެއް މާތް ﷲ ގެ ހަލުރަތަށް !
ޥަސްސް
03 April 2020
ގޭ ބިތުގައި އިން ލޯވަޅަކުންތަ ދުނިޔެ ބަލަނީ؟
ގައުމުގެ ދޫ
04 April 2020
އަޅުގަނޑުގެ ނަޒަރުގާ ރައްޔިތުން ވެރިންގެ ބަސްގަބޫލުކުރުމާ ނުކުރުން ބިނާވަނީ (ގިނަފަހަރު) ވެރިންގެ އިހްލާސްތެރިކަމާއެވެ. އެހެންކަމުން، ދިވެހިން ދިވެހިންގެ ވެރިއެއްގެ ގޮތުގާ (އިހްތިހާބު ކުރެވޭ ހުރިހާ މަގާމެއް ހިމެނޭގޮތުން) ހޮވަންވީ ދީނަށް ކަމޭހިތާ ރައްޔިތުންގެ ހައްގުގާ އިހުލާސްތެރިކަމާ އެކު ހިދުމަތްކުރާނޭ ފަރާތެއްކެވެ. މި ކަމަކީ ކުރަންއުނދަގޫ ކަމެއްކަންވެސް ދެނަހުރީމެވެ. އެދެނީ މި ގައުމަށް އަބަދުމެ ފާގަތިކަމެވެ.
ތަމީމް
03 April 2020
"އުއްމީދަކުން ނުފުދޭނެ. އެކަމަށް މަސައްކަތްކުރަން ޖެހޭނެ. މަސައްކަތް ނުކޮށެއް އުއްމީދު ހާސިލެއް ނުކުރެވޭނެ.” :- ޑރ. އިބްރާހިމް އަބްދުލް މާލިކު ހެޔޮ ޖަޒާ ދެއްވާށި. އާމީން
ޙެޔޮ ދުޢާ
03 April 2020
انّا لله وانّا اليه را جعون