ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން އައި މަނަވަރު: މި މަނަވަރުގައި 752 މީހުން ގެންދާނެ -- ފޮޓޯ: މިހާރު
07 މެއި 2020 - 14:42
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން މަނަވަރެއް މިއަދު އަތުވެއްޖެ އެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފެށީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. މި ބަލި މިހާތަނަށް އެންމެ ގިނައިން ޖެހިފައި ވަނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރު ވެފައިވާ ބިދޭޭސީންނަށެވެ. މިހާތަނަށް 52 އިންޑިއާ ރައްޔިތަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން ބޯޓެއް ފޮނުވަން އެ ގައުމުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ރޯހިތު ރަތިޝް "މިހާރު" އަށް މިއަދު ވިދާޅުވީ، މިއަދު އައި މަނަވަރުގައި 752 މީހުން އެ ގައުމަށް ގެންދާނެ ކަމަށެވެ. ރޮހިތު ވިދާޅުވީ، މި ދަނޑިވަޅުގައި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި މާބަނޑު އަންހެނުންނާއި މެޑިކަލް އިމަޖެންސީތަކުގައި އަނބުރާ ދާންޖެހޭ މީހުންނަށާއި އެނބުރި ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުން އެ ގައުމަށް ގެންދަން އިސްކަން ދޭނެ ކަމަށެވެ. އެ މީހުންނާ އެކު އެ މަނަވަރު ފުރާނީ މާދަމާ އެވެ.
"ރާއްޖޭގައި މި ވަގުތު މަސައްކަތްކުރަމުން އަންނަ އިންޑިއާގެ ސިއްހީ މަސައްކަތްތެރިންނެއް ނުދޭ އަނބުރައެއް، އަނބުރާ ދަނީ ރިޒައިންކޮށްފައިވާ ނުވަތަ ވަޒީފާ ގެއްލިފައިވާ ސިއްހީ މަސައްކަތްތެރިން،" ރޮހިތު ވިދާޅުވި އެވެ.
އެ މަނަވަރު ކޮޗިންނަށް ދާން 24 ގަޑިއިރާއި 36 ގަޑިއިރުގެ ވަގުތެއް ނަގާނެ ކަމަށް ރޮހިތު ވިދާޅުވި އެވެ. އެ މީހުން ކޮޗިންއަށް ގެންދިއުމަށް ފަހު 14 ދުވަސް ވަންދެން އެ ސިޓީގައި ކަރަންޓީން ކުރާނެ އެވެ. އެ މީހުން ދާން ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ލިބޭނީ އޭގެ ފަހުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން އިތުރު މަނަވަރެއް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަނަވަރު ހަމަ އެ ދުވަހު، ނުވަތަ އޭގެ އަނެއް ދުވަހު ފުރާނެ ކަމަށް ރޮހިތު ވިދާޅުވި އެވެ. އެ ދަތުރުގައި ގެންދާނީ 200-250 އެއްހާ މީހުންނެވެ.
އިތުރު މީހުން ގެންދަން ވިސްނަވާ ކަމަށް މީގެ ކުރިން ވެސް ރޮހިތު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކުރާނީ ކިތައް ދަތުރު ކަމެއް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތް ކުރަން އިންޑިއަން ހައި ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ރޯހިތު ޝުކުރު އަދާ ކުރެއްވި އެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފް އާއި އެމްޕީއެލް އާއި އެމްއޭސީއެލް އަދި އިމިގްރޭޝަަން ފަދަ އިދާރާތަކުން އެ ކޮމިޝަނަށް ވަމުން އަންނަ އެހީއަށް ވެސް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.
"ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމާ ގުޅިގެން އަޅުގަނޑުމެންނަށް ސަރުކާރުން ދޭ އެއްބާރުލުމުގެ ސަބަބުން މި މަސައްކަތް މިހާ ފަސޭހަ ކަމާ އެކު މި ކުރެވެނީ. އެކަމަށް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން،" ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވި އެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑުގުޑާ
07 May 2020
މާމޮޅުވެގެއްއުޅޭނެކަމެއްނެތް ނިކަމެތިކައްލިބޭނީތިމީހުނައް މީކުރިއްވެސްވީއެހެއް ﷲ ގެރަހުމަތާއެކު ދިވެގައުދާނީ ފަހަރަކު ހަރުފަތެއްގިރާކުރަމުއް މާހެޔޮއެދޭބަޔަކައްވެގެއް ދެއްނާސީއާ ﷲ ހަމްދުކުރައް
ޝޮކްތެރަޕީ
07 May 2020
ދެން އަންނަ ސަރުކާރަކަށް އޮތީ ދަރަނީގެ ލޯނުތަކެ. ޤައުމު ތަރައްގީނުވެ ލޯނުތަކެއް ދައްކަން ޖެހުމަކީ ވަރައް ދެރަވަރުގެ ކަމެ. އިންޑިޔާގެ ހިންނިޔައް ގޯސް ލޯނުގެ ދަންތޫރާގަ ދިވެހިން ޖަސްސަނީ.
ކާއްޓޭ
07 May 2020
ތިޔަ މަނަވަރުން އައިސް ފައިބާ މިތާ ޤާއިމްވެތިބެން އައީ ޔުނީފޯމްއެޅި ކިތައް މީހުންތޯވެސް ނޫސްތަކުން ހޯދާލަދީބަލަ.
އަޅިކުލަ
07 May 2020
ދެލޯފުޅާ އިންޑިއާ މީހުނެއް ނޫން ގެންދަވީ ސޭހުހަސީނާ ގާތުގަ ބުނެގެން ބަންގުލަދޭސް މީހުން ގެންދަންވީ
ކަތީބު3
07 May 2020
ހުޅުމާލޭގަ ތެޅި ބާލަނީ މި ބަގަތަ
ރަދީފްް
07 May 2020
އިންޑިއާއިން ތި އައި މަނަވަަރަށް މިއުޅޭ ބަންގާޅުގެ މީހުން ލާފަ ފޮނުވަބާ ބަންގާޅަށް.
12345
07 May 2020
އިންޑިއާއިން އެމީހުންގެ ރައްޔިތުން ގެންދަން މަވަރު ފޮނުވީ. ބަންގްލަދޭޝް އިން ފޮނުވީ ކާބޯތަކެތީގެ މަނަވަރެއް. ކޮންބައެއް ރަނގަޅީ؟ މަގޭ ނަޒަރުގަ އިންޑިއާ މީހުން. ބަންގްލަދޭޝް ބޭނުންވީ އެމީހުންގެ ރައްޔިތުން މިތަނަށް ބުރައަކަށްވެގެން މިތާ ތިބުން. އިންޑިއާ މީހުން އެގޮތް ބޭނުން ނުވީ.
ގާކޮށި ހުސޭނު
07 May 2020
ރާއްޖޭގަތިބި އިނޑިޔާ ސޮފައިން ހެންދަންވީ ކޭކުރާ ބައެއް އެއީ
ބޮޑުމީހާ
07 May 2020
މަޖްލިސް ރައީސް ގޮވައިގެން ދާނީ
އަތްޖަހާ
07 May 2020
ދެން ތިމީހުން ނުގެންނާތި. ދިވެހިންނަށް ހުރިހާ މަސައްކަތެއްވެސް ވާނެ
ވައިރަސް
07 May 2020
ނުވިޔެއްނު ވިނަމަ މިދުވަސް ދެކޭކައް ނުޖެހުނީސް
ފާއިޒު
07 May 2020
ލޮލް! މިކަލޭގެ ފާހަނަ ސާފުކުރަނީ ވެސް ބިދޭސީއެއް!
falcon_autho
07 May 2020
ދިވެހިންނަށް ވާނީ އަތްޖެހުން. 1978 ގެފަހުން އުފަންވި ކޮންމެ ދިވެއްސަކަށް އޮންނާނީ ފޮނިކެނޑުން. އަމަލީ މަސައްކަތެއް ކުރާނަމަ އެކަމުގައި އިސްކޮށްތިބޭނީ ބިދޭސީން. އިންޑިއާ މީހުން ގަވާޢިދުން ވިސާ ދައްކައިގެން ދިވެހިންގެ މަސައްކަތުގައި. ބަންގްލާދޭޝީން އެއްވެސް ވިސާއެއް ދެއްކުމެއްނެތި ގަވާޢިދާ ޚިލާފަށް ދިވެހިންގެ މަސައްކަތުގައި. ދެން ބާރަށް އަތްޖަހާ.