މެމްބަރު އުޝާމް: ޖޫން، 3 ގެ ކުރިން ގާނޫނު އިސްލާހު ކޮށްގެން ދައުރު އިތުރު ނުކޮށްފި ނަމަ ދިމާވާނެ ގޮންޖެހުން ބޮޑު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިހާރު
11 މެއި 2020 - 17:25
މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހު ނުކޮށްފި ނަމަ، ދިމާވާނެ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސްކުރަން ޖެހުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން އޮތީ ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެކަމަކު ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ފާސްކުރުމުގެ ބިލެއް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރަކު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބަދަލު ނުގެނެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިހާރު ވަނީ ވިދާޅުވެފަ އެވެ.
ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް ކުރެއްވި އެކަމާ ގުޅިގެން ޓްވީޓެއްގައި ވަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން އެ ބަދަލު ގެންނަން އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. އަންނަ މަހުގެ ކުރީކޮޅު ކައުންސިލް މެމްބަރުންގެ ދައުރު ހަމަވާ އިރު، އޭގެ ކުރިން ގާނޫނުއަސާސީ އިސްލާހު ނުކުރެވިއްޖެ ނަމަ ދެން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދިވެސް ވަގުތު އެބައޮތް. މިހާރު ތިބި ކައުންސިލަރުންގެ ދައުރު 3 ޖޫން ގައި ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނާ އެއްގޮތަށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުނުކުރެވިއްޖެނަމަ، ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ. https://t.co/QsEmnN87t9
— Ahmed Usham (@a_usham) May 10, 2020
އުޝާމްގެ ޓްވީޓް
އުޝާމް އެގޮތަށް ވިދާޅުވިއިރު، ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިލް މެމްބަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ހެދުމުގެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް، އެ ބަދަލު ނުގެނެވޭނެ ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމަށް މަޖިލީހުން ފާސްކުރި ބިލް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ ގާނޫނު ބުނާގޮތުން އެ އިންތިޚާބު ދެން ބޭއްވޭނީ މާޗް 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރައްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ނިމި، އާންމު ސިއްހަތުގެ ނުރައްކަލެއް ނެތްކަމަށް ކަނޑައެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމް
11 May 2020
ތިއީ މާ ބޮޑު ކަމެއް ނޫން ތިކަން ބޮޑު ކުރާކަށް. މިހާރު އޮތް ކައުންސިލު މުއްދަތު ހަމަވީމަ އުވޭނެ. ދެން އާ ކައުންސިލެއް އަންނަން ދެން ހިންގާނީ ޒިންމާދާރު ވެރިޔާ ނޫނީ އެޑްމިން ހެޑް ޑިފެކްޓޯކޮށް. މިވަގުތު ލަންކާގަ ޕާލިމެންޓުވެސް އޮތީ މުއްދަތު ހަމަވެފައި
އިބްޝާ...
11 May 2020
ޙެޔޮ ނުވާނެ .. މި ކައުނސިލަރުންގެ މުއްދަތު އިތުރުކޮށްފި ނަމަ ރައްޔިތުންނަށް ދުވަހަކު ނުވާތުރާ ތިމީހުން ޖައްސާނެ..
އަތޮޅުވެރިޔާ
11 May 2020
ހޯމް މިނިސްޓްރީގެ މީހަކު ކޮންމެ ރަށަކު ބެހެއްޓުމަށްފަހު ތިމީހުން ގެއަށް ފޮނުވާލާ. މާ ފަސޭހަވާނެ ގައުމު ހިންގަން.
ކެޔޮޅު
11 May 2020
ރައީސުލްޖުމްހުރިއްޔާޔަށް ލިބަވަޑައިގަންނަވާ ބާރުގެެ ދަށުން މިހާރުތިބި ހުރިހާ ކައުންސިލަަރުން އާކައުންސިލެއް ހޮވެންދެން އަންޔަންކުރީމަ ނިމުނީނު ގާނޫނުއަސާސީޔާނުކުޅެ
ސީރިއަސްކޮށް
11 May 2020
"ގާނޫނުއަސާސީ އިސްލާހު ނުކުރެވިއްޖެ ނަމަ ދެން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ..." ކޮބާތަ ތިބުނާ ދަތިތަކަކީ؟؟
ދަންނަ ނުދަންނަ
11 May 2020
ތިއީ އެއްވެސް ގޮންޖެހުމެއް އޮތް ކަމެއް ނޫން. ގާނޫނުއަސާސީގައި އޮތް ތިޔަ މާއްދާ އުވާލާފައި އިހުގައި ތިބި ގޮތަށް ކޮންމެ ރަށަކަށް ރަށް ހިންގައި ބަލަހައްޓާނެ މީހަކާއި އޭނާގެ ދެ ނާއިބުން ލީމާ ނިމުނީ. ތިޔަ މަގާމުތަކަކީ ރަށްރަށަށްވެސް ރަށްރަށުގެ ރައްޔިތުންނަށްވެސް ބޮޑު ބުރައަކަށްވެފައި ތިބި ސިޔާސީ މަގާމުތަކެއް. މިރާއްޖޭގައި ހުރި ކޮންމެ 25 މީހުންގެ ތެރެއިން އެކަކު މިހާރު މިހުންނަނީ ސިޔާސީ މަގާމެއްގައި. މިކަން ހުއްޓަންޖެހޭ.
ޝިގެއްލާ
11 May 2020
ރައްޔިތުންގެ ތާޢީދެއް ނެތް ތަންދޮރު ނުފިލާ ކައުންސިލަރުން ލައިގެން ކުރާނެ ކަމެއް ބުނެދީ.
ކައުންސިލަރު
11 May 2020
ހުރިހާ ކައުންސިލަރުން ޖޫން ދޭކުން ގެޔަށް ފޮނުވާލާ, ތީ ބޭކާރު ޚަރަދެއް. ރަށްރައް ހިންގުން ސިވިލްސާރވިސް އާ ހަވާލުކުރޭ. ވަކި މިހާރު ކައުންސިލް އޮވެގެން މި ފުރަ މާލެޔަށް ކުރެވުނުކަމެއް އެބައޮތްބާ!
ކައުންސިލް
11 May 2020
ކައުންސިލަކާ ނޫޅި ބަލަ
ގެދާނޯމޮސް
11 May 2020
މިކަން އާދައިގެ ރޯގާ އަކަށް ދައްމާލައިގެން އަރާތިބެން ބޭނުމެވެ.