ވިޔަފާރި / ރާއްޖެ-އެމެރިކާ

އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރު ދެނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) އާއި އެމެރިކާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލައިނާ (ވ) އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ-- ފޮޓޯ: މިހާރު

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ އިން ރާއްޖެ އަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

މިއީ ކޮރޯނާވައިރަހާ ގުޅިގެން، ހުރިހާ ގައުމުތަކަށް އެމެރިކާ އިން ދޭ މާލީ އެހީގެ ތެރޭގައި ހިމެނޭ ދެ މިލިއަން ޑޮލަރެވެ. އިގްތިސާދީ ގޮތުން ގައުމުތަކަށް އެހީވުމަށް އެ ގައުމުން ވަނީ 150 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިިފަ އެވެ.

އެމެރިކާގެ މި އެހީއާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސެކެޓްރީ ޕޮމްޕެއޯ އަށާއި ރާއްޖެ އާއި ލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައިވާ ސަފީރު އަަލައިނާ ޓެޕްލީޓްޒް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. މި ހާލަތުން އަރައިގަތުމަށް އެކުވެރި ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް އެ ޓުވީޓުގައި ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓް

އެމެރިކާ އިން ބުނީ، ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުން އެހީތެރިކަން ހޯދައިދިނުމުގައި ވެސް އެ ގައުމުން އެހީވާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޯށްދެމުންނެވެ. މީގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އަދި ބަންގްލަދޭޝް ހިމެނެ އެވެ. މީގެ އިތުރުން ދެކުނު ކޮރެއާ އާއި ރަޝިއާ އާއި ތުރުކީ އަދި ކުވައިތުގެ އެހީއަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ.

ދުނިޔެއަށް މިހާރު ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ވެސް ދަށްވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. މީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި ބައެއް ގައުމުތައް ބަޑަށް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެގޮތުން، ސައުތު އޭޝިއާގައި ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ވޯލްޑު ބޭންކުން ލަފާ ކޮށްފައިވަނީ ރާއްޖެ އަށެވެ.

10 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 4%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިއު

03 May 2020

ތިވެސް ދާނީ ގާހައްޕަޅި އަނގަޔަށް

The name is already taken The name is available. Register?

ޝޮކްތެރަޕީ

03 May 2020

ލިބުނު އެއްޗަކައްވުރެ ޝާހިދުގެ ދަތުރުތަކައް ދިޔަހަރަދު ބޮޑު.

The name is already taken The name is available. Register?

ސޭންޑާޒް

02 May 2020

އެމެރިކާ މިހާރު އޮތް ހާލަތޭ ބުނާއިރު، ދިނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް އެމެރިކާ އެދަނީ ޑޮލަރު ޕްރިންޓުކުރަމުން. މިކަމާ ގުޅިގެންވެސް 2 ޓްރިލިއަނަށްވުރެ ބޮޑު އެއްޗެއް އެމީހުން ބާޒާރަށް ނެރެފި މިހާތަނަށް. ޓްރިލިއަނަކީ މިލިއަނެއް މިލިއަން ފަހަރު. އެހީ އަށް ޝުކުރިއްޔާ. އެކަމަކު މިވަރުނެތްކަމަށް ދައްކަން އުޅޭ ޒާތަކަށް ދައްކާތީ ހަމަ ބުނެލީ.

The name is already taken The name is available. Register?

ޏަޏް

02 May 2020

ކޮބާހޭ ރާއްޖެ ޕްރޮޓެކްޓޮރޭޓް ކޮށްގެން އުޅޭ އިންޑިއާ؟ މަނީ ސޮވޮޕް ކޮށްލަ ކޮށްލާ ތިބެނީ ލިއުމުން އެއްޗެހި ދީގެން ފިޔާ ކޮންޓްރޯލް ކުރެވޭނެގޮތަކަށް ވިސްނާލަ ވިސްނާލާ.

The name is already taken The name is available. Register?

ބޭނުމެއްނޫން

02 May 2020

ފަހުން ކަރަށް އަތްބާނާނެކަން ކަށަވަރު

The name is already taken The name is available. Register?

1234

02 May 2020

ކޮބާ އެބުނާ ކޮމަންވެލްތު؟؟ ހާދަ ގިނަ އެހީއެއް ލިބިއްޖޭ ރާނީގެ ފަރާތުން ދޯ! ހުރިހާ އެންބަސީގެ ނަންބޯޑު ހައިކޮމިޝަނަށް ބަދަލަކޮށްލުން އެއީވެސް ލައްކަ ބޮޑުވަރު!

The name is already taken The name is available. Register?

12345

02 May 2020

މާބޮޑު އެއްޗެއްނޫން. އެކަމަކު އެހީދިންކަމަށްޓަކައި ޝުކުރިޔާ.

The name is already taken The name is available. Register?

ާައހްލާސް

02 May 2020

ކިޔާ އާދެސް ކޮށްގެންވެސް އެހީ ހޯދުމަށް ތިކުރައްވާ މަސްކަތަށް އުފާކުރަމެވެ. އަދި އިހްލާސްތެރި ކަމާއެކު ތިޔަ އެހީތަކަށް އަމާނާތް ތެރި ވެއްޖެނަމަ މާއުފާވާނެއެވެ. ސުކުރިއްޔާ!

The name is already taken The name is available. Register?

ސަމަރުބުލޫ

02 May 2020

އެމެރިކާގެ މިހާރު އޮތް ހާލަތުން ތިފަދަ އެހީއެއް ދެއްވާ ކަމަށްޓަކައި ޝުކުރު ދަންނަވަން. އެމެރިކާއަކީ ހަގީގަތުގަ ވަރަށް ރަގަޅު ގައުމެއް. މައްސަލައަކީ މިހާރުގެ އެމެރިކާގެ ރައީސްގެ ޕޮލިސީތަށް. ބަޓް ވީ ލަވް އެމެރިކަން ޕީޕަލް.

The name is already taken The name is available. Register?

ކަސަބު

02 May 2020

ކޮންމެ ތަނެއްގެވެސް އާންމުމީހުން ގޯހެއްނުވާނެ. ގޯސްވަނީ އެތަނުގައި އޮންނަ ސިޔާސަތު ސިޔާސީމީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454