އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ޕްރެސްް ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ.
05 މެއި 2020 - 00:15
ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވް ވި އެއްވެސް މީހަކާ ކޮންޓެކްޓްވި ކަމެއް ނޭނގި 39 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެ ގޮތަށް އެހެން ކޭހަކާ ގުޅުމެއް ނެތި ޕޮޒިޓިވް ވި މީހުން ވެސް މިހާރު ތިބީ އައިސޮލޭޓް ކޮށްފައި ކަމަށް ވާތީ އެ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެކަމަކު، އެގޮތަށް ކޭސްތައް ފެންނަ ކަމަށް ވާ ނަމަ އެއީ ފެށުނު ގޮތެއް ނޭނގި އެކިއެކި ދިމަދިމާލުން ބަލި ފެތުރޭ ކަމުގެ އަލާމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިޕެންޑެންޓް ކޭސަސް ގިނަވާ ކަމަށް ވެއްޖެއްޔާ، އަންނަ ދިމަދިމާލުން ކޮމިއުނިޓީ ސްޕްރެޑް ވާ ކަމުގެ އިޝާރާތަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިފައި ވާއިރު، ފިހާރަ އަަކަށް ގޮސް އުޅުމުގެ ތެރޭގައި ނޭނގި ވައިރަސް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ހާލަތުގައި އެ މީހުންނާ ހަމައަށް ވައިރަސް އައި ގޮތެއް ނުހޯދުމަކީ ވެދާނެ ކަމެކެވެ.
"އިންޑިޕެންޑެންޓް ކޭސަސް ގިނަވާ ކަމަށް ވެއްޖެއްޔާ، އަންނަ ދިމަދިމާލުން ކޮމިއުނިޓީ ސްޕްރެޑް ވާކަމުގެ އިޝާރާތަކަށް ވާނީ،" - ޑރ.އަފްޒަލް
ނަމަވެސް އެއީ ކަންބޮޑުވާން ޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯ ކުރި ސުވާލަށް ޑރ. ސާފު ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެފަދަ ކޭސްތައް ނިސްބަތުން މަދު ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރޭގައި ފެތުރޭކަން ފުރަތަމަ އެނގުނީ މިދިޔަ އޭޕްރިލް 15 ގައި މާލޭގެ ފުރަތަމަ ކޭސް ފެނުނު ހިސާބުންނެވެ. އޭގެ ފަހުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، ގިނަ މީހުން ގުޅިފައި ވަނީ ހަރަކާތްތެރި މީހުން ހިމެނޭ ބޮޑެތި ކްލަސްޓާ ތަކާ އެެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ވިޔަފާރިތަކާއި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ލޭބާ ކްއާޓާސް ތަކާ ގުޅިފައިވާ ކްލަސްޓާތަކެވެ. ބިދޭސީން ދިރިއުޅޭ ކުއާޓަރެއްގެ ހުރިހާ އެންމެން ޕޮޒިޓިވްވި ކޭހެއް ވެސް ކުރިން ވަނީ ފާހަގަ ވެފަ އެވެ.
މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުން އެ މީހުން ގެންދިއުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވާބުޕްލީޒް
15 May 2020
ބޭކާރު ވާހަކަދެއްކުން ހުއްޓާލާފައި އަމަލީ މަސައްކަތެއް ކުރަން ވަގުތު ހޭދަކޮށްބަލަ! ދަރުމަވާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ މީހަކު އައިސޮލޭޝަނުގައި އެބަހުރި. އޭނާ ގެއިން ބޭރަށް ނުކުމެ ނޫޅޭތާ ދެމަސްދުވަސްވާން އުޅެނިކޮށް ޕޮޒިޓިވްވެއްޖެ ކަމަށް އެންގީ. އެގޭގައި ދެންތިބީ އޭނާގެ އަންހެނުންނާއި ދަރިފުޅު. އެއިން އެކަކުވެސް ޕޮޒިޓިވްކަމަކަށް ނުދައްކާ. ދެން އެމީހާ ޕޮޒިޓިވްވީ އެޗްޕީއޭއިން ބުޅިއެއްގައިލާފައި އެއްލި ވައިރަހެއްގައި އޭނާއަށް ދަތްއެޅިގެންތޯ؟
ސުރައްޔާ
05 May 2020
ޔުކްރެއިން އިން އަނެއްކާ މީހުން ގެންނަންވީ. މިގެންނަ ބޯޓުގައި އިސްވެރިންގެ ތިމާގެ ކިތައް މީހުން ތިބި ތޯ ނޫސްވެރިން ސުވާލު ކޮށްދެއްވުން އެދެން.
އަލިހަންދްރޯ
05 May 2020
ބަލި އައި ގޮތެއް ނޭގޭ 185 ގައުމު ދުނިޔޭގައި އެބަ އޮތް. ހަމަ އެއްވެސް ގައުމަކަށް އިންޑެކްސް ކޭސް ނޭގޭ. ޗައިނާގެ ވޫހާން އަކަށް ޕޭޝަންޓް ޒީރޯއެއްވެސް ނޭގޭ. ވީމާ މިއީ މިކަން އޮތް ގޮތް.
މުސްތަފާ
05 May 2020
ރާއްޖޭގެ މައި ދޮރާށިން ރޯގާ ވަދެފައިވަނީ މީގެ 4 ހަފުތާއެއްގެ ތެރޭގައި ކަމަށް ސަރުކާރުން އެބަ ބުނޭ ވީރު އެ މުއްދަތުގައި އެތެރެވި މީހަކާއެކު ނޫނީ ބައްޔެއް ނުވަންނާނެ އަދި އެ ރެކޯޑްސް އެމިގްރޭޝަން ގައި ހުންނާނެ ކީއްވެބާ ބަލި ވަން ގޮތް ނުހޯދިގެން މިއުޅެނީ ކޮންމެވެސް ސިއްރުތަކެއް އެބަވޭ
އިންޓަ
05 May 2020
ބަލި ވާނީ މާކުރިން ފެތުރިފައި. ކޮންޓެކްޓް ޓްރޭސިންގއިން 3ގޮތަކަށް މީހުން މަދުވޭ. އެއީއެމީހާގެ ހަނދާނުން ކައްސާލާ ބަޔާ، ގަސްދުގައި ނުބުނާބަޔާ އޭނާއަށްވެސް ނޭގި ދިމާވި މީހުން. އަލާމާތް ނެތް މީހުންގެ ފަރާތުން މިބަލި ފެތުރުމަށް ޗާންސް ލިބޭނެ މާސްކް އަޅަން ބުނުމުގެ ކުރީދުވަސްކޮޅު. އިޓަލީ މީހާ ހުރި 2 ދުވަހުގެ 24އަވަރ ކެމެރާ ފުޓޭޖް ބެލިފަނެތްނަމަ އެހިސާބުން މިވައިރަސް މާލޭގައި އުޅެ ރަށްތަކަށް ދަތުރުކޮށްފަ ހުންނާނީ. ޕާކިސްތާނުމީހާ ފުށުންވެސް ފެތުރިފަވާނީ
އިބްރާ1
05 May 2020
އެކި ތަންތާ ތިބި މީހުން ނުގެނެސްގެން ލެވި ހަަޅޭއް ކޮބާ. މިހާރު ތިގޯސްވީ ގެނައިމަ. ހެޔޮ އެއްގޮތެއްވެސް ނެތް. ސަރުކާރުން ބުނި އެމީހަކު ހުރިތާ ހުންނާށޭ. އެހެންބުނީމަ ވެސް ބޭނުންވީ އަންނަން.
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
05 May 2020
ފިނިހަކު ނުވަތަ ބަރަވެލި ސްޕީޑަށް ކޮންމެ ކަމެއް ގޮސްގެން މިހެން މިވީ. ދެންވެސް އެކްސްކިއުސް ނުދައްކާ ޓެސްޓް ކުރުމުގެ ކަންތައް ބާރު ސްޕީޑް ގައި ގެންދަމާތޯ ؟ އިންޑިއާ ގައިވެސް އެގައުމުގެ ސްޓޭޓް ތަކުން ޓެސްޓް ކުރެވުނު ހިސާބު ހާމަކުރަނީ އާބާދީގެ ނިސްބަތުން. މިސާލަކަށް، "ކޮންމެ 5 ހާސް މީހަކަށް މިވެނި ވަރަކަށް ޓެސްޓް ކުރެވިއްޖެ".
ބަސް
05 May 2020
މިގައުމަށްޖެހިފައިވާ އެންމެ ބޮޑު ވަބާއަކީ މިކިޔާ ބޭސްފުޅިޒަމް. މިބޭސްފުޅިތަކުގެ ކަންތައް ކުރަންޖެހެނީ ތަފާތުކޮށް. މިބައިގަނޑަށް ލޯ އެއް ނޯވޭ. އޮންނަނީ އެބޯ ދަލޯ. ގޮތްނޭގޭ ފެތުރުމުގެ އަސްލަކީ މިއީ.
ޝައްފަ
05 May 2020
ގުޅުންހުރީ ކާކާކަން ވިދާޅުވިއްޔާނު އިނގޭނީ.
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
05 May 2020
ލަންކާ ގެ މީހުން ތިބި ތަނެއްގައި މި މަހެއް ދެމަހެއް ވަން ދެން ތިބުމަށް އަންގާފަ އޮތީ. އެއީ ލަންކާ ގައި އެހާ މަދު ސަބަބު. އިންޑިއާ އިން ބޯޓެއް ފުރާ މީހުން. ލަންކާ އިން ބޯޓެއް ފުރާ މީހުން. މެލޭޝިއާ އިން ބޯޓެއް ފުރާ މީހުން ގެނައިމާ އެގަހު ކޭލެއް މިގަހު ކޭލެއް އިނގޭނެތަ. މިއީ ބޮޑެތި މިސްޓޭކް ! ދެން ވެސް ހިކިފަސް ގަނޑަކަށް ދެވޭނީ، "ޓެސްޓް، ޓެސްޓް، ޓެސްޓް" ކޮށް، ނެގޭ ސާމްޕަލް ގެ އަދަދު އާބާދީ ގެ ނިސްބަތަށް ބިނާ ކުރެވިގެން. ޓެސްޓް ކުރެވޭ އަދަދު ގިނަ ކުރެވިގެން.
އަޅުކަލޭގެ
05 May 2020
ތިބުނާ ބޯޓުތައް ފުރާ ގެނައި މީހުންވީ ކަރަނޓީނުގައެއް ނޫންތަ؟ އެހެންވީމައި އިންޑިއާ އިން އައި ކެޔޮތަށްވީ މިވެނިފެސިލިޓީއެއްގައިކަން އެނގޭ ނޫންތަ؟ޓެސްޓު ކުރެވޭނީ ޓެސްޓް ފެސިޓީ ހުރިވަރަކުންނު؟ އެއީނު އެހެން ގައުމުތަކަށްވެސް ދިމާވެގެން މިއުޅޭ މައްސަލަައަކީ؟
ޖަވަބު
05 May 2020
(1) ނޮވެލް ގެ މާނައަކީ ގޮތް ނޭންގޭ. 14 ދުވަހުގެ ކަރަންޓީން އަކީ އިތުބާރު ހުރި އެއްޗެއް ނޫން. ލަންކާ ގައި ކަރަންޓީން ކުރަނީ 28 ދުވަހަށް. (2) ބޯޑަރ ބަންދު ކުރުމަކީ ނަމަކަށް ކުރާ ކަމެއް ނޫން. (3) އިންޑިއާ ގެ ކެރެލާ އަކީ 33 މިލިއަން މީހުން އުޅޭ ތަނެއް. 23 އޭޕްރިލް ގައި ރެންޑަމް ޓެސްޓް ކުރަން ފަށައިފި. ރާއްޖޭ ގައި ރެންޑަމް ޓެސްޓް ކުރަން ފެށުނީ އަލްމަރުހޫމާ އާމިނާ ނިޔާވި ފަހުން. ކިޓު ނެތިގެން ބާ ލަސް ވީ ؟ (4) އެއަރޕޯޓް ބަންދު ކުރުން ލަސްވީ ކީއްވެ ބާ ؟