ކޮވިޑް-19 އިގެ ތަމްރީންތަކުގައި ނަރުހުންތަކެއް: ބަލިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ލުއިކޮށް ވިސްނައި ފަރުވާކުޑަނުކުރަން ޑރ. މުރާދު އެދިވަޑައިގެންނެވި. --ފޮޓޯ/މިހާރު
12 އެޕްރީލް 2020 - 23:02
ކޮވިޑް-19 އިން ރައްކާތެރިވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދޭން ރާއްޖޭގައި އަޅާފައި ހުރި ފިޔަވަޅުތަކާ މެދު ލުއިކޮށް ވިސްނައި ބަލީގެ ސީރިއަސްކަން ކުޑަކުރަން އަދި ގާތްވެސް ނުވާ ކަމަށް އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު މިރޭ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި މީޑިއާ ބްރީފިންގައި، މުރާދު ވިދާޅުވީ ބައްޔާ މެދު ލުއިކޮށް ވިސްނަން ނުޖެހޭ ސަބަބަކީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކޮށްލަން ޓެސްޓް ހަދާއިރު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ފެންނާތީ ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ، ފިލިޕީންސުން ރާއްޖެ އައިސް ކަރަންޓީނުގައި ހުރި ދިވެއްސަކު ދޫކޮށްލަން ޓެސްޓްކުރިއިރު ނަތީޖާ ޕޮޒިޓިވްވެފައި ވާތީ އެވެ.
އޭގެ މާނައަކީ، މުރާދު ވިދާޅުވި ގޮތުގައި، މުޅި ދުނިޔޭގައި ފެތުރެމުންދާ މި ބަލިމަޑުކަމާ ދެކޮޅަށް އަދިވެސް ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރަން ޖެހިފައިވާ ކަމެވެ. ކަރަންޓީނުގައި ތިބޭ މީހުން ދޫކޮށްލަން ޓެސްޓްކުރާ އިރު ވެސް ނަތީޖާތައް ނެގެޓިވްވަމުންދާތީ، މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގައި އެހާ ބޮޑު ލުޔެއް ގެނެވެން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. މުރާދު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"އަޅުގަނޑު މި އިލްތިމާސްކުރަނީ އަދިވެސް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް މަތީގައި، ޚާއްސަކޮށް ކުރީއްސުރެން އަޅާފައިވާ ފިޔަވަޅުތަކުގެ މަތީގައި ތިބުން،" މުރާދު ވިދާޅުވި އެވެ.
މިހާތަނަށް ދީފައިވާ އިރުޝާދުތަކުގެ ތެރެއިން މުހިއްމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވީ ގިނަގިނައިން އަތްދޮވުމާއި އެކަކު އަނެކަކާ ދޭތެރޭގައި ހުންނަން ޖެހޭ ދުރުމިން ބެހެއްޓުން ފަދަ ކަންކަން ކުރިއަށް ގެންދިއުމެވެ. މި ބަލީގައި އަލިމަގެއް ރާއްޖޭގައި ނުފެންނަނީސް ފަރުވާކުޑަނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
އެންއީއޯސީގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒް ވެސް ވަނީ ޑޮކްޓަރުގެ އިރުޝާދު ތަކުރާރު ކުރައްވައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
އޭނާ ވެސް ވިދާޅުވީ ރާއްޖެ އަށް ބަލީގެ ނުރައްކާ އޮތް މިންވަރު އެއްވެސް މިންވަރަކަށް ކުޑަވެފައި ނުވާ ކަމަށެވެ. ދުނިޔޭގެ އަދަދުތަކުން ފެންނަނީ 1.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ ކަން ކަމަށާއި ލައްކައަކަށް ވުރެން ގިނަ މީހުން މި ބަލީގައި މަރުވެފައިވާ ކަން ވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.
ރާއްޖެ ވަށައިގެން ތޫފާނެއް ގޮތަށް، ވަކި ގައުމެއް ނެތި މި ދަނީ މި ބަލި ފެތުރެމުން. ދުނިޔޭގެ ވަރުގަދަ، ބިޔަ އިގްތިސާދުތަކަށް އެ އުޅެނީ ހިފަހައްޓާ ނުލެވިގެން. މި ބަލިން އަރައިގަނެވިއްޖެ ކަމަށް މިހާރު ނިންމިއްޖިއްޔާ އެއަށް ވުރެން ގޯސްކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. --މަބްރޫކް
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިން ދުރާލައި މި ބަލިން ރައްކާތެރިވާން އަޅާފައި ހުރި ފިޔަވަޅުތައް ބަދަލުނުކުރުމާ އެކު ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް އާދަކާދަ ކުރިއަރުވައި ފަރިތަވުމަކީ އެންމެ މުހިއްމު ފަރުވާ އެވެ.
ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނށް 20 މީހަކު ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
13 April 2020
މޫސަބޭ ކީކޭ މި ބުނަނީ؟
ބާދަގަނޑަށް
13 April 2020
ބަލި ހިފައިގެން ރާއްޖެއަށްމީހުން އަންނަނަަމަ މިކަމަކުން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ ކާންބޯން ކުރާމަސައްކަތް ހުއްޓާލާފަ އަބަދުގޭގަވެސް އެއްވެސްމީހަކަށް ނުތިބެވޭނެފެރީގަ ދަތުރުކުރާފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިސްކަންދޭންޖެހޭ ތިލަފުށީންނާ މާލޭއާއި ދޭތެރެ ދަތުރުކުރާފަރާތް ތަކަކީ ވެސް ބައްޔަށް ހުށައެޅިދާނެ ފަރާތް ތަކެއް.ރާއްޖެ އައުން އަދިވެސް ނުހުއްޓޭ އިރު އަދިވެސް މިހާސްކަމަކަށް ނިމުމެއްނެތް
ޚިޔާލު
13 April 2020
އަދި ކައިރިވެސް ނުވޭ ފިޔަވަޅުތައް އުވާލަން. ދެން ކުރަންވީ ކަމަކީ ތިންމަސްދުވަހަށް ސްކޫލްތައް ބަންދުކޮށްފައި، މައިންބަފައިންނާއި ދަރިންނަށް ރޯދައަށް ރަށަށްދެވޭގޮތް ހެދުން. ދެން މާލެއިން ފައިބައިގެން ރަށުގައި ވަޒަންވެރިވާން ބޭނުން މީހުންނަށް ސަރުކާރުގެ ފަރާތުން އެކަމަށް ބޭނުންވާ ފައިސާގެ އެހީ ދިނުން. އަދި ރިސޯޓުގެ ވަޒީފާ ގެއްލުނު މީހުން ރަށުގައި މަސައްކަތެއް ކުރަން ފަށަން ސަރުކާރުން އެހީވުން.
ޢަހުނަފް
13 April 2020
ޜަގަޅު....އެބުނާ ދަޑުވެރިކަން ހައިޑޮރޮފޯނިކްސް ެެެެެ އައް ބަދަލު ކުރަންވީ...ސިފައިން އަދި ޕޮލިހުން ވެސް ގައުމީ ކަމެއްގޮތުގާ ފައްޓަންވީ....
ފުރޭތަ
13 April 2020
ޙެހެ ބަލަރަށުގައި ކޮންމަސެއްކަތެއް ކުރާނީ
ޢެހެންތަ ހީވަނީ
13 April 2020
ރާއްޖެއިން ބޭރުގަ އުޅޭ ބަޔަކު ބަލިން ހިމާޔަތް ހޯދާތަނަކަށް އަމިއްލަ ފަސްގަޑު ހެދިއަސް އެފަދަމީހުންނަކީ ގައުމުގެ ޕާސްޕޯޓް އާއި އައިޑީކާޑް ނަމެއްގަ ގެއްގުޅޭ ބައެއް އެބައެއް ގެ ހިދްމަތްވެސް ލިބެނީ ގައުމުން ބޭރަށް ބޭރުންއަރާތިބޭ ބަގްލަދޭސް މީހުނަށް ދިރިއުޅޭނެ ތަނެއް ދެއްކޭއިރު އަޅާއިދީފަ ހުރި ހިޔާފުލެޓް ތައް ދެއްކޭނެފަދަ ކުއްޔަކަށް ލިބުނު ފަރާތްތަކަށް ހަވާލުކުރަންވީ މާލެއަކުން ފައިބައިފެން ދާކަށް ނުޖެހޭ .އަދައަދާ އޮތް ދަރުގަޑު ބޭރުކޮއް އުދުނަށްދެފައި