އިލެކްޝަންސް ކޮމިޝަނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑީއާރުޕީގެ ވަގުތީ ލީޑަރު ނަޝީދު (ވ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ސޯޝަލްމީޑިއާ
15 އޮކްޓޯބަރ 2016 - 16:37
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޑީއާރުޕީން އެކި މީހުންގެ އަތުން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން ބަޔަކަށް ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޑީއާރުޕީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ 2.2 މިލިއަން ރުފިޔާ ދެއްކީ އިންތިހާބުގެ ކެމްޕޭންގައި ކުރި ހަރަދަކަށް ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި އެ ފައިސާ ދެއްކީ ކޮން ބަޔަކަށް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޑީއާރުޕީން އެ ދަރަނި ހަލާސްކުރީ ހެޔޮއެދޭ ފަރާތަކުން ދިން ފައިސާ އިންނެވެ. އަދިވެސް އެ ޕާޓީގެ ދަރަންޏާ ގުޅޭ ފަސް މައްސަލައެއް އެބައޮތް ކަމަށާއި އެ ދަރަނިތައް ވެސް ވަރަށް އަވަހަށް އަދާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ހުރިހާ ދަރަންޏެއް ހަލާސްކޮށް ނިންމާނަން،" ނަޝީދު ވިދާޅުވި އެވެ.
ފަހުން ފައިސާ ދައްކާ ގޮތަށް 2008 ގެ ކެމްޕޭންގައި ޑީއާރުޕީން އެކި ކަންކަން ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ފައިސާ ނުދީގެ ކޯޓަށް ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ.
ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ.
ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުމަރު
16 October 2016
ޔަގީން ޑީއާރްޕީގެ އަތުގައި މީހަކުހިފީކަން
މެންޓަލިސްޓް
16 October 2016
މާނައަކީ ބަޔަކު މީހުން އަރަން އޮޑި ތައްޔާރުކުރަނީއޭ .. މިފަހަރު ޕީޕީއެމްގެ ހަނގުރާމަ ނިިމިގެން ކޮންމެވެސް އެއްފަޅިއެއްގެ މީޙުން ތިޔައޮޑިއަށް އެރުން ވަރަށް ގާތް ،،،،
ފަސީހު
15 October 2016
ނަޝީދު ވަރަށް ހިތްވަރު ގަދަ. ޝުކުރިއްޔާ
ސޯބިރު
15 October 2016
އެންބުރި ވަޑައިގަތުން. ޢުމަރު/ފާރިސް 2018
ސޯބިރު
15 October 2016
ދެން އަހަރެއް ކޮއްލާފަ އުމަރު ބޭރު އަރުވާލާނީ
މޫސަ
15 October 2016
މައުމޫން ޕުލީސް ގޯ ބެކްޓު ޑީއާރުޕީ! ވީވޯންޑް ޕުރެޒިޑެންޓު ޔާމީން!
ޑާޑާޑާޑާ
15 October 2016
ހައު އަބައުޓް ޔާާމީން ކްރިއޭޓިންގް އަ ނިއު ޕާޓީ؟
ހަސީ
15 October 2016
އަދިވެސް ހަމަ މައުމޫން ވަރެއްނެތޭ ބުނެވޭނީ، ޔާމީން ބޭރުކޮށްލާ. އޭނާ ދެން މިޤައުމުގެ ވެރިކަމަށް އަންނަން ވިސްނާނެ ކަމެއްނެތް.
ވޮޗްޑޯގް
15 October 2016
އަނެއްކާ ވެސް ޑީއާރުޕީ އެންބުރި އަންނަނީ ބާ؟ "ތިޔައީ ޒައީމެއް އަދު ލޮބުވެތި މި ގައުމު ފަހުރުވެރިވާ"
ސްނޫޕް ޑޯގް
15 October 2016
ރައީސް މައުމޫން ގެ ބެކްއަޕް ޕްލޭން ބާ؟ އަޅުގަނޑުމެން މިތިބީ ބަލަން.