ހުޅުމާލޭގައި ހިންގި ވަޅި ހެރުމުގައި ޒަހަމްވި އެކަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދަނީ.---ފޮޓޯ: ސޯޝަލް މީޑިއާ
11 މެއި 2020 - 14:03
ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން ފައިގައި ޓެގް އެޅުވީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ދައުވާ ނުކުރެވި ދޫވި މީހުންގެކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި އަށް މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން ވަނީ އަމުރު ލިބިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މީހުންގެ ޓެގް އެޅުވީ އެއް އަހަރުގެ މުއްދަތަށެވެ.
ނުރައްކާތެރިކަމަށް ބެލެވޭ އަށް މީހެއްގެ ފައިގައި ޓެގް އެޅުވި އިރު ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ވެސް އަށް މީހެއްގެ މައްސަލަ އެވެ. އެ އެންމެން ވެސް ވަނީ، ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ތަހުގީގު އަލުން ފުރިހަމަކުރަން ޕީޖީން އެންގުމުން، ބަންދުގެ މުއްދަތު ހަމަވެ މިދިޔަ ހަފުތާގައި ދޫކޮށްލަން ޖެހިފަ އެވެ. ނަމަވެސް ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި އެއީ ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައެއް ނޫނެވެ.
ޕީޖީން އެދުނު ގޮތަށް ފުލުހުން ތަހުގީގު ފުރިހަމަކުރަމުން އަންނައިރު، އެންމެ ފުރަތަމަ ޕީޖީ އަށް މައްސަލަ ފޮނުވި އިރު، ބައެއް މީހުން ކުށަށް އިއުތިރާފް ވެފައިވާކަން ވަނީ އެނގިފަ އެވެ. އަދި ދައުވާކުރަން އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް އެންގީ، ދައުވާ ނުކޮށް ބަންދުގައި ބައިތިއްބަން ފުލުހުންނަށް ލިބޭ މުއްދަތު ހަމަވި ވަގުތާ ދިމާކޮށް ކަމަށް ވެސް އެނގިފައިވެ އެވެ.
- އިބްރާހިމް އަހްސަން މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
- މުހައްމަދު މާތިއު އަބްދުއްރައްޒާގް، ޅ. ނައިފަރު/އަލިހާ
- އަހްމަދު ރިޝްވާން، ތ. ތިމަރަފުށި/ގާޑެން ހައުސް
- މުހައްމަދު ސޮބާހް، ކ.މާލެ/ވ.ލަންދޫގެ އާގެ
- އަބްދުﷲ މުއާޒް، ހދ. ނޮޅިވަރަން/ކަސަބް
- އަލީ ހަމްޒަތު، ގދ. ވާދޫ/ސީސަންގެ
- މުހައްމަދު ވިސާލް އިބްރާހިމް، ތ.ތިމަރަފުށި/ބަގީޗާގެ
އީސާ މުހައްމަދު، ޅ. ނައިފަރު/އަލިވާގެ
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ހަމަލާ ދިނީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމުގައި އަމަލީ ގޮތުން ތިން މީހަކު ބައިވެރިވެފައިވާ ކަމަށާއި ދެން ތިބި ފަސް މީހުންނަކީ އެހެން ގޮތްގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ބިދޭސީންނަށް ވަޅިން ދިން ހަމަލާތަކުގެ ތަހުގީގުގައި، ފުލުހުން ވީޑިއޯ ފުޓޭޖް ހޯދަން ހަރަކާތްތެރިވަނީ
މި މީހުންގެ ޓެގް އެޅުވީ ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން މުޖުތަމައުގެ ނުރައްކަލަށް ކުރަމުންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެ ފަރާތްތައް ކޮންޓްރޯލްކޮށް ބަލަހައްޓަންޖެހޭތީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ލިބޭ އިހުތިޔާރުގެ ދަށުންނެވެ. އިމްރާން ވިދާޅުވީ، މި މީހުންނަކީ ރައްޔިތުންގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގަން ވެސް ރޭވި ބައެއް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ބޮޑެތި ބައެއް ވައްކަންތަކާ ވެސް، ހަރުކަށި ފިކުރުމުގެ ބަޔަކާ ގުޅުން އޮތްކަމާއި މިފަދަ ބައެއް އަމަލުތައް ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި ހުއްޓުވާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ އެވެ. ހައި ހޮމެ މކކޯޓުން ނެރޭ އަމުރު ތަންފީޒު ކުރަން ޖެހޭނީ ފުލުހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
11 May 2020
ސީޕީ ހަމީދުގެ މައްސަލަ ތަހުގީގުކުރާކަށް ނުވޭތޯ
އަލީ7
12 May 2020
ކޮން މައްސަލައެއް؟
ޓެގް
11 May 2020
ނުރައްކާތެރި މީހުންގެ ގައިގައި ޓެގް އަޅުވައިދެއްވީތީ ސަރުކާރަށް މަރުޙަބާ ދަންނަވަން. ހަމަ ތިގޮތަށް ޑްރަގް ވިއްކާ މީހުންގެ ފައިގައިވެސް އަވަހަށް ޓެގް އަޅުއްވައިދެއްވާ. މިހެން ދަންނަވާއިރުވެސް މިހާރު މިއޮތް ސަރުކާރު އައީ އުމަރު ނަސީރު ޓެގް އަޅުވާތީ ވަރަށް ބޮޑަށް ފާޑުކިޔާފައިކަން ހަނދާނުގައި އެބަހުރި. އެކަން ހަނދާން ނައްތާލާފައި މިކަން ކޮށްދެއްވާ.
ފުޅި މަދުއުނގުރި
11 May 2020
ވ. ލަންދޫއާގެ ސޮބާހު ތީ 2007 ވަނަ ސަލްޓަން ޕާކުގަ ބޮން ގޮއްވި މީހުން ތެރެއިން އެކަކު ދޯ
ހަމަ އަހާލީ
11 May 2020
މަގުމަތިން ކަރަށް ވަޅިޖެހީމަވެސް ތިއެޅުވެނީ ޓެގެއް ޖަރީމާ ހިންގަންދަމުން ފުލުހުންނަށް ގުޅާފަ އެމީހުންގެ ހާޒިރުގަ އެކުށް ނުކޮށްފިއްޔާ މިޖެހެނީ ސާބިތުނުވެގެން ދޫކޮށްލަން ހާއްސަކޮށް މިއުޅޭ ޓެރެރިސްޓުން ކުރާކުށް ރިލްވާން ވީތަނެއް ނޭނގޭ ޔާމީނު މެރިމީހުން މިހާރު ސަލާމަތްވުމުގެ މަގުމަތީގަ އަފްރާސިމް މެރިމީހުން ވީތަނެއްނޭނގުނު ބޭރުމީހުންގަޔަށް ވަޅިޖެހުމުގެ އަދަބަކަށް ދެފައިގައި އުޅާއެޅުވުން
ހަޒާނާ
11 May 2020
ޑްރަގް ވިއްކާ އަދި އެތެރެ ކުރާ މީހުންގެ ނަން އާއްމު ކޮށް ޓެގް އަޅު ވާ ދިނުން އެދެމެވެ. ޒުވާން ޖީލު ގެ ބައެއް ހަލާކު ވެއް ޖެ އެވެ.
ތެދުދުންމާރި
11 May 2020
ބަލަ ހަސަނާ. ފުލުހުން ދައްކާ ވާހަކަ ގަބޫލު ކުރާނީ މޮޔައެއް. ތީގެ ތެރޭގައި އެކަން ކުރި މީހުންނާ އެއްވެސް ވަރަކަށް ކަމާ ނުބެހޭ މީހުން އުޅޭ. "މިފަހަރު ކަލޭވެސް ގެންދާނަމޭ" ކިޔާފަ މަގުމަތީގައި ތިބޭ އިނޮސަންޓް މީހުންވެސް ފުލުހުން ހައްޔަރު ކުރޭ. ފުލުހުން ޖައްސާ ގޭމް މިހާރު ޕީޖީ އަށް ވެސް އެނގޭ. އަސްލު މީހުން ނުހޯދެނީ ގާބިލުކަން ނެތީމަ. އެކަން ގަބޫލުކުރޭ
އިބިރިހިމްބެއްޔާ
11 May 2020
ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިޒަމްގެ އަމަލުހިންގާ ނުވަތަ ހިންގަން ރާވާ މީހުންނާއި ދޭތެރޭ ފިޔަވަޅު އެޅޭނީ ފިސާރި ކެރިގެން. އެފަދަ މީހުންނަކީ ކޮރަޕްޝަން ތެރެއިން ޑްރަގް ވިޔަފާރި ކުރާ މީހުން ހަދާގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވެސް އެމީހުންގެ ނުފޫޒު ފޯރުވާނެ މީހުން. މިކަހަލަ މީހުން ދެނެގަނެވުނަސް އެމީހުން މުޖުތަމައު ތެރެއިން އުފުރާ ލެވޭނީ ވަރަށް ޚާއްސަ "ހިކްމަތް އަމަލީ" ކެމްޕެއިން އަކުން. ލަންކާގެ ސްޓްރެޓެޖީ ބައްލަވާ ލައްވާ.
ރައްޔިތު ސޮރު
11 May 2020
ތިކަހަލަ ބަެކާރު ވާހަކަ ނުދައްކާ! ޤަސްދުގަ ހަމަ ދޫކޮށްލީ! ތިމީހުން ކުރި އަމލް ދުނިޔޭގެ ހުރިހާ ޤަޢުމަކުންވެސް އެއްބަސްވާނެ އެއީ ޓެރަރިޒަމްކަން! ތިއަށްވުރެ މުޖުތަމަޢައް ވަކި ނުރައްކާތެރި ކުއްވެރިންނަކީކޮބާ؟ އަހަރެމެން އަބަދުވެސް ބުނަމުން މިއަންނަނީ ޝެއިހް އިމްރާން މިނިސްޓަރަކަށް ހުއްޓަކަ އަދި ޕީޖީ ޝަމީމް ހުއްޓަކަ މިޤަޢުމު ކުއްވެރިންގެ އަތްދަށުން މިނިވަނެއް ނުވާނެއޭ! ވެދުން