ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ކުރުމާއެކު އައިޖީއެމްްއެޗުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ދެނީ-- ގިނަ ބަޔަކަށް ސިއްހީ އިންތިޒާމުތައް ނޭންގޭ ކަމަށް އެޗްއާރުސީއެމްގެ ދިރާސާއިން ދައްކާ---
07 މެއި 2020 - 23:01
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު މާބަނޑު ގިނަ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ނޭނގޭ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ނުތަނަވަސް ހާލަތުގައި ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، އެ ކޮމިޝަނުން މިދިޔަ މަހު ކުރި ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން 65 ޕަސެންޓް މީހުންނަށް، ޚާއްސަކޮށް މާބަނޑު މީހުންނަށް ހަމަޖައްސައިފައިވާ ސިއްހީ އިންތިޒާމުތަކުގެ މައުލޫމާތު ނޭނގޭ ކަމަށެވެ.
Covid-19: Haalathu dhenegathumah HRCM inn mauloomaath ehkuranee
The most trusted news source in the Maldives
Mihaaru
އެޗްއާރުސީއެމުން ދިރާސާ ފެށުން
އެ އިންތިޒާމުތައް ނޭނގޭ ކަމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ 75 ޕަސެންޓް މީހުން ބުނާއިރު، އެނގޭ ކަމަށް ބުނަނީ 20 ޕަސެންޓް މީހުންނެވެ. އެފަދަ އިންތިޒާމެއް ހަމަޖައްސާފައިވާކަން ނޭނގޭ ކަމަށް އަތޮޅުތެރޭގެ 54 ޕަސެންޓް މީހުން ބުނެ އެވެ. އެނގޭ ކަމަށް ބުނަނީ 28 ޕަސެންޓް މީހުންނެވެ. އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށް 11 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ.
ދިރާސާ އަށް މައުލޫމާތު ދިން މީހުންގެ ތެރެއިން 59 ޕަސެންޓް މީހުން ބުނަނީ ދާއިމީ ބަލިތަކުގެ މީހުންނަށް މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތައް ނޭނގޭ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން އެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ނޭނގޭ ކަމަށް 67 ޕަސެންޓް މީހުން ބުނާއިރު އިންތިޒާމުތައް އެނގެނީ 21 ޕަސެންޓް މީހުންނަށެވެ. އަތޮޅުތެރެއިން 46 ޕަސެންޓް މީހުންނަށް އިންތިޒާމުތަކާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށް ބުނާއިރު އެނގޭ ކަމަށް ބުނެފައިވަނީ 35 ޕަސެންޓް މީހުންނެވެ. އަދި އެފަދަ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށް 12 ޕަސެންޓް މީހުން ބުނެ އެވެ.
Maabandu meehun viheumaai doctor ah dhakkan khaassa inthizaam thakeh
The most trusted news source in the Maldives
Mihaaru
މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ އިންތިޒާމްތަކެއް އައިޖީއެމްއެޗުން ހަމަޖެއްސުން
ކޮވިޑް-19 ނޫން އެހެން ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ ފަރުވާ ހޯދާނެ ގޮތެއް 54 ޕަސެންޓް މީހުންނަކަށް ނޭނގެ އެވެ. ރަށުން ނުލިބޭ ސިއްހީ ހިދުމަތާއި އިމަޖެންސީ ފަރުވާ ހޯދުމަށް އަމަލު ކުރަން ޖެހޭ ގޮތް ދިރާސާގައި ބައިވެރިވި 72 ޕަސެންޓް މީހުންނަށް ނޭނގޭ ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ދިރާސާއަށް މައުލޫމާތު ހިއްސާކުރި 52 ޕަސެންޓް މީހުންނަށް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމެއް ވެސް ނޭނގެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ގޮތް ނޭނގޭ ކަމަށް 75 ޕަސެންޓް މީހުން ބުނެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ 81 ޕަސެންޓް މީހުންނަށް އެ މައުލޫމާތު ނޭނގޭއިރު އަތޮޅުތަކުގައި ދިރިއުޅޭ 65 ޕަސެންޓް މީހުންނަށް ވެސް އެނގޭ ކަމަކަށް ނުވެ އެވެ.
ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ އާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތް ވެސް ދިރާސާގައި ބައިވެރިވި 70 ޕަސެންޓް މީހުންނަކަށް ނޭނގެ އެވެ. ދިރިއުޅޭ ރަށުގައި އެ ބައްޔަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް 15 ޕަސެންޓް މީހުން ބުނިއިރު 11 ޕަސެންޓް މީހުން ވަނީ އެއްވެސް ފަރުވާއެއް ލިބެން ނެތް ކަމަށް ބުނެފަ އެވެ.
ދިރާސާއަށް މައުލޫމާތު ދިން 48 ޕަސެންޓް މީހުން ބުނަނީ ރަށްރަށުން ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި 23 ޕަސެންޓް މީހުން ބުނެފައިވަނީ ބޭސް ލިބުމުގައި ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ. މިވަގުތު ބޭސް ހޯދުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ނޭނގޭ ކަމަށް 35 ޕަސެންޓް މީހުން ބުނާއިރު އެނގޭ ކަމަށް ބުނަނީ 29 ޕަސެންޓް މީހުންނެވެ.
އެ ދިރާސާގެ މައްޗަށް ބަލައި އެޗްއާރުސީއެމުން ބުނީ ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭ ގޮތަށް ގެނެސްފައިވާ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު އާންމުންގެ ގިނަ ބަޔަކަށް ލިބިފައި ނެތް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ އާއި ބައެއް ރަށްތައް ލޮކްޑައުން ކޮށްފައިވާއިރު އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ގިނަ ހޮސްޕިޓަލްތަކަކުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އޮންލައިންކޮށް ބޭހަށް އެދެވޭނެ އިންތިޒާމު އެސްޓީއޯ ފާމަސީން ހަމަޖެހިފައި ވެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނުކައްކާބޮލި
08 May 2020
ކުރިންވެސް މިހާރުވެސް ސަރުކާރުން ކުރާ ކަންކަން ފުރިހަމަ ނޫނަސް ފުރިހަމަކަން ދައްކަން މީޑިއާގައި ވަރަށް މަސައްކަތްކުރޭ. ކަމަކަށް އެދިގެން ގޮސް ބަލާއިރު އެބުނާ ގޮތަށް ނުހުރޭ. ރާއްޖެ ކުޑަކަމާއި އެކަކު އަނެކަކު އެނގޭލެއް ފަސޭހަކަމާއި ހުރިހާ ދާއިރާއެއްގައިވެސް ދަންނަ މީހުންނާއި ތިމާގެ މީހުންނާއި ރައްޓެހިން ތިބޭނީ ކިތަން ވަރަކަށް ރީތިކުރުމަށް ވާހަކަ ދެއްކިޔަސް ހަގީގަތް އެނގެމުންދޭ. މިހެންވާތީ މީހުން އަޅާނުލަނީ، އަޑުނާހަނީ، އިތުބާރު ނުކުރަނީ.
ހަކީމް
08 May 2020
ގޭގަ ނެޓްފިލިކްސް ބަލަން ތިބީމަ ވާނުވާއެއް ނުއެނގޭނެ. އަބަދާ އަބަދު މައުލޫމާތު އެބަދޭ ... އަޑުއަހަން ބޭނުމެއް ނުވޭ.
ބެސްޓީއޯ
08 May 2020
އެސްޓީއޯގަ ބޭނުންވާ ހުރިހާ ބޭހެއް ނުހުރޭ. އެއީ މޮޅުކަމަކީ. ލޮކްޑައުންގަވެސް ޖެހެނީ ބޭރަށް ފާމަސީތަކަށް ދުވެގެން ހޯދަން. އެވަރުންވެސް ނުލިބޭ ބޭސް ހުރުން އެއީ ސަރުކާރު ވަރަށް ބޮޑަށް ފޭލްވުމޭ ހަމަ ބުނެވޭނީ.
އޭނަ މީނަ
08 May 2020
ބަލަ އެކަންތައް ބަލައި ހޯދުމަކީ ރައްޔިތުންގެ ޒިންމާއެއް. ނޭނގެޔޭ ކިޔާފަ އަތް އުރާލައިގެން ހުއްޓަސް ކަމެއްނުވާނެ. ތީގެން އެނގެނީ ޤައުމުގެ ގިނަ މީހުން ހޭލުންތެރިނުވާކަން. އަދި ދޮގު މަޢުލޫމާތުތައް ހޯދަން މަސައްކަތްކުރާކަން.
Ali Gasim
08 May 2020
ޢެއްވެސް ރައްޔިތަކަށް ކަމެއނޭންގޭ އިރު ބޮޑުކޮމިޝަނުގަ މުސާރަ ނަގަެި ތިތިބެނީ ކީއްވެގެނޯ މިދިޔަ 5 އަހަރު ތިބީ ހިރަށްވަދެ ފިލާ
ފެންވަރު ސުމެއް
08 May 2020
ދުނިޔޭގެ އެެހެން ގައުމުތަކުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތް ބަލާފައި މިގައުމުގެ ކޮމިޝަން މަސައްކަތް ބެލީމަ ދެލޮލުން ކަރުން ފައިބާ. މާދަމާ މިމީހުން ސާވޭއެއް ހަދާނެ އެޗްޕީއޭ ފޯނު ނަންބަރު އެނގެނީ ކިތައް މީހުންނަށްތޯ ބަލަން. ކީކޭ ބުނާނީ. މާ ރަނގަޅެއް ނޫންތަ ކުލި ނުދެއްކިގެން ހާލުގައި އުޅެނީ ކިތައް މީހުންތޯ ބަލަން ސާވޭ ހެދިއްޔާ. ނޫނީ ބަންގްލަދޭޝް މީހުންގެ ތެރެއިން ނުގައިވައިދުން އެތެރެކޮށްފައި ތިބި މީހުންގެ އަދަދުބަލަން ސާވޭ ހެދިއްޔާ. ސާބަހޭ!
ޢެޑްމުންޑޯ
08 May 2020
ރާބުއިމަކީ އިސްލާމްދީނުގައި ހަރާމްކަމެއްތޯ އަހާބަލަ ، އަދި ސިގެރެޓް ބުއިމަކީ ސިއްހަތަށް ކިހާވަރަކަށް ގެއްލުން ހުރިކަމެއްތޯވެސް އަހާބަލަ ، ކިތަންމީހުންނަށްތޯ އެކަން އެގެނީ ، ދިވެހިންނަކީ ވަރަށް ޖާހިލު ބައެއް ، ކުރިމަތިން ފެންނަހުންނަ ކަންތައްވެސް ނޭގޭ ކަމަށް ބުނާނެ،
ކަކުނިބޯ
08 May 2020
އެއްދުވަހު ބުނާނެ ހޮސްޕިޓަލަށްނާދޭ އަނެއްދުވަހު ބުނާނެ އާދޭ އަނެއްދުވަހުބުނާނެ ވައިފައިކޮށް ބަލަމުންނޭ މިދަނީ އަނެއްދުވަހުބުނާނެ ބުލޫޓުތް މެދުވެރިކޮށް ކޮންސަލްޓަންސީ ދެމޭ ދެން ކޮވިޑް ޓެސްޓްހަދާފަ 4 ދުވަސްފުންބުނާނެ ގުޅާފަނުނާނެ ނޯމަލް އޭ ބަލިމީހާ ބުނާނެ ކޮވިޑް އަށް ޕޮސިޓިވްވިތީއެއްނޫނޭ ޑރ އަށް ދެއްކީ ބަލި ރަގަޅެއްނުވެއޭ ފޯނުން ބުނާނެ އަނެއްކާ ދައްކާށެޖިހޭނީ އަލޫގަޑުމެން ޕޮސިޓިވް ނެގެޓިވް ކިޔާމީހުންނޭ
ހެ ހެ
08 May 2020
ވަރަށް މުހިއް މުވާހަކައެއް. ނޫސްވެރިން މިކަން އޮޅުން ފިލުވަ ދޭން ޖެހޭ. ހަ މައެކަނިނޭގެނީކީވެސް ނުން. ރަގަޅު އިންތިޒާ މް ވެސްހަ މަޖައްސާފަނެތީ.
ވާނުވާ ވާޏުވާ
08 May 2020
ކޮންމެ މީހަކުވެސް ބަލަނީ ސޯޝަލް މީޑިޔާގައި ހުންނަ ފޮލާ. ކިތަންމެ ވަރަކަށް ޕްރެސް ކޮންފަރެންސް ބާއްވާ މައުލޫމާތު ހިއްސާ ކުރިޔަސް މައުލޫމާތު ހޯދާ ލިިބިގަތުމުގެ އެއްވެސް ޒިންމާއެއް އަދާނުކުރޭ. ދެން ކީއްކުރާނީ. އެންމެ އާދައިގެ ކަންތައްވެސް ނޭނގެ.
ިިއިބްނު ހަސަން
08 May 2020
ނިއުންސް ކޮންފަރެންސް ބެލުމާއި، ކިޔައިދޭ ވާހަކަ ގަބޫލުކުރުން ބޭކާރު ކަމަށް ރައްޔިތުން ގަބޫލުކުރާތީ ނުބަލަނީ. ހުރިހާ ކަމެއް ހުރީ އެންމެ ފުރިހަމައަށް ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށް ކަން ހުރީ އެހެން ނޫންކަން ޑރ.ޝީނާ ރޭގައި ހާމަކުރެއްވީ. އަދި ނުބުނެވޭ ކިތަންމެ ވާހަކައެއް ހުންނާނެ. މީހަކު ނިއުސް ކޮންފަރެންސެއްގައި ނުބުންޏަސް ތުންތުންމަތިން އައިސް މިކަހަލަ ވާހަކަ އާންމުވެ އެނގިފައި ހުންނާތީ ދައްކާހައި ވާހަކަ އަޑުއަހަން ބަލަން ބޭނުން ނުވަނީ.