04 މެއި 2020 - 09:36
"ހެރީ ޕޮޓާ" ގެ ވާހަކަތައް ލިޔެގެން ބޮޑު މުއްސަނދިކަމެއް ލިބުނު އިނގިރޭސި ލިޔުންތެރިޔާ، ކޮރޯނާވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އުމުރުން 54 އަހަރުގެ ލިޔުންތެރިޔާ 1 މިލިއަން ޕައުންޑް (1,250,200 ޑޮލަރު) ހަދިޔާކޮށްފައި ވަނީ ދެ ޖަމާއަތައަކެވެ. އެއީ ބޯހިޔާވަހިކަން ގެއްލިފައިވާ މީހުންނަށް އެހީވާ ޖަމިއްޔާ ކްރައިސިސް އާއި ގެވެށިއަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީވަމުން އަންނަ ރެފިއުޖަށެވެ.
As ever in a crisis of this sort, the poorest and most vulnerable are hit hardest, so in honour of the Battle of Hogwarts, I'll be making a donation of £1m, half of which will go to https://t.co/Lul8tbTzeI, who're helping the homeless during the pandemic
— J.K. Rowling (@jk_rowling) May 2, 2020
3/4
އެއް މިލިއަން ޑޮލަރު ބަހާލާފައި ވަނީ ދެ ޖަމިއްޔާ އަށް ހަމަހަމައަށެވެ. ރޯލިން ކުރި ޓްވީޓްތަކެއްގައި ބުނީ ބޮޑު ބަލިމަޑުކަމަކާ އެކު ދުނިޔޭން އެތައް ބަޔަކު މަރުވެގެންދާ ތަން ދުށުމަކީ ވަރަށް ހިތްދަތިކަމެއް ކަމަށާއި މިއީ މުޅި ދުނިޔެ އަށް އެހީ ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ.
ތިން ކުދިންގެ މަންމަ ރޯލިންގެ މިލްކިއްޔާތު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.
މުޅި ދުނިޔެ މި ވަގުތު ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19އާ ދިމާކޮށް މަޝްހޫރު ވަރަށް ގިނަ މީސްމީހުން އެކިއެކި ޖަމާއަތްތަކާއި ފަންޑްތަކަށް ބޮޑެތި އަދަދުތަކުން މިހާތަނަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy