14 އެޕްރީލް 2020 - 18:47
އައްޑޫގައި ފުރަތަމަ ފަހަރަށް ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.
އޭއީއެޗްގައި މިއަދު ކުރި އެ ދެ އޮޕަރޭޝަން ކުރިއަށް ގެންދެވީ މާލޭން އިއްޔެ އައްޑު އަށް ވަޑައިގެންނެވި ޑޮކްޓަރުންގެ ޓީމަކާ އެކީގަ އެވެ. އެ ޓީމްގައި އިސްކޮށް ހުންނެވީ ކަށީގެ މަޝްހޫރު ޑރ. ޔޫސުފް ޝާނެވެ.
އޭއީއެޗުން ބުނީ، މައިބަދައިގެ ދެ އޮޕަރޭޝަން ކުރީ އުމުރުން 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ. އެ ދެ އޮޕަރޭޝަން ވެސް ވަރަށް ކާމިޔާބުކަން ފާހަގަކޮށް ޑޮކްޓަރުންގެ ޓީމަށް ހޮސްޕިޓަލުން މަރުހަބާ ކިޔެވެ.
Successfully completed two Spinal surgeries today for the first time at AEH. A 64 year-old female and 68 year-old male underwent surgery at the hands of our professional surgeons. Congratulations to the team involved.A big thanks for the help @igmhmv @MoHmv @ameenex pic.twitter.com/apUsKaDkU3
— Addu Equatorial Hospital (@aeh_mv) April 14, 2020
އައްޑޫ ހޮސްޕިޓަލްގެ ޓުވީޓް
ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމްކޮށްފައިވާ އައްޑޫގެ އާ ހޮސްޕިޓަލުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ ފަހަރު އޮޕަރޭޝަންކުރީ އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ އުމުރުން 82 އަހަރުގެ އަންހެނެއްގެ ކަށިގަނޑު ތެދުކުރުމަށެވެ.
އެ ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ދާދި ފަހުން ކިޔަވައި ވިދާޅުވެގެން ވަޑައިގެން ޑރ. މުހައްމަދު މުންޝިދެވެ. އެއީ ފުވައްމުލަކަށް އުފަން އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތް ކުރުމަށް ހަތް އަހަރާއި ބައިގެ ބޮންޑެއްގައި ހުންނެވި ޑޮކްޓަރެކެވެ. މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި، އޭއީއެޗަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. ކުރިން އައްޑޫގައި އެންމެ ފުޅާކޮށް ހިދުމަތް ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި އޮޕަރޭޝަން ކުރަން ހުރީ އެންމެ ތިއޭޓަރެއް ނަމަވެސް، އާ ހޮސްޕިޓަލްގައި ހިދުމަތް ފެށީ ފަސް ތިއޭޓަރާ އެކީގަ އެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާއިމްކޮށްދިން ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީގް
15 April 2020
މީގަ އުފަލެއް ނެތް. މާލެއިން ޑޮކްޓަރުންގޮސް އައްޑޫ ހުރި އިމާރާތެއްގަ ކުރާ އޮޕަރޭޝަން ރާއްޖޭގަ ކޮންމެ ރަށަކަށްގޮސްވެސް ކުރެވިދާނެ. ކަމެއް ދިމާވާއިރު ތި ޑޮކްޓަރަށް ދައްކަން އަންނަން ޖެހޭނީ ކުރިއެކޭވެސް އެއްގޮތަށް މާލެއަށް..
ހޯރަބޭ
15 April 2020
ހޮސްފިޓަލެއް ހުންޓަސް ފަންނީ މީހުން ނެތީންޔާ ނުވާނެ. މާލޭން ޑޮކުޓަރުންނާއި ނަރުހުން ގޮސް އޮފަރޭސަން ކުރީމަ މި ޖެހުނީ ކޮންތާކު?. އިންމަޖެންސީއެއްގެ އޮފަރޭސަން ކުރަށް ޖެހިންޖެއްޔާ ޑޮކުޓަރ ސާން އާއި އޭނަގެ ޓީމް އަށްނަށްދެން މަޑްކުރާނީތަ?
އޮނަރަބްލް އަފީފު ދީދީ
15 April 2020
އަހަރުގެ ބާކީ ހުރި ދުވަސްތަކާއި އަންނާންއޮތް އަހަރަކީވެސް އިޤްތިސޯދީ ނިކަމެތި ދުވަސްތަކަކަށްވާނެތީ މާލޭގައި ކުލިދައްކައިގެން ނުތިބެވޭނެތީ އައްޑުއާއި ދެކުނުގެ އެތައްބަޔަކަށް ވަޒަނަށްދާން މަޖުބޫރުވާނެ. # ކޮވިޑް 19 ސިޓްމިއުލަސް ޕެކޭޖްގެ ތެރެއިން މާލެދޫކޮށް ރަށެއްގެ ސްކޫލަށް ބަދަލުވާ ކޮންމެ ކުއްޖަކަށް 50000ރ ގެ މަގުން ގިނަވެގެން 500000ރ ލިބޭ އިންޓްރެސްޓް ފުރީ 5 އަހަރުން އަބުރާ ދައްކާންޖެހޭ ލޯނުދީ އެހީތެރިކަން ފޯރުކޮށް އެމީހުން ވަޒަނަށް ރުޖޫޢަކޮށްދޭންޖެހޭ.
ހަސަން މީދޫ
14 April 2020
މި އިމާރާތަކީ އެމް.ޑީ.ޕީ ވެރިކަމުގަ އެޅިތަނެއް. ދެން މި ބޮޑު އޮޕަރޭޝަނަކީ މި ސަރުކާރުގަ ކުރިކަމެއް. ވީއިރު ޔާމިނަށް ކޮން ކުރެޑިޓެއްތޯ.
ބޮވިފަދޯހުންނަނީ
15 April 2020
އިތުރު ކާކަށްތަ ދޭންޖެހެނީ.....ޕުލޭންތައް ކޮށް ހުރިހައި މަސައްކަތެއް ނިންމާފަހުރީ ކުރީސަރުކާރުން. އާނ ރަނގަޅު މިސަރުކާރުން އައިގޮތަށް އެތަން ފުނޑާނުލިކަން.
އޮނަރަބްލް އަފީފު ދީދީ
14 April 2020
އައްޑުއަށް އަދިވެސް ޙަޤީގީ ދިރުމެއްނާދޭ. ހޮސްޕިޓަލަކާއި ރަނގަޅަށް ކިޔެވޭނެ ސުކޫލް ތަކެއް އައްޑޫގައި މިވަގުތު ހަމަވެއްޖެ. # އެހެން ނަމަވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނެތުމާއި ސަރުކާރުގެ ވަޒީފާތައްނެތުމާއި އަދި ގޭންއެއަރޕޯޓްވެސް ފަޅުތަނެއްގެ ގޮތުގައި ބާއްވަން ސަރުކާރުން ދޫކޮށްފައިވާތީ "މާލޭ ސަރުކާރުގެ ސިޔާސަތަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާތީ" އައްޑޫ މީހުން ކިތަންމެ ބޭނުންވިޔަސް އަބުރާ ވަޒަނަށް ދިއުމަށް އަދިވެސް އެމީހުން ޖެހިލުންވޭ.
ސަލްމާ
14 April 2020
މިއަދުގެ ސަރުކާރަށް ޝުކުރިއްޔާ. ޔާމީނު ސަރުކާރުނަމަ އެމް.ޑީ.ޕީ ގެ ސަރުކާރަކުން ފައްޓާފަހުރި މިކަހަލަ ކަންތައް ކުރިއަރުވާކަށް ނޫޅުނީސް. މިސަރުކާރުގެ ތަސައްރަފުފުދޭކަމުގެ ހެއްކެއްމިއަކީ ކިރެޑިޓްލިބެނީ ކާކަށްތޯނުބަލާ ކަންކުރުން. ކުރީގެ ސަރުކާރުނަމަ މިއަދުވެސް އަދުރޭ އަރާ ކިޔާނެ ޔާމީނަކީ އެންމެމޮޅު ކަށީގެ ޑޮކްޓަރޭ.
ތެދުވެރިޔާ
14 April 2020
ސާބަހޭ ރޔާމިން
އެމެރިކާ
14 April 2020
މީ އެއްކަލަ ދުރުވިސްނުމުގެ ރައިސް ޔާމިންގެ ތަސައްވަރު.
ސައިކުރާ ނައީމް
14 April 2020
އުފާވެރިކަންހުރި. ރައީސް ޔާމިން ފެށި މަސައްކަތް ފުރިހަމައަށް ނިންމާ ކޮޅެއްގައި ޖައްސާލަދިނީތީ ހިވާގި ހިންގުންތެރި ހެލްތު މިނިސްޓަރު އަމީނަށް ޝުކުރު. އެމްޑީޕީ މީހަކު މިއަދު ހެލްތާ ހަވާލުވެގެން ހުރި ނަމަ ނޭނގެ ބަރަވެލި ސްޕީޑުގައި ގޮސް ދައުރު ނިމޭއިރުވެސް އައްޑޫ މީޙުންނަށް މިކަމުގެ އެއްވެސް ރާހަތެއް ކުރާނެކަން..
ބޮޑުމީހާ
14 April 2020
އެންމެން މާލެ ދޫކޮށް އައްޑުއަށް ބަދަލުވާންވީ، ކުލި ބޮޑޭ ކިޔަން ތިއްބަކަސް ނުވާނެ، އަމަލުން ދެއްކީމަވާނީ