ޚަބަރު / އައިޖީއެމްއެޗު

މާބަނޑު މީހުން ވިހެއުމާއިި ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްގައި ޚާއްސަ އިންތިޒާމްތަކެއް

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަސީލް ވާހަކަ ދައްކަވަނީ: މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމާއި ވިހެއުމުގައި ޚާއްސަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު

24 އެޕްރީލް 2020 - 23:46

1 comments

ކޮވިޑް-19 އާ ގުޅިގެން، މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމާއި ވިހެއުމުގައި ޚާއްސަ ގައިޑްލައިންތަކެއްގެ ދަށުން އައިޖީއެމްއެޗްގައި ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަސީލް ޖަލީލް ވިދާޅުވީ އައިޖީއެމްއެޗްގައި އަންނަ ޖުލައި މަހާ ހަމައަށް ވިހާ ހުރިހާ މާބަނޑު މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުން މިހާރު ދިރިއުޅޭ އުޅޭ ތަންތަނުގެ މައުލޫމާތު ވެސް އެއްކޮށްފައިވާ ކަމަށެވެ. އަދި އިމަޖެންސީގައި މާބަނޑު މީހަކު ގެނަޔަސް، އެ މީހާއާ ބެހޭ މައުލޫމާތު ލިބޭނެ ގޮތަށް ރެކޯޑްތައް ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިހާ ދުވަހާ ހަމައަށް މާބަނޑު މީހާ ހުންނާނީ ގެއެއްގައިތޯ ކޮން ފްލެޓެއްގައި ތޯ އެހާ މިންވަރަށް އަޅުގަނޑުމެެން މިހާރު ހުންނާނީ އެ ކަރުދާސްތައް ތައްޔާރު ކުރެވިފައި. މި ތަރުތީބުން އަޅުގަނޑުމެން ޕޭޝަންޓުންނަށް ގުޅަމުން ވެސް ގެންދާނަން،" އަސީލް ވިދާޅުވި އެވެ.

އަސީލް ވިދާޅުވީ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިފައި އޮތަސް، ބައެއް ހާލަތްތަކުގައި މާބަނޑު މީހުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންދަން ޖެހޭތީ އެކަމަށް ވެސް ޚާއްސަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މާބަނޑު މީހުންނަށް ފަރުވާ ދޭ ފަރާތްތައް ވެސް ޚާއްސަ މިންގަނޑުތަކެއްގައި އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާބަނޑު މީހުން ފޯނު ކޮންސަލްޓޭޝަންއަކުން މުޅިން ފުރިހަމަ ވެގެން ނުދާނެ ހާލަތްތައް ހުންނާނެ. އެ ހާލަތްތަކުގައި ފޯނު ކޮންސަލްޓޭޝަން ތެރެއިން ސްކްރީން ކުރުމަށް ފަހު ބުދަ ދުވަހު ހެނދުނު 9 އާއި 12 އާ ދޭ ތެރޭގައި އަޅުގަނޑުމެން އެ ޕޭޝަންޓުން ގެނެވޭނެ. އެ ޕޭޝަންޓުން ބަލަމުން ދާއިރު، އަޅުގަނޑުމެން ދާނީ ސިއްހީ މިންގަނޑުގެ ތެރެއިން ޕީޕީއީ ބޭނުން ކުރެވިގެންދާނެ،" އަސީލް ވިދާޅުވި އެވެ.

އަސީލް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ މާބަނޑު މީހުންނަށް ވަކިން ފަރުވާ ދެވޭ ގޮތަށް އަދި ވިހެއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ މާބަނޑު މީހުންނަށް ވެސް ފަސޭހަ އިން ޑޮކްޓަރުންގެ ލަފާ ހޯދޭނެ ގޮތަށް ޚާއްސަ ފޯނު ނަމްބަރުތަކެއް ހުންނާނެ ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގައި އިސްކޮށް ތިބޭ ފަރާތްތަކުގެ ކިބައިން ވެސް އެފަދަ މައުލޫމާތުތައް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސީލް ވިދާޅުވީ ރާއްޖޭގައި އަހަރެއްގެ މައްޗަށް 6،900 އަށް ވުރެ ގިނަ މީހުން ވިހާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި މާބަނޑު މީހުންނަށް މިހާތަނަށް ކުރިމަތިވީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުގެ ލަފައަށް އަމަލު ކުރެވޭ ނަމަ، އެ އަދަދުތައް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށާއި އަދި މިފަދަ ބައްޔެއް ފެތުރެމުންދާއިރު، މާބަނޑުވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޮތް ނޭނގޭ ބައްޔެއް އުޅޭއިރު އާއިލާ ރޭވުމާއި އަދި ނުރޭވި މާބަނޑުވުމަކީ އެންމެ އެދެވިގެންވާ ކަމަކަށް ނުވާނެ ކަން ވެސް ފާހަގަ ކޮށްލަން ބޭނުން،" އަސީލް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 128 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.

1 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 7%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތެރީޝ

25 April 2020

ތިހެން މިގަައުމުގަ ދޭތެރެ ދުރު ކުރިކުރީނުން މިއުޅެނީ މަހައް ފަރައް ކީއްކުރަންތޯ ތިޔަކަލަގެ ޑޮކްޓަރުކަން ކުރާނެ މީހަކުވެސް މިގައުމަކުނެއް ޙުދުތިމާމީހާ ދުނިޔެއައް އައިރު ހުރީ ތިވަރައްތޯ އިސްލާމް ދީނުގެ ސުންނަތުން އެއޮތީ އެގެން ގިނަ ކުދިން ހޯދަން ޖެހޭކަން މިއަދުގެ ސައިންޓިފިކަލް ދިރާސާތަކުން އޮއޮތީ އެގެން ގިނައިން ވިހާ އަންހެނުން ރީތިވާކަން ޒުވާންކަން އިތުރުވާކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454