ޚަބަރު / އައިޖީއެމްއެޗު

ކޮވިޑް-19: އިތުރު ނުވަ މީހަކު ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ޓެކްނީޝަނަކު ސާމްޕަލްތައް ޓެސްޓްކުރަނީ.

23 އެޕްރީލް 13:59

މި ނުވަ މީހުންނާ އެކު، ރާއްޖޭގެ ޖުމްލަ އަކީ 94. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޕްރޮބެބްލް ދެ ކޭސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނޭ.

23 އެޕްރީލް 13:49

އެޗްޕީއޭގެ ޓުވީޓް

23 އެޕްރީލް 13:43

މާލެ އިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހެއް. އިތުރު ނުވަ މީހެއް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މި ހާމަކުރީ ޕޮޒިޓިވް މީހެއްގެ ނަތީޖާ އިއުލާން ނުކުރާތާ 14 ގަޑިއިރު ފަހުން.

މާލޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ހުންނަތާ ހަތަރުވަރަކަށް ދުވަސް ފަހުން، އިއްޔެ ކުއްލިއަކަށް އެންމެ ދެ ކޭސްއަށް ތިރިވެ، އަދި އެއްވެސް ނަތީޖާއެއް ހާމަނުކުރާތާ 24 ގަޑިއިރު ވެއްޖެ އެވެ. އަނެއް މިވަނީ ކިހިނެއް ހެއްޔެވެ؟

އޭގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އައީ މާލެ އާއި ރަށްރަށުން ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލްތައް ނަގައި އައިޖީއެމްއެޗުގެ ލެބޯޓްރީގައި ޓެސްޓްކޮށް ނަތީޖާ ލިބޭ މިންވަރަކުން އާއްމުކުރަމުންނެވެ. ދުވާލަކު ދެތިން ފަހަރު ވެސް ނަތީޖާ އާއްމުކުރި އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު މަތިވެ، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބައެއްގެ ސާމްޕަލް ނަގާފައި ވިޔަސް އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާމަކުރީ އަންގާރަދުވަހުގެ ރޭ ދަންވަރެވެ. އެޗްޕީއޭ އިން ދަންވަރު 2:24 ގައި އާއްމުކުރި އެ ނަތީޖާގައި ވަނީ ދެ މީހަކު ޕޮޒިޓިވް ވި ކަމަށެވެ. އެއީ، ކޭސް 85 އާއި ކޭސް 86 އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކޮށްފައި ވަނީ މި ކޭސްގެ މައުލޫމާތު.

އެ ދެ ކޭސް ޕޮޒިޓިވް ވުމުން، އެ ވަގުތާ ހަމައަށް މާލެ އިން ބަލި ޖެހުނު މީހުންގެ އަދަދަކީ، އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި، ޖުމްލަ 66 އެވެ. މިއާ މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 85 އެވެ. އޭގެ ތެރޭގައި ހިމެނެނީ 45 ބިދޭސީންނާއި 40 ދިވެހިންނެވެ.

މިހާރު ވެސް އައިޖީއެމްއެޗުގެ ލެބޯޓްރީގައި 383 ސާމްޕަލް ޓެސްޓްކުރަން އެބަ ހުރި ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

މުޅި ދުނިޔެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތު:

- ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު: 85 (މިއީ، 45 ބިދޭސީންނާއި 40 ދިވެހިން)

- ބަލި ޖެހިފައި މިވަގުތު ތިބި އަަދަދު: 68 (ބޭރުގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުން)

- ނަތީޖާ ސާބިތުނުކުރެވޭ އަދަދު: 2

- ބަލިން ރަނގަޅުވި އަދަދު: 2

- ކަރަންޓީނުގައި ތިބި އަދަދު: 184

- ޓެސްޓް ކުރި މީހުންގެ ޖުމްލަ އަދަދު: 4696

މިހާރު މިވެގެން އުޅޭ ގޮތެއް ނޭނގެ އެވެ. ޓެސްޓްތައް ނުހެދެނީ ކަމެއް، ނުވަތަ ޕޮޒިޓިވް ކޭސްއެއް ނުފެންނަނީ ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

ކޮވިޑަށް ޓެސްޓަށް ސާމްޕަލް ނަގާ ކިޓެއް.

އެޗްޕީއޭގެ ޓުވިޓާގައި ނަތީޖާ އާއްމުކުރުމުގެ އިތުރުން ސަރުކާރުން ކޮންމެ ދުވަހަކު ބާއްވާ ނިއުސް ބްރީފިންތަކުގައި ވެސް ބަލި ޖެހޭ މީހުންގެ އަަދަދާއި އެ މީހުންގެ ހާލަތު އަދި ޓެސްޓްތަކާ ގުޅޭ މައުލޫމާތު ދެ އެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒް، ޑޮކްޓަރުންގެ ޓީމަކާ އެކު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ، އިއްޔެ މެންދުރު ފަހު އެވެ. ގަވާއިދުން ބާއްވާ އެ ޕްރެސް ކޮންފަރެންސް ރެ އަށް ވެސް ޝެޑިއުލްކުރި އެވެ.

އެކަމަކު އެ ޕްރެސް ކެންސަލްކުރީ، ބެލެވޭ ގޮތުގައި، ރޯދަ އަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮތުމުންނެވެ.

މިހާރު އޮތް ސުވާލަކީ އާ އެއްވެސް ކޭސްއެއް ނެތި މިހާ ގިނަ އިރުވުމަކީ އުފާވެރި ހަބަރެއް ހެއްޔެވެ؟ މި ސުވާލަށް އަދި ޖަވާބެއް ނުލިބެ އެވެ. ކަމާ ބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. އަލީ ލަތީފް (މ) އަދި މަބްރޫކް (ކ) އާއި ނަޒްލާ މުސްތަފާ (ވ) އާ އެކު މަބްރޫކް ނޫސްވެރިންގެ ބައްދަލުވުމެއްގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ބައްޔަށް ރާއްޖޭގައި ޓެސްޓްކުރާ ގޮތާއި މެޝިންތަކުގެ އަދަދާއި ޓެސްޓްތަކުގެ ނަތީޖާ އަވަސްކުރަން ގެންގުޅޭ ވިސްނުން ވެސް ހިއްސާކުރައްވައިފަ އެވެ. ޓެސްޓް ކިޓްތައް ހުސްނުވާ ކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވެފައި ވަނީ މިއަދު އިތުރު 5،000 ޓެސްޓް ކިޓް ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

އެއާ އެކު ސާމަޕްލް ނެގުމުގައި އަމަލުކުރާ އުސޫލަށް އެންމެ ފަހުން ގެނައި ބަދަލު ވެސް ކިޔައިދެއްވި އެވެ.

ބަލި ފެތުރެން ފެށުމާ އެކު އަމަލުކުރަމުން އައީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ އެއީ ލޯ ރިސްކް ކޮންޓެކްޓަކަށް ވިޔަސް ސާމްޕަލް ނަގާ ގޮތަށެވެ. އެކަމަކު ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް މައްޗަށް ދިއުމާ އެކު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މިހާރު ނިންމީ ހައި ރިސްކް ކޮންޓެކްޓްސްގެ ތެރެއިން ވެސް އިސްކަންދޭނީ ސިމްޕްޓަމެޓިކް (އަލާމާތްތައް ފެންނަ) މީހުންގެ ސާމްޕަލްތައް ނަގާ ގޮތަށް ކަމަށެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު ރާއްޖެ އިން ފެނުމުން ކޮންޓެކްޓް ޓްރޭސިން ހަދައި ފުރަތަމަ ގިނަވެގެން ޓެސްޓްކުރަން ޖެހުނީ ދުވާލަކު 40 ސާމްޕަލެވެ. އެ އަދަދު މަޑުމަޑުން އިތުރުވީ 80-100 އަށެވެ. މާލެ އަށް ފެތުރިއްޖެ ކަން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެނގި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު މިހާރު ދުވާލަކަށް ގާތްގަނޑަކަށް 140 ވުރެން ގިނަ ސާމްޕަލް ޓެސްޓް ކުރަން ޖެހިފައި ވެސް އެބަ ހުއްޓެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިދާނެ މިންވަރުގެ މައްޗަށް ކަމާބެހޭ އިދާރާތަކުން ލަފާކޮށް ހަދާފައިވާ ޕްރޮޖެކްޝަންސްގެ ގްރާފެއް: މި މައުލޫމާތުގައިވާ ގޮތުން އެކަށީގެންވާ ފިޔަވަޅު ނާޅައިފި ނަމަ ލައްކައަކަށް ވުރެން ގިނަ މީހުންނަށް ބަލި ޖެހިދާނެ.

ކޮވިޑް-19 އަށް ޚާއްސަ ޕީސީއާރު ޓެސްޓް ރާއްޖޭގައި ހެދެނީ ހަމައެކަނި އައިޖީއެމްއެޗުގެ ލެބޯރަޓީންނެވެ. އަދި އައިޖީއެމްއެޗުގެ ލެބޯޓްރީގައި ވެސް ކޮންމެ ޓެކްނީޝަނަކަށް އެ ޓެސްޓެއް ނުހެދެ އެވެ. އެ ޓެސްޓްތައް ހަދަން ވަކި ބަޔަކަށް ވަނީ ޚާއްސަ ތަމްރީންތަކެއް ދީފަ އެވެ.

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ސާމްޕަލްތަކެއް ޓެސްޓްކުރަނީ.

ފުރަތަމަ ހަދަނީ ޕޭން ކޮރޯނާ އަށް ސްކްރީން ޓެސްޓެކެވެ. އޭގެ ސަބަބަކީ، އަލަށް ފެތިރެން މި އުޅޭ ކޮރޯނާވައިރަސްގެ އިތުރުން އެހެން ކޮރޯނާވައިރަސްތަކެއް ވެސް ކުރިން ފެތުރިފައިވާތީ އެވެ. މިހާރުގެ ކޮރޯނާވައިރަސް އިން ޖެހޭ ބަލި ކަމަށްވާ، ކޮވިޑަށް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުމަށް ޕީސީއާރު ޓެސްޓްކުރަނީ، ޕޭން ކޮރޯނާއަށް ހަދާ ސްކްރީން ޕޮޒިޓިވް ވުމުން، އޭގެ ފަހުންނެވެ.

އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް ހަދާ ޓެސްޓްގެ ނަތީޖާ ލިބެން ހަ ގަޑިއިރާއި ހަތް ގަޑި އިރާ ދެެމެދުގެ ވަގުތެއް ހޭދަވެ އެވެ. އަދި ކޮންފޮމޭޓަރީ ޓެސްޓްގެ ނަތީޖާ ގާތްގަނޑަކަށް ތިން ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ކުރިން އޮތީ ބުނެފަ އެވެ. މިހާރު ނަތީޖާ ލަސްވަނީ ޓެސްޓްކުރަން ޖެހޭ ސާމްޕަލްތަކުގެ އަދަދު ގިނަ ކަމުން ކަމަށާއި އެކަން ހައްލުކުރަން އިތުރު މެޝިނެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

59 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 37%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއުނިމާ

23 April 2020

ބޫޓާންގެ ޕޮޕިއުލޭޝަން 0.7 މިލިޔަން، 7 ކޮވިޑްކޭސަސް! ނޭޕާލްގެ ޕޮޕިޔުލޭޝަން 28 މިލިޔަން، 47 ކޮވިޑްކޭސަސް! ސްރީލަންކާ 21 މިލިޔަން، 330 ކޮވިޑް! މިގައުމުތައް އޮތީ ޖަޒީރާ ރައްތަކަކަށް ނޫން! ރައްޖޭގެ އާބާދީ 0.5 މިލިޔަން، 94 ކޮވިޑް ކޭސަސް، އޮންނަނީ ޖަޒީރާ ރައްތަކަކަށް! ރަނގަޅު ގަނޑީގައި ބޯޑަރ ބަނދުކުރެވި ލޮކްޑައުން ކުރިނަމަ ކޮމިއުނިޓީ ސްޕްރެޑަކަށް ނުދިޔައީސްކަން ކަރަވަރު!

The name is already taken The name is available. Register?

ޡޖދކ

24 April 2020

ޜާއޖޭ ގައި މީހުން ހޯދައި ގެން ވެސް ޓެސްޓް ކުރަނީ. ނެޕާލް ތަންތާގްއި ބަލިވެގެން އައސް ޓްސްޓް ނޔކުރަނީ.. އހެންވީމަ ތަފާތު ތި ފެއްނަނީ. ޞޭރުގަ ކިޔަވަން ތިއްބަރި ގެނައި ޑކްޓަރުން ކައިރީ އހާގެނަ ރިޕޯޓް ލިޔެ ރައްޔިތުން އަސް މިވާ އެއްޗެއް އޮޅުން ފިލުވާ ދުމުން ރަގަޅު

The name is already taken The name is available. Register?

ޑަކުލަރީ

23 April 2020

ސިއްރިއްޔާތުގައި އެއްތަނުން އަނެއް ތަނަށްދާ މީހުން އެބަ އުޅޭ. މިބަލި ދަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން. ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ޖެހިލުންވޭ ރިޕޯޓުކުރަންވެސް. ފުލުހުންގެ ލޯތަކަށް ފިލައިގެން އެއްތަނުން އަނެއް ތަނަށް ގޮސްއުޅޭ މީހުން ހުއްޓުވަން ގިނަ ފުލުހުން ނެރެންޖެހޭ. އަދި އެފަދަ ޕެޓްރޯލް އޮފިސަރުންނަށް ފުދޭވަރަށް ޕްރޮޓެކްޓިވް ސާމާނުތައް ގެނައުމަށް ސަރުކާރުން ހަލުވި މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ.

The name is already taken The name is available. Register?

އިންސާފް

23 April 2020

މަގުތަކަށް މީހުން ނިކުތުން ހަމަ ޒީރޯ ކުރަންވީ. ދެން ރަނގަޅު ޑެލިވަރީ އެއް ހަދަންވީ ރައްކާތެރިކަމާޢި އެކު.

The name is already taken The name is available. Register?

ޢަލީ

23 April 2020

މިހާރު މަގުތަކުގައި ބޭނުން ވަރަކަށް މީހުން އެބަ ނިކުމެ އުޅޭ. މީހުން ބޭރަށް ނުކުންނަން ހުއްދަ ނުދީ. ޑެލިވަރީއަށް އިތުރު ފާސްދޫކޮށްފައި މީހުން ނުކުންނަން ދިން ހުއްދަތައް ކެންސަލް ކުރަންވީ

The name is already taken The name is available. Register?

ޟާސް

23 April 2020

ކާން ބޯން އެއެޗެހި ގަންނަން ހުއްދަޔާއި އެކު ނިކުންނަ މީހުން އެއީ. ޑެލިވަރީ ނުކުރެވޭ. އެތައް ފިހާރަޔަކަށް ވަންނަ ފަހުން އެއްޗެ ލިބެނީ

The name is already taken The name is available. Register?

1828

23 April 2020

ޓެސްޓް ކުރިވަރަކަށް ވާނީ އިތުރު. ޓެސްޓް ކުރެވޭލެއް ލަހީ އަދި މަދީ.

The name is already taken The name is available. Register?

އަހުމަދު

23 April 2020

ރާއްޖޭން ފުރިފަހުން ޕޮސިޓިވްވި ދެމީހުން އިޓަލީއަށް އެތެރެވުމާއެކު އެގައުމުގެ ތަފާސްހިސާބުގެތެެރެއަށް ވަދެގެން ދާނެ. ދެން ކީއްކުރަން އެމީހުން ރާއްޖޭގެ ރެކޯޑުގަ ހިމަނަނީ؟ ދުނިޔޭގެ ރެކޯޑް ބަލާއިރު ޑަބަލް ވާނެދޯ؟ މިވީ އަނެއްކާ އަދުރޭއަށްތ މިވެވުނީ؟

The name is already taken The name is available. Register?

ތުއްތުނާ

23 April 2020

"ގްރޭޓަރ" މާލެ މިކިޔަނީ ކޮންގޮތަކަށް ގްރޭޓަރ ވެގެންކަން ކޮންމެވެސް މީހަކު ބުނެދީބަލަ ؟........ އަދި ރާއްޖޭގައި ދެންހުރި ރަށްރަށަށް ދަށްކޮށްލުމަށް ބޭނުން ކުރެވޭ ބަހެއް ކަމަށްވެސް ބައެއްފަހަރު މާނަކުރެވޭ !......

The name is already taken The name is available. Register?

ޥިނޯ

23 April 2020

ގްރޭޓާ ގެ މާނަ އަކީ ފުރަ. ގްރޭޓާ މާލެ = ފުރަ މާލެ

The name is already taken The name is available. Register?

ސަންފާ ދިޔެ

23 April 2020

ގްރޭޓަރ މާލެ އަކީ "މާލޭގެ" ބަޔެއްގެ ގޮތުގައި މިހާރު ހިމަނާފައި އޮންނަ "ހުޅުމާލެ" އާއި "ވިލިނގިލި" އާއި "ގުޅިފަޅާއި" އަދި "ތިލަފުށި" ހިމެނޭ " ބޮޑު މާލެ" ނުވަތަ އިނގިރޭސި ބަހުން "ގްރޭޓަރ މާލެ". މުސްތަގުބަލުގަ ހުޅުމާލޭ ފޭސް2 ގެ އުތުރު ކޮޅުން ފެށިގެން އިންޑަސްޓްރިއަލް ތިލަފުށީގެ ހުޅަނގު ކޮޅަށް އެއްގަމުން ދުއްވާފައި ދެވޭނެ. މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން މިމަންޒަރު ފެނުން ގާތް.

The name is already taken The name is available. Register?

ކައްކާ

23 April 2020

ކަލޭމެން ހަމަ އަމިއްލައަށް ތިޔައެއްޗެއްވެސް ކިޔައިގެން ނަން މަޝްހޫރުކުރަނީ. އަހަރެމެން ކިޔަނީ ނައިފަރާއިއަތޮޅުތެރެ. ނައިފަރު ކައިރިވީމަ އެހެންކިޔަނީ.

The name is already taken The name is available. Register?

ތުއްތުނާ

23 April 2020

އެހެންވިއްޔާ ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގެ ކާރީގައި ވެސް އެއްފަސްކޮށް ނުވަތަ ފާލަމަކުން ދެވޭ ރަށްރަށަށް އެބަހުރި .......... އެކަމަކުވެސް ގްރޭޓަރ އެއްވެސް އަތޮޅެއްގެ ނަމަކާއި ގުޅުވައިގެން ލިޔެފައި ނުވޭ..... މިސާލަކަށް އައްޑޫގައި ފާލަމަކުން ގުޅިފައިވާ ކިތައްމެ ރަށެއް އެބައޮތް........

The name is already taken The name is available. Register?

ޖޮންގޯ

23 April 2020

ޓެސްޓު ކިޓުތައް ހުސްވީ!

The name is already taken The name is available. Register?

އުފާ

23 April 2020

ޢަދި އެއްޗެއްބުނަން މާއަވަސް ދުޢާއަކީ އިތުރު މީހަކަށް މިބަލި ނުޖެހުން އަދި ޖެހުފަތިބިމީހުންނަށް ވެސް އަވަސް ޝިފާއެއް ދެއްވުން.

The name is already taken The name is available. Register?

ހައިޕީ ----

23 April 2020

މިހާރު 3 ޓެސްޓެއް އެބަހަދާ! ފުރަތަމަ ހަދަނީ ޕޭން ކޮރޯނާ، ދެން ކޮރޯނާ > ދެން 14 ދުވަސް ފަހުން ހަދަނީ ކޮވިޑް-19 އެހެންވެ ލަސްވާ ތަން ކޮޅު މިދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454