ެއެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
04 އެޕްރީލް 2020 - 20:59
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށާއި އިންތިހާބާ ގުޅޭ އެ ނޫން ވެސް ހާއްސަ އުސޫލުތަކެއް ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ “ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020″ގެ ނަމުގައި މަޖިލީހަަށް ފޮނުވި، 10 މާއްދާގެ ބިލު އެކުލަވަައިލާފައި ވާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށް ކަމަށެވެ. ސަންސެޓް ގާނޫނުތަކަކީ ހާއްސަ ހާލަތްތަކެއްގައި އަމަލުކުރަން ޖެހޭ ވަގުތީ ގާނޫނުތަކެކެވެ.
ބިލަށް އަމަލުކުރަން ކުރަން ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަނުން މި މަހު 18 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށް އޭޖީ އޮފީހުން ފޮނުވި ބިލުގައި ވެ އެވެ. އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަންޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.
ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާ ބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ބިލުގައި ވެ އެވެ.
އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބިލަށް އަމަލުކުރަން ފެށުމާ އެކު ބާތިލުވާނެ އެވެ. ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއާވާނެ އެވެ. އެކަމަކު އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕޭންގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމުގެ މައްސަލަ އީސީން ފުރަތަ ހުށަހެޅީ ހައިކޯޓަށެވެ. އަދި އެއަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަނބުރާ ނެގީ އެއީ މަޖިލީހުން ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް ވާތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސާމް
05 April 2020
ތިބކައުންސެރަސް ނެތީޔާ އެއްވެސް ގެއްލުމެއްވާނެތަށް. އެމީހުން ތިބެގެންވީ އެންމެ ފާއިދާއެއް ބުނެދީބަލަ. ދުނިޔޭގެ ޤައުމުތަށް ކުރާ ކަމަކީ އިޤްތިސާދީގޮތުން ޤައުމު ކުރިއަރުވަން މަސައްކަތްކުރަނީ. މިޤައުމު ޑުރާމާ ކުޅުމުގައި.
އަލީ!
05 April 2020
މިހާރުމިއޮތް ހާލަތަށްބަލާފަ ކައުންސިލަރުންވެސް މަދުކުރަން ފެނޭ.
ޙަސަންބެ4
05 April 2020
ކައުންސިލް އުވާލުން ރަގަޅީ.
ޒުވާނާ.
05 April 2020
ރިސޯޓު މުވައްޒަފުންނައް އެ މީހުންގެ ޕެންޝަން ފަންޑުން %50 ލިބޭނެ ގޮތުގެ ބިލެއް ހުށައަޅާބަލަ
ގުލްފިށާމް
05 April 2020
ޕްރައިމެރީ އަލުން ބާއްވާކައް ނުޖެހޭނެ.
ށީޒާ
05 April 2020
އިންތިހާބް ލަސްކުރުމަކުން މައްސަލައެއް ނެއް. އެކަމަކު އެމުއްދަތުގަ 18އަހަރު ފުރި ވޯޓް ހައްގުވާ އެތައްބަޔަކު ތިބޭނެ. އެމީހުންނައް ވޯޓް ލެވޭނަމަ ނިމިގެން ދިޔަ ޕާޓީތަކުގެ ޕްރައިމަރީ ވެސް އަލުން ބާއްވަން ޖެހޭނީ
ލަތީފު
05 April 2020
ނޭޕާލުގަތިބިމީހުންގެންނަންޔާ ހުކުރުވެސްކުރެވެންޖެހޭނެ.
އަދީބު
05 April 2020
އޭ ބުރޯ ހަމަތަ؟
ޝިއަންނާ
05 April 2020
ލޯކަލް ކައުންސިލް އިންތިޚާބު ލަސް ކުރަން ސަންސެޓް ގާނޫނެއް ހެދި ގޮތަށް އެބަޖެހޭ މިރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ބަޔަކަށް ސަލާމް ނުޖަހާ އަދި ލޯން ނުނަގާ މިކަން ކުރެވޭނެ ގޮތެއް ވިސްނަން އިމޭޖިނޭޝަން އިޒް ބެޓަރ ދެން ތިންކް މިތިއަރީގެ ދަށުން ސަންސެޓް ގާނޫނެއް ހަދަންވީ ރާއްޖޭގެ ބަޖެޓް ދަރަނި ފިލަން ދެން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ފަޅެއް 10 މިލިއަން ޑޮލަރަށް 1000 އަހަރަށް ކުއްޔަށް ދޭން ސަންސެޓް ވާނީ ބަޖެޓް އަރަނި ވުމުންނޭ ވީ މަސްޓް ތިންކް އޮން
ބޮޑުމީހާ
05 April 2020
ތި އިންތިހާބު ބާއްވާނެ ކަމެއް ނެތް. އޭރަކު ހުންނަ ވެރިޔަކު ކައުންސިލަރުން އައްޔަންކުރީމަ ނިމުނީ.
މާޝް
05 April 2020
ވަރަށް ބޮޑަށް ސިޔާސީވެފައިވާ ރައްޔިތުންނަށް ގެއްލުން ބޮޑު ބިލެއް. ސަބަބުތައް. އިންތިހާބަށް އަލުން އިއުލާނުނުކުރުމުން 18އަހަރު އަލަށް ފުރިފައިވާ ފަރާތްތަކާއި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ފަހުން އޮންނަ އިންތިހާބުގައި ބައިވެރިނުވެވުން. ސިއްހީ ރައްކާތެރިކަން ފަހުން ލިބުނަސް އިގްތިސާދީ ގޮތުން ގައުމަށް ގެއްލުން ލިބޭ ގޮތަށް އަވަހަށް އިންތިހާބު ބޭއްވުން. މަޖިލީހުން ރައްޔިތުންނަށްވުރެ ސިޔާސީކަންތައް އިސްކޮށްފައިވާ ގައުމަށް ގެއްލުންބޮޑު ބިލެއް.
މަވެސްތާއީދު
05 April 2020
ވަރަށް ރަނގަޅު ވާހަކައެއް, މިހާރު މިތިބަ ކައުންސިލްގެ ދައުރު ހަމަވުމާއިއެކު އެމީހުން ދުރުކުރުން ވަރަށް މުހިންމު, އަދި އިންތިޚާބު ބޭއްވި އާކައުންސިލް ހިވުމާއި ހަމަޔަށް ރ ޖުމްހޫރިއްޔާ އައްޔަނު ކުރަށްވަ 1 ބޭފުޅަކު ހުރުން ރަނގަޅު, އޭރުން ކުރިޔަށް މި އޮތް ދުވަސްތަކުހަ ސަރުކާރުގެ ޚަރަދު ވ ބޮޑަށް ކުޑަވާނެ, އެފައިސާކޮޅުންވެސް ކޮވިޑް19 ގެ ކަންކަމަށް ޚަރަދު ކުރުމަށް ސޭވު ކުރެވޭނެ,,