ވިޔަފާރި / އިބްރާހިމް އަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު

އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާނަން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކުގައި އާދަޔާ ހިލާފު ބޮޑު މުސާރަތައް ލިބޭ މީހުންގެ މުސާރަތައް ވެސް ކުޑަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މީހުންގެ މުސާރަތައް ކުޑަ ކުރަން ނިންމާފައިވާ އިރު، މިކަމާ ގުޅިގެން ވަކިވަކި ކުންފުނިތަކާ ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ކުންފުނިތަކުގެ މެނޭޖްމެންޓް ލެވެލްފައި މުސާރަ ކުޑަކުރެވޭނީ ކިހާ ވަރަކަށްތޯ ބަލައި އެހެނިހެން ގޮތްގޮތުން ވެސް ކުންފުނިތަކުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ނިންމުމަށް އެދިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. މި ކަންކަން ފިނޭންސް މިނިސްޓްރީއާ ހިއްސާ ކުރުމުން ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި މުސާރަ ލިބޭ މުވައްޒަފުން ތިބޭ އެއް ކުންފުންޏެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަން މިސާލަކަށް ނަންނަވައި، އަމީރު ވިދާޅުވި ގޮތުގައި، އެ ކުންފުންޏަށް ކޮވިޑް-19 ގެ ހާލަތުގައި މިހާރު ވެސް ބޮޑު ގެއްލުމެއް ވެ އެވެ. އެހެންވެ، ދިގު މުއްދަތަށް މުވައްޒަފުން ގެންގުޅޭ ނަމަ ހަރަދުތައް މެނޭޖް ކުރުމުގައި އަވަހަށް ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް އައިލެންޑް އޭވިއޭޝަން ނަގާ ކަމުގައިވާ ނަމަ، އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެ ހެރީ ހުއްޓިފައި. އެކަމަކު ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމާ މި ދަނޑިވަޅުގައި މިކަން ކުރަން އަޅުގަނޑުމެން އެންމެން އެއްބަސްވާން ޖެހޭ،" އަމީރު ވިދާޅުވި އެވެ.

މި ހާލަތުގައި ބޮޑެތި ގެއްލުންތަކާ ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ކުރިމަތިލާން ޖެހިފައިވާ މިފަދަ ފިޔަވަޅުތަކެއް މި ވަގުތު ނާޅައިފި ނަމަ އިތުރު އެހެން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް އަމީރު ވިދާޅުވި އެވެ. އެހެން ކަމުން ބޮޑެތި މުސާރަ ލިބޭ މުވައްޒަފުން ވެސް މި ހާލަތުގައި މި ކަންކަން ގަބޫލުކޮށް، އެއްބާރުލުން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ތަނުގައި ދިގު މުއްދަތަކަށް ހުރިހާ މުވައްޒަފުން އެމްޕްލޯއީ ކޮށްގެން މުސާރަ ދެވޭނެ ގޮތްތައް ބަލަން."

ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 15،000ރ. އަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަ ކުރުމަށް އަންގައިފަ އެވެ. މީގެ އިތުރުން އިއްޔެ މިނިސްޓަރު އަމީރު ވަނީ އަސާސީ މުސާރަ 20،000ރ. އަށް މަތިން ލިބޭ މީހުންގެ މުސާރަތައް ކުޑަ ކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

"މިސާލަކަށް އައިލެންޑް އޭވިއޭޝަން ނަގާ ކަމުގައިވާ ނަމަ، އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެ ހެރީ ހުއްޓިފައި. އެކަމަކު ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމާ މި ދަނޑިވަޅުގައި މިކަން ކުރަން އަޅުގަނޑުމެން އެންމެން އެއްބަސްވާން ޖެހޭ،" އަމީރު

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 20،000ރ އާއި 25،000ރ. އާ ދެމެދުގެ އަދަދެއް ލިބޭ މީހުންގެ މުސާރަ އިން ކަނޑާނީ 20 ޕަސެންޓު ކަމަށެވެ. މީގެ އިތުރުން 25،000ރ-60،000.ރ އާ ދެމެދުގެ އަދަދުތަކުން އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ އިން 30 ޕަސެންޓް ކަނޑާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރައިން ކަނޑާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި 35 ޕަސެންޓެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ތަނުގައި ދިގު މުއްދަތަކަށް ހުރިހާ މުވައްޒަފުން އެމްޕްލޯއީ ކޮށްގެން މުސާރަ ދެވޭނެ ގޮތްތައް ބަލަން،" އަމީރު

މި މިންގަނޑުގެ ތެރޭގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ނުހިމެނޭނެ އެވެ.

މުސާރަ ކުޑަކުރި ގްރޫޕްގައި ހިމެނޭނީ ސިޔާސީ މުވައްޒަފުންނާއި މިނިސްޓަރުންނާއި މަޖިލީސް މެންބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިސްޓްރީތަކުގެ ޕާމަނެންޓް ސެކްރެޓަރީންނާއި ކޮންޓްރެކްޓް ސްޓާފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ފަދަ ބޭފުޅުންނެވެ. މި ހުރިހާ ބޭފުޅުން ވެސް 20،000ރ. އިން މަތީގެ ބޮޑެތި މުސާރަތައް ދައުލަތުން ނަންގަވަ އެވެ.

މި އެޅި ފިޔަވަޅުތަކާ އެކު މަހެއްގެ މައްޗަށް މުސާރަ އިން އިތުރު 15 މިލިއަން ރުފިޔާ އުނިވާނެ އެވެ. ސަރުކާރުން މިހާރު ވެސް ވަނީ ހަރަދުތައް ކުޑަކުރުމަށްޓަކައި މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ތިން ބިލިއަނެއްހާ ރުފިޔާ ޖުމްލަ ބަޖެޓުގެ ހަރަދުން އުނިކުރެވިފައިވެ އެވެ.

25 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 6%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނާ2020

09 May 2020

100 ޕަސެންޓު ބޮޑުކޮށްފަ ހުރި މުސާރަތަކުން 25% ކެނޑީމާ އަދި ވެސް ކުޑަވީތޯ؟

The name is already taken The name is available. Register?

ގއަްދޫ

09 May 2020

ބޭފުޅާ ރަނގަޅުވާނީ އިސްތިއުފާދީފަ ގެއައް ވަޑައިގެންނެވިއްޔާ....ނުވާވަރު ކަންތަކާ ހާވާލު ނުވެބަލަ...

The name is already taken The name is available. Register?

ޕަބްޖީ

08 May 2020

އާދަޔާހިލާފު މުސާރަކީ ކޮބައިތޯ އެކަހަލަ މީހުން ތިބޭތޯ

The name is already taken The name is available. Register?

ފީއަލީ

08 May 2020

ދިވެހި ދައުލަތުން ހެސްކިޔާފަ ބޮޑެތި މުސާރަތައް ސިޔާސީވެރިންނަގައިގެން މިތިބެނީ 90 އެތައް މެމްބަރުންނެއް ކީއްކުރާ ބަޔެއްތޯ ޑްރާމާކުޅުންނޫން ކަމެއްނުކުރޭ

The name is already taken The name is available. Register?

ގުތުރަތު

08 May 2020

އަމީރު ސައިޒް އޮޅިގެން ނޫޅޭ! ޖެނިފާރ އަކީ ރައީސް ނަޝީދުގެ ސޯޝަލް މީޑީޔާގެ އެންމެ ހުނަރުވެރި އެކްޓިވިސްޓް، އެކަމަނާ އަށް މަހަކު ޤ 100،000ރ އައިއޭއެސް އިންނާއި ޕޯސްޓު ކުންފުނިން ލިބޭ މިހާރުވެސް! އަމީރު ޖެހޭނީ ބަލަން ހުންނަން! ކުރެވޭނެ ކަމެއް ނޯނާނެ! ދެންލަލަލާ!

The name is already taken The name is available. Register?

މަންނާނު

08 May 2020

ރަނގަޅު ހުރިހާއެންމެންގެ މުސާރަ ކުޑަކޮއްފަ އެބައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަޓުވާލާ ސަޅިވާނެ

The name is already taken The name is available. Register?

މުސާ ރ

08 May 2020

ފުރަތަމަ މިނިސްޓާރުންނާ، ސިޔާސީ މީހުންނާ، މަޖިލިސް މެމްބަރުންގެ މުސާރަތަށް 20،000 އަށް ދައްކުރަންވީނުން. އަދި ތީގެ ތެރޭގަ ހިމަނަންވާނެ މީރާ އާއ ޕެންޝަން އެޑްމިނިސްޓްރޭޝަންވެސް. އެތަންތާގެ މީހުންގެ މުސާރަތައްވެސް ހުރީ އަތްނުފޯރާ ހިސާބުގަ.

The name is already taken The name is available. Register?

ރެޓޭ

08 May 2020

މި އެ މް.ޑީ.ޕީ އަކީ ވަރަށް ފާޑެއްގެ އެއްޗެއް! އޭތި ވެރިކަ މަށް އަރައިފިއްޔާ ކޮން މެވެސް ގޮތަކުން ބަލާއާއި މުސީބާތް އެބަ ލައްވާލާ!

The name is already taken The name is available. Register?

ދަރަނި ދަންތުރަ

08 May 2020

25000 ހާސް އިނގޭތޯ

The name is already taken The name is available. Register?

މަދު

08 May 2020

މި ސަރުކާރު އައިސްފައި ތި ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ މުސާރާރަ 100% ބޮޑު ކުރީ ކީއްވެތޯ؟ 25 ހާސް ލިބުނު މީހާއަށް އިތުރު 25 ހާސް އާ އެކު 50 ހާސް ދޭންޖެހުނީ ކީއްވެތޯ. 20 ހާސް ލިބުނު ވެރިއާއަށް 40 ހާސް ދިނުމަށް ނިންމީ ކީއްވެތޯ. މި މުސާރަތައް ފިނޭންސް ވަޒީރު އެޕްރޫވް ކުރައްވާފައި ވަނީ. މި ވެރިކަން އައިފަހުން ކުންފުނީގެ ޚަރަދު އިންތިހާއަށް ބޮޑުވެގެން ގޮސް ކުންފުނި ހިންގުން ބޮޑު ބުރައަކަށް ވެފައި ވަނިކޮށް ކޮވިޑްއާ ދިމާވީ. ދެންވާނެ އެއްޗެއްވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454