11 މެއި 2020 - 01:48
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހުޅުވާލުމުން އެންމެ ހެޔޮ އަގު ހުށަހާފައިވާނީ މެޑްޓެކް ކަމަށް ބުނަމުން ދިޔަ ނަމަވެސް އެސްޓީއޯއިން އެކަން މިރޭ ދޮގުކޮށްފި އެވެ.
އެސްޓީއޯ އަށް އެ ޕްރޮޖެކްޓް ނުދީ ދިވެހި އަމިއްލަ ދެ ކުންފުންޏަކާއި ދުބާއީ ކުންފުންޏަކަށް ދިން މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަވަސް ކުރުމުގެ ގޮތުން މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. އެ މައްސަލަ ބޮޑުވެފައިވަނިކޮށް، މިއަދު އާންމުވި ލިޔެ ކިޔުންތަކުން ދައްކާގޮތުގައި ވެންޓިލޭޓަރު ގެންނަން އެންމެ ހެޔޮ އަގެއް ހުށަހެޅީ އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ މެޑްޓެކް މޯލްޑިވްސް އާއި ނާޑް ކުންފުނިންނެވެ. އަދި އެ ޑޮކިއުމެންޓް ބުނާގޮތުން އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އެސްޓީއޯއިންނެވެ.
Ventilator ah emme kuda agu hushahelhee Medtec in
The most trusted news source in the Maldives
Mihaaru
އެންމެ ކުޑައަގު ހުށަހެޅީ މެޑްޓެކްއިން ކަމަށް ބުނުން
އެކަމަކު އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު، މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހެލްތު މިނިސްޓްރީ އަށް ތިން މެނުފެކްޗަރާއެއްގެ އަގު ހުށަހެޅި އެވެ. އެއީ ސްވިޑްންގެ ބްރޭންޑަކާއި ޖަރުމަނުގެ ބްރޭންޑެއްގެ އިތުރުން އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނީގެ ވެންޓިލޭޓަރުތަކުގެ އަގުތައް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އޭގެ ތެރެއިން ސްވިޑްންގެ ބްރޭންޑެއްގެ ވެންޓިލޭޓަރެއް، 30 ދުވަހާއި 45 ދުވަހާ ދޭތެރޭގައި ގެނެސްދޭން އެސްޓީއޯއިން ހުށަހެޅި އަގަކީ 206،000ރ. އެވެ. މި އަގު ހުށަހަޅާފައި ވަނިކޮށް އެސްޓީއޯ އަށް މި އެއްޗެހި ގެންނަން ނުދިން ސަބަބެއް އަދި ނޭނގެ އެވެ.
ކުރިން އެންމެ ހެޔޮ އަގު ހުށަހެޅި ކަމަށް ބުނާ މެޑްޓެކުން ހުށަހަޅާފައިވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288،914ރ. އަށް ގެނެސްދިނުމަށެވެ. ގެންނަން ނަގާނެ މުއްދަތަކަށް ހުށަހަޅާފައިވަނީ ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ހެލްތު މިނިސްޓްރީން ވަނީ 50 ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން 18 ވެންޓިލޭޓަރު މިއަދު ވަނީ ގެނެސްފަ އެވެ.
ދެން އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވާ ނާޑުންނެވެ. އީވްއިން ބްރޭންޑްގެ ވެންޓިލޭޓަރެއް 14 ދުވަސް ތެރޭ ގެނެސްދޭން އެ ކުންފުނިން ހުށަހަޅާފައިވަނީ 351،577ރ. އެވެ. އެހެންކަމުން 20 ވެންޓިލޭޓަރު ރާއްޖެ އަށް ގެންނަން ނާޑް ކުންފުނިން ނަގާ އަގަކީ 7،031،541ރ. އެވެ.
އެސްޓީއޯއިން ދެވަނައަށް ހުށަހެޅީ ޖަރުމަނު ބްރޭންޑެއްގެ ވެންޓިލޭޓަރެއް ގެނައުމަށެވެ. ފަނަރަ ދުވަހާއި 20 ދުވަހާ ދޭތެރޭ މުއްދަތެއްގައި އެ ބްރޭންޑް ވެންޓިލޭޓަރެއް ގެނައުމަށް އެސްޓީއޯއިން ހުށަހެޅީ 424،000ރ. އަށެވެ.
އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ބްރޭންޑްގެ ވެންޓިލޭޓަރެއް 65 ދުވަހާއި 80 ދުވަހާ ދޭތެރޭގެ މުއްދަތެއްގައި ގެނައުމަށް އެސްޓީއޯއިން ހުށަހަޅާފައިވާ އަގަކީ 873،000ރ. އެވެ.
އަބްދުﷲ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅަށް ވެންޓިލޭޓަރުތައް ގެނެސް ދިނުމަށް އެންމެ ހެޔޮ އަގު އެސްޓީއޯއިން ހުށަހެޅުމުން ވެސް އެ ކުންފުންޏަށް އެ ޕްރޮޖެކްޓް ހަވާލު ނުކުރި ސަބަބު ހެލްތު މިނިސްޓްރީން އަދިވެސް އަންގާފައި ނުވާ ކަމަށެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން ހުށަހެޅި ތިން ހުށަހެޅުމުގެ ތެރެއިން ދެ ހުށަހެޅުމެއް ބަލައިނުގަތީ ބޭނުންވާ ބާވަތުގެ ވެންޓިލޭޓަރަށް ނުވާތީ އެވެ. އިއްޔެ ހާމަވި އަގުތަކުގައި އެސްޓީއޯ އިން ހުށަހެޅި އަގު ކަމަށް އޮތީ ބަލައިގެން ހުށަހެޅުމުގައި ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ކަމަށް ބުނާ އަގެވެ.
މެޑްޓެކުން މިއަދު 18 ވެންޓިލޭޓަރު ގެނައިއިރު 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މި މަހުގެ ތެރޭގައި ރާއްޖެ އަށް 45 ވެންޓިލޭޓަރު ގެންނާނެ ކަމަށް ސަރުކާރުން މިރޭ ވަނީ ބުނެފަ އެވެ.
ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ސަރުކާރުގެ އިސްވެރިންނަށް ފައިދާ ވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުޓޭ ސޯސަން
12 May 2020
މިސޮރަކީ މިވަރުތަނެއްގަ ވެރިޔަކައްލާން ކަމުދާމީހެއްނޫން
ބަހްލޫ
12 May 2020
ސަރުކާރުގެ އަގު ރައްޔިތުން ކުރިމަތީގައި ވެއްޓުން ނުން ދެވެނަ ކަމެއް ނުވާނެ އެސްޓީ އޯ އިން ތިކަހަ ސްޓޭޓްމެންޓް ނެރްނީމާ!! ސަރްކާރުގެ ކުންފުނިތަކަށް މެޗްއާރޑް އެމްޑީން ލާންއެބަޖެހޭ!!
އޮނަރަބްލް އަފީފު ދީދީ
12 May 2020
ގޮތްގޮތަށް ދައްކާވާހަކައާއި ހަދަހަދައިގެންބޭރުކުރާ ލިޔެކިއުންވެސް ބަލާ އަޑުއަހާކަށް އަހަރުމެންބޭނުމެއްނުވޭ. # އެގި ހާމަވީ އެއްޗަކީ ކިތަންމެވަރަކަށް "ޒީރޯ ޓޮލަރެންސް" ގެ އަޑު ފެތުރި ކަމުގައިވިޔަސް "އެސްޓީއޯގައި އަދިވެސް އޮތީ ސައިފަތް ދަނޑުގެ ޕޮލިސީ" ކަމާއި ބްރޯގެ އެމްއެމްޕީއާރުސީ ކުޅިގަނޑުވެސް ހަމައެގޮތުގައި އެތަނުގައިވެސް އޮންނާނެކަން. # ބައެއްހާލަތުގައި އިންސާފާއި ކޮރަޕްޝަނަކީ މިހެން އޮންނަކަމެއް. ޙާއްސަކޮށް އަހަރުމެންކަހަލަ ޤައުމުތަކަށް މިކަންއޮތީމިހެންކަން.
ގައްސާނު
11 May 2020
އެސްޓީއޯއައް ހަވާލުކުރިޔަސް ނުގެނެވޭނެ
ނަން
11 May 2020
ކޮވިޑްގެ ކަންތައް ނިމުމުން ތިގެންނަ ހުރިހާ އަގު ބޮޑު ވެންޓިލޭޓަރުތައް މެކޭނިކަލް ޕާކިންގް ސިސްޓަމާ ދެންވެސް މިހެން ދަބަރު ޖަހަން އުކާލާފަ ހުރި އެއްޗިހިހެން ނަހަދާނެ ކަމަށް އުއްމީދުކުރަން. އިސްރާފަކީވެސް ކޮރަޕްޝަނާ ވަރަށް ގުޅިފަ އޮންނަ ކަމެއް.
ފަހުދު
11 May 2020
ދައުލަތަށް ގެންނަ މިޒާތުގެ ތަކެތި ގަންނަން/ ގެނުވަން ޖެހޭނީ ހަމައެކަނި އެސްޓީއޯއިން. އާންމު ބިޑަށް މިޒާތުގެ ކަނކަން ހުޅުވާލަނީ ކަޓު ނެގުމުގެ ބޭނުމުގައި. ޢެމްޑީ އަމްރޫ އެ ފާޅު ކުރެއްވި ހިޔާލުފުޅާ ކަންހިގިގޮތް ބަލަންޖެހޭ.
ސާދާސީދާ
11 May 2020
ބިޑް ތަކަށް ޕޮއިންޓް ދޭއިރު އަގުގެ އިތުރަށް މުއްދަތަށް ޕޮއިންޓް ދޭނެ. ވިސްނަވާ 45 ދުވަސް ފަހުން ކީއްކުރާ ވެންޓިލޭޓަރެއް؟ އޭރުން އޮންނާނީ ވާނެއެއްޗެއް ވެފަ. މި ވަގުތު މުހިންމީ އަވަހަށް ވެންޓިލޭޓަރު ލިބުން. އަދި މުއްދަތު އިތުރަށް ނަގާނަމަ، މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތީން ޖޫރިމަނާ ފައިސާ ނެގޭނެ. އަދި ބްލެކް ލިސްޓް ވެސް ކުރެވޭނެ.
ގައްދޫޢަބްދުﷲ
12 May 2020
ގާތް ފަރާތްތަކަށް ބިޑް ކާމިޔާބު ކޮށްދިނުމުގެ ގޮތުން ގުޅިގެން ބިޑްގައި ކުރުމުއްދަތު (އެ މުއްދަތުގައި ނުކުރެވޭނެކަން އެނގިތިބެ) ޖަހާ އުޅޭ. ބިޑް ކާމިޔާބު ވުމުން ފަހުން މި ހަދާ ގޮތަކީ ކޮންމެވެސް އުޒުރުތަކެއް އުފައްދަނީ. ޔަޤީނުންވެސް ނުވާނެ ކަމެއްގެ އުޒުރު އޭގެ ޒާތުގަވެސް އުފަންވާނެތާ! މިޒާތުގެ މަކަރު އަންނި ވެރިކަމުގައި ވެސް ހިންގި.
ޖައުފަރު މުހައްމަދު
11 May 2020
މިތަނުގައި މުއްދަތޭ ކިޔައިގެން ވާހަކަ ދައްކާ މީހުންނަށް ނޭނގޭ ކުރު މުއްދަތު ޖަހައިގެން ބީލަން ހޯދި މީހުންނަށް އެސްޓީއޯއިން ހުށަހެޅި މުއްދަތަށްވުރެ ގިނަ ދުވަސް ފާއިތުވީއިރުވެސް ޑެލިވަރނުކުރެވޭކަން، އެސްޓީއޯއިން ޖެހީ މިހާރު ދުނިޔޭގެ ކަންތައްހުރިގޮތުން ގެނެވޭނެ ރީޒަނަބަލް މުއްދަތެއް. ކުރު މުއްދަތެއްޖަހާ ބިޑް ހޯދާ ފަހުން ބަހަނާ ދެއްކަން ފެށުމުގައިވެސް މިކުންފުނިތަކުގެ ވިސްނުން ހުރީ
އަލީ އަލީ
11 May 2020
އަގުތަކާއި މުއްދަތަށް ބަލާފަ ސަރުކާރުން ކަންކޮށްފަވާގޮތް ގޯހެއްނޫން، އެއްވެސް ބަޔަކަށް ނޭނގޭނެ ކުރިޔަށް އޮތްތާ ވާނެގޮތެއް، ލިޔުން ކިޔާލީމާ ވަރަށް ސާފް އެސް.ޓީ.އޯ އިން އެންމެ އަގުހެޔޮކޮށް ހުށަހެޅި އިރު އެންމެ ދިގު މުއްދަތެއް އޮތީ އެސް.ޓީ.އޯ ގަ. މުއްދަތު 2 ގުނަ އަށްވުރެވެސް ބޮޑު.
ކައިޖީން
11 May 2020
7 ދުވަހާ 14 ދުވަހާ ދޭތެރޭ ގެންނަން ހުށަހެޅި އެއްޗެއް މެޑްޓެކުން ގެނެވުނީ ކިތައް ދުވަހުންތޯ ބަލާބަލަ ކަލޭ! ބަޔަކު ދިފާއު ކުރަން އުޅުނަސް ބޮޑުވަރު ތީ ދެން. މަ ނުބުނަން ސަރުކާރުން ކަންކަން ކުރަނީ މުޅިން ގޯސްކޮށޭ. އެކަމު މި ޕެންޑެމިކްތެރޭ ބޮޑެތި ކޮރަޕްޝަންގެ ކަންތައްތައް އެބަ ހިންގާލާ. މިސާލަކަށް ކަރަންޓީނު ފެސިލިޓީއަށް ރިޒޯޓްތައް އެސައިން ކުރުމުގަ.
މަމްދޫހް އަހުމަދު
11 May 2020
ޢެސްޓީ އޯއިން ގަނެފައި ހުރި ހޮސްޕިޓަލާއި ގުޅޭ ތަކެތީގެ އަގު އެގުނީމަ މިކަން ސާފިވާނީ. ހާދަ ހިއެއް ނުވެއޭ އެސްޓީއޯ ތިހާ ސާފް ވެދާނެހެން ަ