ޚަބަރު

އަމާޒު ބޯޓުގެ ވެރިޔާ ބުނަނީ ލޮކްޑައުން ކުރިކަން ނޭނގޭ ކަމަށް، ބޯޓު ފުރީ ލޮކްޑައުންކުރި ފަހުން

މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދު: އަމާޒު ބޯޓު މާލެ އިން ފުރިއިރު ލޮކްޑައުން ކުރިކަން ނޭނގޭ ކަމަށް ބުނި. --މިހާރު ފޮޓޯ: ނިޝާން އަލީ

ކޮރޯނާވައިރަހަށް ކެޕްޓަން ޕޮޒިޓިވްވެފައިވާ ށ. ނަރުދޫ އަމާޒު ބޯޓް މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން ދިޔައީ މާލެ ލޮކްޑައުން ކުރި ފަހުން ކަމަށް ވިޔަސް، ބޯޓު ފުރިއިރު ލޮކްޑައުންކުރިކަން ނޭނގޭ ކަމަށް ބޯޓުގެ ވެރިޔާ މިއަދު ބުނެފި އެވެ.

އަމާޒު ބޯޓްގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓް ދަތުރުކުރި އުތުރުގެ ތިން އަތޮޅެއްގެ 13 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ބޯޓުން ދަތުރުކުރި 98 މީހެއް ވަނީ ގޭގައި އައިސޮލޭޓް ކޮށްފަ އެވެ. ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ރަށްތަކަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

Amaazu boat dhathurukuri hurihaa rasheh bandhu kofii

Amaazu boat dhathurukuri hurihaa rasheh bandhu kofii

The most trusted news source in the Maldives

Mihaaru

އަމާޒު ބޯޓް ދަތުރު ކުރި ހުރިހާ ރަށެއް ބަންދު ކުރުން

އަމާޒު ބޯޓް މާލެއިން ފުރީ މާލޭން އެ ބައްޔަށް މީހަކު ފުރަތަމަ ޕޮޒިޓިވްވުމާ ގުޅިގެން މާލެ ލޮކްޑައުން ކުރި ދުވަހު އެވެ. މާލެ ލޮކްޑައުން ކޮށްފައި ވަނީ އެޕްރީލް 15 ވަނަ ދުވަހުގެ މެންދުރު 2:30 އިން ފެށިގެންނެވެ. އޭގެ ފަހުން މާލެ އަށް އަރައި ފޭބުމަކީ މަނާކަމެކެވެ.

އަމާޒު ބޯޓުގެ ވެރިޔާ މުހައްމަދު ސަލީމް، "މިހާރު" އަށް ބުނިގޮތުގައި އެ މީހުން ފުރައިގެން ދިޔައީ އެ ދުވަހުގެ މެންދުރު 2:50 ގަ އެވެ. ބޯޓު ފުރީ ވެސް ނޯތު ހާބަރުގައި އޮންނާތީ ދައްކަން ޖެހޭ ފީ އެމްޕީއެލްގެ އޮފީހަށް ދެއްކުމަށް ފަހު އެވެ. އަދި ފުރައިގެންދާކަން ވެސް އެމްޕީއެލް އަށް އެންގި ކަމަށް ސަލީމް ބުންޏެވެ.

Breaking: Male in 3 vana meehaku positive vejje

Breaking: Male in 3 vana meehaku positive vejje

The most trusted news source in the Maldives

Mihaaru

މާލެ ސަރަހައްދުގެ ލޮކްޑައުން ފެށި ދުވަހުގެ އިވެންޓުތައް

"ލޮކްޑައުންގެ ވާހަކަތަކެއް އުޅޭތީ އޮފީހުން ވެސް ބައެއް ތަންތަނަށް ގުޅައި ބެލި. ނުބުނޭ ލޮކްޑައުންގެ ވާހަކައެއް. އަދި ނުފުރޭނެ ވާހަކައެއް ވެސް،" އެ ދުވަހު ބޯޓުން ދަތުރު ކުރި ސަލީމް ބުންޏެވެ.

އެ ބޯޓް ދަތުރުކުރި ރަށްތަކުގެ ތެރޭގައި ހއ. ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވައް، ށ. މާއުގޫނދޫ، ނ. ވެލިދޫ، ހޮޅުދޫ، ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ އަދި ނ. ހެނބަދޫ ހިމެނެ އެވެ. އެ ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތުގަ އެވެ.

ބޯޓުން ދަތުރުކުރި މީހުންނާއި ޕޮޒިޓިވްވި ކެޕްޓަނާ ކިހާވަރަކަށް ބައްދަލުވެފައިވާނެތޯ ސުވާލު ކުރުމުން ސަލީމް ބުނީ ކެޕްޓަން ހުންނަ ވީލް ހައުސްގެ ތެރެއަށް މީހުން ވަދެ އުޅުމަކީ އާންމު ކަމެއް ކަމަށެވެ. އަދި ކެޕްޓަން ވެސް ބޭނުން ކުރަނީ އާންމުން ބޭނުން ކުރާ ފާޚާނާ ކަމަށް ވެސް ސަލީމް ބުންޏެވެ. އަދި އޭގެ އިތުރުން ކެޕްޓަން ކައި އުޅުނީ ވެސް އެހެން މީހުންނާއެކުގައި ކަމަށް ބުންޏެވެ.

އުމުރުން 49 އަހަރުގެ ކެޕްޓަން އަށް އެ ބަލި ޖެހުނު ގޮތް ބުނަން ނޭނގޭ ކަމަށް ވެސް ސަލީމް ބުންޏެވެ. ދުވަސްވަރުގެ ގޮތުން ކެޕްޓަން ވެސް މާ ގިނައިން މާލެތެރެއަށް ފައިބައި ނޫޅޭ ކަމަށާއި ނަމަވެސް ބައެއް ތަކެތީގެ އަގު ބަލާލަން ބާޒާރުމަތީ ފިހާރަތަކަށް ދިޔަ ކަމަށް ސަލީމް ބުންޏެވެ.

"ބާޒާރުމަތިންހެން ހީވަނީ. އެކަމަކު އެއްވެސް ގޮތަކަށް ޔަގީނެއް ނޫން ކިހިނެއް ކަމެއް،" އެބޯޓްގައި މަސައްކަތް ކުރާތާ 10 އަހަރު ވެފައިވާ ކެޕްޓަނާ ގުޅޭގޮތުން ސަލީމް ބުންޏެވެ.

ކެޕްޓަން ޕޮޒިޓިވްވިކަން އެނގުނީ މާލެއިން ދިޔަތާ ދެ ދުވަހެއްގެ ތެރޭގައި، ވަރަށް ގަދަޔަށް ހުން އައިސްގެން ނަރުދޫ ސިއްހީ މަރުކަޒަށް ދައްކައި އޭނާގެ އެދުމުގެ މަތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ. ކެޕްޓަން މިހާރު ހުރީ ފަރުކޮޅުފުށީގަ އެވެ.

އަމާޒު ބޯޓުން ދަތުރުކުރި އެންމެންގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. އަދި ނަތީޖާއެއް ނުލިބެ އެވެ.

ބޯޓުގެ ވެރިޔާ ސަލީމް ބުނިގޮތުގައި ހަތް ފަޅުވެރިންގެ ތެރެއިން އެކަކު ކަރުގައި ރިއްސާތީ އުޅޭ ކަމަށެވެ. އެނޫނީ އެބަލީގެ އެއްވެސް އަލާމާތެއް އެހެން މީހެއްގެ ފަރާތުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

54 ކޮމެންޓް, 131 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 85%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު ސަފީޤޯ

01 May 2020

މާލެ އިން އުތުރުގެ ހުރިހާ ރަށަކަށް ބަލި ސަޕުލައި ކުރަން ދުރާލާ ރާވައިގެން ކުރި ކަމެހެން ހީވަނީ....ކައްޕި އަށް ސަލާންް

The name is already taken The name is available. Register?

މަންނަ

29 April 2020

ނޫނޭ ޕޮލޮހުން ގޮވާ ހަޅޭއްލީކަމަށްވަނީ ތިންގަޑިބައިގެ ކުރިން އެންމެން ގެއަށް ވަނުމަށް ދެން މިދުވަސްވަރު ޓީވީއާ ތހަބަރު އަދި ނޫސްތައްވެސް ވަރަށް ގނަބަޔަކު ބަލާނެ ކަމަށް ލަފާކުރެވޭ ތިބޭފުޅާއަށް އެނގިވަޑައިނުގަތީތާ

The name is already taken The name is available. Register?

ޢާސިފު

29 April 2020

އަމާޒު ބޯޓަކީ އަބަދުވެސް 4 ޖަހާއިރު ފުރާ ބޯޓެއް. ކެޕްޓަންގެ ވާހަަކައާ މެދު ސުވާލު އުފެދޭ. ހާއްސަކޮށް އުތުރުގެ ބޯޓު ތަކަކީ ބުނާ ގަޑީގެ ކުރިން ފުރާ ބޯޓުތަކެއް ނޫން. އަނެއްކާ 14:50 ބުނީމަ ވެސް އެނގޭ ލޮކްޑައުންއޭ ބުނީމަ އަވަހަށް ފުރީކަން. އެކަމު ވިސްނަންވީ ކަމަކީ މިންވަރުގަ ހުރިކަމެއް ހަމަ ލިބިފަ ގެންދަވާނީ

The name is already taken The name is available. Register?

ދެރަ

29 April 2020

ބޯޓު ފުރީ 1:30 އޭ ކިޔާ އަޑުއިވޭ. ލޮކްޑައުންކުރީ 3:30ގަ އެއްނު.. ދޯނި ތަކަށް ނުފުރޭނެ ވާހަކަ އިވުނީ 3:30ގެ ފަހުން. ބޯޓު ދިޔައީ ނުގަވާއިދަށެކޭ ނުބުނެވޭނެ ދޯ..

The name is already taken The name is available. Register?

ކަމަނަ ގޯތި އާދަނު

30 April 2020

ލޮކްޑައުންގެ މާނަ އިނގޭތަ؟ އަރާފޭބުން މަނަލޭ ބުނީ 3:30 އޭ ތިކިޔަނީ؟ ލޮކްޑައުން އޭ ބުނީމަ މަނާހުރިހާ ކަމެއް ކިޔާދެން ޖެހޭ ދޯ އަލިފުން ޔާ އަށް މިގައުމު ރައްޔިތުންނަށް

The name is already taken The name is available. Register?

ސަންޕަ

29 April 2020

ތިއެއްނެތް އަޅުގަނޑަށް އެގިފައެއް. ތިކަން ސާފުކޮށްލާފަ ބުނާނަން. ދެން މިހާހިސާބުން ނިންމާލަން.

The name is already taken The name is available. Register?

‫ފިރޯ

29 April 2020

ޖ‫ިނާޢީ ތަހުގީގެއް ހިންގަން ޖެހޭ.

The name is already taken The name is available. Register?

ރައްޔަތުމީހާ

29 April 2020

ލޮކްޑައުން ކުރީއޭ ބުނުމާ އެކީ ފުރާތޯ ކަމާބެހޭ ފަރާތްތަކުން ނުބެލުނީމަތާ

The name is already taken The name is available. Register?

ހގސ

29 April 2020

ކަނޑަ އެޅިގެން ބޮޑު ދޮގެއް. ތިޔަ ބޯޓުން ދަތުރު ކޮއްފައި އެބަހުރި ލޮކްޑައުންވީމާ އެހެން ބޯޓް ތަކަށް ނޭރުވި މީހުން. ރަށަށްދާން މަލިކަށް ދާން އެރި މީހުންވެސް. ލޮކްޑައުން ގެ ވާހަކަ ބޯޓު ވެރި މީހާ އަށް އެގުނީމާތާ ތަންތަނާ ގުޅައިގެން ސާފު ކުރަން އުޅުނީ. ޢާއްމު ކޮށް އުތުރަށް ފުރާ ބޯޓް ފަހަރު ގިނަވެގެން ހައެއްކަ ރަށުގައި ޖައްސާނީ. 13 ރަށަށް ދާން ޖެހުނު ސަބަބު މިހާރު ސާފުވާނެ. ލާރީގެ ބޭނުމުގައި ވެސް ބަޔަކު ރިސްކަށް ވައްޓާލީ.

The name is already taken The name is available. Register?

ާއަލިމޯޑު

29 April 2020

ތިޔަ އޮތީ ކަންވެ ނިމިފަ.ހީނުކުރާ ގޮތަކަށްވެސް ބަލި ޖެހިދާނެ.

The name is already taken The name is available. Register?

ފިޔަވަޅު

28 April 2020

ލޮކްޑައުން ކުރީ 15.30 ގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454