ޓްރީ ޓޮޕް ހޮސްޕިޓަލްގެ ލޮބީ އޭރިއާ. .---ފޮޓޯ: ނިޝާން އަލީ/ މިހާރު
05 އެޕްރީލް 2020 - 13:41
ކޮވިޑް-19 ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލް އޮތީ ތައްޔާރަށް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އެ ބައްޔާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ޖެހިއްޖެ ހާލަތަކަށް އެތަން މިހާރު ހުރީ ލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ހުޅުވި ހޮސްޕިޓަލުގައި، ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާދޭކަށް އަދި ނުފަށަ އެވެ.
ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އަދި ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ކޮވިޑް-19ގެ ހައި ރިސްކު މީހުންނަށް ފަރުވާދޭން ހަމަޖައްސާފައި ވަނީ ފަރުކޮޅުފުށީގަ އެވެ.
ރާއްޖެއިން މިހާތަނަށް އެ ބަލީގެ 19 މީހަކު ފެނިފައި ވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅު ވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ބަދަލުކުރާނީ ހާލު ސީރިއަސްވާ މީހުންނެވެ. މީގެ ކުރިން ވެސް، ކޮވިޑް-19 ގައި ހާލު ސީރިއަސްވި ބައެއް މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދީފައި ވެ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އަދި ފަރުވާއެއް ހޯދިފައިނުވާ ބަލީގައި ސީރިއަސްވާ މީހުން ފަރުވާދޭން ގެންދާނީ، ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށެވެ. ޓްރީޓޮޕަށް ގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެނދުތައް ފުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރަން ކަމަށެވެ. އެތަނުގައި ހުރީ އެއްފަހަރާ 10 މީހަކަށް ފަރުވާ ދެވޭނެ އިންތިޒާމެވެ.
ސަރުކާރުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ވަގުތީ ހޮސްޕިޓަލެއް ވެސް ހަދަމުންނެވެ. "ކޮވިޑް-19 ވިލެޖު" ނަމުގައި ތަރައްގީކުރާ ތަން ހެދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްއެންޑީއެފެވެ. އޭގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކެއް ބައިވެރިވެ އެވެ.
މަބްރޫކް ވިދާޅުވިގޮތުގައި އެ ތަނުގައި ހަދާ ފެސިލިޓީގައި ބޭނުންކުރަން މި ހަފުތާގައި 65 ވެންޓިލޭޓަރު ލިބޭނެ ކަމަށެވެ. މި މަހުގެ 15 ގެ ކުރިން އެ ތަން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 April 2020
ކިތަންމެ ހެޔޮ އެދިގެން ވާހަކައެއް ދެއްކިޔަސް މިހާރު ގަބޫލުކުރަން ވަރަށް ދަތި. ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާގޮތަށް، މަސް ދުވަސް ނުވަނީސް ދިވެހިން ނޯ ޕޭއަށް ފޮނުވަން ނިންމި ބަޔަކު މާލީ ފައިދާއެއް ނެތް ގޮތަކަށް ހޮސްޕިޓަލް ދޭނެ ކަމާއިމެދު ޝައްކު
ކުޑަމީހާ
06 April 2020
މަޢުލޫމާތު ގޯސް. ކްރައުން ޗަަމްޕާ މުވައްޒަފުން ނޯޕޭއަކަށް ނުފޮނުވާ. މުސާރަދޭ. ވަކިވަރަކަށް ވުރެ ބޮޑެތި މުސާރަ ކުޑަކުރީ. ރުޅިއަޔަސް ދޮގު ނުހަދާ.
ބަސް
05 April 2020
ހޮސްޕިޓަލްތައް ކިތަންމެވަރަށް ތައްޔާރުވިއަސް އާންމުން ތައްޔާރުނުވެ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ. އާންމުން މިތިބީ ޣާފިލުވެފަ. މިދަނޑިވަޅުގަވެސް ސިޔާސީވާމީހުން ގިނަ. ހިތާމަހުރި.
900 ޑިގުރީ
05 April 2020
ކޮލިގޭ މީހުން މިހާލަތުގައިވެސް ދިވެހިންނަށް އެހީތެރިކަ މެއް ދީފާނެބާ؟
ތެދުވެރިޔާ
05 April 2020
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރީވެސް ރޔާމިންގެ ވެރިކަމުގަ. ބާކީ ބައި ފުރިހަމަ ކުރަން ފުރުސަތެއް ނުލިބުނު ރައިސް ޔަމިނަކަ.
ޥިސްނާ 25 ބިރި ހަސްފަތާލު
05 April 2020
ބާކީބައި ފުރިހަމަ ކުރަން، ވައްކަން ސާބިތުވެގެން ޖަލައްލާފަ ހުރި ޔާމީނު ހުރިނަމަ.. ގައުމުގެ ކަޑުފަޅުތަކު ދިރޭ އެއްވެސް އެއްޗެއް ފެންނަން ހުރިސްބާއޭ ހިތަން އަރާ..
ގަބޫލެއްނުކުރެވޭ
05 April 2020
ޔާމީން ވެރިކަމުގައި މިވަގުތު ނެތީ އެއްގޮތުން ރައްޔިތުންގެ ނަސީބު ދެރައީ އަނެއްގޮތުން ރަނގަޅު. ރޔ ހުއްނެވިނަމަ މިބަލި ފެތުރިގެންދާނެ ސްޕީޑެއްނޭގޭ ބުނާކަށް . (ސިޔާސީ މީހުން މިވެރިކަމުގައި އެއްވުންތައް ނުބާއްވަން އެދުނީމާ ގަދަފައި ވިއްދާފަ އެކަން ކުރަން ހިފީ. ރޔ ހުރިނަމަ އެއައްވުރެ ގަދަޔަށް ހިފައި މުޅި ސިސްޓަމް އޮޅާލަން އުޅޭޏީ.) ރޔ ހުއްނެވިނަމަ ބޭސް ، ކާބޯތަކެތި، ގައުމުތަކުގައި ލޮކްވެފައި ތިބި ރައްޔިތުން ވަގުތުން ގެންނާނެ. އެއީ 100% ޔަގީންކަމެއް.
ބަސްމަދު
05 April 2020
ހުޅުމާލޭގައި ވިލެޖު ހެދުމަށްވުރެ ރަނގަޅުވާނީ ފަރުކޮޅުގަ ތިކަހަލަ ތަނެއް ހެދިއްޔާ..ރައްކާތެރިކަމުގެ ގޮތުން ބަލާނަމަ ..
މަހުޖަނު1
05 April 2020
ކޮބާތޯ މަހުޖަނުންނަށް ބަވާ ކުދިން، މިއީވެސް އެއްކަލަ މަހުޖަނުންގެ ތެރެއިންގެ ތަނެއްދޯ.
ފަގީރުކޮއި
05 April 2020
ރަގަޅު. އެކަމަކު މަހުޖަނުންގެ ހަސްފަތާލުން ކޮވިޑުގެ ބޭސް ފަރުވާއަށް ވެސް ސަރުކާރުން ނަގާނީ ކިހާ ފައިސާ އެއްބާ؟
މަހުޖަނު2
05 April 2020
ތީގެ 2 ފުށް ފެނުނީމަ އެއްޗެއްބުނެވޭނީ. ގިނަ މަހުޖަނުން އެންމެ ފައިސާފޮއްޗެއްވެސް ހޭދަކުރާނީ މަދުވެގެން ތިން ހަތަރުގުނަ ފަހުން ލިބޭގޮތަށް. މަހުޖަނުން މަހުޖަނުންނަށް ވަނީވެސް އެހެންވެ.
ގަޓް ބްރޯ
05 April 2020
ދުނިޔޭގެ އެންމެ ކުރިއަރާފަވާ މުއްސަނދި ގައުމުތަކަށްވެސް ސީރިއަސް ހާލަތުގަ ހިފަހައްޓާނުލެވިގެން އުޅޭއިރު ރާއްޖެފަދަ ވަސީލަތްތައް މަދު ދަރަނިވެރި ފަގީރު ގައުމަކުން ރަނގަޅުވާނީ ފޮނި ބައިސާ ނުކަނޑާ މިވަގުތަށްވެސް ލެއްވި ރަޙްމަތަށް ﷲ އަށް ޝުކުރުވެރިވުނ
އިބްޝާ .
05 April 2020
ﷲ ޢަށް ޝުކުރު ކުރަން ޖެހެނީ ހަމައެކަނި ކޮވިޑުން ސަލާމަތް ކުރައްވާތީކީނޫން.. އަދި ސަލާމަތަށްޓަކާ ދުރާލާ ކަންކުރުމަކީ އަމަލީގޮތުންވާ ޝުކުރު...
މޫޗީ/މީދޫ
05 April 2020
ގެއިން ބޭރަށް 5 އިން 8އަށް ދިއުން މަނާކުރެވޭނެ އެއްވެސް ގޮތެއް ސިއްހީ ނުރައްކަލުގެ ގާނޫނު ގެ ދަށުން މަނާނުކުރެވޭނެ.
ކުރެދިތަކުރު
05 April 2020
ތީހަމަ ހީވާ ގޮތް! އެއޮތީ ބަންދު ކޮށްފަ. ހިސާބަށްވުރެ މޮޅު ބަސް ބުނަން ނޫޅޭ. ނަސީބެއް ނުން 24ގަޑި އިރު ކާފިއު ނުހިންގާކަން.
ޤައުމީ ދަރި
05 April 2020
ވަރަށް ރަނގަޅު ނިންމުމެއް.