މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
06 އެޕްރީލް 2020 - 14:52
ރާއްޖޭގެ ފަސް ސަރަހައްދަކުން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އަށް ޓެސްޓުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 5،000 ކިޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ކޮވިޑް-19 ފެތުރިއްޖެ ހާލަތެއްގައި އެންމެ ބޮޑަށް ބޭނުންވާނީ ޓެސްޓު ކުރަން ކަމަށެވެ. އެހެންވެ، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ، ރަށްރަށުގައި އެ ބައްޔަށް ޓެސްޓު ކުރެވޭނެ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮވިޑުން ސަލާމަތްވުމަށް އަދި ފަރުވާގެ ކަންކަން މި ކުރަނީ ވަރަށް ދުރާލައި ރާވައިގެން ވަރަށް ބޮޑަށް ގައުމުގެ ހާލަތު އިތުރު ވެގެންދާނެ މިންވަރަށް ބަލައިގެން. އަތޮޅު ތެރޭގައި ވެސް އެފަދަ ހާލަތުގައި، އައިސޮލޭޓް ކުރެވޭނެ ގޮތްތަކާއި މީހުން ކަރަންޓީން ކުރެވޭނެ ގޮތްތަކާއި އަދި މީހުންނަށް ފަރުވާދެވޭނެ ގޮތްތައް ހުންނާނެ. މުޅި ރާއްޖޭގައި އެ ފަރުވާ ހިނގާނީ ގުޅިފައިވާ ނިޒާމެއްގެ ތެރެއިން،" އަމީން
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓުކުރަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އެކަންޏެވެ. އެ ހޮސްޕިޓަލުން 24 ގަޑިއިރުގެ ތެރޭގައި 200 ޓެސްޓު ހެދުމުގެ ގާބިލްކަން ވަނީ ލިބިފަ އެވެ.
އަމީން ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ފަރުވާގެ އިންތިޒާމްތައް ހަމަޖައްސަނީ މުޅި ރާއްޖެ އަށް ބަހާލައިގެންނެވެ. އޭގެ އެންމެ ބޮޑު ބުރައެއް ނަގަން ޖެހޭނީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރޭގެ ފަސް ސަރަހައްދެއްގައި އައިސީޔޫ އާއި ކްރިޓިކަލް ކެއާގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވީ، ހަމަޖައްސާފައިވާ ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.
"އުތުރުގެ ސަރަހައްދާއި މެދު ރާއްޖެ އާއި ދެކުނުގެ ސަރަހައްދުގައި [ކޮވިޑް-19 އަށް] ޓެސްޓުކުރުމުގެ ގާބިލްކަން އަޅުގަނޑުމެން އިރާދަކުރެވިއްޔާ ގެންނާނަން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަ ސަރަހައްދުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގައި މިހާރު ވެސް ޖީން އެކްސްޕާޓް މެޝިން ހުންނާނެ އެވެ. ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ، އެ ޖީން އެކްސްޕާޓް މެޝިން އުފައްދާ ކުންފުންޏަށް، ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން ލިބޭ ކާޓްރިޖް އުފައްދަން ވަގުތީ ގޮތުން ހުއްދަ ދީފަ އެވެ.
"އުތުރުގެ ސަރަހައްދާއި މެދު ރާއްޖެ އާއި ދެކުނުގެ ސަރަހައްދުގައި [ކޮވިޑް-19 އަށް] ޓެސްޓުކުރުމުގެ ގާބިލްކަން އަޅުގަނޑުމެން އިރާދަކުރެވިއްޔާ ގެންނާނަން،" އަމީން
ރާއްޖޭގައި ޓީބީއަށް ޓެސްޓް ކުރަނީ ޖީންއެކްސްޕާޓް މެޝިނުންނެވެ.
އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެހީގައި، އެ މެޝިންތައް ބޭނުންކޮށްގެން ޓެސްޓުތައް އިތުރުކުރާނެ ކަމަށެވެ.
"ކޮވިޑުން ސަލާމަތްވުމަށް އަދި ފަރުވާގެ ކަންކަން މި ކުރަނީ ވަރަށް ދުރާލައި ރާވައިގެން ވަރަށް ބޮޑަށް ގައުމުގެ ހާލަތު އިތުރު ވެގެންދާނެ މިންވަރަށް ބަލައިގެން. އަތޮޅު ތެރޭގައި ވެސް އެފަދަ ހާލަތުގައި އައިސޮލޭޓް ކުރެވޭނެ ގޮތްތަކާއި މީހުން ކަރަންޓީން ކުރެވޭނެ ގޮތްތަކާއި އަދި މީހުންނަށް ފަރުވާދެވޭނެ ގޮތްތައް ހުންނާނެ. މުޅި ރާއްޖޭގައި އެ ފަރުވާ ހިނގާނީ ގުޅިފައިވާ ނިޒާމެއްގެ ތެރެއިން،" އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
07 April 2020
ކޮވިޑަ19 ޓެސްޓު ކޮއްބަލަ ރައްޖޭގަ ގައިމްވެފަ ތިބި އިންޑިޔަ ސިފައިން. އިންޑިޔާއަކީ ހަލުވިކަމާއެކީ ކޮވިޑު19 ފެތުރޭ ޤައުމެ. އިންޑިޔާ ސިފައިން އެއަންނަނީ އެއްދޮރުން އަނެއްދޮރުން ނިކުމެގެން ދިވެހިންނައް ވުރެ އިންޑިޔާގެ ބަރުގަދަ މީ ދެރަ މަސްސަލޭ.
ބޯގޯސްއަދުރޭ
06 April 2020
ޑަބްލިއު.އެޗް.އޯ އިން ހަމަ އަސްލުގަވެސް ހުއްދަ ދެއްވިތޯ ؟ މިކަން ވަރަށް ރަނގަޅަށް ސާފުކޮށްލަންބޭނުން "އާސިމާ ނިޒާރު" ގެ އަރިހުން.
ގިޔާސް
06 April 2020
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަަށް ބަލާލީމަވެސް މި ފެންނަނީ ޓެސްޓު ކުރުމުގެ ދަތިކަން ތަހައްމަލްކުރަމުންދާތަން. އެކަމަކު މިކަމުގައިވެސް ރާއްޖެ މިދަނީ އަވަސް ފިޔަވަޅުއަޅާ މިފަދަ ގައުމުތަކަށްވެސް ނަމޫނާ ދައްކަމުން. މިނިސްޓަރު އަމީންއާއި ޓީމުގެ މަސައްކަތް ފުރިހަމަ. ޝުކުރިއްޔާ!
އަހުމަދު321
06 April 2020
އަ މީން ތިޔަޓެސްޓް ހެދޭނެ އިންތިޒާ މް ހަ މަޖައްސަންވާނީ ރަށުން ބޭރު މީހުންނަށްވެސް ޓެސްޓް ހެދު މުގެ ދޮރު ހުޅިވިފައިވާ ރައްރަށުގައި؟ އައިލެންޑް ސަފާރީ އައްޑުއަތޮޅުގައި އޮވެ ބަލި މީހުން ސާންޕަލް ނަގަން އައްޑޫ އިން އިންކާރު ކުރު މުގެ ސަބަބުން ފުވައް މުލަކަށް ކައިރިކޮށްގެން ސާ މްޕަލް ނަގަން ޖެހުނު ވާހަކަ އަޑުއެހިން
ޢަނފބން
06 April 2020
ވަރަށް ރަނގަޅު ނިންމުންތަކެއް. ސާބަސް ހެލްތުން ތިޔަ ނަންގަވާ ޑިސިޝަންތަކަށް. ޑީސެންޓްރަލައިޒޭޝަން އެކްޓުގައި ހުރި ކަންކަން ރަނގަޅަށް އިމްޕްލިމެންޓް ކުރަންވީ ވަގުތު އައިސް މިޖެހުނީ. އެގޮތަށް ނަހަދާ ނެތް މިކަހަލަ ކަންކަމުން އެންމެންނަށް އަރައިގަނެވޭކަށް. އަތޮޅުތަކަށް ބޭނުންވޭ މިހާރަށްވުރެ ރަނގަޅު މެޑިކަލް ޕްރޮފެޝަނަލްސް. އެކަހަލަ ޖޮބްސްތައް ކްރިއޭޓްކުރަންވީ ވަގުތު މިއީ. އަދި މިހާރު ތިބި ބަޔަކު ޓްރެއިންވެސް ކުރަންޖެހޭނެ.
ރާއްޖެތެރޭމީހާ
06 April 2020
ގްރޭޓާ މާލޭގައި އުޅުއްވާ ބޭފުޅުންނަށް ގިނަ ފަހަރު ރާއްޖެތެރޭ މީހުންނަކީ ތިބޭ ބައެއްކަންވެސް ނޭނގޭ. އެކަމަކު ސިއްހީ ކޮންމެ ކަމެއްގައިވެސް މިނިސްޓަރު އަމީން ރާއްޖެތެރޭ މީހުންނާމެދު ތި ބަހައްޓަވާ ގާތްކަން އަޅުގަނޑުމެންނަށް ވަރަށް ގާތުން އިހުސާސުކުރެވޭ. އެދެނީ ތި މަަސައްކަތުގައި ﷲ ބަރަކާތްލައްވައި މާލެ މީހުންނެކޭ އެއްގޮތަށް ރާއްޖެތެރޭ މީހުންވެސް މި ވަބާއިން ސަލާމަތްކުރެއްވުން.
ހާކިމް
06 April 2020
ކުރިން ބުނި ނުވާނެޔޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ، ކުރިއެރުމުން ބުނާނެއޭ، މަގެ މޭންއެކޭ އަތުނުވާނެޔޭ! ސަބަހޭ މިނިސްޓަރު އަމީން!
ިއިހްސާން
06 April 2020
މިކަމެއް ފެށުނުއިރު މަޖިލީސް ރައީސް ބޭނުންވި މިއީ އާދައިގެ ރޯގާއަކަށް ހަދަން. ނަމަވެސް އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އެއްވެސް މީހަކަށް އެންމެ އިންޗިއެއްވެސް ދޫނުކޮށް ކެނޑިނޭޅި ތިޔަ ކުރަމުންދާ މަސައްކަތަށް ހެލްތު މިނިސްޓަރަށް ޝުކުރު. އަދި މިއަދުވެސް ރާއްޖެ މިކަމުގައި ކުރިހޯދާފިކަމަށް ބުނެ ބޭރު ގައުމުތަކުން ކިޔާ ސަނާއެއް ބެލުމެއްނެތި ފުރަތަމަ ދުވަހެކޭ އެއްގޮތަށް މަސައްކަތުގައި ދެމިހުރެ ތިޔަ ދައްކަމުންދާ ނަމުނާއަށް ސާބަސްދެން.
ރަފާހާ
06 April 2020
ހީވާގި ހިންގުންތެރި މިނިސްޓަރު އަމީންއާއި އޭނާގެ ޓީމުގެ މަސައްކަތުގެ ﷲ ބަރަކާތްލައްވާށި
ކައްކާ
06 April 2020
މިކަންދިމާވިއިރު އެންމެ ފަރުދަކު އަމިއްލައަށް އިޝްތިހާރުވުމުގެ ބޭނުމުގައި ދައުލަތް މެދުވެރިވެގެން ޗައިނާއަށް އިންތިހާއަށް ފުރައްސާރަކުރަމުން ދިއުމުގެ ސަބަބުން ދިވެހިން މިތިބީ ކޮޅުބެދި އިއާދަނުކުރެވޭ ގެއްލުމެއްގެތެރޭ. ޗައިނާއިން ގައުމުތަކަށް ބޮޑެތި ލޯނުތަކާއި އެތައްހާސް ވެންޓިލޭޓަރާއި އެތައް މިލިއަން މާސްކާއި ޓެސްޓްކިޓު ހިލޭ ދެމުންދާއިރު ދިވެހިންނަށް މިއޮތީ އިންޑިއާއިންދޭ ފިޔާކޮޅަކުން ފުއްދާލައިގެން ތިބެން މަޖުބޫރުވެފަ.
ބޯގޯސްއަދުރޭ
06 April 2020
މުޅި ދުނިޔެއަށް ބަހާ ވަރަށް އެއްވެސް ޤައުމެއްގަ ވެންޓިލޭޓަރ މެނުފެކްޗަރ ކުރޭތޯ؟ އަޅުގަނޑަށް އެކަހަލަ މެނުފެކްޗަރަރ އެއްގެ ނަން ފޮނުވާލަބަލަ.