ކޮވިޑް-19 އަށް ޓެސްޓުކުރަން ޑަބްލިއުއެޗްއޯއިން ކިޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން (މ)، ޑަބްލިއުއެޗްއޯއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. އަރްވިންދު (ވ) އަދި އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
06 އެޕްރީލް 2020 - 14:01
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ބޯނުލަނބައި، ކަން ފަސޭހަކޮށްލައިގެން ތިބެއްޖެ ނަމަ ރާއްޖެ ހޯދައި ނުފެންނަ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް އަށް ޓެސްޓުކުރަން ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް އިތުރު 5،000 ކިޓު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް މިހާރު ތަހައްމަލު ކުރަމުން ދަނީ، އެ ގައުމުތަކުގެ ޓެކްނޮލޮޖީތަކަށް ބަލާއިރު ވެސް ނުބައްދަލު ހާލަތެއް ކަމަށެވެ. ރާއްޖެ އެ ފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ދިމާވެދާނެ ކަންކަމާ ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަމާބެހޭ އިދާރާތްތަކުން މުޅި ދުވަހު މަސައްކަތް ކުރަމުން އަންނަނީ މުޅި އާބާދީ އެކަމުން ސަލާމަތްކުރުމަށް ކަން އަމީން ވިދާޅުވި އެވެ.
"ކަން ފަސޭހަކޮށްލައިގެން ތިބިއްޖެ ނަމަ ރާއްޖެ ހޯދާ ނުފެންނަ ހިސާބު ފަހަތަށް ދިއުމަކީ އެކަށީގެންވާ ކަމެއް. ދުނިޔޭގައި ވަރަށް ކުރިއަރާފައިވާ ގައުމުތައް، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުކަމަށް ބަލަންޖެހޭ އެމެރިކާ އާއި ޔޫރަޕް އަދި އޭޝިޔާގެ ބައެއް ގައުމުތައް ވެސް މިހާރު ތަހައްމަލު ކުރަމުން ގެންދަނީ އެ މީހުންގެ ކުރިއަރާފައިވާ ޓެކްނޮލޮޖީސްތަކާއި އެ މީހުންގެ އިންސާނީ ވަސީލަތާއި މި ދާއިރާތަކުން ހޯދާފައިވާ ތަޖުރިބާއަށް ބަލާއިރު ވެސް އެކަންކަމާ ނުބައްދަލު އުނދަގޫ ހާލަތެއް،" އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެފަދަ ހާލަތަށް ގޮސްފިކަމަށްވާ ނަމަ ދިމާވެދާނެ ކަންކަމާ ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް."
އަމީން ވިދާޅުވި ގޮތުގައި، ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެއިން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެ ފިޔަވަޅުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުން ކަމަށާއި އެކަމުގެ އިންތިޒާމްތައް އައިޖީއެމްއެޗުގައި ވަރަށް އަވަހަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި އަދި ލުއިކޮށް ނުދޭށޭ. އަޅުގަނޑުމެން މި ކަމުގައި ވަރުބަލި ވެގެންދާ ހިސާބަކަށް އަދި ނުދޭ. އަޅުގަނޑުމެންނަށް އަދި މީގެ ނުރައްކާތެރި ހާލަތު ބައްދަލެއް ވެސް ނުކުރޭ،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް 11،000 ޓެސްޓު ކުރެވޭނެ ފުރުސަތު ފަހިކޮށްދީފައިވާއިރު އެ ބައްޔަށް މިހާރު ވެސް 1،500 އަށްވުރެ ގިނަ މީހުން ވަނީ ޓެސްޓުކޮށްފަ އެވެ.
އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކި ހިސާބުތަކުގައި އޮތް މިންވަރަށް ބަލައިލުމުން މިއީ އަތް އުރާލައިގެން ތިބެންޖެހޭ ވަގުތު ނޫން ކަން އެނގެ އެވެ. އަތް ސޮއްސައިގެން ނުގޮސް ހިފަހައްޓައިލެވެނީ ނަސީބު ރަނގަޅުކަމުންނާއި ސަރުކާރުން އެޅި ފިޔަވަޅުތަކުންނާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތައް ގަބޫލުކުރުމުން ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޓެސްޓުކުރަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި 5،000، އެ ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު (ވ)، ހެލްތު މިނިސްޓަރު އަމީންއާ މިއަދު ހަވާލުކުރައްވަނީ-- ފޮޓޯ: ހެލްތު މިނިސްޓްރީ
"މި ކަމުގައި އަދި ލުއިކޮށް ނުދޭށޭ. އަޅުގަނޑުމެން މި ކަމުގައި ވަރުބަލި ވެގެންދާ ހިސާބަކަށް އަދި ނުދޭ. އަޅުގަނޑުމެންނަށް އަދި މީގެ ނުރައްކާތެރި ހާލަތު ބައްދަލެއް ވެސް ނުކުރޭ،" އަމީން ވިދާޅުވި އެވެ.
"އެހެންވީމަ އަދިވެސް ސިއްހީ މާހިރުންގެ އިރުޝާދާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުން ކޮށްފައިވާ ތަރުޖިބާއާ އަޅުގަނޑުމެން އެންމެން ވިސްނާ މިކަމަށް ކުރަންޖެހޭ ކަންކަން ހަމަ ވަރަށް ވަރަށް މުހިއްމު،"
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު، ޑރ. އަރްވިންދު މާތުރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި 11،000 ސާމްޕަލް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ ހާލަތަކަށް ވެސް ޓެސްޓު ކުރުމުގެ ގާބިލްކަން އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
Handing over ceremony of #COVID19 testing kits from @WHOMaldives to Ministry of Health.
— Ministry of Health (@MoHmv) April 6, 2020
Received 50 lab testing kits which can run 5,000 tests.@igmhmv @hpa_mv @whomaldives pic.twitter.com/aF9s7DfhrC
ހެލްތު މިނިސްޓްރީގެ ޓުވީޓް
އޭނާ ވަނީ އަދި ފަރުވާއެއް ހޯދިފައި ނުވާ ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތްތަކުގެ ލަފަ އާއި އިރުޝާދަށް ބޯލެނބުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ބަލިން ސަލާމަތްވާން މަސައްކަތްކުރަނީ އެންމެން އެކު އެކީގައި ކަމަށެވެ. އެއީ ހަމައެކަނި ސިއްހަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ގެ 200 ޓެސްޓު ހެދުމުގެ ގާބިލްކަން އެ ހޮސްޕިޓަލްގައި އެބަހުރި ކަމަށެވެ. އެ އަދަދު 300 އަށް އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި އިތުރު މެޝިނެއް ބަހައްޓައި ޓެސްޓުތައް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 19 މީހަކަށެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވެ އެވެ. އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސި ވިލާތުން އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
07 April 2020
އެއަރޕޯޓު ބަންދުކުރިތާ 3 ހަފްތާވާއިރު ގައުމުގެ އެތެރޭގައި ކޮރޯނާ ނެތްކަމުގެ ޔަގީންނުދެވެންޏާ ފެއިލްވީ. އެއަރޕޯޓު ބަންދުކުރާއިރު އެތެރޭގައި ބަލިހުރިތޯ ބަލާނެ ގޮތުގެ ޕްލޭނެއްނެތް. އަދި ބަލިހުރިނަމަ އަޅާނެ ފިޔަވަޅެއް ހާމައެއް ނުކުރޭ. ސާފުވަނީ އެއިރަކު ހިތަށްއެރިގޮތަށް ކަންކަންކުރާކަން. 8-5 ކަށް ކާފިއު ހިންގުމަކީ ޖޯކެއް. އެތެރޭގައި ބަލިނެތްނަމަ ޑޮމެސްޓިކް އޮކޮނޮމީ ހުޅުވާލަންވީ. ބޭންކުތަކާއި ސަރުކާރުގެ އޮފީސް ބަންދުކުރަންވީ އެއްވެސް ސަބަބެއް ނެތް.
ޙުސާމް
07 April 2020
ރަނގަޅު ވާހަކައެއް. ޢެއްވެސް ޕުލޭނެއްނެތް. ﷲގެ ރަހްމަތުން ކޮވިޑް ނުފެތުރުނީ. އެއްވެސް ވަރަކަށް ފެތުރިގެން ދިޔަނަމަ ކުރާނެ އެއްކަމެށްވެސް ނޯންނާނެ. ކޮރޯނާ އެންމެ ބޮޑަށް ފެތުރުނު ވޫހާން އެ ހުޅުވައިގެން މަސައްކަތް ފެށީ. މިތާނގައި ނުފެތުރެނީސްވެސް މުޅި ޤައުމު ބަންދުކޮއްގެން މިވާ އިޤްތިސާދީ އިޖްތިމާޢީ ނަފްސާނީ ގެއްލުން އެނގެން ބޭނުން މީހަކުނެތް. ﷲ އާ ވަކީލް
މައުސޫމު
06 April 2020
އެއްގޮތަކަށްވެސް ދޫކުރެވެން ނެތް، ދޫކޮށްގެން ނުވެސްވާނެ. ހުރިހާ ރައްޔިތުންވެސް މި ވަގުތު ވިސްނަންވީ އެއް ވިސްނުމަކުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް. ހެލްތުގެ އެންގުންތަކަށް ބޯލަނބައިގެން އެންމެވެސް މިވަގުތު ފަރުދީ ޒިންމާ އަދާކުރޭ ރަނގަޅަށް. ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ
މަނާރަތު
06 April 2020
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ޓެސްޓު ނެހެދިގެން މަރުފަލިޖަހަނީ. އެކަމަކު ރާއްޖެ ކޮންމެ ފަހަރަކު މި ޓެސްޓު ކިޓްތައްްވެސް އެބަހޯދާ ސްޓޮކް ހުސްވުމުގެ ކުރިން. މި ހުރިހާ ކަމަކުންވެސް މި ފެންނަނީ ދުރާލާ ތައްޔާރުވެފައިވާ މިންވަރާއި ހިންގުންތެރިކަމާއި ފިޔަވަޅުތަކުގެ އަވަސްކަން. މިނިސްޓަރ އަމީންއަށާއި ޓީމަށް ހައްގު ސަނާ ޝުކުރު.
ޙުސާމް
06 April 2020
އަމީން. މިހާރު ރާއްޖެ ދަނީ ކުރިޔަށްތޯ. މުޅި ޤައުމުގެ އިޤްތިސާދު ފުނޑި އަވަދިވެއްޖެ. ޤައުމުގައި ކޮރޯނާ ނުފެތުރެނީސް މުޅި ޤައުމުގެ ހުރިހާ ޚިދުމަތެއް ހުއްޓުވާފައި ސްކޫލްތަށް ބަންދުކުރުމުން އެނގެނީ އެއްވެސް ޙާލަކަށް ޤައުމު ތައްޔާރުވެފައި ނެތްކަން. ސިންގަޕޯރގެ ޕުރައިމިނިސްޓަރ ގެ ސްޕީޗް ބައްލަވާލައްވާ. ޢެއިރުން އެއްޗެވިސްނޭނެ.
ހަމްދޫން
06 April 2020
ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ރާއްޖެ އޮތަތީ ﷲ އަށް ހަމްދުކުރަން. އަދި މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި ރެޔާ ދުވާލު މަސައްކަތްކުރަމުންދާ ހެލްތު މިނިސްޓަރާއި އޭނާގެ ޓީމަށް ފަށް ފަށުން ޝުކުރިއްޔާ.. އިރާދަކުރެއްވިއްޔާ ދިވެހިންނަށް ދެރަ ގޮތެއް ނުވާނެ
ރަދީފްް
06 April 2020
ދިވެހިސަރުކާރުން ދެކެނީ ކޮރޯނާވައިރަސް އަންނަނީ ހަމަ އެކަނި ހަވީރު 5 ން ރޭގަނޑުގެ 8 އަށްކަމަށް. ބުނަންތޯ ކޮރޯނާ ވައިރަސް މަދިރިންޖެހި 40އަށްވުރެ ގިނަމީހިން އިންޑިއާގެ އަވަށަކުންވެސް މަރުވެއްޖެ. ވީމާ ރަށްތކަށްވެސް ހަމަ ނުރައްކާބޮޑު.
ކައްމަތިން
06 April 2020
މިއަދު މިކަމުގައިވެސް އެންމެ ރޯލެއް ކުޅުނީ ދަރުމަވަންތަ ހޮސްޕިޓަލް. ގުރޭތަރ ބަސްޓާމިނަލް ހުރީމާ ހާދަފަސޭހަ ވެއޭ. ޥީހާވެސް އަވަހަށް މިސްކިއްތައް ހުޅުވަން ދަންނަވަން.
ހަސޭ
06 April 2020
އެކެރިކާ އާއި ޔޫރަޕަކީ އެއް އިރެއްގައި ވެސް ފަގީރުންނާ އަޅާލާ ބައެއް ނޫން. ދެން ފަގީރު ހިސާބު ތަކުގައި މިކަން ފެތުރިގަތީ. ދެން އިމީހުން ހިޔެއް ނުކުރޭ އެމީހުނާ ހަމަޔަށް މިޔެއް އަންނާނެ ކަމެއް. ދެން މިހާރު އެއޮތީ ހުރިހާ އެންމެންނަށް ކާންދީ ބޭސްކޮށްދޭން ޖެހިފަަ. އެއާ ޚިލާފަށް ޗައިނާ އަކީ އަބަދުވެސް އެގައުމުގެ ރައްޔިތުންނަށް އަޅާލާ ގައުމެއް. މިވަރުން ވިސްނޭނެކަމަށް އުއްމީދު ކުރަން.
ޢޭންޖަލް
06 April 2020
އެންމެންވެސް ގޭގައި ތިބުން ވަރަށް ވަރަށް މުހިންމު
މަތީތައުލީމް
06 April 2020
އަޅުގަނޑުމެން ބޯމަތީގައި އޮތް އަނދިރި، ކަޅު ވިލާގަނޑެއް ކުޑަވެގަނެއް ނުދޭ. ވިލާގަނޑު އެއްވެސް ފަރާތަކަށް ސޮއްސާލައިގެން ނުދޭ. އޭގެ ނާމާންކަމާއި ބިރުވެރިކަން އަޅުގަނޑުމެން ބޯމަތީގައި އޮތް ވަރަށް އެބައޮތް.އެ ވިލާގަނޑު ކޮޅިގަނޑަކަށް ނޫނީ ތޫފާނަކަށް ބަދަލުވާނީ ކޮން އިރަކުކަން ނޭނގޭ ހާލަތުގައި އަޅުގަނޑުމެން މިތިބީ. ދުނިޔޭގެ ހުރިހާ ގިނަ ގައުމުތަކަށް އެ ތޫފާން އައިސް، ގައުމުތަކުގެ މުޅި ނިޒާމުތައް ފުނޑުފުނޑުވެގެން އެދަނީ- އަމީންގެ ބަސްމަގު ވަރަށް ފުރިހަމަ
މަސްރަ
06 April 2020
ހީވަނީ ވާހަކައެެއްހެން. ވިލާގަނޑު ކޮޅިގަނޑަކަށް ނޫނީ ތޫފާނަކަށް ބަދަލުވާނީ ކޮން އިރަކުކަން ނޭނގޭ ހާލަތުގައި އަޅުގަނޑުމެން މިތިބީ. ދުނިޔޭގެ ހުރިހާ ގިނަ ގައުމުތަކަށް އެ ތޫފާން އައިސް، ގައުމުތަކުގެ މުޅި ނިޒާމުތައް ފުނޑުފުނޑުވެގެން އެދަނީ،،، މިފިކުރުގާ އަމީން އޮއްވާ ހޭލައްވާލީ ބާރު އަޑު ފައްގަޑަކުންނެވެ. އެންމެ ފުރަތަމަވެސް ބަލާ ލެވުނީ ގަޑިޔަ ސެވެ. ގަޑިން 8 ޖެޙީއެވެ. އަވަގުތު އަމީން ހިތާ ސުވާލު ކޮއްލުވުނެވެ.
ވާދޫކަރަ
06 April 2020
ނޫނޭ މިނިސްޓަރު އަމީން ހުންނެވީ ފިސާރި ކެރިގެން ހޭލާ. އެ ހޭލާ ހުރުމުގެ ނަތީޖާއިން މިއަދި މި ރާއްޖެ މި އޮތީ ކޮމިއުނިޓީ ސްޕެރެޑަކަށް ނުގޮސް. މިކަމެއް ހަޖަމު ނުވަނީ ނަޝީދަށް. އޭނާ ބުނީ މިއީ އާދައިގެ ރޯގާއެކޭ އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތޭ. ކެމްޕޭނު ކުރިއަށް ގެންގޮސް ދެފޫޓު ދެފޫޓު ދުރުމިން ބަހައްޓައިގެންވެސް ވޯޓުލާންވާނެއޭ. އެކަމަކު ބަލާބަލަ އެހެން ގައުމުތައް މިއަދު އުޅޭ ހާލު.. ނަސީބެއްނު އަމީނު ހޭލާ ހުރިކަން
ނަންއިތުރު
06 April 2020
އަމީނަކީ ބަހާ އެއްވަރަށް އޭނާގެ އަމަލުތައްވެސް ރީތި މީހެއް